ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް
21 ޖެނުއަރީ 2018 - 14:45
ހުޅުމާލޭގައި ހުންނަ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތެއްގެ ސައިންސް ފޮތުގައި ޖިންސީ ގުޅުން ހިންގާ ގޮތް ކިޔައިދީ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމު ކުރެހުމުން ދައްކައިދީފައިވާތީ ބައެއް ބެލެނިވެރިން ރުޅިގަދަވެ، ޝަކުވާ ކުރަން ފަށައިފި އެވެ.
ގޭޓްވޭ ސްކޫލްގެ ގްރޭޑް ހަތެއްގެ އެ ފޮތުގައި ޖިންސީ ގުޅުން ހިންގާ ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާ އިރު ފިރިހެނާގެ ދަރިފަނި ދަތުރުކުރާ ގޮތާއި ދަރިން އުފެދޭ ގޮތާއި ވިހާ ގޮތް ވެސް ކިޔައިދީފައި ވެ އެވެ.
ޖިންސީ ގުޅުމާއި ދަރިމައިވުމާ ގުޅޭ ތަފްސީލީ މައުލޫމާތު މީގެ ކުރިން އެހާ ތަފްސީލުކޮށް ކިޔައިދެނީ ގްރޭޑް ދިހައެއްގެ ބަޔޮލޮޖީ މާއްދާގަ އެވެ. އެކަމަކު ބަޔޮލޮޖީ ފޮތުގައި ހުންނަ ވަރަށް ވުރެ މާ ތަފްސީލުކޮށް ގޭޓްވޭގެ ފޮތުގައި ކިޔައިދީފައި ވެ އެވެ.
ގޭޓްވޭގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުގެ މުގައްރަރަކަށް ހަދާފައިވާ އެ ފޮތްތައް ދަރިވަރުންނަށް ބެހީ އެޑިއުކޭޝަން މިނިސްޓްރީން ބަލައި ފާސްކޮށްގެން ކަމަށާއި އެކަމަކު ޖިންސީ ގުޅުން ހިންގުމާ ގުޅޭ ގޮތުން ހިމަނާފައިވާ ފިލާވަޅުތައް، އެ ސްކޫލުގައި ކިޔަވައި ނުދޭނެ ކަމަށެވެ.
ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ގޭޓުވޭ ސްކޫލުގެ ކުދިންތަކެއް ސްކޫލު ގޯތިތެރޭގައި ސަފަކަށް އެތުރިލައިގެން. --ފޮޓޯ: ގޭޓުވޭ ސްކޫލު
"އަޅުގަނޑުމެން މި ކިޔަވައިދެނީ ޔޫކޭގެ ކަރިކިއުލަމަށް. އެކަމަކު ފޮތްތައް ކަސްޓަމައިޒް ކުރެވޭކަށް (ބަދަލު ގެނެވޭކަށް) އަޅުގަނޑުމެންނަކަށް ނޯވޭ،" ރަޝީދު ވިދާޅުވި އެވެ.
"އެ ބައި ކިޔަވައިދިނުމުގެ ހުއްދައެއް އަޅުގަނޑުމެންނަކަށް ނުލިބޭ. އެހެންވެ، ގޭޓްވޭގައި އެ ބައެއް ކިޔަވައެއް ނުދޭނެ."
ގްރޭޑް ހަތެއްގެ މި ފޮތް މިދިޔަ އަހަރު ވެސް ދަރިވަރުންނަށް ދޫކޮށްފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގޭޓްވޭ ސްކޫލްގެ ޓެކްސްޓް ފޮތެއްގައި އުމުރާ ނުގުޅޭ މައުލޫމާތުތަކެއް ހުރި މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި ކަމަށާއި އޭރު އެ މައްސަލަ ބަލައި، އެ މައުލޫމާތު ހުރި ސަފުހާތައް އެ ފޮތްތަކުން ނެގުމަށް ފަހުގައި ނޫނީ ދަރިވަރުންނަށް ނުދިނުމަށް އެންގި ކަމަށެވެ.
އެކަމަކު އެއީ ސީދާ ސައިންސް ފޮތް ކަމެއް އެތަނަކުން ނުބުނެ އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުން އެއީ ހަމަ އެ ފޮތްކަމަށް ވުން އެކަށީގެންވޭ. އޭރު އަޅުގަނޑުމެން އެންގިން އެ މައުލޫމާތު ހިމެނޭ ސޮފުހާތައް ނައްޓާލައިގެން ދަރިވަރުންނަށް ފޮތް ދޫކުރުމަށް. މި އަހަރު އެ ފަދަ ކަމެއް ހިނގައިގެން އުޅޭ ކަމެއް ނޭނގޭ. އަދި އެ ފަދަ މައްސަލައެއް ވެސް ހުށައެއްނާޅާ،" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ދަރިވަރުންނަށް ފޮތްތައް ދޫކުރާ ފަހުން ވެސް، މައްސަލައެއް ފާހަގަ ވެއްޖެ ނަމަ އެ ފޮތްތައް ނަގައި އިސްލާހު ކުރަން އެ ތަނުން އަންގާނެ ކަމަށެވެ.
ޖިންސީ މައުލޫމާތު ހުރި މި ފޮތް ކިޔަވައި ނުދިން ނަމަވެސް، ފޮތުގައި އެ މައުލޫމާތު ހުރުމުން ބައެއް ބެލެނިވެރިން ވަނީ ޝަކުވާކޮށްފަ އެވެ. އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުމުރުން 13 އަހަރުގެ ކުދިންނަށް ކިޔައިދޭ ވަރަށް ވުރެ އެ މައުލޫމާތުތައް މާ ތަފްސީލުވުމެވެ.
"ދަރިން ލިބެނީ ކިހިނެއް ކަމާއި ސޭފް ސެކްސް (ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން) އަކީ ކޮބައިކަން ދަރިވަރުންނަށް އެނގެން ޖެހޭ. އެކަމަކު އެކަމަށް ވަކި އުމުރެއް އޮންނާނެ. އެހާ ކުޑަކުދިންތަކަކަށް އެހާ ތަފްސީލުކޮށް، ކިޔައިދިނީމަ ވާނެ އެއްޗަކީ އެކަމާ ގުޅޭ ގޮތުން އެ މީހުންގެ ކިއުރިސިޓީ ބޮޑުވާނެ. މިހާރު އިންޓަނެޓްގެ ޒަރީއާ އިން އެ މައުލޫމާތުތައް ހޯދުމަކީ މާ ބޮޑު ކަމެއް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.
"ކިޔަވާ ނުދޭށެކޭ ނޫން. އެކަމަކު މިއީ އެކަން ކުރުމަށް އެންމެ ރަނގަޅު އުމުރެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޕޮޒިޓިވް ކަމަކަށް ވުރެ ބޮޑަށް ނެގެޓިވް ކަމެއް،"
ގޭޓްވޭގެ ސައިންސް ފޮތުގައިވާ މި މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާއްމުވުމާ އެކު ގިނަ ބަޔަކު ވަނީ މިއީ އެ އުމުރުގެ ދަރިވަރުންގެ ފޮތްތަކުގައި ހިމަނަން ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އެކަމަކު އެކަމާ ދެކޮޅަށް ވާހަކަ ދައްކާ ބައެއް މީހުން ބުނީ މިއީ މީގެ ކުރިން ވެސް ދަރިވަރުންނަށް ކިޔައިދޭ ވާހަކަތަކެއް ކަމަށާއި މައްސަލަ އަކީ މައުލޫމާތު ނޫން ކަމަށާއި ދަރިވަރުންގެ އަހުލާގު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
22 January 2018
އަހަރެމެން މައުހަދުގަ އިސްލާމީ ފިޤްހު މާއްދާގަ “ނިކާޙް” މި ފިލާވަޅުގައި ތިޔަށް ވުރެ މާޑީޓެއިލްކޮށް ކިޔެވިން. އަދި އަހަރެމެން ކުޑައިރު ދައްތަމެން މީހުނާ އިނދޭ ތޭރަ ސާދަ އަހަރުގަ. މި ޒަމާނުގައި ޅަ އުމުރުގައި ކުދިން މީހުނާ ނީނަސް އެކުދިން ވެސް ޖިންސީ ގޮތުން ހަމަ ބޮޑުވޭ ކުދިންނަށް ޓީނޭޖުގަ ތީގެ ރަނގަޅު މައުލޫމާތު ނޭނގެންޏާ އޭގެ ނުބައި ކޮންސެޕްޓު ކޮންމެވެސް ރައްޓެއްސެއް ގާތުން ދަސްކޮށްފަ އޮންނާނީ.
ސޭފް
22 January 2018
މިއޮތް ޒަމާނުގަ ގްރޭޑް 7 ގެ ކުދިންނަށް ތިއީ ނޭނގޭނެ ކަމެއްކަމަށް ބެލެނިވެރިން ހީކުރާނީ އެމީހުންގެ މޮޔަކަމުން.
މުކައްބަ
22 January 2018
ކަމެއް ފަޅާއެރީމަ އެނގޭކަމަކަށް ނުވޭ.
ހަޖީ ތަކުރުފާނު
22 January 2018
ކަލޯ ތިޔަބުނީ ހަމަ ރަނގަޅަށް. ކެޔޮ ކޭވަރު އެނގުނީމަ އެކަކުވެސް އެއްބަހެއް ނުވާނެ. ތީ މިހާރުގެ އުސޫލު
ވިކްޓިމް
22 January 2018
މީގެ 10 ވަރަކަށް އަހަރުކުރިން ގްރޭޑް 12 ގެ އިސްލާމްފޮތުގަ އޮންނަ ޖިމާއުވުމުގެ ފިލާވަޅު ކިޔާލަބަލަ. މިއަށްވުރެ މާ ޑީޓެއިލްވާނެ. އެކަމަވެސް އެފޮތް ކިޔާފަ ހިތަކަށް ނާރާ ޓެސްޓަކަށް ޖެހިގެން އިން ކުއްޖާއާއި އެކީ އެކްސްޕެރިމަންޓް ކުރާކަށް. ބައެއް މީހުންގެ ވަހުޝީކަން ބޮޑީ
މުސާފިރު ޚާނާ
22 January 2018
ނުޖެހޭ ރަތަށް އަރާކަށް. ވާހަކަ ދައްކައިގެން ހައްލުވާނެ. ތީމިހާރުން އަޅާ ސުރުޚީ. ރ
މާން
22 January 2018
އޯކޭ ނުން... ކުއްޖާ ބާލިގުވޭ 12 ނުނީ 13 ގަ.. މިހާރުގެ އަންހެން ކުދިން ބޮޑުވޭ 11 ނުނީ 12 އަހަރުގަ.. ދެން ކީއްވެ ނުކިޔާދޭން ވީ.. އަމިލައައް އިންޓަނެޓް ބޭނުން ކޮައްގެން ތޯ ހޯދަން ވީ... ނުނީ ސްނެޕް ކުރަން ވީ ތަ ހަށިގަދުގަ ގުނަވަންތަ...
ކޮޓރިކުލި
22 January 2018
މޮޅުވާހަކަ ދައްކަމުން ބޮލުންބޭލުން މިއޮތީ. މަށެއްނޫން ކުރީކީ. ޢޭނަ ކުރިކަމެއްތީ. ކުރިމަތީ ފޮޓޯއެއް ބަހައްޓާފަ ނުބަލަމޭ ބުނީމަ ޤަބޫލުކުރާ ކާކު.
ވާނުވާގަދޯ!
22 January 2018
ވާނުވާގަދޯ!
ޑޮން އަހުމަދު
22 January 2018
މަމެން 2000 ގެ ކުރީކޮޅު ގުރޭޑު 7 ގަ ކިޔެވި އެސެންޝިއަލް ސައިންސް ފޮތުގަވެސް އޮންނަނީ ހަމަ ތިޔަ ފިލާވަޅު ތިޔަ ގޮތަށް. މީހަކު ނޫޅޭ ކަންތައް ބޮޑުކޮށްލައިގެން.
ދޮންއަހުމަދައް
22 January 2018
ނޫނޭ ސައިންސު ކިޔެވިފަ ތިހިރީ؟ ހެ ހެ ހޭ
ހާދަހާ ފޫއްސެއް ަވެޔޭ
22 January 2018
އަށާރަ އަހަރު ނުވަނީސް ހުންނާނެ ބިޓުން ހޯދާފަ. އެކީ އަރިއަރިޔަށް ފޮޓޯނަގާފައި. ފާޑުފާޑުގެ އެއްޗެހި ލިޔެފައި. އެނުވޭ އެއްވެސް މައްސަލަޔަކަށް. ހަމަ ހަބޭސް.
ކާބުލް
22 January 2018
ތި މައުލޫމަތަކީ ހަމަ 13 އަހަރުގަ ކިޔައިދޭން ރަގަޅު މައުލޫމާތު. މިހާރު 13 އަހަރުގެ އަންހެން ކުދިން އުޅޭ ގޮތް ވިސްނާލަބަލަ. ތިހަމަ ކޮންމެވެސް އެއްޗެކޭ ކިޔާފަ މައްސަލައަކަށް ހަދަނީ.
ކީބުލް
22 January 2018
ތިހެންނުބުނޭ ހުރިހާކުދިން އުޅެނީ ތިބުނާގޮތަކަށްނޫންް ، އެހެންކަމުން އެހެންނޫޅޭކުދިންގެ ހައްގުތައް ކޮބާ؟ ކިތަންމެމަދުންނަމަވެސް ރަނގަޅުކުދިންވެސް އުޅޭނެނޫންތޯ އެހެންނޫނަސް އެއުމުރުގައި އެކަން އެހާތަފްސީލްކުރުން ރަނގަޅެއްނުވާނެކަން ކަށަވަރު.........ވަރަށް ސަލާމް ކާބުލް
ކަާބުލްގެ އިހުމާލު
22 January 2018
ތިވާނީ ތީނަގެ ދަރި އުޅޭގޮތް ކަމައް! ޢަދަބު އަހްލާގު ނެތް ޕޭރެންޓުން ގެ ދަރިން ވެސް ހަމަ އެހެން!