އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ: މިދިޔަ ހުކުރު ދުވަހުގެ މުޒާހަރާއާ ގުޅިގެން ޕޮލިހަށް ހާޒިރުވާން އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ވަނީ ޗިޓު ފޮނުވާފައި.
22 ޖެނުއަރީ 2018 - 17:31
ހުއްދަ ނުނަގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
މަނާ ތަނަކަށް އެއްވެ އިހްތިޖާޖްކޮށްފައިވާ ކަމަށް ބުނެ ޕޮލިހަށް ހާޒިރުވާން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ. މީގެ އިތުރުން، އެ މުޒާހަރާގައި އިސްކޮށް އުޅުނު އެމްޑީޕީގެ އެކްޓިވިސްޓުންތަކަކަށް ވެސް ޗިޓު ފޮނުވާފައިވެ އެވެ.
އެމްޑީޕީން އިސްވެ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ހަރުގެ ކުރިމަތީގައި މުޒާހަރާކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ފުލުހުންނާ އެކު ކަސްޓަމްސްއިން އަރައި ތަހުގީގު ކުރާތީ، އެކަން ކުށްވެރި ކޮށެވެ.
އެ މުޒާހަރާ ފަށައި، އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް ވަކި ހިސާބަކުން ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.
ކުރިން އެންގުމަކާ ނުލައި އެއްވެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތަސް، އެއްވެ އުޅުނު ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހަކުން އެކަން ވަނީ ހަނިކޮށްފަ އެވެ. އެކަމަކު، ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައި އޮއްވައި، ގާނޫނަކުން އެކަން ބަދަލެއް ނުކުރެވޭނެ ކަމަށް ބުނެ އެ އިސްްލާހަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާބޯހާމިދު
23 January 2018
އެންޑީޕީ އަކަށް ދެން މަކަރެއް ނުހެދޭނެ..
ފަޑުއްކަ
23 January 2018
ހިއްވަރު ލުރައްވާ ށެވެ.ކްރިމިނަލް ކޯޓުގައި ޤައުމުގެ ހުރިހާ ރައްޔިތުން ނަށް ހުކުމް ކުރާހައި ކެޕޭސިޓީ އެއް ނެތެވެ.ޝަރިޢަތް ތަށް ގިނަވި ވަރަކަށް އެތަން ފެއިލް ވުން ބޮޑުވާނެއެވެ. މިހާރު ވެސް ތިބީ ބުނާގޮތަކަށް ކަންކުރާ ދެ މީހުން ނެވެ.
ހާލަތު
23 January 2018
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"! https://mihaaru.com/report/22130
އަބްދުއްލާ
23 January 2018
މިހާރުވެސް ގާނޫނު ބުނާގޮތުން އެމްޑީޕީ އުވާލެވިދާނެ.
falaku ain
22 January 2018
ޗިޓްފޮނުވާފައި ބަހައްޓާތި. 2018 ނޮވެމްބަރުގައި ރައްޔިތުންވެސް ޗިޓް ޙަވާލުކުރާނެ ވެރިންނަށް.
އުދުހޭ
22 January 2018
ހުއްދަ ނަގައިގެންތަ ބަގުލަދޭޝް މީހުން ކޮންމެ ހުކުރު ދުވަހަކު ޖުމްހޫރީ މައިދާނަށް އެއްވަނީ؟ އެމީހުން ފުލުސްއޮފީހަށް ގެންދަންޏާ ލައްކަ މީހުން އޮންނާނެ ގެންދަން. ހުކުރު ދުވަހު ޕާކް ހުސްކޮށް އޮވެއްޖެއްޔާ އެއީ އެމީހުން ފުލުހަށް ގެންދިޔައީ!
ޝަކީލް
22 January 2018
ދެރަވީމަ ރޯންޖެހޭނީވެސް ދެން ހުއްދަ ނަގައިގެން
ރަންރީދޫ ޓުވިޓަރޭ
22 January 2018
ރަގަޅަށް މޮޔަ ވެއްނެ އެވެ.