ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަން އެމަނިކުފާނު ގަބޫލުކުރައްވާފައިވާ ކަމަށް ޝައިނީ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖެނުއަރީ 2018 - 16:42
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވާދަކުރާތީ، ތާއީދު ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ތިން ގައުމަކަށް ވަޑައިގަތުމަށް ފަހު، މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝައިނީ ވިދާޅުވީ، ސްރީ ލަންކާގައި ނަޝީދު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ބަލި ގަބޫލުފުޅު ކުރެއްވިކަން އިއުލާން ކުރައްވާނެ ކަމަށް ހީ ކުރެއްވި ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި، ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުން "ގުނބޯ" ހައްދަން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލި ގަބޫލު ކުރައްވައި ތިމަންނަ އަށް ކުރިމަތި ނުލެއްވޭނެ ކަމަށާއި އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަން ވެސް ޔޫއެން އާއި އީޔޫގައި ވެސް ނަޝީދު އެއްބަސްވެއްޖެ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރެސް ކޮންފަރެންސްގައި ނަޝީދުގެ ވާހަކަފުޅު އަމާޒުކުރެއްވީ، އެމަނިކުފާނާ އެކު ތިއްބެވި ބޭފުޅުން "މޮޔަ ހައްދަވައި" އިއްތިހާދުގެ އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބުން ފުރުސަތު ނުދެއްވުމަށެވެ. ނަޝީދަށް ވާދަނުކުރެއްވޭތީވެ، ވިސްނުންފުޅު ހުރީ، އެމަނިކުފާނު ބޭނުންފުޅުވާ މީހަކު އިންތިޚާބަށް ނެރުމަށް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
ވަކި ގޮތެއް ކަނޑަނާޅުއްވައި ނަޝީދު ލަސް ކުރައްވަނީ ވެސް އެހެންވެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ނަޝީދު ސްރީ ލަންކާގައި ނޫސްވެރިންނާ އިއްޔެ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް އދ. އިން އަންނަ މާޗް މަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ވެސް ޝައިނީ ވަނީ ރައްދު ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ އދ. ގެ ނިންމުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ފޫއަޅުވާލާފައި ވެރިކަން ކުރެއްވުމަށް ނަޝީދަށް ދޭ ލައިސަންސަކަށް ނުވާނެ ކަމަށެވެ. ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝައިނީ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން، އެމަނިކުފާނަކަށް [ނަޝީދު] ދެނެއް ނާދެވޭނެ ރާއްޖޭގެ ވެރިކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްތަކެއް ޗައިނާއިން ގަނެފައިވާ ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ވެސް، ޝައިނީ އެއީ ވެސް ހަގީގަތެއް ނޫން ކަމަށެވެ.
"ޓޫރިޒަމް އިންވެސްޓްމަންޓެއްތޯ 16، 17 ރަށަކީ [ނޫސްވެރިއަކު އެހުމުން] އެ އަކަށް ވެސް ޖަވާބެއް ނުދެއްވުނު. ދެން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ދަންނަ ބައަކަށް ވެއްޖިއްޔާ އެނގޭނެ ޓޫރިޒަމްގެ އިންވެސްޓްމަންޓެއް ނޫން ގޮތަކަށް އެއްވެސް ރަށެއް އެއްވެސް ކަމަކަށް ދޫކުރަނީ ފިޝަރީޒް މިނިސްޓްރީން، އަޅުގަނޑުގެ ބެލުމުގެ ދަށުން،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވި ގޮތުގައި ޗައިނާއިން ކޮންޓްރޯލް ކުރެވޭ ގޮތަށް އެންމެ ރަށެއް ވެސް މިހާތަނަށް ދޫކޮށްފައެއް ނުވާނެ އެވެ. ޗައިނާއާ ގުޅުވައިގެން ވެސް ދެއްކެވި ވާހަކަފުޅުން ފަޟީހަތްވީ ނަޝީދު ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ބާރު ގަދަކަމަށް ނަޝީދުު ދެއްކެވި ވާހަކަފުޅާ މެދު ޝައިނީ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެފަދަ ވާހަކަތަކަކީ ރާއްޖޭގެ ރައީސް ކަން ކުރެއްވި އަދި ގައުމަށް ހެޔޮއެދޭ ބޭފުޅަކު ދައްކަންވަން ވާނެ ފަދަ ވާހަކައެއް ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
24 January 2018
މަނިކުފާން ހާދަ މިފަހަކަށްއައިސް ނުފެނެއޭ. މަހަށް ދުރުވަނީތޯ.
ދެން އަތްޖަހާ
24 January 2018
ވެރިކަމަކީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާކަމެއް ނޫންވީމާ، ޤައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ޤުރުބާނީ އެއްވާން ދަންނަ ރައީސްއެއް ނަޝީދަކީ، އެއްވެސް އިރެއްގައި ކޯޓުތަށް ބޭނުންކޮށްގެން ވޯޓު ހޯދަން ވަކާލާތު ކުރިމީހެއް ނޫން، އެއީ އެމަނިކުފާނުގެ މޮޅުކަން، ވައްކަމަކީ މާމޮޅުކަމެއް ކަމުގައި ދެކި އުޅޭނީ އެއްވެސް ކަހަލަ ގޮތެއް ފޮތެއްނެތް ޖާހިލުން.
ދޮން ބަބުރު ސޮރު
24 January 2018
ހައް ހައް ހަހަހަހަ ހަހަހަހަ! އެހެންވެއްޖެއްޔާ ތިއޮތީ ސައިނީ އަށް އިތުރުރު 5 އަހަރު ޔަގީންވެފަތާ؟ ދެން ތެޔޮވަޅު ތަކުން ތެޔޮވެސް ނަގޭނެ ދޮތަ؟ އެކަމަކު ވަރަށް ގިނައިން ސައިނީ ވިދާޅުވާ ބަސްފުޅާއި އެންމެ ވަތަރީ ރާޅު ފޮނު.
މަހަށް
24 January 2018
ތަމެން ކޮން މައިކާލޯ އެކޭ ކިޔަންތޭ. މަހަށް ދޭބަލަ.
ކައްޓިމަސް
24 January 2018
ވައްކަން ނުކުރަމޭވެސް ބުނި.. އަދީބަކީ ޚާލިދު ބުނުލްވަލީދޭ ވެސް ބުނި.. މިހާރު ޝައިނީ ތިބުނަނީ ރަށްތައް ޗައިނާ އަކަށް ނުދެމޭ.. ދެން އިނގޭތާ ރައްޔިތުން ޤަބޫލުކުރާނެ ވަރު.. މައުމޫނު ކިޔަވާދީ މަތީ މަޤާމު ދިނީމާ، މައުމޫނަށް ގައްދާރުވި މީހަކު ތިކަހަލަ ވާހަކަ ދެއްކުމަކީ އަދި ހައިރާންވާން ޖެހޭ ކަމެއް ނޫން..
ބޮއިލޭޑީ
24 January 2018
ޝައިނީ އަށް ސަލާމް.
އަޖީތު
24 January 2018
ބަލި ގަބޫލުކުރާނީ އިންތިޚާބުގައި މިނިވަންކަމާއި އެކީ ވާދަ ކުރަން ފުރުސަތު ދޭން ކެރިގެންނު؟ އެކަން ވިޔަ ނުދީ ކޮން ބައްޔެއްތޯ؟ ރޯގާ ޖެހުނު ވާހަކަތޯ؟
މަރީ
24 January 2018
ނަޝީދު އަށް ކުރިމަތިނުލެވޭކަމަށް ވަންޏާ އެހެން ކެންޑިޓޭޓަކަށް ފުރުސަތު ދިނުމަކީ ހަމަ ރަނގަޅުކަމެއް. އޭގައެއްނެތް އެއްވެސް ގޮތަކަށް ބަލި ކަމެއް. ތިމާމީހާގެ އަމިއްލަ ބޭނުމަށްވުރެއް ގައުމުގެ އާއި ރައްޔިތުންގެ ހައްގުތައް އިސްކުރުމަކީ މީހަކު ބަލި ވުމެއް ނޫން. ޝައިނީމެން މިހާރު ތި ހަމަ ހާސްކަންމަތީ ތިބެހެން ކިޔޭ ނުކިޔޭވެސް ނޭންގި ގިނަ ފަހަރަށް އަމިއްލަ ކޮޅަށް ތި ގޯލް ޖެހެނީވެސް. ކޮންމެހެން ނަޝީދަށް ނުވިޔަސް އަދި ގާސިމަށް ނުވިޔަސް، ރަނގަޅު އެހެން މީހުންވެސް އެބަތިބި އޮޕޮޒިޝަންގަ. އަދި އެކަހަލަ ބަދަލެއް ގަނައުމަކީ ހަމަ ވަރަށް ރަނގަޅުކަމަކަށްވެސް ވެދާނެ!
ޢަލީމް
24 January 2018
ދިވެހިމަސްވެރިން ފިޝަރީޒް މިނިސްޓަރު ޝައިނީއަށް ދެކެފޫހިވޭ. ތިމާގެފުށުން ސަރުކާރަށް މޮޅެއްނުވާ މީހަކު ރަނިންމޭޓުކަމާހެދި ކޮސްވަނީ.
ކޮލެޖް ބޯއީ
24 January 2018
ރައްޔިތުން ގުނބޯ ހައްދަނީ ޝައިނީ މެން
ޗައީނީ
24 January 2018
ސައީނީ މީއަހަރު ވެރީކަން ނީމުނީމަ ދެން ހީޖުރަ ކުރަން ގަސްތު ކުރަނީ ކޮންގައުމަކައްތޯ..