ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ފުލުހުން ތަހުގީގު ކުރަނީ: ހުޅުމާލޭގައި މިރޭ ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައި -- ފައިލް ފޮޓޯ: މިހާރު
27 ޖެނުއަރީ 2018 - 22:23
ހުޅުމާލޭގައި މިރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި އެކަކު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ދެ ބެއިން އެކްސިޑެންޓްވެ އޭގެ ތެރެއިން 25 އަހަރުގެ ޒުވާނަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އިތުރު ފަރުވާ އަށް މާލެ ގެންނަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކްސިޑެންޓާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތިގަސް މަގު، މައި ކޮލެޖް ކައިރިންނެވެ.
އެހެން ނަމަވެސް، އެ އެކްސިޑެންޓްގައި ޒަހަމްވި 23 އަނެކަކަށް އެހާ ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ. ތޭވީސް އަހަރުގެ އެ ޒުވާނާގެ ގައިގެ އެކި ތަންތަން މަށައިގެން ދިއުމުން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ. އާސަންދަ އިން ބުނީ ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ނޭވާ ވެސް ނުލެވޭ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހިމާ
28 January 2018
ހުލުމަލޭ އެއްކޮޅަށް ދުޢްވާ މަގުތަކުން ސަައިކަލް ބާރުބާރަށް ދުއްވުން ޢެޢީ މިހާރު ބޮޑު ނުރަޢްކަލެއް.މި ކަން އެބަޖެހޭ ބެލެހެއްޓޭނެ ގޮތެޢް ހަދަން
އަބްދުއްލާ
28 January 2018
ސައިކަލް ޓްރަކް ދަށަށްވެސް ވަންނާނެ .އެއީ ސައިކަލް ހަމަބުއްދީގަ ނެތީމާ ،އެކަކު ކޮއްޅަށް ސައިކަލްމަތީ ހުރެ އަންކަކު ފަހަތުގަ އިށީނދެގެން ބާރުބާރަށް ސަިކަލް އަމިއްލަ ކޮންޓްރޯލްގާ ދުވާނަމަ ކަނޑަށްވެސް އެރޭނެ. ބަލާނެ ދެކޭނެ މީހަކު މަގުމައްޗަކު ނޫޅޭ އެހެންވީމަވާނެގޮތް ތިޔަވަނީ
ދޫނި ރާއްޖެ
27 January 2018
ހުޅުމާލޭގެ އުޅޭ މީހުންނަށް އެންމެ ރައްކާތެރިވާނީ ޒުވާނުން އުޅޭ ގަޑީގައި ގޭގައި ރައްކާވެތިބުން.
ޚަލަފް
27 January 2018
ސައިކަލް އޮތީ ޕިކަޕް ދަށުގައި. ޓުރަކް ޕިކަޕެއް. ޢެއަރޕޯޓް ތަކުގައި ދުއްވާ.