ޚަބަރު

މި އަހަރަށް މަޖިލިސް ފެށުމުގެ ކުރިން ގޮތެއް ކަނޑައެޅޭނެ ކަމަށް އުންމީދު ކުރަން: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާއިރު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލައަށް ހައްލެއް ލިބި، އޭގެ ކުރިން އެ މެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މައްސަލާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އިދިކޮޅު މެންބަރުން އެ ކޯޓަށް ވަޑައިގެން ކުރެއްވި މަސައްކަތް މިއަދު ވެސް ނާކާމިޔާބު ވުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި އަނާރާ ވިދާޅުވީ، އީސީން އެގޮތަށް ކަނޑައަޅާފައި އޮތަސް އިދިކޮޅު ހުރިހާ މެމްބަރުން ތިއްބެވީ، އެ ހުރިހާ މެމްބަރުންނާއެކު ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު ހުރިހާ މެމްބަރުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މެމްބަރުންގެ ހައްގުގައި ކަމަށާއި އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ފަނޑިޔާރުން ރިއާޔަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"މަޖިލިސް ފެބްރުއަރީ ގައި ހުޅުވޭ ގޮތަށް އޮތީ. އޭގެ ކުރިން މެމްބަރުންނަށް [މަޖިލީހަށް] ވަދެވޭނެ ގޮތެއް ހައްދަވައި ދިނުން އަޅުގަނޑުމެން އެދޭ އެދުމަކީ،" އިދިކޮޅު ހަރަކާތުގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރެވޭނެ ފުރުސަތު ހޯދައިދޭން މެދުނުކެނޑި މަސައްކަތް ކުރަމުން ދާނެ އެވެ.

"އެހެން ނޫނީ ވަރަށް ގިނަ ރައްޔިތުންގެ ހައްގުތަކެއް އެ ގެއްލިގެން ދަނީ. ބާރަ މެމްބަރުންގެ ގާނޫނީ ވާޖިބު ހަމަޖެހިގެންދޭތޯ މަސައްކަތް ކުރަނީ،" ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރު އަނާރާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި، އިދިކޮޅު މެމްބަރުން ބައިވެރިވާނެތޯ ސުވާލު ދެންނެވުމުން، އަނާރާ ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވުމާ ގުޅޭގޮތުން އިދިކޮޅު ލީޑަޝިޕުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ހަރަކާތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މެންބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ގޮތެއް ހެދުމަށެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑި ގެއްލުނު ކަމެވެ.

މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

6 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 3%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭކެނޑޭ

29 January 2018

މަމެން ބުނެލަން ބޭނުންވަނީ އެ ބުނާ ގޮނޑި ގެއްލިފައޭ ބުނާ 12 މެމްބަރުން ނަށް ވެސް އެދުވަހު އެތަނަށް ވަނުމުގެ ފުރުޝަތު އޮތް ކަމަށް. މިހެން ކަމުން އެ 12 މެމްބަރުން ރިޔާސީ ބަޔާން އިއްވަވާ ދުވަހު އެތަނަށް ވަޑައި ގަންނަވާނެ ކަމަށް މަމެން އުއްމީދު ކުރަން. އަދި އެ މެމްބަރުން އެ ތަނަށް ވަޑައިގަންނަވަން ޖެހިލުން ވާންވާ ސަބަބެއް މަމެން ނަކަށް ނުފެނޭ. ތިއީ ރައްޔިތުން އިންތިހާބު ކޮއްފައިވާ މެމްބަރުން.

The name is already taken The name is available. Register?

ބޮލިހިލާ

29 January 2018

މި އަހަރަށް މަޖިލިސް ފެށުމުގެ ކުރިން ގޮތެއް ކަނޑައެޅޭނެ ކަމަށް އުންމީދު ކުރަން ކަމަށް އަނާރާ މެން އެބުނަނީ އެއީ އެމެންނަށް ގާނޫނުގައި އޮންނަ އެއްޗެއް ނޭގޭތީއޭ މަމެން ބުނަން ނެތީމު ދޯ. އެހެންވެއޭ މަމެން ބުނަނީ ތަމެންގެ ސައިޒަަށް ވުރެން މަތިން ތަމެން ވާހަކަ ނުދައްކާ ރަންރީނދޫ ޓްވިޓަރޭ މެން ނާއި އެކު އިރު އަރާ ތަނުން ނެސްޕްރޭ ހުސް ކުރި ދަޅު ކިހިލީގައި ޖަހައިގެން ބޮލި ހިލާ ލަވަ ކިޔަމުން ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން ދާން. ތަމެން ދެން ދަގަ ބޮލި ހިލަން ބޮލިހިލާ ބޮލިހިލާ ބޮލިހިލާ ދޯ.

The name is already taken The name is available. Register?

ބުނެދޭން ބޭނުން

29 January 2018

އިދިކޮޅު ބާރަ މެމްބަރުންގެ މަޖްލީހުގެ ގޮނޑި ގެއްލިފައިވާކަން އީސީގެ އަމަލު ތަކުން ކަނޑައަޅާފައި އޮތްކަމުގައި ވިއަސް ޤަބޫލު ކުރަނީ އެބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގައެވެ. އެކަން ކަށަވަރު ވަނީ މަޖްލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމުގައިވާނަމަ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެގޮނޑިއަށް މެމްބަރަކު އައްޔަން ކުރުމަށް އީސީ އަށް ޤާނޫނު ލާޒިމުކުރާއިރު އަދިވެސް އެބާރަގޮނޑި އަށް އަދިވެސް މެމްބަރުން އައްޔަން ނުކުރާތީއެވެ. ޤާނޫނުން ލާޒިމު ކުރާކަމެއް ނުކޮށް އޮތުމަކީ، އީސީގެ މެމްބަރުންގެ ޤާނޫނީ ޙައިޘިއްޔަތު ގެއްލޭނެ ކަމެއް ކަމަށްވީހިނދު އެކަން ނުކޮށް ހުރުމުން ދޭހަވަނީ އެބޭފުޅުން ޤާނޫނީ ހައިޘިއްޔަތު ލާޒިމުކުރާ ކަމެއް ނުކޮށް ނުބާއްވާނެ ކަމާއި، ބާރަ މެމްބަރުންގެ ގޮނޑި ގެއްލިފައިވަނީ ސަރުކާރުގެ ނުފޫޒު އެބޭފުޅުންގެ މައްޗަށް އޮތްލެއް ބޮޑުކަމުން އެގޮތަށް ޢަމަލު ކުރެވުނީ ކަމުގަ އެވެ.

The name is already taken The name is available. Register?

ހަމަބުއްދި

29 January 2018

ޢަޅުގަޑު ޤަބޫލް ކުރާ ގޮތުގައި އެ 12 މެމްބަރުގެ ގޮޑި އެއް ނުގެއްލެއެވެ.އެ 12 މެމްބަރުންގެ ގޮޑި ގެއްލޭނީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ސިޕްރީމް ކޯޓުން ގޮޑިގެއްލިއްޖެ ކަމަށް ނިންމެވުމުން ނެވެ. ސުޕްރީމް ކޯޓަށް ޤާނޫނު އަސާސީގެ ދަށުން ދީފައިވާ މުތްލަޤު ބާރެއް ސުޕްރީމް ކޯޓުން އީސީ އާއި ހަވާލެއް ނުކުރެވޭނެއެވެ. ވީމާ ތި 12 މެމްބަރުން އަދި މަޖްލީސްގެ ގޮޑީގްއި ތިއްބަވާތަން ފެންނާބެއެވެ.އަދި އެ 12 މެމްބަރުން މަޖްލީހުގެ ޖަލްސާ ތަކުގައި ވެސް ބައިވެރި ވާނެއެވެ.އަދި އެ 12 މެމްބަރުން ނަށް މުސާރަ ވެސް ދޭނެއެވެ

The name is already taken The name is available. Register?

މަހަށްދޭ

29 January 2018

ތަމެން އަނާރާ މެންނަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ އަދާލަތަކީ އެއީ މިރާއްޖޭގެ ސިޔާސީ މައިދާނުގައި ކޮލޭޓްރަލް ޑެމޭޖް އޭ. ޑެސްޕެރޭޓް ތިންގްސް ޑެސްޕެރޭޓް މެޝަރސް. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.

The name is already taken The name is available. Register?

އެފް އެމް

29 January 2018

މަޖްލީހަށް ބިލެއް ހުށަހެޅި ކޮމެޓީ މަރުހަލާގަ ބިލަށް ބަހުސްފެށުމާއި އެކު ކިހާވަރެއްތޯ ލިބޭނީ ކޮންމެ ފަހަރަކު އަހާ ނަމަ އެމެމްބަރެއްގެ ގޮނޑިީގެ މައްސަލަ ހަމަ ހައްލުވާންޖެހޭބާ ތިޔައިގެ ތެރޭގެ ތެރޭގައި މަފަދަ މެމްބަރުންތަކެއްބތިބިނަމަ ހަމަ ގެއްލުގެން ދަނީ މެމްބަރުގެ ހައްގުބާ ހަގީގަތުގަވެސް ރިޝްވަތުގެ ހުތުރު އަމަލުގަ ތިޔައިގެ ތެރެއިން މެމްބަރުންތަކެއް ޖެހިފައިވާ ނަމަ އެބަޔަކު މަޖްލީހަށް ވައްދައި އަނެއްކާވެސް ރިޝްވަތުގެ ކުޅިގަނޑެއް ކުޅުމަށް ފުރުސަތު ފަހިކޮށްދޭން ޖެހޭބާ އެބައިމީހުންގެ މުއްސަނދިކަމާއި ޖާހިލުކަމަށް ބެލުމެއްނެތި ހަމަ ފަހި ފުރުސަތު ފަހިކޮށްދޭންޖެހޭބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454