ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިއަދު އެ ޕާޓީގެ އޮފީހުގައި ކުރިއަށް ދަނީ.
31 ޖެނުއަރީ 2018 - 17:04
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް، ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ޕާޓީގެ ކައުންސިލްގައި މިއަދު މަޝްވަރާކޮށްފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރެލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް "މިހާރު" އަށް ވިދާޅުވީ، ރައީސް އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ދެ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އޭގެ ތެރޭގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީޕީއެމުން އަދާކުރަން ޖެހޭ ޒިންމާތަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވަން ޖެހޭ އަހަރީ ރިޕޯޓު ކައުންސިލުން ފާސްކުރުން ހިމެނެ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ހިންގިދާނެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށް ޚަލީލް ވިދާޅުވި އެވެ.
"މަޝްވަރާ ކުރި ސަރުކާރުން ހާސިލް ކޮށްފައިވާ ކާމިޔާބީތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން، ވެސް،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގައި މިހާރު 40،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަރޯގާ
01 February 2018
މާތް ކަލާނގެ ރަސްކަންފުޅައްޓަކާ ބުނަން އިތުރައް ދެން ވަރުގަދަ ނުކުރައްވާ!!!
ބަތަލް.
01 February 2018
މިސަރުކާރު ހަރުދަނާކޮށް ވަރުގަދް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މިސަރުކާރުންްހިންގާ ތަރައްގީގެ މަޝްރޫއުތައް އާންމު ރައްޔަތުންނަށް ފެންނާނެ ގޮތެއްހެދޭތޯ ބަލަންވީ، އެއިރުން ސަރުކާރު ހަރުދަނާވީ، ސާބަސް ރައީސް ޔާމީން ތިކުރައްވާ ހިއްވަރަކަށް، އިހުލާސްތެރި ހިދުމަތުގައި ދެމިހުންނަވާ، މިއީ ވަރަށްވާހަކަ، ވަރަށް ސަލާމް،
ތެއާސާ.
01 February 2018
ތި ބައްދަލުވުމުގައި ޕާޓީގެ މިވަގުތު އެންމެ ހަރަކާތްތެރި ގޮފީގެ ގޮތުގައި ފާހަނގަކުރެވޭ 'ޖުޑިޝަރީ ގޮފިން' އެެެއްވެސް މަންދޫބެއް ބައިވެރި ނުވަނީތޯ؟
ޝުޖާއު
01 February 2018
ދީދީ
ޖޭމްސް
01 February 2018
ހަހަހަ. ކޮމެންޓް އޮފް ދި އިޔާ<<<>>>
އެޑްމުންޑޯ
01 February 2018
މިހާރުވެސް ތިތިބީ ވަރުގަދަ ކޮއްގެންނޫންތަ ؛ އިދިކޮޅުމީހުން ހިފާހައްޔަރުކޮއް ނުރުހުމުގެ ބަހެއްބު ނެލާއިރަށް ޖުރުމަނާކޮށް ވަރުގަދަ ނޫންތޯ
ފާތުން
01 February 2018
އަދިވެސް އިތުރަށް ވަރުގަދަ ކުރަންޏާ ދެން އިދިކޮޅަށް ސަޕޯޓުކުރާ ހުރިހާ ރައްޔިތުންވެސް ތިބޭނީ ޖަލުގަ ދޯ. އޭރުން ދެން ހަމައެކަނި ސަރުކާރު ސަޕޯޓަރުންނަށް އިލެކްޝަން ބާއްވާފަ، ހޮވިގެން ކިޔާ %100 ތާއިދާއެކުއޭ މިހޮވުނީ.
ހަބީބު
01 February 2018
ޕީޕީއެމް ހަރަކާތް މިއަށްވުރެން ވަރުގަދަ ވެއްޖެނަމަ މިޤައުމެއް ނޯންނާނެއެވެ. މިހާރު ތިޔަ ހަރަކާތުން ތިޔަކުރާ ކަމަކީ ބަލިވެއިންދެ ވިހައިގެން ގަދަ ނުވެތިިބި އަންހެނުން ހިފާ ހައްޔަރުކޮށް އެމީހުންނަށް ޓެރެރިސްޓްންނޭ ކިޔައިގެން ޖަލަށް ލުމެވެ. އަސްލު ޓެރެރިސްޓްން ނަކީ ރައްޔިތުންގެ ތެރޭގައި ބިރުވެރި ކަން އުފައްދައި ރައްޔިތުންނަށް އަނިޔާދީ ހެދުމެވެ. ފާޅުގައި ސަރުކާރު މިނިސްޓަރުންނާއި، ސަރުކާރަށް ތާއީދު ކުރާމެންބަރުންގެ އިތުރުން ރައީސްއާއި ރައީސްގެ އަނބި ކަނބަލުން ކުރީސަފަށް ނުކުމެ ރައްޔިތުންނަށާއި އެއްމެހާ މުއައްސަސާތަކާއި ކޯޓްތަކަށް ބިރުދައްކައިގެން ތިޔަކުރަނީ ޓެރަރިޒިމްގެ އަމަލު ނޫން ދެން ކޮންކަމެއް ތޯއެވެ. އިތުރަށް ތިޔަ ޕާރޓީން އިތުރު ކުރާނެ ހަރަކާތެއް އެބަ އޮތްތޯއެވެ؟؟
ނަޒީފާ
01 February 2018
ފޮޓޯގައީ ތީބީ އެންމެން އަންނައަހަރު ތީބޭނީ ޖަލުގަދޯ.. ދަރުބާރުގޭ ގުރޫޕު އަދީވެސް ޕީޕީއެމް އޭ ކީޔައީގެން އުވީފަ އޮތް ޕާޓީއެއްގެ ނަން ގަވައީދާ ޚީލާފައް ބޭނުންކޮއްގެން މީއުޅެނީ ކީއްވެބާ.. ދެން މެމްބަރުންވެސް ނުވެއްދޭނެދޯ އުވީފާ އޮތް ޕާޓީއަކައް..
ނސާން
01 February 2018
ޕީޕީއެމް އަކީ އުވީފާ އޮތް ޕާޓީއެއް.. ކޮންގުރެހެއް ހީނގާކޮމެޓީއެއް ގަވާއީދެއް ވެރީއެއް އީންތީޚާބެއް ލެޖީޓީމެސީއެއް ނެތް ޕާޓީއެއްކަމައް އީދީކޮޅުން ސާބީތުކޮއްދީފީ..
އައިހަމް
01 February 2018
ދަރުބާރު ފެކްޝަނަކީ މަޝްވަރާ ކިރަން ބޭނުންވާ ބައެއް ނޫން އެ އުޅެނީ ދަރުބާރުގެ އަށް ކުލި ނުދައްކާ
ކެކުރި
31 January 2018
ހެހެ.. ހެހެ.. ހަމަ އަސްލުވެސް ތިބުނާ ދެކަންތަކާތަ މަސްވަރާކުރީ.