ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް މިރޭ އައިޖީއެމްއެޗްގައި.
07 ފެބުރުއަރީ 2018 - 00:59
ރޭ ދަންވަރު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަހައްޓާފައި ހުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް އައިޖީއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.
އައިޖީއެމްއެޗްގައި ހުރި މީހަކު ބުނީ ފުލުހުން އަލީ ހަމީދު އެ ހޮސްޕިޓަލަށް ގެންދިޔައީ މިރޭ ގާތްގަނޑަކަށް 12:00 ހާއިރު ކަމަށެވެ.
"އެނދަކަށް އަރުވައިގެން ގެންދިޔައީ. ސީދާ އިމަޖަންސީ އަށް ގެންދިޔައީ. ބަލާ ބެލުމަށް ހީވަނީ ހޭނެތިފައި ހެން އޮތީ. ލޯމެރިފައި އޮތީ،" އެ މީހާ ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް މިރޭ އައިޖީއެމްއެޗްގައި.
މިކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ދޭން ފުލުހުން ބޭނުމެއްނުވި އެވެ.
ރޭ އިރާކޮޅު ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ ހައެއްކަ ގަޑިއިރު އެ ކޯޓުގެ ތެރޭގައި ހޭދަކުރުމަށް ފަހު، ފުލުހުން އަލީ ހަމީދު ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ސުޕްރީމް ކޯޓު ތެރޭގައި އިންނަވަނިކޮށް އަނބުރައިގަނެގެން އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށްގެން ހިތުގެ ބައްޔަކަށް ފަރުވާ ދިނެވެވެ. އަދި އޭގެ ފަހުން ރާއްޖޭން ބޭރުގައި ވެސް އަލީ ހަމީދަށް ފަރުވާ ދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކްޖައްސަނީ
07 February 2018
މީ އަޖައިބެއް ޖަލަށްލާއިރަަށް ބަލިވަނި ޢަންނި ވެސް ގުދާރު ބިންދައިގެން ގޮސް ޔޫކޭގަ ގޮނޑި ދުއްވާ ކުޅުނީ ޤާސިމް ވެސް ހަމަ ބޭރަށް ދިޔަެއީ އެންމެ ގަދަފަދަ އެއް ޤައުމުން އަނެއް ޤައުމުން ދެން ހުރި މީހާވެސް އަހިވަކާޖެހި އަހިވަކެއް
އަލީ ސަލީމް
07 February 2018
ކިހާބޮޑު ނޮހޮރަޮއްޕާނެއް! މީނަ ގެ ސްޓަންޓް ތަކަކުން އަހަރުމެންނައް ސަލަމަތް ނުވެވުނޭ! ހަމަ އެހާ މުހިންމު މީހެއްތަ މިއީ؟؟؟؟
ކީސްކުނޑުި
07 February 2018
ސާބަހޭ ދިވެހިން ދިވެހިން ދިވެހިންގެ ގޮތުގައި
އަހުމަދު އިބްރާހިމް
07 February 2018
އަވަހަށް ބޭސް ފަރުވާ އަށް ބޭރަށް ފޮނުވާ........ބޭރަށް ފޮނުވާ އިރަށް ޑޮކްޓަރަށް ނުދެއްކިއަސް ރަނގަޅު ވާނެ....
ހަސަނު
07 February 2018
ކިތަންމެ ނުބައި މީހެއް ނަމަވެސް އެ މީހެއްގެ އިންސާނީ ވަންތަކަމާ، އިންސާނަކަށް ވީތީ ލިބެންޖެހޭ ގަދަރެއް އޮންނާނެ.. އަލީހަމީދަކީ ކޮންމެ ކަހަލަ މީހަކަސް އޭނާއަކީ އަދިވެސް ދިވެހި ދައުލަތުގެ އެންމެ މަތީ ކޯޓުގެ ބޮޑު ފަނޑިޔާރެއް.... ސުޕްރީމް ކޯޓަކީ ދިވެހި ރާއްޖޭގެ ގާނޫނީ ވެރިކަމުގެ ތިން ތަނބުން އެއް ތަނބު.. ސުޕްރީމް ކޯޓަށް ދިވެހިރާއްޖޭގެ ދިފާއީ ބާރު ތަކުން އަރާ ގަދަކަމުން އުއްތަމަ ފަނޑިޔާރާއެކު އަލީހަމީދު ހައްޔަރުކުރިތަން ދުށީމު... މިއަދު އަލީހަމީދުގެ މޫނު މަތިން ލޯކައިރިން ދުޅަވެފައި ހުރިތަން އެބަ ފެނޭ.. ދިފާއީ ބާރުތަކުގެ ހައްޔަރުގާހުރި މީހަކަށް އަނިޔާ އެއް ލިބުނީ ކިހިނެއްތޯ އެބަ ސުވާލު އުފެދޭ...
އަލީ ނާޒިމް
07 February 2018
އިންނާލިއްލާހި ކިޔާ ހިސާބައް ގޮއްސިއްޔާ ބުނައްޗޭ، އެހެންނޫނީ މަށެއް ބޭނުމެއްނޫން މިވާހަކަ އަޑުއަހާކައް!
އާރީ
07 February 2018
ކޮންމެކަމެއްވެސް ދެނެވޮޑިގެންވާ ފަރާތެއްވޭ. ހުރިހާކަމެއްވެސް ވަގުތު ޖެހުނީމަ ފަޅާއަރާނެ.
ނާން
07 February 2018
ނޭވާލާތަ؟
ޚުރަފަލި
07 February 2018
ދެން ބަދަލު ޖަޖެށް ގެންނަވާ 2018 ކާމިޔާބް ކުރައްވާ. ޢަލީ ހަމީދަށް އަވަސް ސިފާއަކަށް އެދެން.
ޣަދުރޭ (ޕުއްޕު)
07 February 2018
ހިތާމައިގެ ކޮޅެށް ނެތް. ޢިންސާފު ޤާއިމު ކުރަން ތިބި މީހުން ނެތި ދަނީ. ދެން އަލީ ހަމީދުގެ ކޮންޑިސަން ހުރިގޮތުން ކަމަށް ބުނެ އެ މަޤާމަށް އައްޔަން ކުރާނީ ކާކުބާ؟؟؟
ރާއްޖެ
07 February 2018
އިންސާފު ގާއިމު ކުރަން ތިބެ މި ފެބްރުއަރީ މަހުގެ ކުރިން އިންސާފުން ކުރި ހުކުމެއް އޮތް ކަމަށް މިހާރު ގަބޫލު ކުރެވުނީތޯ؟