މާލެ: ސެޕްޓެމްބަރު 24، 2017: ސައުދީ އަރަބިއާގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާގައި ބޭއްވި ހަފުލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ
07 ފެބުރުއަރީ 2018 - 13:47
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ތިން ބޭފުޅަކު ހައްޔަރުކޮށްފި އެވެ.
އަލީ ހަމީދުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، މ. މިބިނާ އިން މިއަދު އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކު ހައްޔަރު ކުރި ކަމަށާއި އަދި ރޭ އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮއަކާއި އޭނާގެ އަނބިކަނބަލުން ވެސް ހައްޔަރު ކުރި ކަމަށެވެ.
ފުލުހުން ވަނީ އެ ބޭފުޅުން ދިރިއުޅުއްވާ ގެ ވެސް ރޭ ފާސްކޮށްފަ އެވެ. އަދި ލެޕްޓޮޕެއް ވެސް ވަނީ ގެންގޮސްފަ އެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، އިއްޔެ ރޭ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރީ ފްލެޓް ގަތުމުގައި ހިންގި ކަމަށް ބުނާ ރިޝްވަތުގެ ތުހުމަތެއްގަ އެވެ. އަލީ ހަމީދުގެ ފަރާތްޕުޅުން ކުރިން ބުނެފައިވަނީ ފްލެޓް ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. މި ތުހުމަތަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ހައްޔަރު ކުރުމާ އެކު ސިއްހަތު ގޯސްވެ، އަލީ ހަމީދު މިހާރު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ_
07 February 2018
ހެކި ހުންނާނެ. ގޭގެއިން ފިސްތޯލައާ، މޫދު އަޑިން ހަތިޔާރާ، ބާލީސްދަށުން ޕެންޑްރައިވާ ހޯދާ ބައެއް ތިއީ. މައުމޫނުގެ ގޮދަޑިދަށުގައި މިހާރު ބެލިޔަސް މަނަވަރުތަކާ ބޮންއަޅާ ބޮޑެތި ބޯޓާވެސް ފެންނަން ހުންނާނެ. ހަމަ ޔަގީން.
އަޖީތު
07 February 2018
މިއީ މިހާރު އަލަށް ގެންނެވި ޕޮލިސީއެއް ދެއްތޯ؟ ގަސިމް މައްސަލައިގައި އޭނާގެ ދަރިފުޅު. މައުމޫން މައްސަލައިގައި އޭނާގެ ދަރި. އަލީ ހަމީދު މައްސަލައިގައި އޭނާގެ އާއިލާ؟ އަޅެ ބޮޑު ވަރެއްނުދޯ؟
ނިލިސް
07 February 2018
ގޯނި ގޯނީގައި ފައިސާ އުފުލައި މީސްމީހުންނަށް ފައިސާ ބެހިކަމަށް ބުނާ ފަރާތުގެ ތަޙްޤީޤް ނުހިނގަނީ ކީއއްވެ! އިންސާފު ކޮބާ؟
ނިލިސް
07 February 2018
ކައިރީގަ މަތީ ފަޑީގަ ތިބޭ މީހުން ގޮއްޗާއި ފްލެޓް ހޯދި ގޮތާއިމެދު ސުވާލުކުރަންޖެހޭ!
ސަމަސާ
07 February 2018
މިފަހަރު ފިސްތޯލައިގެ ބަދަލުގަ ފައިސާ..... ކޮބާތޯ ފައިސާގޯނީގެ ވެރިޔާ...
ޢޙަމީދު
07 February 2018
ތަބީއީ ކަމެއްނު ދެން ކީއްވެބާ
އަލިހޮއްކޮ
07 February 2018
ހިތާމައިގެ ކޮޅެއްނެތް ދިވެހި ފުލުހުންނާ ސިފައިންގެ އަމަލްތަކުން. ހައްޔަރުކުރަން ޖެހޭ މިހާ ކައިރީ އެނބުރޭ އިރުވެސް ހައްޔަރު ނުކޮށް ކޮންގަނޑެއް ކަލޭމެން ތިގަންނަނީ
އަހްމަދު މާހިރު
07 February 2018
ފުލެޓެއް ގަންނަން ފައިސާ ދައްކަން އެއްބަސްވުމަކީ ވަރަށް ބޮޑު ކުށެކެވެ. އެހޯދަން ޖެހޭނީ ސަރުކާރު ތެރެއިން ވގށެވެ.
ދެރަ
07 February 2018
މިހާރު މިކުރާކަމަކީ ހަސަދައާއި ބަދަލުހިފުން. ނިކަމެތިކޮށްލުން ނައްތާލުން. އެއްގޮތަކަށްވެސް ތެދުވެރިކަމާއި އިޚްލާސްތެރިކަމުން ކުރާކަންކަމެއްނޫން. އެހެންނޫންނަމަ އަލީހަމީދު ބަންދުކުރާނީ ހުކުމުގެ ކުރިން. އޭނާއާއި އާއިލާއަށްވެސް އިންސާފު ލިބެންވާނެ.
އަލީ ސަލީމް
07 February 2018
ޖެހިގެން ހުރި ގޯތީގެ މީހުންވެސް ކަހާލާ! ވޭންދެނިވި ކަމަކައް ވެއްޖެ! ދެތިންގެއެއްގެ އަހުލުވެރިންގެ އުނދަގޫ މުޅި ރާއްޖެއައް ދާއިމީ ގޮތަކައް!!