ރާއްޖެ އައި އީޔޫގެ ގައުމުތަކުގެ ސަފީރުންގެ ވަފުދުން އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލުކުރެއްވުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 ފެބުރުއަރީ 2018 - 19:25
ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަވަސް ވެފައިވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުންގެ ވަފުދު ފުރައިގެން ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ނަމަވެސް، ސްރީލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އީޔޫގެ ވަފުދާއެކު މަޝްވަރާ ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.
EU ge vafudhaa bahdhalu kuran sarukaarun beynumeh nuvi
The most trusted news source in the Maldives
Mihaaru
އީޔޫ ވަފުދާ ސަރުކާރުން ބައްދަލުކުރަން ދެކޮޅު ހެދި ކަމަށް ބުނުން--
އެކަމަކު، ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސައިން ޝިހާބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އީޔޫގެ ވަފުގެ ބޭފުޅުން ފޮރިން ސެކްރެޓަރީ އަހުމަދު ޝަރީރުއާ އެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
The #ForeignSecretary had a fruitful meeting with the #Visiting EU/UK #Delegation which requested immediate meetings with #Cabinet Ministers. Meetings where scheduled for 3PM today once Cabinet Consultations would end; however the delegation had, by then, chosen to leave. https://t.co/LYA0YHflfw
— Ibrahim H. Shihab (@IntSpkMV) February 8, 2018
ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބުގެ ޓުވީޓު
އީޔޫގެ ވަފުދު އެނބުރި ދިޔައީ، ދިވެހި ސަރުކާރުގެ ވަޒީރުންގެ ބޭފުުންތަކެއް އެ ވަފުދާ މިއަދު މެންދުރު ފަހު 3:00 ގައި ބައްދަލު ކުރައްވަން ނިންމަވާފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
Foreign Secretary, @AhmedSareer, meets with Ambassadors of EU, UK and Germany. Discussed about the ongoing situation and expressed gratitude for their continous support even during difficult situations. pic.twitter.com/7W5jFQQkJq
— MFA Maldives (@MDVForeign) February 8, 2018
ފޮރިން މިނިސްޓްރީގެ ޓުވީޓު
ރޭ ރާއްޖެ އައި އެ ވަފުދުގައި ހިމެނެނީ، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތުގެ ސަފީރުންނެވެ. އެބޭފުޅުން ވަނީ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފަ އެވެ.
ޖަލު ހުކުމްގައި ތިބި ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމް ތަންފީޒު ކުރުމަށް އީޔޫ އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ. އޭގެ ފަހުން ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫ އިން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒީމް
09 February 2018
ސަރުކާރުގެ ބޯހަރު ސިޔާސަތު ތަކުން މުޅިދުނިޔެއަށް މިގައުމު ފަލީހަތްވެ ނިމިއްޖެ.
ޢިއްމަ
09 February 2018
ކުޑަޔަސް ދިވެހި ސަރުމާރަކީ ކުޅޭ އެއްޗެއް ނޫންކަން އެވެރިންނަށް އެނގޭނެ މިހާރު. ޤައުމުތައް ޑިމޮކްރަސީގެ ނަމުގައި ކުޅޭ ގޭމް އެންމެންނަށްވެސް އެނގޭ
މާނު
09 February 2018
ތިމީހުންނަށް އީޔޫ ވަފުދޭކިޔާނެކަމެއް ނެތް ތީ ނަޝީދު ފޮނުވައިގެން އެމްޑީޕީއާ ބައްދަލުކޮށް އޭނަގެ އެޖެނަޑާ ކިޔައިދޭން އައި ބަޔެއް ތިމީހުންނާ ސަރުކާރުގެ އެއްވެސް އޮފިޝަލަކު ބައްދަލު ނުކުރިކަމީ ދިވެހި އެއްމެހާ ރައްޔިތުން ފަހުރްވެރިވާކަމެއް. ޝުކުރިއްޔާ ދިވެހި ސަރުކާރު
އަގަރު
08 February 2018
އީޔޫގެ ވަފުދުންބުނީ މިސަރުކާރާވާހަކަދެއްކުމަކީވަގުތުބޭކާރުކުރުމެކޭ
މަގަރު
09 February 2018
ތެދެއް ތިބުނީ ! މިމީހުން ބުނާހާ ގޮތެއް މިސަރުކާރަކުން ނުހަދާނެ . ފައްޅިއެއް ނޭޅޭނެ ! އެއްޖިންސުން ކައިވެންޏެއް އަމުދުން ކުރިޔަކަނުދޭނެ !
އައްޑޫ ސިޓީ
08 February 2018
ސަރުކާރުގެ ޖާހިލުކަމުން ރައްޔިތުންނަށް އޭގެ އަސަރު ކުރީމާ ގޯހޭ ގޯހޭ ކިޔަން މަޑުކުރުމުގެ ބަދަލުގައި މިހާރު ކޮންމެ ރައްޔިތަކުވެސް ވިސްނަން ވެއްޖެ މިކަމާއިމެދުގަ. ޓޫރިޒަމަށް އެކަނި ކޮށްލާ އަސަރަކުންވެސް އާބާދީގެ ބޮޑު ބަޔަކަށް އެނގިގެން ދާނެ.
ޙަމީދު ކ
09 February 2018
ބަލަ އަންނި ޓޫރިޒަމް ބޮއެކޮޓްކުރަން ގޮވިއިރު ނުވާކަމެއް ވާނެބާ
ކަރުންމަތީގެ ޑޮކްޓަރު
08 February 2018
ބޭރުގެ ފަރާތްތަކަށް ސަރުކާރުން ދައުވަތު ދިނީ ރާއްޖޭގެ ހާލަތު ބަލަން. އެއްވެސް ގޮތަަކަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރުންނާ ބައްދަލުކޮށް ކަންކުރަންވީ ގޮތް ބުނެދޭކަށް ނޫން. ބަލާނެތަނެއް ބަލާނެ ގޮތަކަށް ގުދުވެގެން ބެއްޔަސް ބަލާފަ ދިޔައީމަ ނިމުނީ ނިމުނީ.
ހޭކެނޑޭ
08 February 2018
ބޭރުދުނިޔޭގައި ދިވެހިނަށް ލިބިފައިވާ ރީތި ނަން މިވީ ގޮތުން ދުނިޔޭގައި ކިލަނބު ވެ އެ ނިިމުނީ. މިކަމުންވެސް ހުރިހާ ގެއްލުމެއް ލިބޭނީ ނިކަމެތި ފަގީރު ރައްޔިތުންނަށް. ހުރިހާ ބޮޑުން ތައް އެތިބީ ދުނިޔޭގެ އެކިއެކި ކަންކޮޅު ތަކުން ގެދޮރާއި ވިޔަފާރި ތައް އެތަންތާގައި ފަށާފައި. ކުރާނެ ކަމެއްނެތް. މާތްކަލާނގެ ކިނބައަށް ޝުކުރު ކުރުން ނޫން ގޮތެއްނެތް.
ނެޝަނަލިސްޓް
08 February 2018
ސަފީރުންނަށް ވެސް މިހަދަނީ ރައްޔިތުން ސަރުކާރު އޮފީސްތަކަށް ދިޔާމަ ކަންކުރާ ގޮތަށް! ލަދުން ބޯހަލާކު!
،މުރާސިލް
08 February 2018
އީޔޫ ވަފުދުވެސް ތި އުޅެނީ ތަންކޅެއް ފެންމައްޗަށް އަރަިއގެންނެވެ. ސްޓޭޓް އޮފް އިމަޖެންސީ އިޢުލާންކޮށްފައި އޮތް ޤައުމަކަށް ވާހަކަ ދައްކަން އައި ބަޔަކު 24 ގަޑިއިރު ނުވަނީސް ފުރައިގެން ދަމުން ސަރުކާރުން ބައްދަލު ނުކުރިޔޭ ބުނީމާ އަންނަނީ ހިންޏެވެ. އަދި އަމުދުން އީޔޫއިން ހަމަ ބަޔަކު އަންނަ އިރަށް އެމީހުންނާއި ރައީސް ބައްދަލުކުރާކަށްވެސް ނުޖެހެއެވެ. މޮޔަނުވާށެވެ، ކަލޭމެންގެ ފޫޓުގައި ކަލޭމެން ތިބޭށެވެ.
މޯޑް
08 February 2018
ދެން ކޯންޗެއް ހަނދާންވެގެންތަ ޙާލަތު ބަލަން އަންނާށޭ ކިޔާފަ ބަޔާން ނެރެނީ؟
މަރޭމިތުރާ
08 February 2018
މިގައުމެއް މިހާރު ނެތިއްޖޭ އެބަ މަށަށްހީވޭ!... މިގައުމުގެ އުސޫލާއި ކަންތައް މިއަދު މިދާގޮތުން!
ޖަމްބޭ
08 February 2018
އީޔޫ މީހުންގެ ވަފުދު އައީ އެމްޑީޕީ މީހުނާ ބައްދަލުކުރަން.