މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސި ސަފީރާއި އީޔޫގެ ސަފީރު އަދި ޖަރުމަނުގެ ސަފީރު، އިދިކޮޅު މީހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
08 ފެބުރުއަރީ 2018 - 16:39
ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު، ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ އިސް ވަފުދާ ބައްދަލުކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ސްރީލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެ ވަފުދާއެކު މަޝްވަރާކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އީޔޫ އާއި އިނގިރޭސި ވިލާތް ހިމެނޭ ވަފުދުން ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓްގެ މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރަން މިއަދު އެދިފައިވާނެ ކަމަށް ވެސް އެ ޓުވީޓްގައި ބުނެފައިވެ އެވެ.
"އަޅުގަނޑުމެންގެ އެދުން ވަނީ ބަލައިނުގެންފައި. މިއީ ކުރިޔަށް ދާންވީ ގޮތެއް ނޫން،" ޖަރުމަނުގެ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
Sadly the Maldivian Govt refuses dialogue: today with my UK/EU colleagues we requested to meet the President/Cabinet ministers and speaker of majlis to discuss our concerns on the current situation. Our requests were unfortunately refused. That is surely not the way forward.
— GermanEmbassyColombo (@GermanyinSL) February 8, 2018
ޖަރުމަނު އެމްބަސީން ކުރި ޓުވީޓު
ރޭ ރާއްޖެ އައި އެ ވަފުދުގައި ހިމެނެނީ، އީޔޫގެ ސަފީރުގެ އިތުރުން ޖަރުމަނާއި އިނގިރޭސި ވިލާތުގެ ސަފީރުންނެވެ. އެ ވަފުދު ރާއްޖެ އައިސް މިއަދު ހެނދުނު ވަނީ އިދިކޮޅު ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައިފަ އެވެ.
ޖަލު ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު، އަމުރު ސަރުކާރުން ތަންފީޒު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ، އެމެރިކާ، ޖަރުމަން ވިލާތް އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ އާއި އެމްނެސްޓީ ފަދަ ޖަމާއަތްތައް ވެސް ހިމެނެ އެވެ. އެއްވެސް ޝަރުތެއް ނެތި، އެ ހުކުމް ތަންފީޒު ކުރަން ގޮވާލަމުން ދަނިކޮށް، ސަރުކާރުން ދެން އަމަލުކުރި ގޮތާ މެދު ވެސް ބައެއް ގައުމުތަކުން ހިތްހަމައެއް ނުޖެހެ އެވެ.
އެއީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އަދި އާންމުންގެ ބައެއް ހައްގުތައް ހަނި ކޮށްފައިވާތީ އެވެ. އެ ދެބޭފުޅުންގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ފުލުހުން ކުރަނީ ރިޝްވަތުގެ ތުހުމަތެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލުކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރުން އީޔޫގެ ބައެއް ގައުމުތަކުން ސިފަކުރަނީ "ޑިމޮކްރަސީ އަށް ދިން ހަމަލާއެއް"ގެ ގޮތުގަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، ކުއްލި ނުރައްކަލުގެ ހާ؛ލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ހައްޔަރުކުރި މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޖުމަރާ
10 February 2018
ގަދަ ޕުޓިންއާއި ޔާމިނަށް ނޫނީ މިކަމެއްނުވާނެ. ކިތަންމެ ކޮރަޕުޓު ވިއަސް މަވޯޓާ ޔާމިނަށް.
ޮނޯބޮޑީ
09 February 2018
ރާއްޖެ އަކީ ޔޫރޮޕްގެ ގައުމެއްތަ؟
ސޭޓް
09 February 2018
ބަރާބަރު ނިންމުމެއް
އެމަންޖެ
08 February 2018
ކީއްވެގެންބާ އިޖިޕްޓަށް ތިޔަފަދަ ވަފުދުތަކަށް ދާންނުކެރެނީ! އަދި މާ އިންސާނިއްޔަތަށް ލޯބިކުރާ ބައެއްކަމަށް، ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސް ވަރު އެނދުގައި އަޅާ ތައްމަކުނު މަރާހެން އެތައް މިލިއަން އިންސާނުން މެރި މީހުން ފާޑުފާޑުގެ ޓްވީޓްކޮށްކޮށްފައި އެބައުޅެއެއްނުން! އަނެއްކޮޅުން މިހާރު ވެސް އެންމެ މިޒަމާނުގެ ހަތިޔާރު ދީގެން ފަލަސްތީނުގެ ރައްޔިތުން، ގައިގަ ޖައްސާ މަދިރި މަރާހެން މަރާއިރުވެސް މަރާއިރުވެސް ލޯ މަރާލައިގެން އޮންނަ ގައުމުން އަދި މި ކުޑަކުޑަ ދިވެހި ރާއްޖެއަށް މާ ހެޔޮ އެދޭކަމަށް ހެދިގެން އެބައުޅެއްނުން!
އެމްސް
08 February 2018
ޕާޓިސިޕޭޓިވް ޑިމޮކްރަސީ އަކަށް ސަރުކާރު ތާއީދު ނުކުރަނީ ބާ؟
ހޮޓްކިންގ
08 February 2018
ތިޔަ ބަޔަކު ރާއްޖެ އައި އިރުވެސްތިބީ މޫނު ހަދައިގެން ސަރުކާރާޢި ކަނޑައެޅިގެން ދެކޮޅުވެރި ދެރަވަރު ބަސްތައް ބުނެ ޖެއްސުން ކުރަންކަން އެނގުނު. އަދި އެކަން ކާމިޔާބު ނުވީމާ ރުޅިފަޅައިގެން ދިޔަތަންވެސް ފެނުނު. ހަމަ ރަނގަޅަށް ތިވީ. ދެންދޭ ރަށަށް.
އުޅެބަލަ
08 February 2018
ލަންޑަނުގެ އެމްބަސީއެއްގަ ހުރި އަސާންޖް ނުނެރެވިގެން އެތައް އަހަރެއް ވެފައިވާއިރު ކިހިނެތްބާ މިމީހުން މިގައުމުގެ ކަންކަން ހައްލުކުރާނީ؟
އަލީގ
08 February 2018
ކަމެއްނެތް ބައެއްހެން ތިހާއަވަހައް އަންނާނެކަން ކިހިނެތް އެނގޭނީ. ޕިންކީ ބޮސް ހީކުރީ އަދި ދައުވަތުދިނަސް އަނެއްކާ ކުޅިތައް އަތުރާލާ ހުކުން ތަކެއްކޮއްލާވަރުގެ ވަގުތުކޮޅެއް ލިބޭނެކަމައް އޭރުން އަނެއްކާވެސް ބުނެވޭނެތާ މިގައުމުގެ އަދުލްއިންސާފުގެ ނިޒާމޭ އެއަކައް އެއްވެސްމީހަކު ފާޑުކިޔައިގެން ނުވާނެޔޭ.
ފަޅުވެރިން
08 February 2018
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާ މީހުންނަކަށް ނޭނގޭދޯ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑެތި ސްޓޭކްހޯލްޑަރުންނަކީ، ޔަޢުނީ ރާއްޖޭގެ ޓޫރިޒަމުން އެންމެ ބޮޑު ފައިދާ ލިބިގަންނަ އެއް ބަޔަކީ ހަމަ ޔޫރަޕުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޔޫރަޕުގެ އެއާލައިންތަކާއި، އަދި މަލްޓި ނޭޝަނަލް ހޮޓެލް ކުންފުނިތައް ކަމެއް؟ އެހެންވީމާ އަނެއްކާވެސް މިބުނަނީ ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދައްކާށޭ!! ބޭރުގެ ޢަސްކަރީ ބާރަކުން ރާއްޖެއަށް އެރުމަށް ގޮވުން އެއީ ރީނދޫ މީހުން އަތުގައި އޮތް އެންމެ ފަހުގެ ކާޑު! އެކާޑުވެސް އެވަނީ ކުޅެ، ފޭލްވެފައި!! ދެން އައްޕަތްޗެއް ހެން ދުން ދަމައިގެން ތިބޭ!!
ަނަގޫރޯޅި
08 February 2018
އައީ ވަކިގޮތަކައް ކަންތައްނިއްމައިގެ އެހަބަރު ބަޔަކައްދޭންވެގެން. ދެންކޮންމެހެން ކީއްކުރައްން ސަރުކާރާވާހަކަ ދައްކާކައް. ދެއްކިޔަސް ނުދެއްކިޔަސް ތީމާކުރިން ތަރުތީބުވެފައޮތްކަމެއް. މިމަހުކުރީ ކޮޅު ސަހީދުއާ ނަސީދުގެލޯޔަރުން ވަނީ އެމީހުން ބޭނުންވާގޮތައް އދ ތެރޭން މައްސަލަނިންމާނެކަމައް ބުނެފަ ދެންމިހާރު ކޮންވާހަކަދައްކަން