އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
18 ފެބުރުއަރީ 2018 - 21:03
އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލެ އާއި އެކި ރަށްރަށުގައި ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަ މީހުން ކަމަށް ފުލުސް އޮފީހުން މިރޭ ބުނެފި އެވެ.
އިދިކޮޅު ހަރަކާތުން ފަހުގެ ތާރީޚެއްގައި ބާއްވާ ބޮޑު އެއްވުމަކަށް "ވޯމްއަޕް" ކުރުމުގެ ނަމުގައި ބޭއްވި އެ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށް ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކޮށް ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ހަ ފިރިހެނުން ކަމަށެވެ. އަދި އެއީ ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުން ކަމަށް ވެސް ޓްވީޓުގައި ބުނެފައި ވެ އެވެ.
Muzahara koggen fuluhunge belumugedhashugai ginabayaku thibikamah bune hissa kuramundhany ragalhunoon mauloomaatheh. February 16 & 17 gai kurevunu muzaharagai fuluhunge dhauru adhakurumah huras elhikamuge thuhumathugai fuluhunge belumuge dhashugai mivaguthu thibee 6 firihenun.
— Maldives Police (@PoliceMv) February 18, 2018
މި މުޒާހަރާގައި ފުލުހުން 23 މީހަކު ހައްޔަރު ކުރި ނަމަވެސް ބައެއް މީހުން ވަނީ އިއްޔެ ރެ އާއި މިއަދު ދޫކޮށްލައިފަ އެވެ.
އިދިކޮޅު ހަރަކާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުން ރޫޅާލައި ފުލުހުން މީހަކު ހައްޔަރު ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހު ހަވީރު "ވޯމްއަޕް" މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކ. ގުރައިދޫ ދާއިރާގެ ރައީސް ހުސެއިން އަމްރާއި އައްޑޫ ދާއިރާގެ ރައީސް ހުސެއިން އަދުހަމް ހައްޔަރުކޮށްފަ އެވެ. އެ ތިން ބޭފުޅުން އަދިވެސް ތިބީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން "ވޯމްއަޕް" މުޒާހަރާގެ ކުރީގެ ރޭ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން ދެ މެމްބަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ދޫނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މުޒާހަރާއެއްގައި ވެސް ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ އެންމެން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އޭގެ ތެރެއިން ދެ މީހަކު ޖަލުގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ތިން މީހަކު ތިބީ ގޭ ބަންދުގަ އެވެ.
އެމްޑީޕީގެ ޒުވާނުންގެ މުޒާހަރާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ގޭ ބަންދުގައި ތިބީ އެ ޕާޓީގެ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމާއި ޔޫތު ވިންގްގެ އެހެން މެމްބަރުން ކަމަށްވާ ޝަފާތު އަހުމަދާއި ޝީނާ މުހައްމަދެވެ. ޖަލުގައި ހައްޔަރުކޮށްފައި ތިބީ ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންތާ
19 February 2018
ޖަރުމަން ވަސީމް އަކީ ޖަރުމަން ޕާސްޕޯޓް ގެންގުޅޭމީހެއް. ލަންކާގައި ހުންނަ ޖަރުމަން އެމްބަސީއިން އަންގައިގެން ދިވެހި ފުލުހުންނަށް ޖެހުނީ ވަސީމް ދޫކޮށްލަން. ބަންދުގައި 3 ގަޑި އިރު ހުރި
ވަކީލުން
18 February 2018
ވަކީލުން ކޮއްފަ ހުރި ޓުވީޓު ތައްވެސް މިހަބަރާއެކު ޖަހާލިނަމަ ކިޔުންތެރިން އަމިއްލައައް ޖަޖުކުރާނެ.. ބައެްވަކީލުންބުނެފަ އެބަހުރި ތިމަންނަގެ މިތައް ކުލައިންޓުން އެއް އެބަތިއްބޭ. ތިމަންދަންނަ ވަކީލުންގެ ވެސް ކުލައިންޓުން ތިބިކަމައް
ެއިލްހާމް
18 February 2018
ފުލުހުން ނަށްވެސް މިހާރު ކަންތައްތައް މާކުރިން އިލްޙާމުވަނީ.... އަނިޔާވެރިވާންވރސްތީ ބޮޑުވަަރު