ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައެޅި އިދިކޮޅު ތިން މެމްބަރަކު މަޝްވަރާއެއްގައި.---ފޮޓޯ: މިހާރު
19 ފެބުރުއަރީ 2018 - 00:43
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުން މާދަމާ ބާއްވާ ޚާއްސަ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި މަޖިލީހުގެ އިދާރާ އިން މިއަދު ފޮނުވި ދައުވަތު އަނބުރާ ގެނެސްފި އެވެ.
މި ދައުވަތު އަނބުރާ ގެނައީ، ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން އެ މެމްބަރުންނަށް ފޮނުވި މެސެޖުގައި ވެ އެވެ.
ނަމަވެސް އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން ސާފު ކަމަށެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމަށް މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޚާއްސަ ޖަލްސާ އަށް އިދިކޮޅު ހުރިހާ މެމްބަރުން ވެސް ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުން ބުންޏެވެ.
ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއިރު، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބަޔަށް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.
ސުޕްރީމު ކޯޓުގެ މި އަމުރުގައި ބުނީ މި ގޮތަށް އަމަލު ކުރަން އެންގީ ފެބުރުއަރީ 1ގެ އަމުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްޗެއް ކަމަށް ބަންޑާރަ ނައިބަށް ފެންނަ ހިނދު، އަދި ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުމަށާއި ރައްޔިތުންގެ ސަލާމަތާއި މަންފާ އާއި އާއްމު މިނިވަންކަން ދިފާއު ކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތަކަށް ވާތީ މި ބަޔަށް އަމަލު ކުރުން ފަސްކުރަން ދައުލަތުން އެދިފައިވާތީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ_
19 February 2018
ކޮން ހުކުމެއްގައިތޯ އޮތީ 12 މެންބަރުންގެ މެންބަރުކަން ގެއްލުނު ވާހަކަ؟ މީހަކު އަޅެ އަޖައިބެއް ނުވާނެ؟
ޙަދީޖާ
19 February 2018
މިއަދު ދިވެހި ރާއްޖޭގެ ޤާނޫން އަސާސް އެއްކޮށް ބަދަލު ނުކޮށްފިއްޔާ ރަނގަޅު..
ދަވޭ
19 February 2018
އެމެން ދަ ނަހަލާލު ޕެޓިޝަން ގައި ސޮއި ކުރި މެމްބަރުންނަށް އޮންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ތަމެންނަށް އިނގެންވާނެ އެއް ނޫންތޭ މިހާރު ތިޔާ ޒާތަށް ކަޓް އާއި ކަމިޝަން ސްޕްރީމް ކޯޓަށް ދީގެން އަލިފުދާލު މެދުވެރިކޮށް ތަމެންގެ ބޮޑޭ އަށް ރިޔާސީ ކެންޑިޑޭޓް ކަން މަމެން އަތުން ނުލިބޭނެ ކަން. މިއަދު ކޮބާ އަލިފުދާލު އަދި އިންޑިއާ އަދި އެމެރިކާ އަދި އިނގިރޭސިން އަދި އީޔޫ. ބަލަ މިހާރު ވެސް ހަމަ މިއަމުރު ނެރުނީ އެއީ ހަމަ ރާއްޖޭގެ ސްޕްރީމް ކޯޓުންނޭ. އެހެންވީއިރު އަލިފުދާލުން ގޮވަންވީ އެއް ނޫންތޭ ސްޕްރީމް ކޯޓުގެ އަމުރު ތަކަށް ތަބާވެ އެ އަމުރު ތައް ތަންފީޒު ކުރަން. ނުކެރޭނެ ދޯ ގޮވަން. އަލިފުދާލަކީ އެއީ ގައުމު ތަކުގެ ދާޚިލީ ކަންކަމަށް ބޭނިގެން ގައުމު ތަކުގެ ވެރިކަން ބަދަލު ކުރަން އޮންނަ ތަނެއް ނޫން އެކަން ކުރަން އަލިފުދާލުން ހަދައިގެން އަލިފުދާލު އަތަށް ގޮވީ ޔަމަން އިރާގު ލީބިޔާ ދޯ. ނޯތް ކޮރެއާ އާއި އދ. އަށް ނުކުޅެވުނީ ޗައިނާ އޮތީމާ ދޯ. ނޯތް ކޮރެއާ އުޅެނީ އުފަލުގައި.
ޖޯން
19 February 2018
ކަލޭ ރާކަނި މަސްކައިގެން ކުއްލި ނުރައްކާ އިއުލާންކޮށްގެން ހުރެބަލަ.
ހާކިމާއޭ
19 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް 50 މެމްބަރުންގެ ވޯޓް ހޯދިފައި ދޯ. ހުންނާނެ ރާކަނި މަސްކެވިފައި މިހާރު. އެއޮތީ 12 މެމްބަރުންނަށް ދިން ދައުވަތު ޖަހައިގަނެގެން އެމެން ރޭރު ކޮށްލާފައި ދޯ. ދެން މަހަށް ދާން ޖެހޭނީ ދޯ. މަމެން މީ ހާކިމާއިން އިނގޭތޭ ތަމެންނަށް ތަމެން ތިޔާއީ ނޮން ހާކިމާ އިންނޭ އިނގޭތޭ. ތަމެންނަށް އިނގޭތޭ ހާކިމާ ބުނާ ގޮތަށް ތަމެން ހަދަން ޖެހޭނެ ކަން ތަމެން ހަމަ މިހާރު ހާކިމާ ބުނާ ގޮތަށް ހަދާ ބޯލަނބާ ކިޔަމަން ވާހުށި ކަމޭ. ތިޔާ އިލޮށި ފަތި ހިފައިގެން ރުޅި އައިސްފައި ސަންތިމަރިޔަނބޭ ހުންނަ ގޮތަށް ނުހުރެ އިލޮށި ފަތި ގެނޭ މަމެން އަތަށް. އާން ރަނގަޅު. އިށީނދޭ ގޮނޑީ ގައި. އިށީނީ ދޯ. ދެން ކޮއްޅަށް ތެދުވޭ. ތެދުވީ ދޯ. އަނެއްކާ އިށީނދޭ އިނގޭ. އިށީނީ ދޯ. ޔޫ ނޯ މަމެން މީ ތަމެންގެ ހާކިމާއޭ ހާއްހަހަހާހާހާ ހާހާހާހާހާ ހޮހޮހޮހޮހޮ...
ތުއްތުނާ
19 February 2018
މާދަމާ ބާއްވާ ޖަލްސާ އަކީ މަޖިލީހުގެ ދައުރުން އަދި ޗާޓުން ބޭރުން ރައީސް އަބްދުﷲ ޔާމީނު ގެ ވެރިކަން ދަމަހައްޓަން ބާއްވާ ޖަލްސާއެއް ކަމަށް އިޢުލާން ކޮށްފައި ވަނީ......... ރައްޔިތުންގެ މެމްބަރުން ތި ޖަލްސާ އަކަށް ދަޢުވަތު ނުލިބޭނެ..........
ކަންބޮޑުވޭ
19 February 2018
ވަރަށް މޮޅު، އެކަމު ހީކުރި ގޮތައްވުރެ އަދި ދަނީ ވަރަށް ދަށްކޮށް. ގޮތް ހުސްވަނީ... ނިމުން ގާތްވަނީ... ލަލަލާ
އަލީ ނާޒިމް
19 February 2018
ގަދަ ޔާމީނު! މި އަހަރު މަށައް ޔަގީން ނުލިބޭނެ %10 ވޯޓުވެސް. އެވެސް ވަރައް ފުނައް ގޮދަޑި ދަށައް އަތް ބާނައިގެން، ސޭފް ހުސްކޮއްލައިގެން!
ޛުއްނަ
19 February 2018
މިއީ މިކަން ކުރެވެން އޮތް ގޮތްތަކުގެ ތެރެއިން އެެންމެ ހުތުރު ގޮތް. ހަހަހާ. ގޮތް ހުސްވަނީ، އަމިއްލައަށް ޓްރެޕްވަމުންދަނީ.