ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު، ސިފައިންނާއި ފުލުހުން ބަންދުކޮށް އެތަން ބަލަހައްޓަނީ.---ފޮޓޯ: މިހާރު
19 ފެބުރުއަރީ 2018 - 10:24
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ: މި ގާނޫނު އަސާސީގެ 86 ވަނަ މާއްދާ އެހެން އޮތް ކަމުގައި ވިޔަސް ރައްޔިތުން އެ މައްޗަށް ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރުމަށް ޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.
އިދިކޮޅު މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައްޔިތު އެންމެން އަމަލުކުރަން ލާޒިމް ގަރާރެއް މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 43 މެމްބަރުން ހަމަވާ ޖަލްސާއަކަށް ކަމަށާއި އެ އަދަދު މިއަދުގެ ޖަލްސާގައި ހަމަނުވާ ކަމަށް. މިއަދުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވީ 39 މެމްބަރުން. އެއީ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން.
To pass the SOE declaration from the parliament there should be 43 members participating in the vote as per constitution. There are only 39 members in the chamber. A vote taken without 43 MPs present, would be invalid. @Raajje_tv @Sangu_tv @VTVvmedia @JamesDauris @USAmbKeshap pic.twitter.com/9LOqQmaScK
— MP Rozaina Adam 🎈 (@Roxeyna) February 19, 2018
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި. ބެލެވޭ ގޮތުގައި މި މައްސަލަ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް އަލުން ޖަލްސާ ބާއްވާނެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މައްސަލަ ގަައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވަން ފާސްކޮށްފި. ލިބުނީ 38 ވޯޓު، ޖަލްސާގައި ހާޒިރުވެ ތިއްބެވީ ރިޔާސަތާ އެކު 39.
ބަހުސް ނިންމާލައިފި
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު: މި ގާނޫނުއަސާސީގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ވަންޏާ އެ ބަހުސް ގާނޫނީ ގޮތުން ކުރަމާ ހިނގާ. ގާނޫނުއަސާސީ އެއީ ވަރަށް ބުރަ މަސައްކަތަކުން ކޮށްފައި އޮތް މަސައްކަތެއް. އެކި ގޮތްގޮތަށް މާނައެއް ނުކުރެވޭނެ މި ގާނޫނުއަސާސީ. އެހެން ކަމަށް ވަންޏާ މި ބަހުސް ގާނޫނީ ގޮތުން ކުރަން ޖެހޭނީ
ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްއަދު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަންނަވާއިރު، ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން އޭނާއާ ސަމާސާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކުއްލި ނުރައްކަލުގެ ހާލަތު ފާސްކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ، ގާނޫނު އަސާސީގެ 257 ވަނަ މާއްދާގެ (ށ)ގެ ބައިތައް
ކުޅުދުއްފުށީ ދާއިރާގެ މެމްބަރު މުހަންމަދު ނަޝީދު: މި ގަރާރުގެ ބައެއް މާއްދާތަކުގެ ތެރޭގައި މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއާ ގުޅުން ހުރި މާއްދާތައް އެބަހުރި. އެ މާއްދާތައް ހިފެހެއްޓޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ މާއްދާތައް ނުހިމަނައި، މި ގަރާރު ފާސްކުރެވިދާނެ.
ނިހާން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ތާއީދު ކުރައްވައިފި
ވިލިމާލޭ ދާއިރާގެ މެމްބަރުން އަހުމަދު ނިހާން: ހިތާމައާ އެކު ފާހަގަކުރަން އިދިކޮޅު ފަރާތްތައް ޖަލްސާއިން ނުފެނުން. މިއީ ދުސްތޫރުގައި ބަޔާންކޮށްފައިވާ ކަންކަން. ރައީސް ފޮނުއްވި ތިން ގަރާރު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވަން އަޅުގަނޑު ހުށަހަޅަން. މިއީ ހާއްސަ މައްސަލައަކަށް ވާތީ ވީހާ އަވަހަށް މިކަން ނިންމަން ވެސް އަޅުގަނޑު ހުށަހަޅަން.
ރައީސް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ ފްލޯ އަށް ހުށަހަޅައި، މެމްބަރުން މިހާރު ވަނީ ބަހުސް ފަށައިފި
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ރައީސް ހުށަހަޅުއްވައިފި
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ހާލަތުގެ ގަރާރު ހުށަހަޅަން ޖެހޭ ޖަލްސާގައި މަދުވެގެން 43 މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް. އެކަމަކު ޖަލްސާގައި ތިބީ 39 މެމްބަރުން ކަމަށް ވާތީ އިދިކޮޅުން ޖަލްސާ ބޮއިކޮޓް ކުރީ ކަމަށް އޭނާ ވިދާޅުވި.
#StateOfEmergency akee rayyithun eyge machah amalukuranjehey kameh kamun, Majlis inn mikamah vote ah ahaairu QA ge 87 (Shaviyani) ga vaagothugemathin 43 Membarun haaziruve thibenjehey.Yameen ah hamavee 39.Joint Opposition inn ghairugaanoonee Jalsaa eh veema boycott kuran nimmaifi pic.twitter.com/8CycwweOMk
— Ahmed Mahloof (@AhmedMahloof) February 19, 2018
މަހުލޫފު ކުރެއްވި ޓްވީޓް
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް: 12 މެމްބަރުން ނުވައްދައި ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ހަރަކާތުން ޖަލްސާ ވަނީ ބޮއިކޮޓް ކޮށްފައި. އެ 12 މެމްބަރުންނާ ނުލައި ބާއްވާ ޖަލްސާއަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށް ގެންދާ ޖަލްސާއެއް ކަމަށް ގަބޫލެއް ނުކުރަން.
Emergency sitting of Parliament.
— Eva Abdulla 🎈❓ (@evattey) February 19, 2018
Parliament House surrounded by every kind of security personnel: traffic police with barricades, Police Special Forces of in riot gear, military in riot gear,soldiers in plainclothes. Both outside & inside.
Who is President Yameen at war with? pic.twitter.com/3IhfoFEzJB
އީވާގެ ޓްވީޓް
Bayaku halaakuve nimi dhaairu Qanoonah hurumaitherikoh hitha nagahatta hama ekaku ves huttaka nudheyne. #MaldivesInCrisis
— Faisal Naseem (@FaisalNasym) February 19, 2018
އިދިކޮޅު މެމްބަރުން މިއަދުގެ ޖަލްސާގައި ބައިވެރިއެއް ނުވޭ. ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 39 މެމްބަރުން.
Dhaurun Beyrun Baavaa Khaasa Jalsaa, 19 Feb 2018. pic.twitter.com/wr7iCLIpQc
— Ahmed Nihan (@ahmed_nihan) February 19, 2018
ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާންގެ ޓުވީޓު
ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ 12 މެމްްބަރުން މަޖިލީހަށް ނުވައްދައި، މިއަދުގެ ހާއްސަ ޖަލްސާ ފަށައިފި. ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދު
ޕީޕީއެމްގެ ދެ މެމްބަރެއް ކަމަށްވާ މުބީނާއި މުއާޒް މިއަދުގެ ޖަލްސާ އަށް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މަޖިލިސް އިދާރާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން -- މިހާރު ފޮޓޯ: ހުސެއިން ވަހީދު
ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާ މެމްބަރު ސައުދުﷲ ހިލްމީ: އަޅުގަނޑުމެންނަށް ނުވަދެވޭނެ ކަމަކަށް ނިންމައިފައެއް ނެތް. އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ. އަމުރުގައި އޮތީ ހުކުމަށް އަމަލުކުރުން ފަސްކުރި ކަމަށް އެކަނި.
މަޖިލީހުގެ އިދާރާގެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން -- ފޮޓޯ: ހުސެއިން ވަހީދު
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ނިންމާފައިވާ މެމްބަރުން މަޖިލީހުގެ އިދާރާ އަށް ނުވެއްދި. އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ބެރިކޭޑް ޖަހާފައިވާ ބައެއް ހިސާބުތަކުން އެ މެމްބަރުން ވަނީ ބްލޮކް ކޮށްފައި. އެހެންވެ އެހެން ދިމަދިމާއިން ވެސް މަޖިލީހަށް ވަދެވޭތޯ އެ މެމްބަރުން އަންނަނީ މަސައްކަތް ކުރައްވަމުން.
#Maldives Parliament under siege by military personnel in plain clothes.#MaldivesInCrisis #StateOfEmergency pic.twitter.com/DcPq8eMYau
— Imthiyaz Fahmy (@Imthiyazfahmy) February 19, 2018
މަޖިލިސް އިދާރާގެ އެތެރެ
ސަފާރީ ހެދުމުގައި ތިބި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ އިދާރާގައި މިހާރު އެބަތިބި.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ އަށް، މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފި އެވެ.
މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ޝީލްޑާއެކު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މީޑިއާ ވެސް މަޖިލީހުގެ އިދާރާގެ ކައިރިއަށް ދިއުން ވަނީ ހުއްޓުވައިފަ އެވެ.
މިއަދު ހެނދުނު 11:00 ގައި ބާއްވާ ޖަލްސާ އަށް ބައެއް މެމްބަރުން މިހާރު ވަނީ މަޖިލީހުގެ އިދާރާ އަށް ވަޑައިގެންފަ އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެން މަޖިލީހުގެ އިދާރާގެ ގޭޓު ކައިރީގައި މަޑުކޮށްލައްވައިގެން.
ސުޕްރީމު ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ، ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި އެ ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. މިއާއެކު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ޕީޕީއެމްގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، ސުޕްރީމް ކޯޓުން ރޭ ވަގުތީ އަމުރު ނެރުނު ނަމަވެސް 12 މެމްބަރުންނަށް މިއަދުގެ ޖަލްސާ ވަޑައިގެންނެވޭނެ އެވެ. އަދި މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި އެ 12 މެމްބަރުންނަށް މަޖިލީހުގެ އިދާރާ އިން އިއްޔެ ދިން ދައުވަތު، ސުޕްރީމް ކޯޓުގެ ރޭގެ އަމުރާ ގުޅިގެން ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ތަފުސީލް އަންނަނީ...
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުކަލޯ
21 February 2018
މަސީހުމެންގެ ލަދުކޮބާ؟ ކަނޑައެޅިގެން ގައުމުގެ ދުސްތޫރު ވީދާ ކުދިކުދި ކުރަމުންދާ އިރު ފިލްޒާމެން ވަރެއްވެސް ނުވޭ. އަޅުވެތިވިޔަސް ތިއީ ބޮޑުވަރު.
ިްިއިދުރީސް
20 February 2018
ކުއްލި ހާލަތު އިއުލާން ކުރުމުން އޮފީސްތައް ބަންދުވާނެ ދޯ . ޔޭޔޭ
ބޫމް
19 February 2018
މިއީ ޤާނޫނީ އިމުގެތެރެއިން ވެރިކަން ހިންގުމަށް ރައީސް ޔާމީން ނުކުޅެދިފައިވާ ކަމުގެ ހެއްކެކެވެ. ހަމަ އެހެންމެ ޤާނޫނަކަށް ގަވައިދަކަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ކަންކަން ކުރާނެކަމުގެ ދަލީލެއްވެސް މެއެވެ.
ރަބަރު
19 February 2018
ދެން ތިހާލަތުން އަރައި ނުގަންނާނެއެވެ. މީގެ 2 އަހަރުކުރިންވެސް ތިކަން ތިހެންވާނެކަން އެނގެއެވެ. އެހެނީ އެކުގައި އުޅޭ ހައެއްކަ މީހުން ފިޔަވައި މަށަށް ތާއީދުކުރާ މީހަކު މިގައުމުގައި ނެތްކަން މަށަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނެތެވެ. ތިހާލަތު ގެނައުމަށް މެދުވެރިކުރި ސަބަބު ހީކުރިގޮތާ ކުޑަކޮށްތަފާތެވެ.
ދާންދޫ
19 February 2018
ތިޤަރާރު މިރޭ ފާސްނުވެއްޖެނަމަ ދެން ގޮތްހުސްވީ ކަމަށްބާ މި ހީވަނީ . ނޫން، ނޫން، ނޫން އެއްގޮތަކަށް ވެސް ގޮތެއް ހުހެއްނުވާނެ . ދެންހަދާނެ ގޮތަކީ 19 ވަނަދުވަހު މުއްދަތު އިތުރު ނުކޮއްފިނަމަ 20 ވަނަ ދުވަހު މިހާރު އޮތް ކުއްލިހާލަތު އޮޓޯއިން އުވޭނެ . އުވުނީމާ 20 ވަނަ ދުވަހު އަލުން ކުއްލިހާލަތު އިޢުލާން ކުރާނީ . އޯކޭ ދޯ މިގޮތަށް ހެދިދާނެ . މިހެން ހަދާނެ .
އަބޭ އައްބާސް
19 February 2018
ރައީސް ޔާމީން ހުށަހެޅުއްވި ގޮތަށް ފާސްކުރެވި މެމްބަރުންނަށް ޝުކުރިއްޔާ.
އަބޭ އައްބާސް
19 February 2018
އިތުރު 15 ދުވަސް އިތުރު ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް.
ބޫބޭ
19 February 2018
ވޯޓު ލާތިކޮށް ކުއްލި ނުރައްކަލުގެ ހާލަތު ބާވަ
ޙުކުރު
19 February 2018
މިފަދަސަރުކާރެއްގައި ވަޒީފާއަދާކުރުމަކީ ދީނީގޮތުން ކޮންކަހަލަކަމެއް ؟
އަލީ.
19 February 2018
ގޮތެއްނެތީމަ މިތޮބެނީ ރިޔާސީ އިންތޮހާބުގަ ގައިމުވެސް މިފަހަރަކު ވޯޓެއްނުދޭނަން ފުލެޓު ކީއްކުރަން ރަންދިނަސް
ދާންދޫ އާސިފް
19 February 2018
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ރައީސް ހުށަހެޅުއްވި ހުށަހެޅުމަށް ފުރިހަމަ އަށް ތާއީދު ކުރަން . ސާބަހޭ ރައީސް ޔާމީން . ތިއީ ރައްޔިތުން ދެކެ ލޯބިވާ ރައްޔިތުންގެ އިހުސާސް ދަންނަ ރައީސް އެއް . އިރާދަ ކުރެއްވިޔާ 2018 ގެ އިންތިހާބުވެސް އެއްލަކިން ކާމިޔާބުވާނެ . އަޅުގަނޑުމެން މި ތިބީ ވަރަށް ސާބިތު ކަމާއި އެކު ރައީސް އަށް 2018 ކާމިޔާބު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް . ( ދާންދޫ އާސިފް )
ާދާންދޫ
19 February 2018
ވަރަށް ކުރިއެރުން ލިބޭނެކަމަށްތަ ޔާމީނޫ އަށް ތާއިދު ތިކުރަނީ ބަލަގަ އާސިފޫ