މިރޭގެ ޖަލްސާގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ: ރޮޒެއިނާ ވިދާޅުވީ ސިފައިންނާ ފުލުހުންނަށް ޕީޕީއެމުން ކޮމާންޑްކުރާތީ ކަންބޮޑުވާ ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
21 ފެބުރުއަރީ 2018 - 23:56
ދިވެހި ސިފައިންނާއި ފުލުހުންނަށް މިހާރު އަމުރުކުރާ ކޮމާންޑަރުންނަކީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގެ ކުރިމަތީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށްގެންދާ މުޒާހަރާ ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕީޕީއެމްގެ ޖަގަހައަކީ ގައުމު ހެޑްކުއާޓަރަށް ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"ޕީޕީއެމްގެ ރުމާލު2 އަކީ ދިވެހިރާއްޖެ ހިންގާ ހެޑްކުއާޓަރަކަށް ހަދައިގެން އެ ތަނުގައި ތިއްބަވައިގެން ޖެނެރަލް އަދުރޭއާ ޖެނެރަލް ނިހާނު ނެރޭ ކޮމާންޑްތަކަށް ދިވެހި ފުލުހުންނާ ސިފައިން ތަބާވާން ޖެއްސީމާ އެއީ ލަދުވެތިކަމެއް،" ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބި މުޒާހަރާގައި ރޮޒައިނާ ވިދާޅުވި އެވެ.
މި ރޭގެ އެއްވުމުގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުމެއް ހިނގަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރަން ސަރުކާރަށް 43 މެމްބަރުން ހަމަ ނުކުރެވުން، ރޮޒައިނާ ފާހަގަ ކުރެއްވީ އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ އެއިން އެނގިގެންދާ ކަމަކީ ބިރު ދައްކައިގެން ވެސް ރައީސް ޔާމީން ބޭނުންވާ ގޮތަށް ކަންކަން ނުހިނގާ ކަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ގަރާރު އިއްޔެ ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުން އެކަމެއްގެ މައްޗަށް އަމަލު ކުރަންޖެހޭ ކަމެއް ފާސްކުރަންވާނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ތިބެގެންނެވެ. އެއީ މިހާރުގެ އަދަދުން ބަލާނަމަ 43 މެމްބަރުންނެވެ. އިދިކޮޅު މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ފުލުހުންނަށް ރޭ ސިޓީއެއް ފޮނުއްވައިފަ އެވެ.
ރޮޒެއިނާ ވިދާޅުވީ މިހާ ހިސާބަށް ކަންކަން ދިއުމުން "ގަޓުހުރި ރައީސް" އެއް ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި އިރު، ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ އެކަނި ނޫން ކަމަށް ވިދާޅުވި ވިދާޅުވުން މިހާރު ބަދަލު ކުރައްވާފައިވާކަން ވެސް ރޮޒައިނާ ފާހަގަ ކުރެއްވި އެވެ. މިއަދު ވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އަމިއްލަ އެދުން ބޮޑު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލި
22 February 2018
ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަން ކަމަނާ އަކީ ދެން އަޅެފަހެ ކާކޫ؟؟؟ ކަލޭމެން މެންބަރުންނަށް ހީވާކަހަލަ ނިކަން ގަދަރުވެރިބަޔަކީމޭ!! ނަމަވެސް އަހަރެމެންނަށް ފެންނަނީ، ކަރަޕްޝަނާއި، ފަސާދައިގެ ހުޅުފަޅައިގެން އަނދާހުލިވާތަން!! ޓޯޓަލީ ނޯ ރެސްޕެކްޓް
ބިރުގަންނަ
22 February 2018
ރޮޒޭނާ އާއި އިމްތިޔާޒު ފަހުމީ، ޝާހިދު އަދި ފައްޔާޒު ދެކެ ރައީސް ޔާމީނު ވަރަށް ބިރު ގަނެ ޖެހިލުން ވާކަން ވަރަށް ސާފުކޮން މިއޮތީ ހާމަވާށެވެ. ހަމަ އެބޭފުޅުން އެދައްކަވާ ފަދަ ވާހަކަތައް ދައްކަވައިގެން އެހެން މެމްބަރުން، ބޮޑުގެރި ބޭރަށްހިންގާ އުޞޫލުންފުލުހުންނަށް ޚާޞިރު ކޮށް ޖެއްސުން ކުރާތަން އެބަ ފެނެއެވެ. ނަމަވެސް މީގެން ބޭފުޅެއްގެ ހިޔަންޏާ ހަމައަށް ވެސް ކައިރި ވާކަން ނުކެރޭތީ ބުނެވޭނީ، އެއީ ފިސާރި ބައެކެވެ.
ޖޮއްބެ
22 February 2018
ރީނދޫ ބާޣީން ދެކެ ރައީސް ޔާމީން ޖެހިލުމެއް ނުވާނެ.
ތެދު
22 February 2018
އާޒިމާ އާއި އަނިލް އާއި ފައިސަލް އަމުރު ކުރަނީ ކޮން ބަޔަކަށް ތޯއެވެ؟
މޯޑު
22 February 2018
ކަމަނާ ތިކުރަނީ އަމުރެއްނޫންބާ ކޮންމެރެޔަކު މިނިވަންކަމޭ މިފާޅުކުރަނީ މިނިވަންކަމުގެ ހިޔާލޭ މިއެއްވަނީ ޤާނޫނީ ގޮތުން އެއްވެ އުޅުމުގެ ހައްގުން ލިބިދޭ އެއްވުމޭ، އެކަމަކު ރޭގަނޑު 12 ގެ ފަހުން އޭގެކުރިންވެސް އަނެކާގެ ހައްގައް އަރައިގަނެ ކުރެވޭ ކަންކަން ރަގަނޅައް ދެނެހުރެމެ އެކަންކަން ހުއްޓުވާ އަނެކާގެވެސް ހައްގެއްވާކަން އެގޭތީ ތިޔަޖަހާ ސަކަރާތް ހުއްޓުވަން ސަލާމަތީ ބާރުތަކުން މަސައްކަތް ފަށާއިރައް ހޯހޯއޭ އަހަރެމެނާ ނުކުޅެއްޗޭ އަހަރެމެނެއް ނުހުއްޓުވޭނޭ އަހަރެމެނައް ޢަމުރު ނުކުރައްޗޭ، ތިގޮވަނީ އެއީ ޢަމުރު ކުރުމެއް ނޫންތޯ؟
ހުޔާ
22 February 2018
ދެން ރޮޒައިނާ ކިތަންމެ ބޭނުންވިޔަސް ފުލުހުންނާއި ސިފައިންނެއް ހަމަގައިމުވެސް ރޮޒަައިނާ ގެއަމުރަކަށް ކިޔަމަނެއް ނުވާނެ!
ފޮޅި
22 February 2018
ކަލޭމެންނަށް އަމުރުކުރަނީ ގައުމަށް ފިލައިގެން އުޅޭ އަންނި!
ހަަހަ
22 February 2018
ހަމަ އެއްޗެކޭ ބުނެލީ.
ފަންކާ
22 February 2018
ރޮޒީ އަދިވެސް ހާދަ ރީއްޗޭ.
ކާނަލް
22 February 2018
އެ 2 މީހުން ގެ ސަބަބުން އަހަރަމެންގެ މުވައްސަސާ ޚަރާބު އަރުވަމުން ދަނީ ހެލްޕް ހެލްޕު
ސިފައިން
22 February 2018
ކޮބާހޭ މައްސަލައަކީ އެލާޓް އެލަވެންސް ދޭގޮތައް މިހާރު ހަޖައްސާލަނީ އޭރުން އެންމެން އެޕީ
ޝާފިޔާ
22 February 2018
ރޮޒޭ ތީ ފިސާރި ކަނބަލެއް ނަމޫނާ މެމްބަރެއް އަހަރެމެން އެންމެހާ އަންހެނުން ފަޚްރުވެރިވަން ކަމަނާގެ ހިތްވަރަށް އިންޝާﷲ ތިޔަފަދަ ކެރޭ ކަނބަލުންގެ ނުގުޑާ އަޒުމާއެކު ޤައުމު އަދިވެސް ހަމަ މަގަށްއެޅުވޭނެ