މާލެ: މާޗް 6، 2018- އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ލިޔުން ރައީސް ޔާމީން، އަހުމަދު ޝަރީފްއާ މިއަދު ހަވާލުކޮށްދެއްވަނީ: ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުން ޝަރީފަށް ވަނީ އެތަނުގެ ރައީސް ކަމަށް ހަމަޖައްސާފައި.---ފޮޓޯ: ރައީސް އޮފީސް
06 މާޗް 2018 - 18:15
އިލެކްޝަންސް ކޮމިޝަނަށް މިއަދު ހަމަޖެއްސި އާ ރައީސް އަހުމަދު ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ ޝަރީފަކީ ސިޔާސީ ބޭފުޅެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ރިޔާސީ އިންތިހާބު ކުރިއަށް އޮއްވައި ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކޮށްފައިވާ ކަމަށް އެ ވިދާޅުވާ ބޭފުޅާއަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްތަކުގައި ވަކި ސިޔާސީ ލީޑަރެއްގެ ޕޯސްޓަރުގެ ފަހަތުގައި އިއްޔެއާ ޖެހެން ދެން ހެސްކިޔާފަ ކެމްޕެއިން ކުރެއްވި ބޭފުޅެއް،" ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެ އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ޝަރީފާ ގުޅޭގޮތުން ޝާހް ވިދާޅުވި އެވެ.
އެކަމަކު ޝަރީފު މިއަދު ވިދާޅުވީ ކުރިން ވަކި ފިކުރެއްގައި ވާހަކަ ދެއްކެވިޔަސް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުން މަސައްކަތް ކުރައްވާނީ ވަކި ފަރާތަކަށް ނުޖެހި ކަމަށެވެ.
UPDATE: Vaki kolhakah nujeheyne kamuge yageenkan, EC ge aa raees dhevvaifi
The most trusted news source in the Maldives
Mihaaru
މިނިވަންކަމާއެކީ މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވުން--
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެޖޯރިޓީ މެމްބަރުން ބުނެފައިވުމާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދަނީ ނުފޫޒުތަކުގެ ތެރެއިން ކަމަށްވާތީ އިލެކްޝަނަށް ޝަރީފް އައްޔަން ކުރިކުރުން ސައްހަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޝާހް ވަނީ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޝަރީފްގެ ނަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ހަމައެކަނި ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޝަރީފާ ދެކޮޅަށް ވޯޓު ދެއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.
ޝާހް ވަނީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން އައްޔަން ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ކަންކަމުގައި ނޫޅުއްވާ މިނިވަން ބަޔަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ.
ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މިހާރުވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމަށް އައްޔަން ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިފުތު
07 March 2018
ހަރުދަނާ ވެރިއެއްގެ ހިރިޔަ ފާތުރާ ދަށުން ގައުމަށް އަންނަ ކުރިއެރުން ބަލައިނުގަނެ ގައުމު އަދަވަޅަކަށް ވައްޓާލުމަށް ރައްޔިތުންގެ ނަން ބޭނުންކޮށްގެން މަސައްކަތް ކުރާ މަދުބަޔަކަށް އެޅުނި ހިޔަނިއެއް.
އާދަނު
07 March 2018
މިގައުމުން ސިޔާސީ ނޫން މީހަކު ދައްކަބަލަ.
ޢަސލު
06 March 2018
ޔާމީނަކީ ގާނޫނާ ގަވައިދަށް ތަބާވާ މީހެއްނޫން. ހިތުހުރިގޮތަކަށް ކަންކޮށްގެންވިޔަސް ވެރިކަން ހިމާޔަތް ކުރެވޭތޯ ބަލާ މީހެއް. ހޭޓް ހިމް!
ބޮޑުބޭރު
06 March 2018
ކިހިނެއްތޯ އެނގުނީ ޒަމީރުނިދާފައޮތްކަން
ދޯ
06 March 2018
ތެދު. މިއީ ހަމަ އަޅެއް.
މާސްޓަރ
06 March 2018
މިބޭފުޅުންނަށް މިނިވަން ބޭފުޅުންނަކީ މުޒާހަރާ ކުރުމަށް އެމްބަސީތަކުގެ ކައިރިއަށް އެއްވެ އަޑުގަދަކުރާ މީހުންނެވެ.
ސެޓުލްޑައުން
06 March 2018
ޝަރީފަކީ ސިޔާސީ ބޭފުޅެއް، މިނިވަނެއް ނުވާނެ ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނި ނަމަވެސް އެއީ މަމެން ވޮރީ ވާން ޖެހޭނެ ކަމެއް ނޫނޭ ހަމަ ޝަރީފް ކުރިއަށް ދާންވީއޭ މަސައްކަތާއި ގެން. ފުރަތަމަ ވެސް އިސްލާހު ކޮށް ދެއްވާ މަޖްލީހުގެ މެމްބަރުން ހޮވަން ޖެހޭ ގާނޫނު އެގާނޫނު ގައި ވެސް އޮންނަން ޖެހޭނީ ދާއިރާގައި ވޯޓް ލާމީހުންގެ %50 އަށް ވުރެން މަތިން ވޯޓް ހޯދާ މީހަކަށް ނޫނީ މަޖްލީހުގެ މެމްބަރު ކަން ނުލިބޭނެ ކަމަށް އެގޮތުން މެމްބަރަކު ހޮވެން ދެން ގިނަވެގެން 6 ބުރު ވޯޓް ލުން ބޭއްވިދާނެ ކަަމަށް. އެގޮތަށް އެޚަރަދު ކޮށްގެން މަޖްލީހަށް މެމްބަރުން ހޮވިނަމަވެސް މިހާރު ދައުލަތުން ބޭކާރު ގޮތުގައި އެމެން ފަތުރާ ޕްރޮޕެގެެންޑާ މައިތިރި ކުރަން ޚަރަދު ކުރާ ފައިސާ ޚަރަދު ކުރަން ނުޖެހޭނެ ނޫންތޭ. ހަހަހާ ސެޓުލް ޑައުން މައި ބޯއި ހަހަހާ ސެޓުލް ޑައުން މައިބޯއި ސެޓުލް ޑައުން
ރަބަރު
06 March 2018
ގައުމު މިއޮތް ހާލަތުގައި އޮތްވައި ތިމަގާމު އަދި ތިނޫން އެހެންމަގާމެއްވެސް ގަބޫލުކުރާ އެއްވެސް މީހަކު ތެދުވެރި ނުވާނެއެވެ. ޒަމީރު ހޭލާހުރި މީހަކު މަގާމު ގަބޫލު ނުކުރާނެއެވެ.
ދިވެހި ރައްޔިތެއް
06 March 2018
ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއަކީ އެމްޑީޕީގެ އެކްޓިވިސްޓެއް އޭރު އެމްޑީޕީ މީހުން ބުނީ އިލެކްޝަން މިނިވަނޭ އެމްޑީޕީ މީހެއްވީމަ މިނިވަންވޭ ހައްހައްހައް ވަރަށް ސަޅި
އެމްސް
06 March 2018
ޕީއޭގެ މެމްބަރެއް