ޚަބަރު / ސިޔާސީ

އިންތިހާބުވާ މިނިވަން މެމްބަރުން ޕާޓީއަކަށް ވަނުމަށް ބިލުގައި ހުރަހެއް ނެތް!

މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންތަކެއް މަޖިލިސް ގޯތިތެރޭގައި. - ފޮޓޯ: މިހާރު

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއަކަށް ދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެންޓި ޑިފެކްޝަންގެ ބިލުގައި ބުނެފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު، މަޖިލީހަށް ފޮނުއްވި ބިލުގައިވާ ގޮތުން އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެމްބަރަކު، އެ މެމްބަރު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނެ ކަމަށެވެ. އެކަމަކު، މިނިވަން މެމްބަރުން ޕާޓީއަކަށް ބަދަލުވުމަށް ފަހު، އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ނިހާން(ކ-3) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އެގޮތުން އެ މެމްބަރުން ވެސް ޕާޓީގެ މެމްބަރު ކަމުން ވަކި ކުރުމުންނާއި ޕާޓީގެ މެމްބަރު ކަމުން އަމިއްލައަށް ވަކިވުމުންނާއި އެހެން ޕާޓީއެއްގެ މެމްބަރަކަށްވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަން ކަށަވަރުކުރުމާއެކު، މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުމަށް ކަމަށެވެ.

މީގެއިތުރުން މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ އަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށްވެއްޖެނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއުތައް ބަޔާން ކުރުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގެ މަގްސަދުގެ ތެރޭގައި މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުމާއި މެމްބަރުންނަކީ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބުމަށް ބާރު އެޅުން ހިމެނެ އެވެ. އަދި މަޖިލީހަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުމާއި ގޮނޑި ގެއްލޭ މެމްބަރުންނަށް ބައި އިލެކްޝަންގައި ބައިވެރިވުމުގެ ހައްގު ލިބިދީފައިވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ބިލުގައި ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތްތައް:

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީން އަމިއްލައަށް ވަކިވުން

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުން

- ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމުން

ބިލުގައި ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ ހާލަތްތައް:

- މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއަކާ ގުޅުމުން

- ސިޔާސީ ޕާޓީގެ ވިޕްލައިނާ މެމްބަރަކު ލައިނާ ހިލާފުވުމުން

- މެމްބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އެޅުމުން

ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް

ބިލުގައި ބުނި ގޮތުގައި މި ބިލުގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލަން ވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި ގަވައިދުތައް މި ބިލަށް އަމަލު ކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލަށް އަމަލު ކުރާނީ، ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ބިލު ފާސްވެއްޖެނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގައި މެމްބަރަކު ޕާޓީން ވަކި ކުރިޔަސް، ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ އުވިގެން ދާނެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.

މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުންނެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭރު ޕީޕީއެމުން ވަކިވެފައި ތިބި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.

އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުގައިވެ އެވެ.

އެ އަމުރު އެގޮތަށް ނެރެފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރެއް ނެރުނީ ކުރީގެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލާގައި ގޮތެއް ނިންމެންދެނެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ނިހާނު ފޮނުއްވި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިއުން ވެސް އިއްވާނެ އެވެ.

22 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 3%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕާޓީގެ އަޅުން

07 March 2018

"ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީން އަމިއްލައަށް ވަކިވުން.". "ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު، ޕާޓީގެ މެމްބަރު ކަމުން ވަކިކުރުމުން". މި ދެކަމުންވެސް ވަކި ކުރެވެންޏާ މަޖިލީހަށް މިހޮވަނީ ޕާޓީގެ އަޅުންތަ؟ އެއްވެސް އަމިއްލަ އިހްތިޔާރެއްނެތް މިނިވަން ހިޔާލެއް ނުގެންގުޅެވޭނެ ބަޔަކު ކިހިނެއް ބަހުސްކޮށް ކަންކަމުގެ ދެކޮޅުބަލާ ވާހަކަދައްކާނީ؟ މަޖިލީހެއްގެ ބޭނުމަކީ ދެން ކޮބާ؟ ބޭކާރު ހަރަދުނުކޮށް ' ރައްޔިތުންގެ މަޖިލީސް' މިހެން ޖަހާފައިން ރަބަރު ސްޓޭމްޕެއް ގަނެފަ ރައީސް އޮފީހުގަ ބެއްވިޔަސް ތިކުރަންއުޅޭ ކަންވާނެ.

The name is already taken The name is available. Register?

އެޑްމުންޑޯ

07 March 2018

ތިޔަޕާރޓީ އަށް މިންބަރުން އިތުރުކުރަން ވީމާ ގަނޫނު ބަދަލުކޮށް ، މީކިހާ ބޮޑުކަމެއްކަން ނިހާނަށް އެގޭބާ . ތިޔަމީހުންގެ ތިފަދަ އަމަލުތަށް މިއަދު ދިވެހިރައްޔިތުން ބަލާނުގަނޭ ، ނަފްރަތުވަނީ

The name is already taken The name is available. Register?

ހަސަނު

07 March 2018

ޔާމީނަށް މެމްބަރުން ހުސްވަމުން ހުސްވަމުން 33 އަށް ވީމާ ދެން އެއަށްވުރެ މަދު ނުވާނެ ގޮތް ހެދުމް ބިލުގެ މަގްސަދަކީ... މީ ގައުމާ ދީނާ ހިލާފު ބިލެއް.. އިންތިހާބު ކުރި ދާއިރާގެ ވިސްނުން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލު ވުމަކީ ވެސް ވެދާނެ ކަމެއް.. އެ ފަދަ ބަދަލަކާއެކު އެދާއިރާގެ މެމްބަރުވެސް ޖެހޭނެ ޕާޓީބަދަލުކުރަން....

The name is already taken The name is available. Register?

ދެން ކާކު

07 March 2018

ނިހާނޫ އަދި ރޯނެ

The name is already taken The name is available. Register?

މައުމޫންވެސް ރުއި

07 March 2018

މައުމޫންވެސް ރުއި އަދި ނިހާނުމީ ކާކު!

The name is already taken The name is available. Register?

ޕިޓީ މަޖުލިސް

07 March 2018

ސޔާސީ ނުފޫޒުން އެއްކިބާ ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ތިކަމަކުން ރައްޔިތުންގެ މަޖުލިސް ނުކިޔުވާ ޕާޓީ މަޖުލިސް ކިޔުވަން އުޅޭހެން ހީވަނީ

The name is already taken The name is available. Register?

ކެރެންޠާ

07 March 2018

"ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއް ކަން ކަށަވަރުކުރުމާއެކު، މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއް ކަމަށް ހެދުމަށް ކަމަށެވެ." ބަލަ މިޔައްވުރެ މުޙިއްމެ ރައީތުންގެ ވިންދާ ގުޅޭގޮތަށް ވޯޓްލުން. 5000 މީހުންގެ ތެރެއިން 3000 މީހުން ނުރުހޭ ނިންމުންތައް ނިންމާއިރު ހެދޭނެގޮތެއް ނެތްތޯ ހަމަ؟؟؟

The name is already taken The name is available. Register?

އައިޝާ

07 March 2018

ސިޔާސީ ނުފޫޒުން އެއްކިބާވާނީ ކިހިނެއްތަ. ނިހާނުވެސް ތީނީ ބެރިކޭޑް މައްސަލާގަ ތާށިވެފަ. މަށަށް ދެރައީ ހުރިހާ މުއައްސަސާއެއް ރޯނާގަންނަވާލާފަ އެތަންތާގެ ވާހަކަ ދައްކާތީ. ތިހެންވާނީ ކަލޭމެނަށް ކަންކުރެވޭގޮތާމެދު ކަލޭމެނަށްވެސް ލަދުހީވުމުން.

The name is already taken The name is available. Register?

ޢަބްދުކަލޯ

07 March 2018

ނިހާނު ދަރިިފުޅާ. ޖެއްސުމާ ގެއްލުންދިނުމާ އަނެއް ޕާޓީ އިނދަޖެއްސުންނޫން ކަމެއް ތިޔަ މެޖޯރިޓީ އަކުން އެބަކުރޭތަ؟ ކުށެއް ނެތްބަޔަކު މަރާފަވެސް ބުނަންވީ އެކަންކުރީ ގާނޫނީ އިމުގެތެރެއިންނޭ. ހިޓްލަރުވެސް ހެދީ އެހެން.

The name is already taken The name is available. Register?

ބަތްކައްކާ

07 March 2018

ކުޑަކުދީން ބަތްކައްކާ ކުޅޭއިރު ކުޅޭނެގޮތާއި މެދު ގޮތްނިންމާއިރު ގޮތްކަޑައަޅާނީ އެވަގުތު ކުޅޭ ކުދީން ބޭނުްވާގޮތަށެވެ. ކޮންމެހެން ފަހުން ކުޅެން އަންނަކުދީން ބޭނުންވާ ގޮތަކާމެދު ނުވިސްނާނެއެވެ. ކުޅޭއިރު އެހާވަރަކަށް ވިސްނާކަށް ނުޖެހޭނެއެވެ. ޢެކަމަކު މުޅިގައުމެއްގެ ގާނޫނު ހަދާއިރު، އެކިއެކި ތަފާތު ވިސްނުންލައިގން ބަހުސްކޮށްފައި ނޫނީ ނަހަދާނެެއެވެ. ތިހަދަން އުޅޭ ގާނޫން ވައްތަރީ ބަތްކައްކާ ގޮތްކަޑައެޅުމާއެވެ. ކުޑަކުއްޖަކަށްވެސް އެގޭނެ މިިނިވަން މެމްބަރަކަށްއެހެން މެމްބަރުންނާއިޚިލާފު ގޮތެއްކަޑައެޅުމަކީ އެމެމްބަރުންހޮވިރައްޔަތުންގެ ޝުޢޫރުތަކަށް އެއްވެސްވަރެއްގެހަމްދަރުަދީވުމެއްނެތި ހެދިއެއްޗެކެވެ. ވީމާ ތިވަރުގެ ވާހަކައެއް ރައްޔަތުންގެ ކުރިމައްޗަށް ހުށަހަޅަން ކެރުނު ބަޔެއްގެ ވިސްނުމާއި ގާބިލިއްޔަތާއިމެދު ވަރަށްބޮޑެތި ސުވާލު އުފެދެއެވެ.

The name is already taken The name is available. Register?

އަބްދުއްލާ

06 March 2018

މިނިވަންކޮށް ހޮވުނީމަ މިނިވަން ކޮށް ހުރުން ބުއްދިވެރި ، މާފައިދާވެސް ބޮޑުވާނެ ފިތަކަށްއޮބާލަން 3 މިލިއަން ފިތް ހަނދާން ނައްތާލަން 2 މިލިއަން. އެއްގޮތަކަށްވެސް ޕާޓި އަކަށް ވަންނާނެ ކަމެއް ނެތް .ޕާޓީގަ ތިބޭ މީހަކަށް މުސާރަ ނޫން އެއްޗެއް ނުލިބޭނެ . މިނިވަން މީހާއަށް ދެފައިދާ ލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454