އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއް: ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، 41 ގައުމަކުން ނެރުނު ބަޔާނަށް ރާއްޖެއިން މިއަދު ވަނީ ރައްދު ދީފައި
09 މާޗް 2018 - 22:41
ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 41 ގައުމަކުން ގުޅިގެން ނެރުނު ބަޔާނަށް ރާއްޖެއިން މިއަދު ރައްދު ދީފި އެވެ.
މިހާރު ކުރިއަށް ދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް ހިމެނޭ ގޮތުން، 41 ގައުމެއް ގުޅިގެން ނެރުނު ބަޔާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ވެސް ގޮވާލާފައިވެ އެވެ.
އެ ބަޔާނަށް ރާއްޖެއިން ރައްދުދީ، ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު ދެއްވި ބަޔާނުގައިވަނީ ގައުމުތައް ގުޅިގެން ނެރުނު ބަޔާނަކީ އެއްވެސް އަސާސެއް ނެތް އަދި އެއްވެސް ބިނާ ކުރުވަނިވި ކަމެއް ނެތް ބަޔާނެއް ކަމަށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ 2013 ގައި ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބު ކަމަށާއި އޭރު އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުން ވެސް އދ. ގެ މަންދޫބު ތައްޔާރު ކުރެއްވި ރިޕޯޓަށް ތާއީދުކުރި ކަން ހާލާގެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އުސޫލުތަކާ ރާއްޖެއިން ދުރުވެފައި ކަމަށް ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ހާލާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެކަނި ވެސް ރާއްޖެއިން އިސް ނަގައިގެން އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ދަތުރުކުރި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ވެސް ދާދިފަހުން އޭގެ ވަފުދެއް ރާއްޖެ އައި ކަމަށް ހާލާގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި އދ. ގެ ދެ ސްޕެޝަލް ރެޕަޓުއާއަކު ރާއްޖެ އައުމަށް ދައުވަތު ދިނުމަށް ވެސް މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށް ވެސް ހާލާގެ ބަޔާނުގައިވެ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް އިތުރު ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވަފުދެއް ރާއްޖެ ފޮނުވަން އެ ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންމާރި ރަންނަމާރި
11 March 2018
ތިމާމެންނަށް ތިމާމެން ފެނި ސައިޒް އޮޅި. މަގާމަށްޓަކާ ތިޔަފަދަ މޮޔަވާހަކަދެއްކީމާ ދިވެހިން ޤަބޫލު ކޮށްއުޅުނީ 12 ވަނަ ޤަރުނުގެތެރޭގަ . މިހާރު 21 ވަނަޤަރުނުގަ ދިވެހިން ޤަބޫލުކުރާވަރަށްވުރެ، ތަންދޮރު ފިލާފަ ތިބީ.
ހައްވަ
10 March 2018
މަގޭ ވަޒީފާ މަގޭ ވަޒީފާ މަނޫން ކާކު ދިފާޢު ކުރާނީ؟ އެކަމަކު އެކަމުގެ އެއްވެސް ޔަޤީން ކަމެއް ނެތް!
12345
10 March 2018
މަގާމޭ ކިޔައިގެން އަނގަފުޅާކުރަން ލަދުގަންނަން ޖެހޭނެ. 2012 ގަ ވެރިކަމުން އިސްތިއުފާ ދިނުމަށްފަހުވެސް ދިވެހި ގައުމުގެ ވެރިކަން ހޯދަންވެގެން. ދިވެހިން ބަނޑަށް މަރާ ދިވެހިން އިންޑިޔާއަށް ހަދާނެގޮތެއް ހަދަން ހަދިޔާ ކުރުމަށްފަހުވެސް އެމަގާމަށް އާދެވޭތޯ އެތެޅި ނަގަނީ، ކަލޭމެން ތި އަޅުދާސްތުވާ ލާދީނީ ކަލޭގެ ނޫންބާ؟
ނަރުދަމާ
10 March 2018
އަސްލެއްނެތް އެކަމަކު މުޅިންވެސްހަގީގަތް ދެއްތޯ ؟
9877777
10 March 2018
ހަގީގަތަށް ވާނެ އެއްގޮތެއްވެސް ނޯންނާނެ. 1 ފެބްރުއަރީގެ އަމުރު ސުޕްރީމް ކޯޓުން މިހާރުވަނީ ބާތިލުކޮށްފަ. އެއަށް އަމަލު ކުރަން ގޮވާ މީހާއީ ޝަރުއީދާއިރާއަށް ގޮންޖަހާ ޤާނޫނުއަސާސީ މުގުރާ މީހެއް.
އީމަން
10 March 2018
ރާޖެ ސަރުކާރުގެ އެވެސް އަސްލެނެތީ.
ކކކކކކ
10 March 2018
ހިނދުކޮޅުގަތަ؟ ސަރުކާރެއްނެތް ތަނެއް ނަމަ ކަލޭމެން ތިހެން މައިތިރިވެ ތިބޭނެތަ؟ ނުކުމެ އަލިފާން ރޯކުރާނެ. އިދިކޮޅުގަ އުޅޭނީ އަލިފަން ކުޅި ދެކެލޯބިވާ މީހުން. 6 ފެބްރުއަރީ ދުވަހުގެ ރޭ ވިލާ ޓީވީ ރޯކޮށްލިގޮތަށް މިހާރު ގައުމު އެކީ އަންދާ އަޅިއަށް ހަދާލާފަ އޮންނާނީ.
ޖިންނިބޭ
10 March 2018
ބޮޑެތި ޖަމިއްޔާތަކުން މިފަދަ ފުރުސަތުގެ ބޭނުން ހިފާގެން ބަލާނީ ގައުމުތަކުގެ ދާޙިލާ ކަންކަމަށް ވަންނަން.. އެއީ އެމީހުން ބޭނުން ގޮތަކަށް ކަންކުރާނެ ވެރިން ލާން... މިސާލަކަށް މިސްރުގައި މުރުސީ (ދީނީ ވިސްނުމުގެ ވެރިއެއް) އައިމާ އޭނާ ބޭރުކޮށްލައި ޖެނެރަލް ސީސީ (ހަރުކަށި މިލިޓަރީ ވެރިއެއް) ވެރިކަމަށް ގެނައުމަށް އެމެރިކާއާ ޔޫރަޕުގެ ގައުމުތަކުން މިލިއަން ޑޮލަރު ހަރަދުކުރި.. ސީސީ އަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ، ކޮށްދިން، ކޮށްދޭނެ މީހެއް ނޫން.. އެކަމަކުވެސް އެ ވެރިކަމަށް އެވެރިން ސާބަސްދެނީ ހަަމއެކަނީ އެމީހުން ބުނާ ގޮތަށް ހަދާތީ! ވިސްނާ ފިކުރުކޮށްބަލަ .. ސައުދީ އަރަބިއާއަކީވެސް އެވެރިންގެ ގޮނޑިކޮއްކޮ ސަރުކާރެއް ... ސައުދީން ކުރާ އިންސާނިއްޔަތާ ހިލާފު ކަންކަމާ ބެހޭކަށް އެވެރިން ނާއްނާނެ ... އެއީ އެވެރިންގެ ކޮންޓްރޯލް އޮންނާތީ .. މިހާރުވެސް ރައީސް ޔާމީން ޗައިނާ ދޫކޮށްލައި އެވެރިންނާ ގުޅޭ ހިސާބުން ޔާމީންގެ ވެސް މައްސަލަ އެއް ނޯންނާނެ.. ޔާމީނަށް އަދިވެސް ކުޅެވެން އޮތް ކާޑެއް އެއީވެސް..
ނަމެއް
10 March 2018
ތިބުނާ ހުދުމުހުތާރު ސީސީ އަށް އެންމެ ގިނައިން ފަންޑުކުރަނީ ސައުދީ އަރަބިއްޔާއިން. ބަޢާވާތަށްފަހު އެންމެ ފުރަތަމަ އާ ސަރުކާރު ބަލައިގަތީވެސް އެމީހުން. މިހާރުވެސް އެކަމުގެ ބަދަލެއްގެ ގޮތުގަ މިސްރުން ރަށްތަކެއްވެސް ސައުދީއަށް މިލްކުކޮށްދީފި. ހަމަ އެހެން މިސަރުކާރު ދަމަހައްޓަންވެސް ޗައިނާ ނޫނީ އެންމެ ގިނައިން ފަންޑުކުރަނީ ސައުދީއިން. ބޭރުބައެއްގެ ކޮންމެވެސްވަރެއްގެ ނުފޫޒާ ނުލާ ރާއްޖެކަހަލަ ކުޑަގައުމަކަށް ނޮއޮވެވޭނެ ކޮންމެ ކޮޅެއް ނެގިޔަސް. އަސްލު މިހެން ބަލާއިރު މައުމޫންގެ ފޮރިން ޕޮލިސީ އެންމެ ރަނގަޅީ. އެންމެ ނިއުޓްރަލްކޮށް އޮތީ އޭރު.
ޢިޖުލީ
10 March 2018
ދުނިޔެ އެ މައްޗަށް ޢަމަލުކުރުން ލާޒިމު ކުރާ ކޮންމެ ކަމަކަށް ވޯޓް ނަގަންވާނީ ކައުންސިލްގެ 43 މެމްބަރުން ތަޅުމުގައި ތިއްބެވި ވަގުތެއްގައި. މިވޯޓްގައި ބައިވެރިވީ 41 މެމްބަރުން. ސްޕްރީމް ކޯޓުގެ އިސްޤުލާލީ ލަފަޔަކަށް އެދެން ފެންނަނީ. ސްޕްރީމް ކޯޓުން ނިންމާފިއްޔާ ތަބާންވާންވީ. ޢެހެން ނޫނީ ޔޫރަޕިއަން ޔުނިއަނުން ވަކިވެފަ އދ. އަށް އިންޒާރެއް ދޭންވީ. ޢަދި އިއުލާން ކުރާނީ ރާއްޖެއަކީ ނިއުކްލިއަރ ބާރެއް ކަމަށައި ދުވާލަކު 10 މިސައިލް ޓެސްޓް ކުރާނެ ކަން.
މަރީ
10 March 2018
ރައްޔިތުންގެ މައްޗަށް ހިންގާ ކޮންމެ ކަމެއް ކަމެއްކަމަށް ޤާނޫނުގަ ބުނެފަ އޮތީ. ދިވެހިރާއްޖޭގަ ހިންގާ ކޮންމެ ގާނޫނަކީ، ރައްޔިތުންގެ މައްޗަށް ހިންގާ ޤާނޫނެއް. އިސްތިސްނާވާނީ، އެކަމާ ނުބެހިތިބި މީހުން. ހަމަ އެގޮތަށް އެސް.އޯއީއާ ނުގުޅޭ މީހުންގެ % އަކީ 99 އެއް ކަމަށްވާއިރު، ޤާނޫނު އަސާސީގަ އެއޮތް އެއްޗެއް މަޖްލީހުގެ ގަވާއިދުގައި ތަފްސީލް ކޮށްފަ އިންތަންވެސް ބަލައިލުން ރަނގަޅު. ތިމާ ގަބޫލުކުރާ ގޮތް ނޫން ގޮތަކަށް ކަމެއް އޮތްނަމަ އެކަމެއް ގަބޫލު ނުކުރުމަކީ، ތިމާ ގަބޫލުކުރާގޮތް އެއީ ޞައްޙަ ގޮތަށްވުމަށް އޮތް ދަލީލެއް ނޫން.
ށހިނަޒ
11 October 2022
ޜަނގަލުު
ޖައްސާތި
10 March 2018
ގައުމުތައް ގުޅިގެން ނެރުނު ބަޔާނުގައި އެއްވެސް އަސްލެއް ނެތް ނަމަވެސް މަމެން ބަލަން ބޭނުންވެއޭ ތިޔާ ގައުމު ތައް. ތިޔާ ގައުމު ތަކުގެ ތެރޭގައި މިރާއްޖޭގެ އިގްތިސާދުގެ ދިޔަ ދިވެހިންނަށް ނުދީ ފެލާލާ އިންޑިއާ އަދި ލަންކާ އިން ތިޔާ ބަޔާނަށް ވޯޓް ދިން ތޭ ބަލަން ޖެހޭނެއެވެ. އެމެން އެގޮތަށް އަމަލު ކޮށްފިނަމަ ދެން ރިސޯރޓް ތަކުން ވާރކް ވިސާ އެމެންނަށް އެހާ ފަސޭހައިން ދޭން ނުޖެހޭނެއެވެ. އެމެންނަށް ވާރކް ވިސާ ދޭން ޖެހޭނީ އެއީ ރާއްޖޭގެ ރިސޯރޓެއްގެ މަހުމުސާރަ އަކީ 300 ޑޮލަރަށް ވުރެން ބޮޑު މުސާރަ އެއް ނަމަ އެ ފަދަ މީހެއްގެ ކޮލިފިކޭޝަން އާއި އެކްސްޕީރިއެންސް އާއި ސެރޓިފިކެޓްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް ހުށައަޅާ އެންޑޯރސް ކޮށް އަދި ގައުމީ ޔުނިވަރސިޓީން 6 މަސްދުވަހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް އެއް އެމެން ހަދާ ދިވެހި ބަހުން ރީއްޗަށް ވާހަކަ ދައްކާ ލިޔެ ކިޔަން އިނގެން ޖެހޭނެއެވެ. ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ އެމެން ނުވަތަ އެމެންގެ އެމްޕްލޯޔަރ އެވެ. މިކަން ޖެހޭނެ އެޕްލައި ކުރަން މިދެގައުމަށް.
ތާޖް މަހަލް
10 March 2018
މި ސަރުކާރުގެ ދިފާއުގައި ބަސް ބުނާނީ މޮޔައިން ނެވެ.މިއީ ނިމިފައިވާ ކަމެކެވެ.
އަސްލަމް
10 March 2018
ކަލޭތީ ކާކު އަހަރެމެން މޮޔައިން ކަމަށް ކަނޑައަޅަން. ކަލެއަށް ކޮން ޤާނޫނަކުން ދީފަ އޮތް ބާރެއް ތިއީ؟ ތިއަށް ކިޔަނީ ބޮލުން މައްޗަށް އަމުރުކުރުން. އަނެއް ކޮޅުންބަލާއިރު، ގައުމުގެ ވެރިކަމަކީ، ކޮންމެ 5 އަހަރަކުން ވޯޓު ލައިގެން ހޮވާ މީހަކު ހުންނަ މަގާމެއް. އިސްތިސްނާ ހާލަތަކީ، ވެރިމީހާ "ހިނދުކޮޅުގަ ހުރެ" އިސްތިއުފާ ދޭ ހާލަތު އެކަނި.
ނޯ ވޯޓް
10 March 2018
މި ސަރުކާރުގެ ސައްހަ ކަމެއް ވެސް ނެތް. 5000 ވޯޓްގެ ތަފާތަކުން ކިރިޔާ ހޮވުނު މީހަކަށް 80،000 ވޯޓް ލީ މީހުންގެ ތާއީދު ގެއްލުމުން، ވެރިކަމުން ފައިބާން ޖެހޭނެއެވެ.
ދެންދެން
10 March 2018
500 މީހުންވެސް ތިއެއްވުންތަކުގައި ހަމައެއް ނުވޭ. އެހެންވީމަ 5000 މީހުންވެސް ވަރަށް ގިނަ.
ހފހފހފހފ
10 March 2018
މިސަރުކާރު ސައްހަ ނުވީމަ ކަލޭ ކުރާނެ ކަމެއް ބުނެބަ؟ ކަލޭ ބޭނުންވާ މީހާއަށް ވެރިކަން ދެވޭތަ؟ ނޫނީ ކަލެއަށް ވެރިކަން ލިބުނީތަ؟ ތިހެން ރޯނާވެގެން ގަބޫލުކުރާ ގަބޫލު ކުރުމަކުން ރައީސް ޔާމީނަށް ލިބޭނެ ދެރައެއް ނޯންނާނެ.
ދައްކަގަ
10 March 2018
އިނގިރޭސި ވިލާތް އިސްވެ އޮވެގެން އެމެން އަލިފުދާލުގެ އިންސާނީ ހައްގު ތަކާއި ބެހޭ ބައިގެ ބޮޑޭ ގަނެގެން އެމެން ކުރާ މަސައްކަތަކީ އެއީ ރާއްޖޭގެ މިނިވަން ކަން ދިވެހިން އަތުން ފޭރިގަތުމަށް ފަހު އިންޑިއާގެ އަޅުވެތި ކަަމަށް ރާއްޖެ ގެންދެވޭތޯއެވެ. މަލިކު ވެސް އެއޮތީ އެއްނޫންތޭ އެމެން ފޭރިގެން ފައި. އެގޮތަށް ވޭތޯ އެމެން އެބަލަނީ. ކަން މިހެން ހުރުމުން ސަރުކާރުން އެއްގޮތަކަށް ވެސް މިކަމުގައި ކުޑަ ވެސް ދުލެއް ދީގެން ނުވާނެއެއޭ. އދ. ގެ އިންސާތީ ހައްގު ތަކާއި ބެހޭ ބައިގެ ބޮޑޭ އަށް ނުފެނޭ ދޯ ހޮލީވުޑް ގައި ކުޅޭ އަނިޔާވެރިކަން ދައްކުވައިދޭ ފިލްމްސް ތައް އދ.ގެ އިންސާނީ ހައްގު ތަކާއި ބެހޭ ބައިގެ ބޮޑޭ އެކަން ހޮލީވުޑް އިން މަނާ ކުރަން އދ. އިން ގަރާރެއް ފާސް ނުކޮށްގެން އުޅެނީ އެއީ ކިއެއްވެތޭ. މަމެން އެއްގޮތަކަށް ވެސް ނުޖެހޭނެ އދ. ގެ ހިއުމެން ރައިޓްސް ކައުންސިލުގެ ނިންމުމަކަށް ތަބާވާން ވެސް އަދި ބޯލަނބަން ވެސް ތަމެން ގަރާރެއް ފާސް ކުރޭ އދ. ގެ ސަލާމަތީ މަޖްލީހުގެ ދާއިމީ ކައުންސިލުން ގަޓް އެއް ހުރި ނަމަ.
ޢަބްދުﷲނާފިޒު
10 March 2018
ކޯޑިނޭޓަރުވެސް އަޅުވެތިކަމަށް ރާއްޖެ ގެންދާ ވާހަކަ ނުދައްކާ، ދިވެއްސަކު ނުސިޔާނު ގޮތަކަ މަރުވިއަސް ޕޯސްޓްމޯޓަމް ހަދަން ގެންދަނީ އެއްކަލަ ފަޑުއްކަ އިންޑިއާއަށޭ އަހުރެން ނުބުނާނަމެވެ. ވ ސަލާމް.