ވަކީލުންތަކެއް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރިފްއަތު (ކ-3) ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
10 މާޗް 2018 - 23:32
ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ނޮވެމްބަރު 28، 2012 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކަށް ރިއާޔަތް ކުރައްވަމުންނެވެ.
އެ އަމުރުގައި ވަނީ، ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަ އަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ އަމަލަކީ ނުވަތަ ނިންމާ ކޮންމެ ނިންމުމަކީ އޭގެ ޒާތުގައި ބާތިލު ކަމެއް ކަމަށާއި އެ ބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގައިފަ އެވެ.
"ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލު ކަމަށް ކަނޑައެޅުމުން، އެކަމާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް 'ދުސްތޫރީ' މައްސަލައެއް ހުށަހަޅާފައިވާއިރު، އެންޓި ޑިފެކްޝަން ބިލެއް މަޖިލިސް އަށް ހުށަހަޅައި ފާސްކުރުމަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުތައް ހުއްދަ ކުރާ ކަމެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.
ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމުން އިސް ނަގައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަން ބިލެއް މި މަހުގެ ފަސްވަނަ ދުވަހު މަޖިލީހަށް ވައްދައިފަ އެވެ. އަދި އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހަށް އިއްވައިފަ އެވެ.
މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭރު ޕީޕީއެމުން ވަކިވެފައި ތިބި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.
އެގޮތަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށާއި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ނަމަވެސް، އެ އަމުރު އެގޮތަށް ނެރެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރެއް ނެރުނީ ކުރީގެ އަމުރުގެ އެ ބައި ބާތިލް ކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލާގައި ގޮތެއް ނިންމެންދެނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
11 March 2018
ފުލް ބެންޗުން ނިންމާފަ އޮންނަ ހުކުމް 3 ގެ ކޯރަމުންވެސް ބަދަލު ކުރެވޭނެ . ގާނޫނުގަ ބުނަނީ ކޯޓްބެންޗްގާ ތިބެންވާނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންކަމަށް މިހާރު އޮތްގޮތުން 3 ވެސް 5 ވެސް ހަމަހަމަ.
ތަސައްރަފު ނެތް ފަނޑިޔާރު
11 March 2018
ތި ބުނި ހުކުމް ވަނީ 1 ފެބްރުވަރީގައި ބާތިލް ކޮށް ފައެވެ. 5 ފަނޑިޔާރުންގެ ފުލް ބެންޗުން ނެވެ. ސިންޕަލް ނެޖޯރިޓީ ބެންޗުން 5 ފަނޑިޔާރުބްގެ ހުކުމެއް ބާތިލެއް ނުކުރެވޭބެއެވެ. ޚާއްސަ އެއްމެން ސޮއިކޮށްފައި ވާ ހުކުމެކެވެ
ްައަހްމަދު
11 March 2018
ސްޕްރިމްކޯޓުން އަމުރެއްނެރެފައޮތްހެންހީވޭ އެކަމައް ގާނޫނެއްހަދަން މަޖިލީހައް އަމުރުކޮށް އެއީއޮޅުމެއްބާ
joone
11 March 2018
އިނދި ކޮޅު ފަރާތް ތަކުން ވެސް މަޖްލީހަށް ހާޒިރުވެ މަޖްލީސް ފުރާލަ ދިނުން ރަގަޅެވެ. އެކަމަކު ގިޑި ގެއްލުނު ކަމަށް ބުނާ 12 ނެމްބަރުން މަޖްލީހަށް ވަނަ ނުދީ 6 މެމްބަރުން ޖަލަށް ލާފައި ދެންތިބި މެމްބަރުން ނަށް ބިރު ދައްކާފަފައި ދެތިން މެމްބަރަކު ރުއްސާފައި އެމީހުން ލައްވާ އަޑުގަދަ ކޮށްފައި މަޖްލީސް ގައި އިންސާފުން ކަމެއް ކުރެވޭނެ ބާއެވެ.
ދަލޭކަ
11 March 2018
ރައްޔިތުން ހޮވާފައިތިބި މެމްބަރުންނަށް އަނިޔާވެރިވެ އެ މެމްބަރުންގެ ހައްގުތައް ނަގާލުމަށް ނިހާނުމެއް މަސައްކަތް ކުރަމުންދާދީ, 2019 ގައި އެކަން ނިކަން ރަނގަޅަށް ޕީޕީއެމްގެ މެމްބަރުންނަށް ފެންނާނެ, ތިމެމްބަރުން ހޮވޭނެ ކަމަށް ހީނުކުރާތި,
ހަމީހުން
11 March 2018
ﷲ ގަނދީ ބުނަމެވެ.ޕާޓީ އިން ކަޑާލި އަސް މިބިލަކަށް ވޯޓެއް ނުދޭނަމެވެ.
ތެރަޕީ
11 March 2018
އެއްވެސް ޕްރޮފިޝަނަލް ކަމެއް ނެތް އަދި ޒާތީ ތަޢައްސަބުން ފުރިފައިވާ އަދި އެއްމެ މީހަކުގެ ކަންޓްރޯލް އޮންނަ ވިޔާނުދާ ޕާޓީ ނިޒާމެއް އޮތް ތަނެއްގައި ޕާޓީ އިން ވަކި ކުރާ މެންބަރުންގެ ގޮޑި ގެއްލޭ ފްލޯ ކްރޮސިން ބިލެއް ފާސް ކުރާކަށް ނުފެނެއެވެ. ތިއީ ހެޔޮ ނިޔަތުގައި ކުރާ ކަމަކަށް ވުރެ ބޮޑަށް ވައްތަރީ ވެރިމީހާގެ ބާރު ގަދަ ކުރަން ވެގެން ހަދާ އެއްޗަކާއެވެ.ދައުރު ނިމެން 4 މަހަށް ވުމުން ތީތި ހަދާލަށް ނުފެނެއެވެ.ރިޔާސީ ވައުދު ފުއްދަން ތިޒާތުގެ ކަންކަން ކުރަންވމި ޖެހެނީ ދައުރު ހަމަވުނުން ތޯއެވެ؟ ތިބިލް ފާސް ވެޖެ ނަމަ ޕާޓީގެ ކައުންސިލް ގައި ތިބޭ މެމްބަރުން ނަށް ވުރެވެސް ނިކަމެތި ބަޔަކަށް މެމްބަރުން ވާނެއެވެ
އަކުންބަކުން
11 March 2018
މެމްބަރުން ޖެހެނީ ވޯޓަ ގަންނާށެވެ.އެކަމަކު މެމްބަރުން ބޭނުންވާ ގޮތަށް މަޖްލީހުގައި ވޯޓް ދިނުމުގެ ހުއްދައެއް ވެސް ނޯވެއެވެ ވޯޓް ވިއްކި މީހުން ބުނާ ގޮތަކަށް ނޫނީ މެމްބަރުން ބަހެއް ކިޔާގެން ވެސް ނުވެއެވެ.މިއީ ކޮން ވައްތަރު ؟
ގަރުދިތަ
11 March 2018
ތިދައްކަނީ ހުސް ތާކުންތާކުނުޖެހޭ ވާހަކަ. ރައިއްޔަތުން ހޮވާމީހަކު އެހެން މީހަކަށް ވަކިކުރެވިގެން ނުވާނެ. އެހެން ހަދަންބޭނުންނަމަ އަހަރުމެން ވޯޓްލައްވަން ނުހަދާ. ކޮންމެވެސް އެހެންގޮތެއް ހޯދާ.
ޕަހެލޭ ކިތާބު
11 March 2018
މިފަހަރު އިތުރު މެމްބަރުން ތަކެއް ޕީޕީއެމް އަށް ގެއްލޭނެ އެވެ.ވަރަށް ވިސްނާފައި ތި ކުރަން އުޅޭ ކަމެއް ކުރައްތީ
ޖޯކު
11 March 2018
ސުޕްރީމް ކޯޓުގެ ފްލޯ ކްރޮސިންގް އަމުރުގަ އެފަދަ ޤާނޫނެއް ފާސްކުރަން މަޖިލިހުގެ މައްޗަށް އަމުރުކޮށްފަވެސް އެބަ އޮތް.
އަދިވެސް
11 March 2018
މަޖްލިހަކީ ގާނޫނު ހަދާތަން އެމީހުން އެއޮތީ ގާނޫނުގައި ސާފު ސީދާ ދިވެހިބަހުން ލިޔެފަ "ޕާޓީ ބަދަލު ކުރުމަކުން ގޮޑިއެއް ނުގެއްލޭނެޔޭ" ހައިރާނެއް ނުވާނެތަ؟ ދެންކޮން ފްލޯކޮރެސިންގް އެއްތަ؟
ވަކީލު
11 March 2018
ވަކީލުންނަށް ހީވާ ކަހަލަ ފަހުބަސް އިއްވަނީ ވަކީލުންނޭ
އަނދަވަޅު
11 March 2018
ފަހުބަސް އިއްވަނީ ކައްޕިތާނު . ހުރިހާ އެއްޗަކީ ވެސް ކައްޕިތާނު..ޤައުމަކީ ވެސް ކައްޕިތާނު. ޢާނޫނު އަސާސީ އަކީ ވެސް ކައްޕި ތާނު . މި ގޮތް ރަގަޅެއްނު ދޯ ވަކީލު .
ގެޓަގުލް
11 March 2018
ފަހުބަހުގެ ތަންކޮޅެއް މަވެސް އިއްވަން. އެއީ ވޯޓްކަރުދާސްކޮޅު އަތަށް އެރީމާ.