ހިސާން: އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތާ ގުޅިގެން އިއްޔެ މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން --ފޮޓޯ/މިހާރު
19 މާޗް 2018 - 18:39
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތާ ގުޅިގެން ވަކީލް ހިސާން ހުސެއިން އިއްޔެ މީޑިއާގައި ދެއްކެވި ވާހަކަތަކުގެ ކްރިމިނަލް ކޯޓަށް އޭނާ މިއަދު ހާޒިރުކޮށްފި އެވެ.
ސިޔާސީ އިދިކޮޅު ގިނަ ބައެއްގެ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާ ހިސާން މިއަދު ހަވީރު ކޯޓަށް ހާޒިރުކުރީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް، އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ހިންގަވަނީ އާބިޓްރަރީކޮށް ކަމަށް ވިދާޅުވެ، އިއްޔެ މީޑިއާގައި ކަންބޮޑުވުން ފާޅު ކުރެއްވުމުން ކަމަށް އެނގިފައި ވެ އެެވެ.
ހިސާންގެ އެ އަމަލުގެ ސަބަބުން ކޯޓާ މެދު ނޭދެވޭ ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެކެވިފައިވާތީ، އެކަމަށް މާފަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ބަޔާނެއް ދެއްވި ކަމަށް ވެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް މިހާރު ކުރިއަށް ގެންދަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ނޫން ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހައިލަމް އިއްޔެގެ ޝަރީއަތުގައި ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލާގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުން ފެށުމާ އެކު، އުއްތަމަ ފަނޑިޔާރުގެ ވަކީލުން، އެ މައްސަލަ ކުރިއަށް ގެންދަނީ ކޮން އިޖްރާއާތެއްގެ ދަށުންތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި، ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލަ މިހާރު ކުރިއަށް ގެންދަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ނޫން ކަމަށާއި ސަބަބަކީ އެ މައްސަލާގައި ދައުލަތުން ތުހުމަތު ކުރާ އަމަލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި ފާހަގަކޮށްފައިވާ ސަބަބެއް ކަމަށް ވާތީ ކަމަށެވެ.
އެކަމަކު ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އުއްތަމަ ފަނޑިޔާރަށް ލިބޭނެ ކަމަށާއި ޝަރީއަތް ކުރިއަށް ދާނީ އެ ފުރުސަތު ދެވޭނެ ގޮތަކަށް ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ. އަދި ކުއްލި ނުރައްްކަލުގެ ހާލަތު ނިމުމަކަށް އައިސް، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ގާނޫނާ އެއްގޮތަށް ކަމަށް ގާޒީ ވިދާޅުވި އެވެ.
މީގެ ކުރިން ގިނަ ވަކީލުންތަކެއް މިދިޔަ އަހަރު ސަސްޕެންޑް ކުރިއިރު އޭގެ ތެރޭގައި ހިސާން ވެސް ހިމެނުނެވެ. އެކަމަކު ފަހުން ވަނީ އެ ވަކީލުންގެ ސަސްޕެންޝަން އުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
20 March 2018
ހޫނ. މީނަވެސް ވަކި މުއްދަތެއް ނެތް ގޮތައް ޖަލައްލާ. އަދި އެބައުޅޭ އީވާ، މާރިޔާވެސް. ތިހުރިހާ އެންމެން ހައްޔަރުކޮއްފަ ޔާމީނައް ވެރިކަންކުރެވޭނީ.
އަނިޔާވެރިޔާ
20 March 2018
މިސަރުކާރުން ކުށެއްނެތް މީހުން ތަށް ނުވަތަ ކުދިކުދި ކަންކަމުގައި ރައްޔިތުން ޖަލަށް ލައި ބޮޑެތި ބޮޑެތި އަނިޔާ ތަށް ކުރަނީ އިސްލާމް ދީނޭ ފިތުނަ ފަސާދައޭ ކިޔާފައެވެ.އެކަމަކު މި ކައްޕި މީހާ ބޭނުން ވެއްޖެ ނަމަ މިލިޓަރީ ޓޭންކަރު ތަކުގައި ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރު ވަގައް ނަގާކަށް ވެސް ޖެހިލުމެއް ނުވެއެވެ.އެމީހުން ބޭނުން ވެއްޖެ ނަމަ ދީނުގެ ވާހަކަ "އެކޮޅު ކޮޅުން" ދައްކަން ވެސް ހުއްދަ ވާނެއެވެ. އަދި އެހެންވެސް ކިޔާނެއެވެ.އަދި މިކަމުގައި ވެސް "ބުޅާ ގޯނިން ބޭރުވާނެ" އެވެ އިޚްލާސް ތެރިކަން ނެތް ސަރުކާރެކެވެ.އެހެނަމަ %80 ރައްތިތުން މިސަރުކާރާ ދެކޮޅެއް ނުވީ ހެވެ.
ގޮނާސަކް
20 March 2018
މާބޮޑަށް ސައިޒު އޮޅިގެން އުޅޭ މީހުން ސައިޒު ވަމުން ދާ ތަން ދޯ މިފެނިގެން ދަނީ.
އިންސާފު ކޮބާ
20 March 2018
ބަލަގަ ކޯޓް ހުރުމަތް ކަޑާތީއޭ ކިޔާ މީހުން ހާޒިރު ނުކޮށް ބަލަ ތިކުދިން ނަށް އެކަން ކުރެވޭ ކަށް ނެތޭ..ކައްޕިތާނު އާއި ފޮނަދޫ އަބުއްދުއްރަހީމު ހާޒިރު ކޮށް ފައި ނޫނީ..
ކޮސްވެއްޖެ
20 March 2018
ގާޒީ ބުނިއެއްޗެއް ބުނިގޮތަށް ބުނީމާ ކަމުނުދިޔައީ؟ ދެން އެވާހަކަ ކޮންގޮތަކަށްބާ ބުނަންޖެހޭނީ؟ ހުސްނުއްސުއޫދުވެސް ހަމަ މިހެންބުނީ އޭނާއަކަށް ކަމެއްނުވޭ؟ އަންހެނަކަށްވީމަބާ؟
ނިއުމާ
20 March 2018
ކޮބާހޭ ޓޭޕް ރިކޯޑަރ؟ ސްޓަންޓް ފެއިލްވީމާ ހާދަ ވައިކޮށް؟
ފަޑުއްކަ
19 March 2018
ރައްޔިތިންގެ ސަޕޯޓް ނެތް ސަރުކާރު ކިތައްމެ ވަރެއް އެރުވިޔަސް ވެއްޓޭނެއެވެ.ތި ޒުވާން ކުދިން ކޮޅު ތިހާ ދަށު ދަރަޖަ އަށް ނުދާށެވެ
ސަލީމް
20 March 2018
ތާއިދު ނެތް މީހުން 16 ދުވަހު މާބޮޑަށް ވެސް ހާމަވެއްޖެ. ބާގީ ގާސިމް އާާއި ޓެރަރިސްޓް ނަޝީދު އާއި ފެއިލްވެފައި ތިބި ބައިގަޑު ރޮވެ އާދޭސް ކުރިއިރު މެޑަމް 5 މިނިޓް ތެރޭ އެއްކޮށްލާ ވަރަށް ވެސް މީހުން އެއްނުކޮށްލެވުނު
ވިލިމާލެ
19 March 2018
ހިސާން އަށް ވަކީލުކަން ކުރުމުގެ ހުއްދަ ދިންގޮތާއިމެދު ސުވާލު އުފެދޭ.
ތިނިނުނީ
19 March 2018
ތިހެން އަދުރޭ ބުނެފިތަ؟
އައްބާސް
19 March 2018
ހުއްދަ ބާތިލް ކުރަން ފެނޭ. މީނައަކީ ފިތުނަ ފަސާދައަށް ހިއްވަރުދޭ މީހެއް.
އަބޭ އައްބާސް
19 March 2018
ހިސާންގެ ވަކީލު ކަމުގެ ހުއްދަ ބާތިލް ކުރުމަށް ކަމާއިބެހޭ އެއްމަހައި މުއައްސަސާތަކަށް ގޮވާލަން، ސަބަބަކީ މީނާއަކީ ވަކީލުންގެ ބޯޑުއަޅުވައިގެންހުރެ ފިތުނަ ފަސާދަ އުފަސްދައި ރައްޔިޔުންގެ ހިތްތަކުގައި ކޯޓުތްކަށް ދެވިފައިވާ ގަދަރު ކުޑަކުރަން މަސައްކަތް ކުރާތީ. ( އއ )