ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އަޒްލީން އަދި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް ނަވާޒް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
18 އެޕްރީލް 2018 - 23:40
ބައެއް ފުލުހުން އަމަލު ކުރި ގޮތުން ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރު އާލާކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މުއައްސަސާ އަށް 85 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން ފުލުހުން ކުރާ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ އެ ކޯޓު އަމުރު ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދުރާލައި ނުދޭ ނަމަ އެ ގޮތަށް ކަންކަން ވެގެން ނުދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އަމުރު ނެރުމާ އެކު ފުލުހުން ވަނީ އެ އަމުރު ތަންފީޒު ކުރާނެ ކަމަށް އެރޭ އިިއުލާންކޮށްފަ އެވެ. އޭގެ މާ ގިނަ އިރުތަކެއްނުވެ އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފް އެ މަގާމުން ރައީސް ވަނީ ވަކި ކުރައްވާފަ އެވެ. ސަރުކާރުން ބުނީ އަރީފް މަގާމުން ވަކިކުރީ ރައީސް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަމަށެވެ.
އަރީފް މިހާރު ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފަ އެވެ.
ފުލުހުން ދާދި ފަހުން ބުނެފައިވަނީ އެ ކޯޓު އަމުރު ތަންފީޒު ކުރުމަށް އަރީފް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ އިދާރީ ހިންގުމަށް އާންމު އުސޫލާ ހިލާފަށް ބަދަލުތައް ގެނައިކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާއާ ފުލުންތަކެއް ގުޅި އެރޭ ފުލުހުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ. ރައީސް ޔާމީން މިރޭ ވަނީ އެ ކަންކަން މިންކުރެވޭނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ދުސްތޫރު ބަލަހައްޓަން ޖެހޭ ބައެއްގެ ތެރެ އަށް ފައިސާގެ ނުފޫޒު ވަނުމުން ރާއްޖޭގެ މިނިވަންކަމުގެ އަގަކީ ދެ މިލިއަން ނުވަތަ ތިން މިލިއަން ޑޮލަރުތޯ މިއަދު ސުވާލުކުރަން ޖެހޭ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން މުއައްސަސާތައް ހިންގަން ތިއްބެވި ވެރިންގެ އަގަކީ ދެ މިލިއަން ޑޮލަރުތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ޑިމޮކްރެސީ އެނގެނީ ވަކި ބަޔަކަށް ކަމަށް ބަޔަކަށް ވިސްނޭ ކަމަށާއި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. ފޮތްތަކާއި ތަޖުރިބާ އިން ޑިމޮކްރަސީއަކީ އެންމެން ވެސް ދަސްކޮށްފައިވާ އެއްޗެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ޑިމޮކުރަސީ ކަނޑައަޅާނީ އަޅުގަނޑުމެންގެ ސަގާފަތާއި ދީން ތަން ދޭ މިންވަރަކަށް. އެންމެ ލިބަރަލް ޑިމޮކްރެސީގައި ހުންނަ އުސޫލުތަކެއް ރާއްޖެއަކު ނުހުންނާނެ ކަމަށާއި އެއީ ދީނާ ސަގާފަތް އެ ކަންކަން ތަން ނުދޭތީ" ރައީސް ޔާމީން ވިދާޅުވި އެވެ.
ފަހުން މިއައި ސިޔާސީ ހަލަބޮލިވުންތަކާއެކު ބޭރު ދުނިޔޭގައި ރާއްޖެ ދުވަހަކު ވެސް ނުވާ ވަރަށް ފަލީހަތްވެފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެރު
19 April 2018
އަހާ ފުލުހުންގެ އިތުބާރު ވެސް މިހާރު ރައީސް ޔާމީން އައް ނެތީބާ
ބޯހަރޭ
19 April 2018
ރީއްޗެއްނުން މިއޮއްވަރަށް ފުލުހުން ސަޕޯރޓް ދޭއިރުވެސް އިތުބާރެއް ނެތް
އޭނާ
19 April 2018
ފުލުހުން އެކަޏެއްނޫން ރައީސް އިތުބާރުވެސް ވަނީ ގެއްލިފައި އެކަންވެސް އާލާކުރާ އެބަޖޭ އެއީ ރައީސް އެކައުންޓަށް ގޮތް ނޭގޭ ލާރި ޖަމާވާތީވެ
މުހައްމަދު ހަވާނާ
19 April 2018
އަރީފް މަސައްކަތްކުރީ އޭނަ ތަބާވާންޖެހޭ ހުކުމެއް ތަންފީޒުކުރަން.
އަމިއްލަމީހާ
19 April 2018
އިތުބާރަކީ ހުއިފިލަނޑާ އާލާކުރާގޮތަށް އާލާކުރެވޭނެ އެއްޗެއްނޫން ގެއްލިއްޖެ އަބުރެއް ،އަނބުރާ ނުލިބޭނެ
ތުނިޔަ
19 April 2018
ތިކަމެއްނެތް މީންޒަމާނަކުވެސް ވާކަށް! ފުލުހުންގެ އިދާރާ އެކަންޏެއްނޫން...ހުރިހާ މުވައްސަސާއެއްގެ އިތުބާތުވެސްވަނީ ގެއްލިފަ!
ސާދާސީދާ
19 April 2018
ރައީސްގެ އިތުބާރު އޮތީ ކިހިނެއްތޯ؟
ނޫސް ކިޔާމީހާ
19 April 2018
ބައެއް ފުލުހުން އަމަލު ކުރި ގޮތުން ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުން ކުރާ އިތުބާރު އާލާކުރަން ޖެހިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.***** ދިވެހި ރައްޔިތުންގެއިތުބާރު މިހާރުވަނީ ގެއްލިފައި . އެކަމަކު އަދިވެސް މަނިކުފާނު ހިތްޕުޅާ ހަމަވަވަރަށް އިތުބާރު ލިބޭނީ 300 ފުލުހުންނަށް ފުލެޓްވެސް ހަމަޖައްސާދެވިގެން . އެބައި ނިމުނީމާ ފުރިހަމަ އަވަހާރަފުޅެއް ލެއްޕެވޭނެކަމަށް ފެންނަނީ .
ހަބޭސްބބބބ
19 April 2018
ކިހެނެއް އެކަން ކުރާނީ ހެދުނު ހައްވާ ވާހަކަޔާ ކުރާކަންޔަށް ހަވީރު ހައްކާއިރު އޮންނަނީ ބަދަލުވެފައި ؟
އަލީބެ
19 April 2018
އާންމުރައްޔިތަކު އެއްޗެކޭ ބުނާއިރަށް ފުލުހުންގެ މުއައްސަސާގެ އިތުބާރު ގެއްލޭގޮތަށް ވާހަކަދައްކައިފިޔޭ ކިޔާ ހައްޔަރުކުރަނީ. ރައީސް ފާޅުގައެބުނީ ފުލުހުންގެ މުއައްސަސާގެ އިތުބާރު އާލާކުރަންޖެހެއޭ. ކަލޭމެންގެ މަސައްކަތް ރައީސަކަށް ކަމަކު ނުދޭ. ރައްޔިތުން ތިމުއައްސަސާދެކެ ގަންނަނީ ފަކުރު. ކޯޓުތަކުން ތިމުއައްސަސާ ދެކެ ބިރުގަނޭ. ތިޔާ އަޅެ ކޮންބައެއް.