އަލީ ހުސެއިން: ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި އޭނާއާ އެކު 12 މެމްބަރަކަށް ދައުލަތުން ދައުވާ ކުރޭ --ފޮޓޯ/މިހާރު
10 މެއި 2018 - 18:43
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ އަލީ ހުސައިންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އަލީ ހުސައިނާ އެކު 12 މެމްބަރެއްގެ މައްޗަށް ކުރެ އެވެ. އެ ހުރިހާ ބޭފުޅުންގެ ބައި ވެސް ކުރިއަށް ގެންދިޔައީ އެއް ދައުވާއެއްގެ ގޮތުގައި ކަމަށްވިޔަސް، އެހެން މެމްބަރުންނާ ޚިލާފަށް އަލީ ހުސައިނަށް ވަކީލަކު ހަމަޖެހިފައި ނެތުމުން މިދިޔަ ޖެނުއަރީ މަހު ވެސް އަލީ ހުސައިންގެ ބައި ކުރިއަށް ގެންދިއުމަށް އަޑުއެހުމެއް ބޭއްވި އެވެ.
އާދިއްތަ ދުވަހު ވެސް ތާވަލްކޮށްފައި ވަނީ އަލީ ހުސައިންގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް އަލީ ހުސައިނަށް ގާޒީ ދެއްވި އެވެ. އަދި އަލީ ހުސައިންގެ ފަރާތުން ވަކީލަކު ހަމަޖެއްސުމުން އޭނާގެ ބައި ވެސް އެހެން މެމްބަރުންނާ އެކު ކުރިއަށް ގެންދަވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ވިދާޅުވެފަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅުބެ
11 May 2018
އަވަހައް ހުކުމްއިއްވާފަ ތިކަންވެސް ނިންމާލާ
ފަޑުއްކަ
11 May 2018
ނުހޮވޭނެ އެވެ. ވޯޓް އޮޅުވާލާގެން ހޮވުނަސް ވެރިކަން ދުނިޔެ ޤަބޫލެއް ނުކުރާނެއެވެ.މަވެސް ޤަބޫލެއް ނުކުރާނަމެވެ.
ޢަލީ އިބްރާހީމް
10 May 2018
ޢަލީ ހުސައިނަކީ މަޖިލީހުގައި މިވަގުތު ހުރި އެންމެ ނަޒާހަތްތެރި މެމްބަރު. ޢެއީ ދިވަހެރާއްޖެއިން ބިން މިލްކު ކުރުމައް ހުށަހެޅި ބިލައް ވޯޓު ނުދިން އިގިލިން ގުނާލެވޭ މަދު މެމްބަރުންގެ ތެރެއިން މެމްބަރެއް. ޢެ ބިލައް އިދިކޮޅު ގިނަ މެމްބަރުން ވޯޓު ދިން. ޢެވަރައް ފައިސާ އެޅިވިއްޔާ
ޒައިދުހާން
10 May 2018
މީ އަޖައިބު އަންތަރިސްވާ ވަރުގެ ކަމަކެވެ. ބަލަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމެމްބަރުންގެ ޤާނޫނީ ވާޖިބު އަދާ ކުރުމަށް މަޖިލީހަށް ވަންނަން އުޅުމުން މަޖިލީހަށް ވަނަނުދީ ހުރަސް އެޅި މީހުންނާއިގެން ދައުވާކޮށް އެމީހުންނަށް ފިޔަވަޅު އަޅާ ބާލާށެވެ. މިގައުމުގެ ހަމަޔާއި އިންސާފު އޮންނަނީ އެކޮޅު ކޮޅުންތޯ ؟