އިސްލާމިކް މިނިސްޓަރު ޒިޔާދު ވާހަކަދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މެއި 2018 - 16:25
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ޒިޔާދު ވިދާޅުވީ ތަފްސީރުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި އޭގެ ފުރަތަމަ ކޮޕީ ނެރޭނެ ކަމަށެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި ގުރުއާން ތަފްސީރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަސް ބޭފުޅުންގެ ޚާއްސަ ކޮމެޓީއަކުންނެވެ. އޭނާ ވިދާޅުވީ، އުރުދޫ ބަހާއި އަރަބި ބަހާއި ދިވެހި ބަސް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް އެ ކޮމެޓީގައި ހިމެނިވަޑައިގަންނާ ކަމަށެވެ.
ގުރުއާން ތަފްސީރު ފޮތް ދިވެހި ބަހުން އެކުލަވާލުމުގައި، ނަމޫނާ އަކަށް ބަލާނީ ރައީސް އޮފީހުން ކުރިން ނެރުނު ގުރުއާން ތަރުޖަމާ އެވެ. އަދި އެކި ބަސްބަހުން ލިޔެފައިވާ ގުރުއާން ތަފްސީރުގެ ފޮތްތައް ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، ސޫރަތްތަކުގައި ހިމެނޭ މައުލޫއުތަކާއި އެ ސޫރަތް ބާވައިލެއްވި މަގުސަދުތަކުގެ މައްޗަށް، ގުރުއާން ތަފްސީރު ކުރާއިރު އަލިއަޅުލާވާނެ ކަމަށެވެ.
"އެކަމުގައި ނަމޫނާ އަކަށް ބަލާނީ ރައީސް އޮފީހުން ނެރެފައިވާ ގުރުއާންގެ ރަސްމީ ތަރުޖަމާ. އެކަމަކު އެ ވެސް މުރާޖައާ ކުރާނެ،" އިބްރާހިމް ރަޝީދު މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިންޓިފިކް ހޯދުންތައް އައިސްފައިވާ ގުރުއާންގެ އާޔަތްތަކާއި އެކަމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް، ތަފްސީރު ކުރާއިރު އަލިއަޅުވާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤަފޫރުުުުުުު
29 May 2018
އިބްނު ކަޘީރުމެން ފަދަ ބޭކަލުން ގެ ފުރިހަމަ ތަފްސީރު ހުއްޓާ ދިވެހިން އުރުދޫ ބަހުން މި ކުރަން އުޅޭ ކަމެއް ނުވިސްނުނު.
ދޮންބެއްޔާ
29 May 2018
މި ފަހަކަށް އައިސް ޗާރޕްގަ ކުށް ހުރެގެން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތި ވެފަހުރި ކަމެއް ކަމަކީ އެލަވަންސެއް ދީގެން މަސައްކަތް ކުރުވާއިރު ޗާރޕް ކުރުމުގެ ކުރިން ޗެކްކުރެވެން ޖެހޭ ޒިންމާ ނަގާ މީހަކުނެތް
އަހުމަދުބެ
29 May 2018
އިތުބާރު ގެއްލިފައިވާ މިނިސްޓްރީއެކެވެ.
ފަންޑު
29 May 2018
މިބޭފުޅާ ބުނާ ބަސް ގަބޫލުކުރަންވާނީ ވަރަށް ވިސްނާފަ. އެއް މަސްތެރޭ އިއުލާންކިރާނަމޭ ޖަނަވަރީ މަހު ބުނި ސްކޯލާޝިޕް މިއީ. މިހާރު އެބުނަނީ ދެތިން މަސްތެރޭގައޭ
އާދަނު
29 May 2018
ތިކަންވެސް ކޮރަޕްޝަނެއް ނެތި ކޮށްފިއްޔާ ރަގަޅު
ޯހަސަނު
28 May 2018
ޢުފާވެރި ޚަބަރެއް
ހަސަން
28 May 2018
އުފާވެރި ޚަބަރެއް
ޝާޑު
28 May 2018
ކުރާނަމޭ ނުކިޔާ ކޮށްބަލަ...މިނިސްޓަރު ކަމާ ޙަވާލުވެގެން މިވީހާ ތަނަށް ކޮން ކަމެއް ތޯ އާ ކަމަކަށް މަނިކުފާނަށް ކުރެވުނީ..