ފުވައްމުލައް.
31 މެއި 2018 - 13:23
ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަތުގެ ނާރުތައް ބުރިވި ކުއްޖަކަށް ފަރުވާ ދޭން މާލެ ގެނެސްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމުގައި ޒަހަމްވި 13 އަހަރުގެ ފިރިހެން ކުއްޖާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގަ އެވެ. އެތަނުގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުންނާއި ކުއްޖާ އަށް ލިބިފައި ހުރި އަނިޔާ ސީރިއަސް ކަމުން ފަރުވާ އަށް މާލެ ފޮނުވީ އިއްޔެ އެވެ.
ޒަހަމްވި ކުއްޖާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ މި ހާދިސާ ހިނގީ ކުއްޖާ ކްލާހުގައި ހުރެފައި ކުނި އަޅަން ޑަސްބިން ކައިރިއަށް ދިޔަ ތަނާ އެ ދަރިވަރު ކްލާހަށް ވަނަ ނުދޭން އެހެން ހަތަރު ކުއްޖަކު މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.
"ހަތަރު ކުއްޖަކު ދޮރު ކައިރީގައި ލެނގިގެން ތިބި ކަމަށް އޭނަ (ޒަހަމްވި ކުއްޖާ) ބުނީ. ދޮރު ހުޅުވަން ބުނީމަ، އެ ކުދިން އެއްވެސް ގޮތަކަށް ނުހުޅުވި،" އާއިލާގެ މެމްބަރަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ވަގުތު ކްލާހުގައި ޓީޗަރަކު ނެތެވެ.
"ކްލާހަށް ވަންނަން މަސައްކަތް ކުރަނިކޮށް، ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖާގެ އަތަށް ވަދެ ސީރިއަސް އަނިޔާތަކެއް ލިބުނީ،" ޒަހަމްވި ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހާދިސާ ހިނގީ ޓީޗަރަކު ނެތި، ދަރިވަރުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތިބުމުން ކަމަށް ބުނެ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ހާފިޒު އަހުމަދު ސްކޫލުން ބުނީ އެކަމާ ވާހަކަ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ހިނގީ ދެ ޓީޗަރުން ބަދަލުވި ގަޑީގައި ކަމަށެވެ. މިނިސްޓްރީން ވެސް ބުނީ މިކަން ދިމާވީ ދަރިވަރު ކްލާހަށް ވަންނަން ދޮރު ހުޅުވަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.
ޒަހަމްވި ކުއްޖާގެ އަތުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ވަނީ ކޮށްފަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ އެ ފިރިހެން ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެއް އަތުގެ އެއް ނާރު ބުރިވެފައިވާ ކަމަށެވެ. އެކަމަކު، އޮޕަރޭޝަންކޮށް، ޕްލާސްޓަރު އެޅި ފަހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭރީ
02 June 2018
ޒިންމާ ދާރު ކަން ކުޑަ ހަމައެކަނި ގަޑި ފުރާ ޓީޗަރުން ގިނައީ ، ދަރިވަރުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތިބުމުން މިފަދަހިތާމަވެރި އެތަށް ކަމެއް ހިނގާނެ
ްްްްްްްްގަމަރިއްޔަތު
03 June 2018
ޓީޗަރުންނައް ކުލާސްދޫކޮއްލެވޭނީ އެހެން ޓީޗަރަކުއައީމަ! (ގަވާއިދުގެދަށުން)
މުހައްމާ
02 June 2018
ކުދިންނަށް އަލިފާނަށް ފުންމާލުމުން ފިހޭނެ ކަން، އުސްތަނަކުން ވެއްޓިއްޖެއްޔާ މަރުވެދާނެ ކަން ދަސްކޮށްދޭށެވެ. މީހަކު ނެތްތަނުގައި އެކަނި އުޅެން ދަސްކޮށްދޭށެވެ.
މަޖީދިއްޔާ
01 June 2018
ހުރިހާ ކްލާހެއްގަ އާއި ހޯލްވޭ ތަކުގަ ސީސީޓީވީ ސިސްޓަމް ހަރުކޮށްފަ ބަހައްޓަންވީ. އޭރުން ތިކަމުގަ ޒިންމާވާ ކުދިންގެ އަމަލުތައް ހެއްކާއި އެކު ފެންނަން ހުންނާނެ.
މުހައްމާ
01 June 2018
މިއީ ކުޑަ ވަގުތު ކޮޅަކަށް ޓީޗަރަށް ނުދެވުމުން ހިނގި ކަމެއްކަމަށް އެންމެން ސިފަކުރަމުން ދާތީ ވ ގިނަ ސުވާލު ތަކެއް އަޅުގަނޑު އުފެދިއްޖެ އެވެ. ތިބުނާ ދަރިވަރުގެ ގްރޭޑް 8 ގެ ދަރިވަރުން ގޭޓް ކައިރިން އެކަނި ގޮސް ކްލާހުގައި ފޮތް ދަބަސް ބާއްވާފައި އެންބުރި އެސެމްބްލީ އަށް އެއަންނަ ވަގުރުގައި ކޮންމެ ކުއްޖެއްގެ ފަހަތުގައި ޓީޗަރެއް ނުހުރެ އެވެ. ސުވާލަކީ އެކުދިން އެވަގުތު ކަމެއް ކޮށްފިއްޔާ އިހުމާލު ވަނީ ކާކުތޯއެވެ. ނޫނީ 14 އަހަރުގެ ކުދިން އެތަނުން ފުންމާލަފާނެ ތީ، ކޮންމެ ކުއްޖެއްގެ ފަހަތުގައިވެސް ޓީޗަރަކު ހުނަނަން ވަނީތޯއެވެ. ތިމަންނާ ވާހަކަ ދައްކައިރު ވިސްނުން ބޭނުން ކުރާށެވެ.
އައްޓަމަސް
01 June 2018
ހާދިސާ ހިނގީ ޓީޗަރަކު ނެތި، ދަރިވަރުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތިބުމުން ކަމަށް ބުނެ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަބަދުވެސް ކުއްވެރިވާނީ އަނެކާ!؟ ޓީޗަރނެތީމަ ގަންނާނެ ގަނޑެއް ގަންނަންވީތަ؟! ބެލެނިވެރިންގެ އެއްވެސް ޒިންމައެއް ނެތް؟! ކޮންމެ ކުއްޖެއްގެ ފަހަތުގަ ޓީޗަރަކު ބަހައްޓަންވީތަ؟! ބެހެއްޓިޔަސް ސަލާމަތެއްނުވާނެ ޓީޗަރާހެދި މަގޭދަރިޔަށް ހަމަނޭވާނުލެވެޔޭ އޭރުންގޮވާނީ؟! ތިމާއަށް ތިމާގެ 2 ނުވަތަ 3 ވަރަކަށް ދަރިން ނުބެލެހެއްޓޭއިރު ޓީޗަރުން ކިހިނެއް އެތައްސަތޭކަ ދަރިވަރުންބަލަހައްޓާނީ؟1 އަބދުވެސް އަނެއްބަޔަކު ކުއަވެރި ނުކޮށް ތިމާމެންގެ ގޯސްތަކަށް ވިސްނަ އެކަންކަން ރަނގަޅުކުރެވޭތޯބަލާބަލަ؟! ޓީޗަރ ނެތިއްޔާ ގަންނާނެ ގަނޑެއް ގަންނަންވީތަ؟!
ޜާކަނި ސައްތާރު
31 May 2018
ވަށާޖެހޭ ތައުލީމް އެއްވެސް ކުއްޖަކު ބާކީ ނުކޮށް
މަގޭ ހިޔާލު
31 May 2018
ޓީޗަރުން ތިއްބަސް ބެލެނިވަރިން ދަރިވަރު ކުރިމަތީގައި ޓީޗަރާ ދިމާލަށް ހިތުހުރިއެއްޗެހި ގޮވާ ޒަމާނުގައި ޓީޗަރު ނެތިގެން ކޮންވަރެށް އަރުވާކަށް
ާައަލީ، އައްޑޫ
31 May 2018
ދޮރުގައި ޓެމްޕާރޑް ގްލާސް ޖަހާފައި ބަހައްޓަންވީ. އޭރުން ތަޅައިގެންދާ ވަގުތު ކުދިކުދި ވާނެ. ތިކަހަލައަނިޔާ ލިބުން ދުރުވާނެ.
ހުމް
31 May 2018
ޓެމްޕާރޑް ގްލާސް އެއްނޫން އަޅަންވީ ދަރިވަރުން އަމިއްލަ އަށް އިސްލާހު ވާންވީ. ނުވިސްނޭވަެު ކުޑަ ކުދިން ނެއްނޫންވިއްޔަ.
މުހައްމާ
31 May 2018
އެކަން ހިނގިއިރު 10.45 ނުހިގާނެ، ޕީރޮއަޑް ނިމެނީ 10.40 ގައި، 50މީޓާ ދުރުގއި ހުންނަ އިމާރާތެއްގެ ތިންވަނަބުރިން ފއަބައިގެން އަނެއް އިމާރާތުގެ މައްޗައް އަރަން ކިހާއިރެއް ނަގާނެބާ. ކޮންމެ ކުއްޖަު މަތިން ފުންމާޅާފާނެތީ ވާގަނޑެއް ޖަހަން ފެނޭ!
މެޑިކްސް
31 May 2018
ބުރިވީ ނާރުތަ ނޫނީ ލޭހޮޅިތަ؟ ނާރަކީ ސިކުނޑީގެ ސިގްނަލްތައް ހަށިގަނޑަށް ފޮނުވާ ވަސީލަތް.
ޢަބްދުﷲނާފިޒް
01 June 2018
"ހޮޅި" ދެއްތޮ..............
ނާހަމަ
01 June 2018
ބުރިވީ ޓެންޑަން ކިޔާ އެއްޗެއް.. ލޭނާރެއް ސިކުނޑީގެ ނާރެއް ނޫން.