މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނބަލުން ރޭ ދެއްވި ޖާފަތުގައި ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2016 - 20:57
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖާފަތުގެ ހުރިހާ ކަމެއް ފުރިހަމަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނިއު ޕޯޓާއި ހަވާލުކޮށްގެން މިދިޔަ އަހަރުގެ މިނިވަން ދުވަހު ބޭއްވި ރަސްމީ ޖާފަތުގައި ބޮޑެތި މައްސަލަތަކެއް ދިމާވެ، ގިނަ ބައެއްގެ ޝަކުވާ އައިސްފައިވެ އެވެ.
އެ ކުންފުންޏާއި ހަވާލުކޮށްގެން ރޭ ބޭއްވި ރަސްމީ ޖާފަތުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައިވެ އެވެ. ރޭގެ ހަފުލާއަށް 4،000 މީހުންނަށް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނބަލުން ރޭ ދެއްވި ޖާފަތުގައި ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރު ބޮލަކަށް 3،000ރ. ނަގައިގެން ދަރުބާރުގޭގައި ބޭއްވި ޖާފަތުގައި ކާބޯތަކެތީގެ ފެންވަރު ދަށްވުމާއި ހަފުލާއަށް މީހުން ދިޔަ އަދަދަށް ވުރެ މަދުން ކާތަކެތި ތައްޔާރު ކުރުން ހިމެނެ އެވެ. އެކަމަކު އެ މަސައްކަތް މިފަހަރު ނިއު ޕޯޓުން ނެގީ ކުރީ ފަހަރަށް ވުރެ އެތައް ގުނައެއް ކުޑަ އަގެއްގައި، ބޮލަށް 80ރ. ގެ ރޭޓުންނެވެ.
އާންމު އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި މިދިޔަ އަހަރު ނިއު ޕޯޓަށް އެ މަސައްކަތް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ. އެ މައްސަލާގައި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް(މޮންދު) ގެ މައްޗަށް ދައުވާ ކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ ދައުވާ ނުކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޮހަނު
28 July 2016
އައްޔޯ... ހަމަ ރަގަޅަށްވެސްތަ. މުންދު ގެ ތާއީދު ރައީސް މައުމޫނަށް ކޮއްލަބަ ބަލަ. ހަމަ ވަގުތުން ތިޔަ ޖާފަތުގެ ކެއުން ގޮސްވެ ތަހުގީގު ފެށެނެ.
މިނިވަން ޚިޔާލް
28 July 2016
ރައްޔިތުންގެ ފައިސާއިން ރޯމާދުވާލު ވައްކަންކުރާއިރުވެސް ބޮޑުވަރިހަމަވެފަ. މިހެންވެގެންދޯ ޕީޕީއެމްގެ ބައްދަލުވުމުން ނުކުމެ، ޔާމީނަށް ސަޕޯޓްކުރާ މީހުން ދިން ޕްރެސްކޮންފަރެންސްގަ އެވަރަށް އެވާހަކަދެއްކީ.
މަރީނާ
28 July 2016
ޢަހަރެންވެސް ތިޔަބުނާ ޖާފަތަށް ދިޔައިން. ޢެއްވެސް އެއްޗެއް މީރެއް ނޫން. ހިތްހަމަޖެހިލައިގެން ކާލެވުނީ ހަމައެކަނި ފުރުޓްކޮޅު
ކެނެޑީ
28 July 2016
އާންމު އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި މިދިޔަ އަހަރު ނިއު ޕޯޓަށް އެ މަސައްކަތް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ. އެ މައްސަލާގައި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް(މޮންދު) ގެ މައްޗަށް ދައުވާ ކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ ދައުވާ ނުކުރުމަށެވެ ކަލޯމިތަންކޮޅު ކިޔާލަބަލަ ކިހާ ހިންހަމަޖެހޭ ވައްކަން ކޮއްފަވެސް ދައުވާވެސް ކުރަން ނުފެންނަކަމަށް މިބުނަނީ ގެއްލިގެން މިދިއައީ ކާކުގެލާރި
ވާނުވާ
28 July 2016
ބަލަ ކުރިން ބުނީ 3000 މީހުންނޭ... މިހާރު 4000.... މާދަން ބުނާނީ ކިހާވަރެއްބާ... އަދި ބިލް ކުރާނީ ކިހާވަރެއްބާ... ސާވް ކޮށްދޭން ތިބީ ފެކަލްޓީގަ ކިޔަވާ ކުދިން... އެހެންވިއްޔާ ގޯހެއް އެބަ އުޅޭތާ...
އަލްޖިބްރާ
28 July 2016
އިސްލާމީ މަރުކަޒު ތެރެ އެއީ ޖާފަތްބާއްވާ މިއުޒިކް ކުޅެން ހަދާފަ ހުރިތަނެއްތަ ؟ އެކަންތައް ހުއްޓުވަން ފުލުހުން ނުދިޔައީ އެކަން ސިޔާސީކަމަކަށް ނުވީތަ ؟ ހުކުރު ނަމާދައްފަހު އެތަނުގެ ތެރޭ ﷲއަށްދުޢާކުރުން އެއީ ސިޔާސީ ކަމަކަށް ވެފަ ސަރުކާރުން ޖާފަތްބޭއްވީމާ އެކަން ސިޔާސީކަމަކަށް ނުވިގޮތެއް އިސްލާމިކް މިނިސްޓްރީއިން ސާފުކޮށްދެވިދާނެބާ ؟
ޕޯލާ
28 July 2016
ކޮމެންޓުތަކަށް ލިބޭ ލައިކުތަކާއި ޑިސްލައިކުތަކަށް ބަލާލީމަ އެނގޭ އެއްކަމަކީ، ސަރުކާރުން ކިރިޔާވެސް ރަނގަޅަށް ކަމެއް ކޮށްފިހެން ހީވަންޏާ މޭކަރާ ބަޔަކު މިރާއްޖޭގައި އުޅޭކަން. ވައްސަލާމް.
ލޯލާ
28 July 2016
ހިތުން ގިނަ ލައިކް ހޯދަން ކޮށްލި ކޮމެންޓެއް ދޯ މީ..
ޙަޖަމް
28 July 2016
އެއިން ދޭހަވަނީ މޭކެރުންތަ ނޫނީ ސަރުކާރަށް ތާއީދު ނެތްކަންތަ.. ތިބޭފުޅާގެ ކަންނޭގެ މޭކަރައިގެން ތިއުޅެނީ ކޮމެންޓްތައް ފެނިފަ...
މިޔާނޯ
27 July 2016
ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެން އަދި ރައްޔިތުން ނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް
ލޫނާމީ
27 July 2016
ޖާފަތް ފުރިހަމަވީ މުއާ ފިޔަވައި ރައީސް އޮފީހުގައި ތިބި ހަރުދަނާ ދެތިން ސިކުނޑިއެއްގެ ސަބަބުން. އެކްސްޕަރޓްސްގެ ސަބަބުން.
އާމިނަތު
27 July 2016
މުންދު ނެތީމަ ވީގޮތެވެ. އެހެންނަމަ މިފަަހަރުވެސް ތިކަންދިޔައީ ސުމަކުންނެވެ.