ޚަބަރު / ޖުމްހޫރީ ޕާޓީގެ ކޮންގްރެސް

ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ: އައިޝާ

ގާސިމްގެ އަނބިކަނބަލުން "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޕެރަޑައިސް އައިލެންޑް ރިސޯޓުން،  އަހުމަދު ސާއިލް އަލީ، މިހާރު

23 ޖޫން 2018 - 20:46

41 comments

ޖުމްހޫރީ ޕާޓީ (ޖޭޕީ) ކައުންސިލަށް ހޮވިވަޑައިގެންނެވި، އެޕާޓީގެ ވެރިޔާ ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ސިޔާސީ ދާއިރާއަށް ނުކުންނެވި ސަބަބު މިއަދު ހާމަކުރައްވައިފި އެވެ.

އައިޝާ ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެން ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މާލީގޮތުން ހުރިހާ ކަމެއް ފުރިހަމަ ވެފައިވީ ނަމަވެސް ސިޔާސީ ދާއިރާއަށް ނުކުންނަން މަޖުބޫރު ކުރުވީ ދޮންދަރިކަލުން ސިޔާދު ގާސިމާ މެދު ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުން ކަމަށެވެ.

ޖޭޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއެކު އައިޝާ ޖޭޕީ ކޮންގްރެސް ނިންމުމުގެ ހަފްލާގައި، ޕާޓީގެ ކައުންސިލަށް އޭނާ ހޮވިވަޑައިގެންނެވި-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ގާސިމް ދަރިކަލުން ސިޔާދު، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ހައްޔަރުކޮށް ޖަލު ބަންދުގައި ބަހައްޓައިގެން ޝަރީއަތް ހިންގަމުން ދަނީ ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އޭނާ މިހާރުވެސް ހުންނެވީ މާފުށީ ޖަލުގަ އެވެ.

"ކުރިން ވިސްނުން ދާއިރާއެއް ނޫން ސިޔާސީ ދާއިރާއަކީ. އިބްރާހިމް ސިޔާދަކީ އަޅުގަނޑު ވަރަށް ލޯބިވާ ދަރިއެއް. އިބްރާހިމަށް [ސިޔާދަށް] އެހެން އެހަދަނީ އެއްވެސް ކަމެއް ކޮށްގެނެއް ނޫން. އެ އަނިޔާއަކީ ގަބޫލް ކުރާނެ ކަމެއް ނޫން،" ކަރުނަޔާ އެކު އައިޝާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދަރިން ދޮންބެ ހޯދަން ބޭނުންވާ އިރު އެލިބޭ ހިތާމަ. މިސަރުކާރުން އެކުރަމުންދާ އަނިޔާ އަށް ދުވަހަކުވެސް މައާފެއް ނުކުރާނަން،" ގާސިމްގެ އެންމެ ހަގު ހަ ބޭފުޅުންގެ މަންމަ އައިޝާ ވިދާޅުވި އެވެ.

Siyad, Maafushi jalah badhalukuri fahun badhdhaleh nuvi: Aailaa

Siyad, Maafushi jalah badhalukuri fahun badhdhaleh nuvi: Aailaa

The most trusted news source in the Maldives

Mihaaru

ޝިޔާދާ ބައްދަލު ނުކުރެވިގެން އާއިލާއިން ކަންބޮޑުވުން--

އައިޝާ ވިދާޅުވީ އޭނާ ދެން ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމުގައި ފަސް ބެލުމެއް ނެތް ކަމަށެވެ. ގާސިމްގެ މަގާމު ފުރުއްވަފާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ "މިހާރު ތިސުވާލަށް ޖަވާބު ދޭން ބޭނުމެއް ނޫން" ކަމަށެވެ.

"ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުން ރައްޔިތުންނަށް އަޅުގަނޑު ކޮންމެވެސް ކަމެއް ކޮށްދޭން ބޭނުމީ،" އައިޝާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (ކ) ބައިވެރިވެވަޑައިގަންނަވަނީ: .---ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ތިން ވަނަ ކޮންގްރެސްގައި އައިޝާ ކައުންސިލަށް ހޮވިވަޑައިގަތީ އެންމެ ގިނަ ވޯޓް ހޯދި ބޭފުޅާގެ ގޮތުގަ އެވެ. އެއީ 227 ވޯޓެވެ.

ގާސިމްގެ ތިން އަނބިކަނބަލަކު ތިއްބަވާއިރު، އައިޝާ ފިޔަވައި އެހެން ބޭކަނބަލަކު މިފަދަ ސިޔާސީ މަގާމަކަށް މިހާތަނަށް ކުރިމަތިލައްވައިފައެެއް ނުވެ އެވެ. އައިޝާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ކުރިމަތިލެއްވިއިރު، އޭނާގެ ކެމްޕެއިންގެ ތެރެއިންނެވެ. އޭރު، ގާސިމަށް ކެމްޕެއިން ކޮށްދެއްވުމަށް އައިޝާ ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.

41 ކޮމެންޓް, 269 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜީޟާ

25 June 2018

ފައިސާ ގެ އަޅުވެތި ކަން ފޯރުވުމުގެ ފުރުޞަތު އޮތް މީހުން ޤައުމު ހިންގުމުން އެއްކިބާ ނުކުރާހާ ހިނދަކު ޤައުމުގައި ޢަދުލު އިންސާފުވާނީ ބިލާހަކަށެވެ.

The name is already taken The name is available. Register?

ފުރުސަތު

25 June 2018

ފުރަތަމަވެސް ރާއްޖެ އަމިއްލަ ޖަޒްބާތުގެ އައްޑަނަކަށް ހަދައިގެން ސިޔާސަ ވެފާ ތިއޮތީ. ދިވެހިންވެސް ވިސނަންޖެހޭ މިކަހަލަ ޖަޒްބާތީ ސިޔާސަ ތަކަކީ ދިވެހި ރައްޔަތުންގެ ހައްގުގާ ކަންތަކުރުމުގެ ވިސްނުމެއް ނުންކަން. މިަދު ބޭނުންވަނީ ޖަޒްބާތުގާ ޖެހިގެން އުޅޭބައެްނުން. ބޭނުންވަނީ ކުރިމަގު ކޮށުމުގެ ލަނޑުދަޑިއަކަށް މަސައްކަތްކުރާނެ ޒާތީ ސިޔާސަތު ނުގެން ގުޅޭނެ މީހެއް. މިކަމަށް މިހާރު ސިޔާސީވެގެން އުޅޭމީހުނގެ ތެރޭގާ ހުރި ކިރިޔާވެސް ތަސައްރަފު ފުދޭ މީހަކީ ނަޝީދު. ނަޝީދުގެ މަސްއަލަކީ ކުޑަކޮށް ބޯ ހަމަ ނުޖެހުން. އެހެންނަމަވެސް އާ މިސްރާބަކަށް ދިއުމަށާ ހާލަތު ބަދަލު ކުރަން ލިބޭނެ ހަމަ އެކަނި ފުރުސަތަކީ ނަޝީދު

The name is already taken The name is available. Register?

ޖިންނިބޭ

24 June 2018

ގާސިމްގެ އަނބިކަމަނާ ވީމަ އެންމެ ގިނަ ވޯޓް : މިއީ މި ގައުމުގެ ސިޔާސީ ކަންކަން އޮންނަ ގޮތް .. ދެރަ ނިކަމެތި މީހެއްގެ ތަޢުލީމީ އަންބަކު ނުކުންނަމަ ތިކަން ނުވީސް

The name is already taken The name is available. Register?

ހައްގުބަސް

24 June 2018

ކޮން ދޮގެއް ހަދާކަށް.

The name is already taken The name is available. Register?

އަސްލަމޭ

24 June 2018

މީގެ ފެނުނީ ދެ އައިޝާއެއް މެންބަރު އަލީ ހުސޭނުގެ އަނވި އައިޝާއާ ޤާސިމްގެ އަނބި އައިޝާ..މިދެކުދިންވެސް އެއްރަށެއްގެ ޗާލުނަޔާ ދެކުދިން

The name is already taken The name is available. Register?

އުފާގެ

24 June 2018

ތީ ސިޔާދުއަށް ހެޔޮއެދޭ މީހެއް ނޫން

The name is already taken The name is available. Register?

އަލީމަނިކު

24 June 2018

ހާދަ ރީއްޗޭ. މަބޭނުން ޕާޓީ ގެ ލީޑަރުކަން އައިޝާ އަށް ދޭން.

The name is already taken The name is available. Register?

ކާފަބެ

24 June 2018

ދޮންމަންމައެއްގެ ހިދުގެ އާދޭސް ކިޔާ ފިލްމެއް ނަހުލާ ހަދާނެ.. ތިވީ ގޮތުން

The name is already taken The name is available. Register?

ބަތަލް.

24 June 2018

ބަލަގަ އަގައޮންނަނީ ހިތައްއައިހާވާހަކައެއްދައްކާކަށް ނޫނޭ. ކޮންމެވެސް މިންވަރަކަށް ކުއްކޮށްފައި ނުވާ މީހަކު މިސަރުކާރުން ޖަލަކަށް ނުލާނެ. ކުއްކުރީމާ ޖަލައްލާނީ. މިކަން އަބަދުވެސް ހަދާނުގައި ބަހައްޓަންޖެހޭނެ.

The name is already taken The name is available. Register?

ހޫން

24 June 2018

ހޫން! ކަލޭމެން ތެރޭން ކޮންމެވެސް އެކަކު ޤާސިމަށް ތިކަމުގަ ވެސް ލަނޑެއްދޭން ނޫޅެއްޗެވެ! މިބުނީ ވެސް ވަރަށް ވާހަކަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454