މީހަކު ހައްޔަރުކުރަނީ: ގާނޫނުގައި މިހާރު އޮންނަ ގޮތުން މީހަކު ހައްޔަރު ކުރެވޭނީ ޔުނިފޯމްގައި ތިބެގެން --ފޮޓޯ/މިހާރު
30 ޖޫން 2018 - 17:43
މީހުން ހައްޔަރު ކުރާއިރު ފުުލުހުން ޔުނިފޯމްގައި ތިބެންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަ މާއްދާ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. މިހާރު އޮންނަ ގޮތުން މީހުން ހައްޔަރު ކުރަން ޖެހެނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެކެވެ. އެހެންވެ، ޔުނިފޯމް ނާޅައި ތިބެ ބައެއް މީހުން ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުތަކުން ކުރިން އަމުރު ވެސް ކުރި އެވެ. އެގޮތަށް ގާނޫނުގައި އޮތުމުން ބައެއް ދަތިތައް ކުރިމަތިވާ ކަމަށް ފުލުހުން ވެސް ކުރިން އޮތީ ބުނެފަ އެވެ.
އެ މާއްދާ އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ސަރުކާރުން ހުށަހެޅިއިރު އެ ބިލްގަ އެވެ.
އެ ބިލްގައި ހުށަހަޅާފައި ވަނީ މީހަކު ހައްޔަރު ކުރާ ނަމަ އެކަން ކުރަން ވާނީ ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކު ފުލުހުންގެ އޮފިސަރަކު ކަމަށް އިސްލާހު ކުރުމަށެވެ. ހައްޔަރު ކުރާއިރު، ފުލުހުންގެ އޮފިސަރު ހުރީ ޔުނިފޯމްގައި ކަމަށް ނުވާ ނަމަ، އެ މީހަކީ ފުލުހެއް ކަން އަންގައިދޭ ކާޑު ދައްކަން ޖެހޭ ގޮތަށް އަދި އޭނާ އަކީ ކާކު ކަން އަންގައިދޭން ޖެހޭ ގޮތަށް ވެސް އެ ބިލްގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
މީގެ އިތުރުން، ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުން ހުއްދަ ހާލަތްތަކުގައި މީހަކު ހައްޔަރު ކުރާ ނަމަ، ހައްޔަރު ކުރުމުގެ ކުރިން ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހޯދުން ލާޒިމް ނުވާ ގޮތަށް ވެސް އެ ބިލްގައި ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެކަމަކު އެފަދަ ހާލަތެއްގައި ވެސް މީހަކު ހައްޔަރު ކުރުމަށް ފަހު، ސަބް އިންސްޕެކްޓާ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހަކަށް އެކަން އަންގަން ޖެހޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮރޮފެސަރު
01 July 2018
ފުލުހުންގެ ޕޮރޮފެޝަނަލް މިންގަނޑު ގަޑުބަޑުކުރަނީތަ؟ ހަލާކުހުރީ!!!
މަޒް
01 July 2018
އެހެންވީމަ ގުރޫޕްތައް ނިކުމެ ފުުލުހުންވެސް ހައްޔަރު ކުރެވޭނެތާ!!!
ނޫސް ބަލާމީހާ
01 July 2018
ގިން ގިނައިން މީހުން ހައްޔަރުކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަމަކަށްވާނަމަ މިކަން ވަރަށް ބަރާބަރު (.) ބޭނުންވަނީ ކޮންމެ ވަގުތަކުވެސް މީހުން ހިފާހައްޔަރުކުރަން (.) ކަމުގެ ވަގުތު ފާއިތުވީމާ ދެން ދޫކޮށްލިޔަސް އެކަން ނިމުނީތާ (.) މިއީ މިވަގުތުގެ ގޮތުން ހަމަ މުހިންމު ބަދަލެއް ގެންނަން ޖެހޭ (.) އެކަމަކު ހައްޔަރުކުރުމަށް އެހާބޮޑަށް ބަރޯސާނުވާ ސަރުކާރުތަކުގައި ތިޔަކަމަކަށް ތަރުޙީބެއް ނުދޭނެ (.)
މަ މިއު މަ
01 July 2018
ދެން ޔުނީފޯމު ލައްވަނީ މަސައްކަތު މީހުންތަ؟
Ahmed
01 July 2018
ތީ ގޯހެއް . ޔުނިފޯމްގަ ނޫން ގޮތަކަށް ތިކަން ކުރުން ރަގަޅެއް ނޫން
ފިކުރީ
01 July 2018
ފުލުހުންނާއި ކަސްޓަމް އޮފިސަރުންނާއި ޕައިލެޓުންނާއި ސިފައިން ޔޫނީފޯމްގައި ތިބެން ޖެހެނީ ކޮންމެވެސް ސަބަބަކާހުރެއެވެ. ހަނގުރާމަ މަތީ ހާލަތުގަވެސް ޔޫނީފޯމުގައި އުޅެންޖެހޭ ސަބަބެއް އޮންނާނެއެވެ. ފުލުހުން ޔޫނީފޯމުގައި ތިބެން ނުޖެހޭނަމަ ކޮންމެހެން އަގުބޮޑުކޮށް ރައްޔިތުންގެ ފައިސާއިން ޔޫނީފޯމް ގަނެފަ ފުލުހުންނަށް ދިނުމުގެ ބޭނުމެތްނެތެވެ.
ޔުނީފޯމްޑް
01 July 2018
މާނައަކީ ފުލުހުން ނިދަން އޮންނަ އިރުގައިވެސް ޗުއްޓީގައި ހުންނައިރުގައިވެސް އޮފް ޑިޔުޓީގައި ހުންނައިރުގައިވެސް ހުންނަންވީ ޔުނީފޯމް އަޅައިގެންނޭ ދެއްތޮ. ނޫނީ މީހަކު ހައްޔަރުކޮށްގެން ނުވާނެއޭ ދެއްތޮ. އެއީ ޔުނީފޯމް ނާޅައި ހުންނަ އިރުގައިވެސް ކުށެއް ކުރަނިކޮށް ފުލުހުންނަށް ފެނިއްޖެނަމަ އެމީހަކު އެކުއްކުރިޔަނުދީ ހުއްޓުވައި ހައްޔަރު ކުރުމަކީ ފުލުހުންގެ މައްޗަށް ޔުނީފޯމް ނާޅައި ހުރިނަމަ ކުރެވޭނެ ކަމެއް ނޫން ދެއްތޮ.
ޔަގީން18
01 July 2018
މީހުން ގެއްލުވާލުމަށް މަގުފަހިވާނެ ކަމެއްތީ؟
ވާލުސޮރު
01 July 2018
ދުނިޔޭގެ ތާރީޚު ހެކިދޭގޮތުގަ ގިނަ ގައުމުތަކުގަ ދާޚިލިީ ހަނގުރާމަތައް ފެށިފަވަނީވެސް ވެރިން ރުއްސަން އުޅޭ "ކަނޑުކޮހުން"ގެ ދޯދިޔާ ވިސްނުމަށް ބާރުލިބޭ ގޮތަށް ހެދޭ ގާނޫނުތަކާ ގަވައިދުތަކުގެ ސަބަބުންނެވެ. އެފަދަ ގާނޫނުތަކާ "ކަނޑުކޮހުން"ގެ ކިބައިން މި ލޮބުވެތި ވަތަނާއި ރައްޔިތުން ސަލާމަތްކުރައްވާށިއެވެ! އާމީން
ހުއްބުލްވަތަން އަސްލު
01 July 2018
ބެދޭމަޅި ނުފެނި އަމިއްލަ އަނދަވަޅު އަމިއްލަ އަތުން ކޮނުމަށްވުރެ ބަދުނަސީބު ކަމެއް ނުވޭ. ވެދުމާ ސަލާމް
ވަސް
01 July 2018
އަނެއްކާ ރިޔާސީ އިންތިޚާބު ގެ ގޭމުގެ ބައެއްތަ؟