ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މަހްލޫފް މިއަދު ކޯޓަށް ހާޒިރު ކުރަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
04 ޖުލައި 2018 - 13:26
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުމަށް ފަހު، ހުކުމް ކުރުން އެހެން ދުވަހަކަށް ފަސް ކުރުމަށް ފަހު، ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.
މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ފެށުމާއެކު، މަހްލޫފް ވަނީ އޭނާގެ ބައްޕަ މުހައްމަދު ހައްސާންގެ ބޮޑު އޮޕަރޭޝަނެއްކޮށް އެޑްމިޓްކޮށްފައިވާތީ ބައްޕަގެ އަރިހަށް ވަޑައިގަތުމަށް ޝަރީއަތް ފަސް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ބައްޕަގެ އަރިހަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހަކީ ހަމައެކަނި ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީއަތެއް ކަމަށާއި ޝަރީއަތް ބާއްވަން އޮތީ ކޮން ހުރަހެއްތޯ ސުވާލު ކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް މިއަދު ހުކުމް ކުރަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ މިއަދު ޝަރީއަތް ބާއްވަނީ ހުކުމް ކުރުމަށް ނޫން ކަމަށެވެ.
އަލީ އާދަމް ވިދާޅުވީ ކޯޓުތަކާއި ގާޒީންނާ ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކަމުންދާ ކަމަށާއި އެ ކަންކަމަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. މިއީ، ޝަރީއަތް ނިންމުމަށް ބާއްވާ އަޑުއެހުމެއް ނޫން ކަމަށް ވިދާޅުވެ، އޭނާ ވަނީ ދެން އޮންނަ ޝަރީއަތެއްގައި މައްސަލަ ސާބިތުވޭތޯ ކަނޑަ އަޅާނެ ކަމަށެވެ. އަދި މައްސަލަ ސާބިތުވެއްޖެނަމަ، ދެން އޮންނާނީ ދޭނެ އަދަބަކާ މެދު މަޝްވަރާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޚުލާސާ ބަޔާން ނިންމަވައިލެއްވުމުން، މަހްލޫފް ވަނީ އޭނާ އަށް ކޮށްފައިވާ ދައުވާގައި، އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު، މާތް ﷲ އަށް ބިރުވެތިވެ ހުންނަވައި، ގާޒީ ހުކުމެއް އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލިސްތަކުގައި ދައުލަތުންނާއި މަހްލޫފް ފާހަގަ ކުރި ކަންކަން ޚުލާސާ ގޮތެއްގައި ކިޔައިދިނުމެވެ.
ދައުލަތުގެ ވަކީލުންނާއި މަހްލޫފް ޚުލާސާ ބަޔާން އިއްވުމުން، ގާޒީ ވަނީ ދެން އަޑުއެހުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ، އަޑުއެހުން ނިންމަވާލައްވައިފަ އެވެ.
މަހްލޫފްގެ މައްޗަށް މިއަދު ހުކުމް ކުރާ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެން، މަހްލޫފް ރެޔާއި މިއަދު ވަނީ ގިނަ އަދަދެއްގެ ޓުވީޓުތަކެއް ކުރައްވައި، "ޖަލަށް ލިޔަސް، މަސައްކަތުގައި ފަސްޖެހުމެއް ނެތް" ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަލުން އެނބުރި ވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށް ފަހު ކަމަށް މަހްލޫފް ވިދާޅުވި އެވެ.
Jalah enburi dhiumakee undhagookameh. Mimasahkathuge therein etha bayaku maraalaifi ethah bayakah aniyaa libijje. Party thakuge leaderun, dhivehi rayyithun amaan bandharakah vaasil kohdhehvaanekan alhugandu yageen kuran. Yameen ge aniyaaverikan Allah iraadhafulhaaeku nimmaane.
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 4, 2018
ކްރިމިނަލް ކޯޓަށް ވަޑައިގަތުމުގެ ކުރިން މަހްލޫފް ކުރެއްވި ޓުވީޓެއް.
Gulhifaivaa party thakuge candidate Hon. Ibrahim Mohamed Solih ah kaamiyaabee ah edhen. Aniyaaverikamun salaamaiyve, ufaaveri raajje akah hedhumah alhugandumenge huri kudhikudhi khiyaalu thafaathuvun dhookoh @ibusolih ah vote dhevvaa camapign ga baiverivedhevvun edhen. pic.twitter.com/hKKQ04K6QE
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 4, 2018
މަހްލޫފް ކުރެއްވި ޓުވީޓެއް.
މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. އަދި ސަލާމަތްވެ، އުފާވެރި ރާއްޖެއަކަށް ހެދުމަށް ހިޔާލު ތަފާތުވުންތައް ދޫކޮށް އިބޫ އަށް ތާއީދު އިތުރު ކުރުމަށް ކެމްޕެއިންގައި ބައިވެރިވެ ވޯޓު ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
Elly packing for me :) ❤️ @Nazunaseem pic.twitter.com/oSMQp5MKfu
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) July 4, 2018
މަހްލޫފްގެ ދަރިފުޅު އެލީ، އޭނާގެ ބައްޕަގެ އަންނަނުއުނުތައް ދަބަހަކަށް އަޅައިދެނީ.
މީގެ އިތުރުން، މަހްލޫފް ވަނީ، އޭނާގެ މައްޗަށް މިއަދު ހުކުމެއް އިއްވައި ޖަލަށް ދާންޖެހިދާނެތީ، އޭނާގެ ދަރިފުޅު ލައިބާ އަހުމަދު (އެލީ)، މަހްލޫފްގެ ދަބަހަށް އަންނައުނު އަޅައިދީ ދަބަސް ތައްޔާރުކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެލީ ދިޔައީ މަހްލޫފްގެ ގިނަ އެއްޗެހި ފަތް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އެއީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
♍⛎♓♌
04 July 2018
ޖުލާ 13 ޔަށް ހުކުމް ލަސްކޮއްލީ .މީ 13 ހުކުމް ސަރުކާރު. ހުކުމްއޮންނާނީ ލިޔެނިމިފަ 13 ކުރާނީ
ޠަޔާޠީޞް
04 July 2018
ނިހާނުގެ ޓުވީޓެއްގައި މިއަދު ވަނީ ދީނަށް ފުރައްސާރަ ކުރާމީހުނަށް އެންމެ ބޮޑެތި އަދަބު ދޭނެ ވާހަކަ ރައީސް ވިދާޅުވިކަމަށް. މަ ހިތަށް އަރަނީ ހިލޭ އަންހެނުންގެ ވާހަކަ ދައްކާ، އަނިޔާވެރިކަން އިސްކުރުމަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ނޫން ދެންކޮންކަމެއްބާ؟ ޢެ ފަދަ މީހަކު ހުރިއްޔާ ދެވެން އޮތް އެންމެ ބޮޑު އަދަބު ދެއްވާ.
ރޮކެޓް ސައިންސް
04 July 2018
މަހުލޫފް އަކީ ގަދަ މީހެއް. ސާބަހޭ މަހޭ
ދަތްނެތްކުއްޖާ
04 July 2018
މަހޭ އަށް ޙުކުމް ކުރާނެ ކަން %100 ޔަޤީނެވެ. ސަބަބަކީ މަހޭ ދޫވެއްޖެ ނަމަ އެއީ އަނެއްކާ ސަރުކާރުގެ އިތުރު ބޮލުގެ ރިހުމަކަށް ވާނެތީއެވެ. މި ޤައުމު މިހާރު މި އޮތް ހާލަތުން އިންސާފު ހޯދާކަށް ހަމަ ޔަޤީނުންވެސް މަށެއް އެތަން ތަނަކަށް ނުދާނަމެވެ.
ޖަރުމަނު
04 July 2018
އަޅުގަނޑަކީ ޔާމީން ދެކެ އިންތިހާއަށް ރުޅިއަންނަ މީހެއް....... އެކަމަކު މަހުލޫފްމެން އުޅޭގޮތެއް ރަނގަޅެއްނޫން.......މީގެ ދުވަސްކޮޅެއްކުރިން މިނޫހުން ފެނުނު އާޓިކަލްއެއްގައި އޮތް މަހުލޫފް އަންހެނުންނާ ޙަވާލާދީ ދަރިފުޅު ކުޑަވީމަ މަހުލޫފް ޖަލުގައި ހުންނަކަން ނާންގާ ކަމަށާއި ބައްޕަ އުޅެނީ ޓްރެއިނިންގއެއްގައި ކަމަށް ކިޔާދީފައިވާ ވާހަކަ...... މިއަދު މިފެންނަނީ ދަރިފުޅު ލައްވާ ޖަލަށްދާން ދަބަސް ތައްޔާރުކޮށް ދަރިފުޅު ގާތުގައާއި މީޑިއާގައި މިއަދު ޙުކުމްކުރާ ވާހަކަ ބުނެ ދަރިފުޅު ރޮއި ބައްދާ ފޮޓޯތަކެއް އާއްމުކޮށްފައި..... މަހުލޫފްގެ މިކަންތައްތަކަށް ލޮބުވެތި ވިސްނޭ ކިޔުންތެރިން މިކަމުގައި ގޮތެއް ނިންމާ........
ޒަނި
04 July 2018
ދަރިއަކާ ބަފާ އކާ އޮންނަށް ގުޅުމާއި ލޯބި ވިސްނުނު ދުވަހކުން ކިޔާލަން ތިލިޔުނު ކޮމެންޓް ސްކްރީންށޮޓް ކޮއްފަ ބައިންދާ އިނގޭ
ޖަމަލު
04 July 2018
ކިޔެވީ އިސްލާމީ ޝަރީއަތް، ބޭއިންސާފުން ދުނިޔޭގެ މަންފާ އަށް ޝަރީއަތް ކުރާ މީހުންނަށް ހުރި އަޒާބު ރަނގަޅަށް ދެނަތިބެ ބައެއްގެ ހައްގުތަކަށް އަރާ ހުކުމް ކުރާނަމަ މިއި ކޮންފަދަ އަލާމާތެއްތޯ؟
އާދަނު
04 July 2018
ބޭނުމީ ރީތި ފުލެޓަކާ އަރާމު ދިރިއުމެއް.އެނިމުނީ
ޒަން
04 July 2018
ފަހަރުގާ އިލްމު އަރުއްވައިގަތުމަކީ މިއީ ކަމުގައި ވެދާނެ ނޫންތޯ؟ ލިބިފަ ހުރި އިލްމަށް އަމަލު ނުކުރެވި ޖާހިލު ކަމާއި އަމިއްލަ އެދުން އިސްކުރުން
ސަލާމީ
04 July 2018
އަނިޔާވެރިކަމާ ދެކޮޅައް މަހުލޫލް ކުރަމުން ތިދާމަސަތްކަތަކީ ގައުމުގެ ހައްގުގައިކުރެވޭ ޖިހާދެއް ... ނަސްރު ދާދި އަވަހައް މިންވަރު ކުރަންވާންދޭވެ...އާމީން
ވިސްނާ1
04 July 2018
ޓްވީޓެއް ކުރުން މާސްކު ބެހުން މުޒާހަރާއެއް ކުރުން، މިއީ މިސަރުކާރުން ކަންބޮޑުވެގެން ގައުމުގެ ޒުވާންނުން ޖަލަށްލާން ބޭނުންވާ ސަބަބު؟؟؟!! މަހުލޫފުގެ މަށްޗަށް އުފުލާފައި "ޓްވީޓެއް" ކުރުމުގެ ދައުވާ: ކިތައްމީހުން އެބާވަތުގެ ކިތައް ދައުވާ ދުވާލެއްގެ މަށްޗަށް ކުރޭތޯއެވެ. ދައުވާއެއް ނުއުފުލައެވެ. "މާސްކު ބެހުމުގެ"ދައުވާ:މުވާހަރާ ތަކުގައި ފެންފުޅި ބެހުމާއި އައިނު ބެހުމާއި ކިރުޕެެކެޓްތައް ބެހުމާއި ލޮށް ފެން އެޅުމާއި ކިރުފެކެޓް އެޅުމާ ކަންކަން އެތައް ބަޔަކު ކުރެވެ. ދައުވާއެއް ނުއުފުލައެވެ. ޖަލުކައިރީ ކުރި މުޒާހަގައި އެތައްބަޔަކު ބައިވެރިވި ވެއެވެ. އެތަނުން ހަމަ އެކަނި ދައުވާ ކުރަނީ މަހުލޫފުގެ މަށްޗެވެ. މި ވަރުން ދެން ބުއްދިއެއް ހުރި އިންސާނަކަށް ވިއްޔާ މި ވެގެން އުޅޭގޮތް ސާފުވާނެއެވެ. ދެރައީ ކޯޓްތަކުގައި ތިބޭ ފަޑިޔާރުންނަށް ކެރިގެން ކުރިމަތިލާން ނުކެރޭތީއެވެ. މިޒާތުގެ ދައުވާތައް ކޯޓްތަކުން ބޭރު ކުރަން ފެށުމުން ދެން މިކަހަލަ ޓާރގެޓެޑް ދައުވާތައް އުފުލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ނުވެސް ކެރޭނެ.