12 ޖުލައި 2018 - 11:08
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ޓްވިޓާ އެކައުންޓުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދީ ޓްވީޓްކުރީ އެ އެކައުންޓް ހެކްކޮށްގެން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
ނަޝީދު މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި، ލަމްއާންގެ އެކައުންޓުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ނަޝީދު އަވަހާރަކޮށްލުމަށް މުސްލިމް އުއްމަތަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވާތީ އެވެ.
ލަމްއާންގެ އެކައުންޓުން ނަޝީދަށް އިންޒާރުދީ ކޮށްފައިވާ ޓްވީޓް--
ނަޝީދުގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ޝަހީމަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތަށް މީހުން ވައްދަން އުޅުއްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެއްވޭ ބޭފުޅެއް ކަމަށެވެ. ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު، ޝަހީމަށް މަރުހަބާ ދެންނެވުމަކީ ރާއްޖޭގައި ހަރުކަށި، ފިކުރުތައް އޮންނަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް ނަޝީދުގެ އެޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
Noosbayaan: @TeamFenaka DMD @mohamedlamaan ge amihla Tweeter account vanee heck koffa.@VaguthuOnline @raajjemv @sunbrk @Mihaarunews @Ch13official @vfp_mv @addulive @avasmv @PSMnewsmv @tvmaldives @Sangu_tv @vtvmaldives pic.twitter.com/zLFdnqJ1Kq
— Fenaka Corporation (@TeamFenaka) July 11, 2018
ލަމާން އެކައުންޓް ހެކްކޮށްފައިވާ ކަމަށް ފެނަކައިން ބުނުން--
ފެނަކަ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓްވީޓްކޮށްފައިވަނީ ލަމްއާންގެ އެކައުންޓް ހެކްކޮށްގެން ކަމަށެވެ. އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އަދި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ލަމްއާން، މިއަދު ވަނީ އޭނާގެ ޓްވިޓާ އެކައުންޓް އަނބުރާ ލިބިފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކޮށްފަ އެވެ. އަދި ސައިބާ ކްރައިމްގެ ކަންކަން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.
Alhamdhulilaahi I am back with my official twitter account.Thanks for the technical team who helped me to recover this account.And I condemn the unacceptable act and loud my voice to stop cyber crimes.@asurumaa_mv @TeamFenaka @MVKhabaru @VaguthuOnline
— Lam’aan (@mohamedlamaan) July 12, 2018
އެކައުންޓް އަނބުރާ ލިބިއްޖެ ކަމަށް ބުނެ ލަމްއާން ކުރި ޓްވީޓް--
ރައީސް ޔާމީންގެ ބޮލުގައި "ޓަކިޖަހާނެ" ކަމަށް ބުނެ ޓްވީޓް ކުރި، ޖުމްހޫރީ ޕާޓީގެ އެކްޓްވިސްޓެއްގެ ފޯން ފުލުހުން ދާދި ފަހުން ވަނީ އަތުލައިފަ އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފެށީ އޭނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.
އިދިކޮޅު މީހުން ކޮށްފައިވާ ޓްވީޓުތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ އެތައް ބައެއްގެ ފޯންތައް އަތުލައި އެ މައްސަލަތައް ތަހުގީގްކޮށްފަ އެވެ. އަދި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެސް ވެ އެވެ.
ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ، ސޯޝަލް މީޑީއާގައި ރައީސް ނަޝީދަށް ބަދު ދުއާ ކުރި މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބަ
12 July 2018
ގަޓުރައީސް ގަޓު ތިއޮތީ ފައިބާފަ ކަމަކާޖެހުނީމަ ސައިޒުވީ ... ތިއެކަުންޓް ހެކްކުރިކަން ގަބޫލުކުރާނެ މީހަކު ނެތް ތީހަދާދޮގު ބިރުން
ސަމާސާ
12 July 2018
ތަންތާ ވެރިންނަށް އައްޔަންކުރާއިރު ހެޔޮލަފާ ރިވެތި އަޚުލާގު ލިބިފައިވާ މީހުންނަށް އިސްކަން ނުދެވެންޏާ ގައުމު ބައިވެ ފިތުނައިގެ ކަނޑަކަށް ޣަރަގު ވެގެންދާނެ. އަހަރުމެން މިއަދު މިތިބީ އެފަދަ ކަނޑެއްގައި ފަތަފަތާ ޣަރަގު ވެގެންދާނެ ވަގުތެއްގެ އިންތިޒާރުގައި.
އަކުންބަކުން
12 July 2018
އަމިއްލަ ޓުވިޓަރ އެކައުންޓެއްގެ މައްސަލާގަ ފެނަކަ އޮފީހުން ޖަވާބުދާރީވާންޖެހެނީ ކީއްވެ! އަނެއްކާ އަނެއްގަޅި! މިމީހުން ބުރާންތީ ބުރާންތި ކަމަކަށްނޫންވިއްޔަ!
އަހްމަދު
12 July 2018
މީނަގެ ޓްވީޓަރ އެކައުންޓަކާ ފެނަކަ ކުންފުންޏާ ކޮންގުޅުމެއް . އަޖައިބު.
ބެކަރުބ
12 July 2018
ޓްވިޓަ މެޓަޑޭޓާއިން ދައްކާގޮތުގައި ޑިވަސިސް ބަދަލުވެފައެއްނެތް. ތިމާ އަމިއްލަޔަށް ޓްވީޓްކޮށްފަ ހެކަރުކިޔާގެން ސަލާމަތްވަނީ
އާދަނު
12 July 2018
އަލްހަމްދު ލިﷲ އޭކިޔާ ފަ ދޮގު ހަދަން ވެސް ބައެއްމީހުން ފަހަކަށް ނުޖެހޭ!!
falaku ain
12 July 2018
ލަމްޢާނުގެ މައްސަލަ މިހާރު ބަލަން އުޅުމަކީ ފޫނެތް ފައަށް ފެންފުރުން ކަހަލަ ކަމެއް. އޭނާއަށް ފެނަކައިގެ އެފެންވަރުގެ ވަޒީފާއެއް ދިން ސަބަބު ފުރަތަމަ ބަލާލަ ބަލަ. އޭނާ އެތާ އިނދެގެން އިންޒާރު ދިނުން ނޫންކަމެއް ކުރޭތޯ ބަލާލަ ބަލަ. މީހުން ބުނެއުޅޭނުން މާޒީގައި އެމީހަކު ކޮށްފައިހުންނަ ބޮޑެތި ނުބައިކަންކަމުގެ އަސަރު އެމީހެއްގެ މޫނުމަތިންފެންނާނެޔޭ.
އަސާސީ ތައުލީމު
12 July 2018
"ލައުޑް މައި ވޮއިސް". މިހިރީ ފެންވަރު.
އަސާސީ
12 July 2018
ސީއީއޯ ފެންވަރު މަގާމެއް ހައްގު. ސަރުކާރުގެ މިންގަނޑުތަކުން.
މައްނޫބުރި
12 July 2018
މިމީހުންގެ ޑްރާމާތައް ނިންމަން ރައްޔިތުން މިތިބީ ކެތްމަދުވެފަ. ދުވަސްތައް އަންނަނީ ކައިރިވަމުން.
ފެންބެ
12 July 2018
ފެނަކައިގެ އެކައުންޓެއްތޯ ލަމާން ގެންގުޅެނީ ފެނަކައިން ނޫސްބަޔާން ނެރެން! ހެއްވާ ކަމެއް!
ހުސް ގޭސް
12 July 2018
ގޭސް ގަނޑެއް