ޚަބަރު / ރިޔާސީ އިންތިޚާބު 2018

އިދކޮޅު ރަނިން މޭޓަކީ ފައިސަލް ނަސީމް

އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މެމްބަރުން މަރުހަބާ ކިޔުއްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

13 ޖުލައި 2018 - 21:48

70 comments

މި އަހަރުގެ ރިއާސީ އިންތިޚާބުގައި، ޕީޕިއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުންނަ، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ބައްދަލުވުމުގައި ދެންމެ އިންތިޚާބު ކޮށްފި އެވެ.

ފުވައްމުލަކަށް އުފަން ފައިސަލަށް ރަނިން މޭޓްކަން ލިބިވަޑައިގަތީ އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަށް ވުރެ އެންމެ ވޯޓެއް އިތުރަށް ލިބިވަޑައިގެންނެވެ. ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓުގައި ފައިސަލް އަށް ލިބިވަޑައިގަތީ 15 ވޯޓެވެ. ގާނޫނީ ވަކީލް އަލީ ހުސައިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ.

ރަނިންމޭޓުގެ އިންތިޚާބު ފައިސަލް މި ކާމިޔާބު ކުރެއްވީ، އޭނާ އަށް ކުރިން ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް ޖޭޕީގެ ފައުންޑަރު ގާސިމް އިބްރާހީމް މިއަދު ހަވީރު އިއުލާން ކުރައްވާފައި ވަނިކޮށެވެ. ފައިސަލާ ގާތް ގުޅުމެއް އޮންނަ އަދި އޭނާގެ މުވައްޒަފެއްގެ ގޮތުގައި ވެސް ގެންގުޅުއްވި ގާސިމް، ފައިސަލަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމަށް ފަހު ވިދާޅުވީ، ޖޭޕީގެ ކައުންސިލް މެމްބަރުންނަށް އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލް ގައި ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް މެމްބަރު އަލީ ހުސެން އޭނާ އަށް މަރުހަބާ ކިޔުއްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ރަނިންމޭޓް ކަން ލިބިވަޑައިގަތުމާ އެކު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ދެންމެ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ކުރަމުން މިހާރު ދާ ދަތުރަކީ ވަރަށް ދިގު ދަތުރެއް ކަމަށާއި މި ދަތުރު ކާމިޔާބު ކުރުމަށްޓަކައި އެންމެން އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޭނާ ރަނިންމޭޓެއްގެ ގޮތުގައި ހުންނަވައިގެން އިންތިޚާބު ކާމިޔާބު ކުރައްވައިގެން އެކުލަވައިލާ ސަރުކާރެއްގައި ރައްޔިތުންގެ އެއްވެސް ބައެއްގެ މެދުގައި ތަފާތު ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ހޭދަ ކުރެއްވި ތާރީޚުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަަޑައިގަތީ އަދި އެންމެ ގާތް ކޮށް މަސައްކަތް ކުރެއްވީ، އޭނާއާ މިރޭ ވާދަ ކުރެއްވި އަލީ ހުސައިން ކަމަށެވެ.

ފައިސަލް އަށް މަރުހަބާ ދަންނަވަމުން އަލީ ހުސައިން ވިދާޅުވީ މިރޭ ފެނުނީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށެވެ. އަދި އޭނާ ހުންނަވާނީ ފައިސަލްއާ އެކުގައި ކަމަށާއި އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ވެސް މަސައްކަތް ކުރައްވާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ މިރޭ މި އެޅުނީ ވަރަށް މުހިންމު ބިންގަލެއް ކަމަށާއި ކުރިއަށް ދާނީ އިދިކޮޅު ހަތަރު ލީޑަރުން ދައްކާ މަގުން ކަމަށާއި ހުރިހާ ވެސް ބޭނުމަކީ އިންތިޚާބު ކާމިޔާބު ކޮށް ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.

އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު ރަނިން މޭޓްގެ މަގާމަށް ވާދަކުރަން ބޭނުންވާ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް ހުޅުވައިލި ފުރުސަތު މިއަދު ހަވީރު ހަމަވި އިރު، ކުރިމަތިލެއްވީ ހަތަރު ބޭފުޅެކެވެ. އެއީ ފައިސަލާއި އަލީ ހުސެއިންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަނާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ރަނިން މޭޓް ކަނޑައެޅީ މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ. އޭގެ ތެރެއިން ޑރ. ހުސައިން ރަޝީދު ހަސަނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. އަދި އަބްދުﷲ އަމީނަށް ލިބިވަޑައިގަތީ ނުވަ ވޯޓެވެ.

އިދިކޮޅު ރަނިން މޭޭޓެއް ކަނޑައެޅުމަށް ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި ރަނިން މޭޓު، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއެކު(ކ-2) އެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ އަމީން(ވ)، އަލީ ހުސެން(ވ-2) އަދި ހުސައިން ރަޝީދު ހަސަން(ކ).-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ވާދަ ކުރައްވާ ރިއާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވަނީ، ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އައްޑު އަށް ވަޑައިގެންފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގަންނަވާނެ އެވެ.

70 ކޮމެންޓް, 312 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 10%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބީފާނު

15 July 2018

ދެ ވޯޓު!!!! ހެހެހެހެ. އެންމެންމެ ދަނޭ ތީ އެމްޑީޕީ ޓޮރްޕިޓޯއެއްކަން. ވަރަށް ސާފެއްނު މިހާރު.

The name is already taken The name is available. Register?

އަށްޑޫ މީހާ

14 July 2018

ދުނިޔޭގަ އޫރުމަހާ ރަލާ ހުންނާތީ ރާއްޖެ އެގެނެވެނީ. ޑރ ރަނިންމޭޓް. މޮޅެތި ވާހަކަ ދައްކާނެކަމެއް ކޮމެންޓް ކުރާކުދިންކޮޅު. މިކަން ނިންމާލާދުވަހު ފުރަންބޯޓްތަކަށް މީހުން އެރިޔަސް ދުނިޔޭގެ ގައުަމަކަށް ނޭރޭނެ. އަބުރާ ނިހާންއަށްވީހެން އަބުރާ ރއްޖެ އަންނަންޖެހޭނީ އެގިއްޖީ.

The name is already taken The name is available. Register?

އަލީ ނާޒިމް

15 July 2018

ތިޔައްވުރެ އެއްދަރަގަ ފުންކޮން ވިސްނަބަލަ. އަހަރުމެންނައް އޮޅުވާލުން ގަޑެއް އެބައުޅެއެއްނު!!!!

The name is already taken The name is available. Register?

ފޮނިޓައްޕު ހަސު

14 July 2018

ރާއްޖޭގެ އުތުރައް ނިސްބަތްވާ ރައީސަކައި ދެކުނައް ނިސްބަތްވާ ނައިބް ރައީސަކީ ދެންނެވޭނީ ވަރަށް ރަނގަޅު ކޮންބިނޭޝަނެކޭ. މި ދެބޭފުޅުންނަކީވެސް ވަރަށް ހިތްތިރި މަޑުމައިތިރި ދުރު ވިސްނޭ ދެބޭފުޅުންކަން ފާހަގަ ކުރަން.

The name is already taken The name is available. Register?

ކާސިމްބޭ

14 July 2018

ގާސިމް އަޑި އަޑިން ފައިސަލަށް ތާއީދު ކުރީމާ އެހޮވުނީ ، ގާސިމްގެ ބޯވެސް މިފަހަރު ރަގަޅު

The name is already taken The name is available. Register?

ސަރީފް

14 July 2018

މި ފިލްމު ނިމޭއިރު އެންޑީޕީ ކެންޑިޑޭޓަކު ނުހުންނާނެ. ވަރަށް ދެރަދެން

The name is already taken The name is available. Register?

އެހެންތޯ

14 July 2018

އެހެން ތޯ ވާނީ ނޫނީ ކުރިންވެސް ވީހެން ޖޭޕީގެ މެމްބަރެއްތޯ ނުހުންނާނީ؟

The name is already taken The name is available. Register?

ޢަސްލަމް

14 July 2018

ތިދެން މުޅިއެތި ފަނިވީ.

The name is already taken The name is available. Register?

ސާންތި

14 July 2018

ފައިސަލަކީ، އަމިއްލަ ގޮތުންވެސް، ދެންތިބި ހުރިހައި ކެންޑިޑޭޓުންނަށްވުރެ ޚިދުމަތްތެރިއެއް، އެކަން އެނގޭ މީހުން އޭނައަށް ވޯޓު ދިނީ. ފުވައްމުލަކުން ޖަމީލަށް ލިބުނު ވޯޓަށްވުރެ ގިނަ ވޯޓު ލިބޭނެ.

The name is already taken The name is available. Register?

އެދުރު

14 July 2018

ދޮޅު އަހަރުގެ ސަރުކާރަށް ވޯޓުދިނުމުގެ ބޭނުމެއްނެތް ، އަނެއްގޮތަށް ތި ހޮވުނީ ގާސިމްގެ ބޯއީ އެއް ، ޢަލީ ޙުސައިން ހޮވުނުނަމަ އެމްޑީޕީ އަށް ތަންކޮޅެއް ހިތްހަމަ ޖެހުން ލިބުނީސް ، ސަބަބަކީ ޖޭޕީގަ ހުއްޓަސް ޢަލީ ޙުސައިން އަކީ އެމްޑީޕީ ފިކުރުގެ މީހެއް ، ކޯލިޝަން ބޮޑަށް ކޯޅޭގޮތް މިވީ ، ކޯޅޭޝަންއަށް ވޯޓު ދެވޭކަށް ނެތް

The name is already taken The name is available. Register?

ނޯލިމިޓް

14 July 2018

އެއްމެ ވަރުގަދަ ހައިބަތު ބިޔައީ ރައީސް ޔާމީނުގެ ރިޔާސީ ޖޯޑް އެވެ.

The name is already taken The name is available. Register?

ހެނބަދޫ އިންޖީނުގެ

14 July 2018

މިފަހަރު ރިޔާސީ އިންތިހާބުގައި ހެނބަދޫން އިދިކޮޅު ކެނޑިޑޭޓުން ނަށް ވޯޓް އަޅަންވާނެ ސަބަބަކީ ތަރައްގީ ފެށުނީ ހެނބަދޫން ކަމަށް ވާތީ. ޢިންޖީނުގެ ހުރިހާކުދިން މއރފ އަށް ސަލާން ބުނި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454