އެމްޑީޕީ އޮފީސް ކައިރިން އަމީތު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ. -
15 ޖުލައި 2018 - 17:01
މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށާއި އިދިކޮޅު ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން މާލޭގައި މިއަދު ހަވީރު ބާއްވަން އުޅުނު މުޒާހަރާގައި ހުންނަވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ދެންމެ ހައްޔަރުކޮށްފި އެވެ.
އަމީތު ހައްޔަރު ކުރީ، އެމްޑީޕީގެ އޮފީސް ކުރިމަތީގައި ހުންނަވަނިކޮށެވެ. އޭނާއާ އެކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ބަޔަކު ވެސް ތިއްބެވެ.
އެކަމަކު، އަމީތު ހައްޔަރު ކޮށްގެން ގެންދިޔަ ސަބަބެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން މިހާރު ދަނީ އެމްޑީޕީ އޮފީސް ކައިރިއަށް އެއްވި މީހުން ފޮނުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ނުކުމެ އެބަތިއްބެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން މިފަދަ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހު، ސަރުކާރަށް ޕްރެޝަރުކޮށް، ހިނގާލުމެއް މި ބާއްވަނީ ރާއްޖޭގެ ބައެއް އިސް ވެރިންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ.
ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އެޖެންޑާ ކޮށްފައިވާއިރު، އީޔޫ އިން ވަނީ މައިގަނޑު ހަތަރު ކަމެއް ކުރުމަށް ރާއްޖެ އަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޮނޮ,
15 July 2018
އެފަދަހުރިހާ މަންޒަރެއްފެން ނަންފަޝާނެ,އަނިޔާއަށް ނިމުން ގާތްވެއްޖެ,ކުނފަޔަކޫން,
ނަސީދު
15 July 2018
ތިޔަހެން މުޒާހަރާކުރަން ހަދައިގެން ލިބުނުވެރިކަންވެސް އަތުން ބީވެގެން ދިޔައީ. ދެންވެސް މައިތިރިވެގެން ތިބެބަލަ.
ފޯމިއުލާ
15 July 2018
ވެރިކަމަށް އަރަން މުޒާހަރާ. ޥެރިކަމުގަ ތިބެގެން މުޒާހަރާ. ވެރިކަމުން ފައިބާފަ މުޒާހަރާ. އަނެއްކާ ވެރިކަމަށް އަންނަން މުޒާހަރާ. ދެންވެސް ހޮވިއްޖެނަމަ މުޒާހަރާ. ދުނިޔެތާކު މިވަރު ބަޔަކު ނޫޅޭނެ.
ބަކުރުބޭ
15 July 2018
މިމީހުން ހައިޖާނު ނުހަދާނެގޮތެއް ހަމަ ނޯންނާނެދޯ ؟
ސައްޕެބާއި
15 July 2018
މިހެން ދަމާ ކޮންމެ ރޯނެއްގައި މިމީހުން ޖެހޭނެ. އަޅެ މުޒާހިރާކުރަން ބައިތިއްބަ ބަލަ. އީ.ޔޫ މީހުންނަށް ދައްކަން ފޮޓޯ ނަގަން ޖައްސާ ސްޓަންޓްތައް ހަމަ ކާމިޔާބު މިވަނީ. ވިސްނާބަލަ
މޯޑް
15 July 2018
ހޫން ތިޔަބުނާ އެމް.ޑީ.ޕީ މީހުންނަކީ ވ.މަޑުމައިތި ބައެއް.. އެމީހުން ހީކުރަނީ ފެންނަން ހުއްނަ ކަންކަން ވެސް އޮޅުވާލެވޭނެ ކަމަށް..ބޮޑް ވަބާއެއް ތީ މިގައުމަށް ޖެހިފައޮތް..އީޔޫ އިން ރާއްޖެއަށް ފިޔަވަޅު އަޅާތީވެސް އަތް ޖަހަނީ..ޔޫރަޕްގެ ގައުމު ތަކަށްގޮސް އާދޭސްކޮށް ސަލާން ޖަހައިގެން އަމިއްލަ ގައުމަށް ފިޔަވަޅު އަޅާދޭށޭ ކިޔާ އާދޭސް ކުރަނީ ހަމަ އަމިއްލަ އެދުމައިގެން.. މޮޅުތަކެއް ވާނެ ތި ރީނދޫ މީހުންނަށް..
ބަނާނާ
15 July 2018
ކުށަކާނުލާ ހަމަ ޒާތީވެގެން ބާރުއޮތީމަ ފްރޭމްކޮށްލާފަ ޖަލައް. މީ ދޯދިވެހިން ތަރައްގީވީވަރު. އަނިޔާއަށް ނޫނެކޭ ބުނާކަށް ނުކެރޭ. އަދިވެސް އަޅުވެތިކަމުގެ ކުރިމަތީގައި އިސްޖަހަނީ އަމިއްލަ އެދުންފުދޭތީ. ތަރައްގީ އަކީ މީހުންނަށް އަންނަންވާ އެއްޗެއް
ވާލުސޮރު
15 July 2018
ރިޔާސީ އިންތިޚާބް ބޯމަތިވެފަ އޮއްވާ އެމްޑީޕީ އިން ތިޔަ ފަހިކޮށްދިން ރަނުގެ ފުރުސަތުގެ ނާޖާއިޒު ފައިދާ މިފަހަރު ވަރަށް ރަނގަޅަށް ނަގާނެ. އީޔޫ ދެކެ އަންނަ ރުޅިޔާ ރައްޔިތުންގެ ތާއީދު ނެތްކަން ކަށަވަރުވާތީ އަންނަ ރުޅި އެއްކޮށްލައިގެން އެއްދޮނުގަ ދެބުޅި ޖަހާފަނޫނީ ހުއްޓައެއްނުލާނެ.
ހޯރަފުށީ ފަންކާ
15 July 2018
މަގުތައް ހަލަބޮލި ކުރަށް ދަޑިވަޅުބަލާފަ ނިކުތީދޯ.
ރާއްޖެ
15 July 2018
ތިމުޒާހަރާއަށް ގިނައިން ދިޔައީ ފުލުހުންތަ؟ ހާދަ ނޫކުލަ ގިނައޭ.