24 ޖުލައި 2018 - 17:58
ގާނޫނީ ވަކީލް އަބްދުﷲ ހަސީން އުފައްދަން އުޅުނު ސިޔާސީ ޕާޓީ "މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީ (ލޭބާ ޕާޓީ)" ގެ ނަން ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭނާ އަށް މިއަދު އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އީސީގެ ތަރުޖަމާން އަދި މެމްބަރު އަހުމަދު އަކްރަމް ފޯނަށް ޖަވާބު ނުދެއްވާތީ ސަބަބު ވަނީ އޮޅުން ފިލާ ގޮތް ނުވެފަ އެވެ.
އެނގިފައިވާ ގޮތުގައި، ހަސީން އަށް އީސީން ފޮނުވާފައިވާ ސިޓީގައި އަންގާފައި ވަނީ ލޭބާ ޕާޓީ ރަޖިސްޓަރީ ކުރުމަށްޓަކައި އެ ކޮމިޝަނަށް ގަބޫލު ކުރެވޭ ނަމެއް ހުށަހެޅުމަށެވެ.
Maldives Labour and Social Justice Party ge namugai party eh uffedhumuge huddha ah hushahalhaafaivaa hushahelhumaa gulhigen Election Commission in e namugai siyaasee party eh ufedhumuge hudhaeh nudhin
— Elections Commission (@ElectionsMv) July 24, 2018
އިލެކްޝަންސް އިން ކުރި ޓްވީޓް--
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސީން މިއަދު ވިދާޅުވީ، އޭނާ ހުށަހެޅުއްވި ނަން ފާސްނުވި ސަބަބު އިލެކްޝަންސް ކޮމިޝަނުން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ، އެ ސަބަބު ހޯދާނީތޯ ނުވަތަ އާ ނަމެއް ހުށަހަޅާނީތޯ ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީ އުފައްދާ މަގުސަދާ ގުޅޭ ގޮތުން ހަސީން ވިދާޅުވީ އޭނާގެ ބޭނުމަކީ މަސައްކަތްތެރިންގެ ހައްގުތަކާއި އިޖުތިމާއީ އަދާލަތު ގާއިމް ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ. އެކަން ވާން އޮތީ ޕާޓީއެއް ހަދައިގެން ކަމަށް ހަސީން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާ އެކު، ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން 3،000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓަރީ ކުރާނެ ކަމަށް ހަސީން ވިދާޅުވި އެވެ.
އިތުރު ދެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ދެ ފަރާތަކުން ވަނީ މި އަހަރު ހުށަހަޅައިފަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްދައެއް ނުދެ އެވެ.
ހަސީން ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ހުސައިން ހުމާމްގެ ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ އެކި ހަރަކާތްތަކުގައި އިސްކޮއް އުޅުއްވި އެވެ. އޭނާ އެމްޑީޕީން ވަކިވީ އެ ޕާޓީއާ މައްސަލަ ޖެހިގެން ނޫން ކަމަށް ހަސީން ވިދާޅުވެ އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުން، ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ރާއްޖޭގައި މި ވަގުތު ރަޖިސްޓަރީ ކޮށްފައި އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީއޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫރު
25 July 2018
ފާދިއްޕޮޅު ޕޭޓީ ކިޔާ
ޝިފާގު
25 July 2018
ކޮމިޝަނުން ނަން ދޭންވީނޫންތޯ؟
ބަޓް
25 July 2018
ސަބަބު ނާންގަނީސް ކިހިނެތް ނަން ބަދަލުކުރާނީ؟ ނަމުގެ ކޮން ބަޔަކާ މެދު ހިތްހަމަނުޖެހުނުކަން އެނގުނީމަތާ އަސްލު ރަގަޅު ނަމެއް އަލުން ހުށަހެޅޭނީ. އެހެން ނޫނީ ފަހަރަކު ނަމެއް ހުށަހަޅާލަ ހުށަހަޅާލަ ހުންނަންޖެހޭނީ. އީސީގެ އަންޕްރޮފެޝަނަލްކަން މިކަމުން ދައްކަނީ.
ވާލޭ
25 July 2018
އަދިޑީއާރުޕީގައިތިބީދެމެމްބަރުން
މަންސޫރު
25 July 2018
ކިޔަން ޖެހޭނީ ޕީޕީއެމް 2
އަތްފުނާ
24 July 2018
ތިނަން ބޮޑަށް ދޭހަވަނީ ޖުމްލައަކާއި.އުފަންދުވަހުގެ ޕާޓީއާއިގެން އުޅެބަލަ
ކިއްލިބާޝާ
24 July 2018
މީނަވެސް ބޭނުންވަނީ ރައީސްކަން. އެހެޔޮ އެކަކު ތާއީދުނުކުރިޔަސް.
ކުޅުދުއްފުށީ ތެލުލި ކުކުޅު
24 July 2018
ފުރެންޗައިސް އެންޑް ޓަވާސް ޕާޓީ އެއީ ރަނގަޅުނަމެއް. މިދުވަސްވަރު އެންމެ ގިނައީ ޓަވަރުތަކާ ފުރެންޗައިސްތައް.
މޯޑް
24 July 2018
ލޭބޯ ޕާޓީ ކިޔަންވީނު! ފަހުން ރަޖިސްޓްރީވީމަ ބުނާނީ ފިލި އޮޅިފައޭ ތިޔޮތީ! އެމީހުންނަށްވެސް ވަރަށް އޮޅޭނު! އެހެންވީމަ އޯކޭ ވެދާނެ!
ޔުނައިޓެޑް އައްޑޫ
24 July 2018
ހަސީނުމެން ހާދަ އަލޭ ދޯ. މިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ އެއްވެސް ހިސާބަކަށް ޖަސްޓިސް އައިސްގެން ނުވާނެ.