ސީއެޗްއެސްއީ ކުދިންތަކެއް ޓެބްލެޓް ބޭނުން ކުރަނީ.
02 އޯގަސްޓް 2018 - 10:11
ޑިޖިޓައިޒްކޮށް ބައެއް ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ފަށައިފި އެވެ.
ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏަސް އަދި ވެސް ބައެއް ސްކޫލުތަކަށް ޓެބްލެޓް ބަހައި ނުނިމެ އެވެ. އެކަމަކު ޓެބްލެޓް ލިބުނު ބައެއް ސްކޫލުތަކުގައި މިހާރު ވަނީ އެ ބޭނުން ކޮށްގެން ކިޔަވައިދޭން ފަށައިފަ އެވެ.
މަތީ ސާނަވީ އަށް ކިޔަވައިދެމުން އަންނަ ސީއެޗްއެސްއީގެ ގްރޭޑް 12ގެ ދަރިވަރުން މި ހަފުތާގައި ޓެބްލެޓް ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވި ގޮތުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވާ އިރު، ދަރިވަރުންގެ ފަރާތުންް ބަދަލުތަކެއް ފެނެ އެވެ. އަދި ހުރިހާ މާއްދާއެއް ކިޔަވައިދޭން ވެސް ޓެބްލެޓް ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިޒްނަސް، ކެމިސްޓްރީ މާއްދާތައް ކިޔަވައިދޭން ޓީޗަރުން ޓެބްލެޓް ބޭނުންކުރަން ފަށައިފި. ދަރިވަރުންގެ ޝައުގުވެރިކަން އެބަ ފެނޭ ޓެބްލެޓުން ކިޔަވައިދޭން ފެށީމަ،" ހާހަކަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން ވެސް ވަރަށް ޝައުގުވެރިވާ ކަމަށެވެ. އެކަމުގެ ހެޔޮ ބަދަލުތައް ދަރިވަރުންގެ ނަތީޖާ އިން ފެނިގެންދާނެ ކަން ސަފޫރާ ފާހަގަކުރެއްވި އެވެ.
ކަލާފާނު ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުން ވެސް އިއްޔެ ވަނީ ޓެބްލެޓް ބޭނުންކުރަން ފަށައިފަ އެވެ.
މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8459 ޓީޗަރުންނާ ޓެބްލެޓް ހަވާލުކޮށްފަ އެވެ. އެ ބޭނުން ކުރާނެ ގޮތާ މެދު ޓީޗަރުންނާއި ބެލެނިވެރިން އަހުލުވެރިކުރުވަން ވެސް ތަފާތު ޕްރޮގްރާމްތައް ހިންގާފައި ވެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކުރީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފައި ވެ އެވެ. ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނޭ
02 August 2018
އާސަންދަ ކިޔާތަނަކުން ބެހި ލީފުލެޓެެއްގައި އޮންނަނީ ކުދިންނަށް ފޯނު ، ޓެބު ނޫނީ އައިޕެޑު ނުދޭށޯ. އަނެެއްކޮޅުން އެޑިއުކޭޝަނުން ކިޔަވަން މިދެނީ ޓެބު. މިތަނުން އާސަންދަ ބުނާގޮތް ހަދައިފިއްޔާ މަގޭދަރި ހުންނާނީ ނުކިޔަވާބާ؟
ލިޕޭ
02 August 2018
ޝުކުރިއްޔާ ރައީސް އަދި އެޑިއުކޭޝަން މިނިސްޓރ
ޓޮނޭ
02 August 2018
ބޮޑު އެގްރީމެންޓެއްގައި ސޮއިކުރުވާފައި ދިން ޓެބްލެޓް ދުވަސްކޮޅެއްފަހުން އަނބުރާ ގެންދަންބުނީމާ ގެންދިޔުމުން އެތަނަށް އޭތި ބަލައިގެންކަމުގެ ލިޔުމެއްވެސް ނުދެއެވެ. އަދިއަދަށްވެސް ނުވެސް ދެއެވެ. އަނެއްކާ އެއްބަޔަކަށް ދޭއެތި އަތުލާފައި އަނެއް ބަޔަކަށް ދެނީކީ ނޫންބާވައެވެ.
ގުނބޯލި
02 August 2018
ބޭކާރު ކަމެއް
އަލިމަނިކު
02 August 2018
ތިޔައި ދަޅައެއް އަދި އަސްލު މަންޒަރު ސާފެއް ނުވޭ. ޕްރިންސިޕަލުން މިއަދު ތިކަހަލަ ވާހަކަ ދައްކާނެ - ސިޔާސީ ނުވާން ށޯ! ސީއެޗްއެސްއީގެ ދަރިވަރެއްގެ ޓިއުޝަން ޓީޗަރު މިއަދު ބުނީ މިހާރު އެކުދިން ބޭނުން އެއްޗެއް ތިޔަ ޓެބްލެޓްތަކަށް އެޅޭ ގޮތަށް ޑިވައިސް ފެކްޓަރީ ރިސެޓް ކޮށްގެން ތިހުރިޙާ ކޮންޓްރޯލެއް ދުއްވާލައި ކަމަށް. އަދި އެކުދިން ބޭނުން ގޭމެއް އަޅާއިގެން ކްލާހުަގއި ކުޅެ ނީ ގޭމް ކަމަށް އެދަރިަވރު ބުނި ކަމަށް. ކިޔަވަިއދިނުމުގެ ކޮންކަމަކަށް ތޯ ތިޔަ ޑިވައިސް ބޭނުންކުރަނީ؟ ފިލާވާލު ގެ އެއްވެސް އެކްޓިވިޓީއެއް ތީގެ ތެރެއިްނ ހެދޭ ގޮތަށް މުދައްރިސުން ތައްޔާރު ކުރި ބާ؟ ނުނީ ހަމައެކަނި އިންފޯ ސާރޗް ތަ؟
ކަނބިލި
02 August 2018
ކުރިއަރާފައިވާ ގައުމުތަކުގައި ތިޔަ ބާވަތުގެ އެއްޗެތި ސްކޫލުގައި މަނާކުރަނީ.ރާއްޖޭގައި ފަށަނީ!؟
ނެކްސްޓް
02 August 2018
ފަހަތައް ދާބައެއްމީ. އަހަރެމެން ގޭގައި ނުދޭތީ ސްކޫލުގައި 5 ގަޑިއިރު މީތި ދީފައި ބައިތިއްބާކަށް މަށެެއް ގަބޫލެއް ނޫން.
އިބްރާހިން
02 August 2018
އަދި ތި ޓެބްލެޓެއް ދަރިންނަށް ނުވެސް ލިބޭ
ރަންކޮޅު
02 August 2018
އަޅުގަނޑުމެންގެ ދަރިވަރުންނަށްވާ ޓެބަލެޓްވީ ހިސާބެއްވެސް ނޭނގެ!
ޢަހު
02 August 2018
ފ. ބިލެއްދޫ ސްކޫލް ގައި ބޭނުން ކުރޭތޯ ބަލާބަލަ. ޢަޑެއް އިވޭއިރައް ހަބަރު ލިޔުނަކަސް ކަމަކުނުދާނެ ބުރޯ.
ހަސީނާ
02 August 2018
https://sun.mv/108837 ތަރައްގީވެފައިވާ ގައުމުތަކުން މިހަދަނީ ކިހިނެތް