ޔޫތު ސިޓީ އޯޕަން ޑޭގެ ހަރަކާތް ހުޅުމާލޭގެ ޝްވެކް ސިނަމާގައި ކުރިއަށް ދަނީ. - ފޮޓޯ: އެޗްޑީސީ
18 އޯގަސްޓް 2018 - 16:02
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ޔޫތު ސިޓީ އޯޕަން ޑޭ" ނަމުގައި ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފި އެވެ.
އެޗްޑީސީން ބުނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ހަރަކާތުގެ މަގްސަދަކީ ހުޅުމާލޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމާއި ހުޅުމާލޭން ލިބޭ ހިދުމަތްތަކަށް އަހުލުވެރިކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ރާއްޖޭގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުތައް ހިނގަނީ ހުޅުމާލޭގައި ކަމަށްވާއިރު، މިއަދު ފެހިވެނި ކޮމިއުނިޓީ ސެންޓަރުގައި ވަނީ ޒުވާނުންނަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބާއްވައިފަ އެވެ. މި ސެޝަންގައި ޒުވާނުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ މަޝްރޫއުތައް ބަލާލުމުގެ ފުރުސަތު ހުޅުވާލުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. ހުޅުމާލެ ބަލާލުމުގެ ޓުއާ އަށް ބޭނުންވާ މީހުން ނަން ނޯޓު ކުރުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި ހުޅުމާލޭގައި އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ވެސް ވަނީ އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯ
18 August 2018
ދީނާއި ގައުމަށްޓަކައި. ރިޔާސީ އިންތިޚާބު ނިމުމުން ތިޔަ ޓުއަރ ބާއްވަންވީނު. ކޮރޮޕްޝަން.
މަކްނެކޭ
18 August 2018
އަނެއްކާ ދަރުބާރޭންގެ ކެމްޕޭން އިވެންޓެއް. ކޮންކްރީޓް ޖަންގަލީގެ ކޮށިތައް ދައްކާލުމާއެކު.
ގަޓް ބްރޯ
18 August 2018
ހުޅުމާލޭ ރައްޔިތުންގެ %75 ތާއީދު އެބައޮތޭ ކިޔާފަ އެޗްޑީސީ ގެ ބޮޑުން ކެނޑީ ހުސްފޮނި. މިހާރު އެއުޅެނީ ޚަބަރުގަ ދައްކާނެ ފޮޓޯ ގަނޑެއް ލިބޭތޯ އީދު ޗުއްޓީ އަށް ހުޅުމާލެއަށް ރަށްރަަށުން އަރާ މީހުންގެ ބޯކެވޭތޯ.
ރަދީފް
18 August 2018
ޕްރައިޒް ޑޭ ، ވީކްޑޭ ، ހޮލިޑޭ އަދި އޯޕަންޑޭ އޭކިޔައިގެން ކޮންމެ އިވެންޓެއް ބޭއްވިއަސް ކުރެވޭކަމަކީ ޕީޕީއެމަށް ކެމްޕެއިން ކުރުން.ވ.ވެދުނ
ރިޟްވާން
18 August 2018
މިއީ ދީނޭ ކިޔާގެން އުޅޭ މީހުންގެ ހާލަތު ހުރި ގޮތް!