އެމްޑީޕީން ބޭއްވި ޕްރައިމަރީ ހުއްޓުވަން އެ ޕާޓީގެ ހަރުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ: ސިޔާސީ ހަރަކާތްތައް ހިންގުމުގައި ފުލުހުން ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ތުހުމަތުކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޯގަސްޓް 2018 - 17:41
ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބެލުމަށް މޯލްޑިވްސް ޕޮލިސް ސާޥިސް އިން މިއަދު އެދިއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ހުށަހަޅާ ހުރިހާ މައްސަލައެއް ވެސް ބަލާ ކަމަށެވެ. އަދި ތަހުގީގުގައި ސުވާލު ކުރަންޖެހޭ ހުރިހާ އެންމެންނާ ވެސް ސުވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ މީހުންނާ މެދު ފުލުހުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ކަމުގެ ތުހުމަތު އިދިކޮޅު ޕާޓީތަކުން ދަނީ ކުރަމުންނެވެ. އެގޮތުން، ފުލުހުން ކަންތައްތައް ކުރަމުން ދަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އަންގާ ގޮތަށް ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.
ނަމަވެސް އެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ހިންގާ އެއްވެސް ހަރަކާތަކަށް ހުރަސްނާޅާ ކަމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވީ، ފުލުހުން ބަލާ ހުރިހާ މައްސަލަތަކާއި ފުލުހުން ކަންކަން ކުރަނީ، އެ އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި ވަކި މައްސަލައެއް ނުބަލާ ކަމަށް ބުނާ ކަމުގައިވާ ނަމަ އެއީ ވަރަށް ބޮޑު އޮޅުމެއް ކަަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް މި ދަންނަވާލަނީ، ފުލުހުންނާ ދިމާލަށް ބަލާ ލޮލުން ސިޔާސީ ނަޒަރަކުން ނުބެލުމަށް. ފުލުހުންނާ ހަމައަށް އައިސްފިއްޔާ އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ތަފްސީލުކޮށް ނުވަތަ ތަރުތީބުން ކުރަމުން ގެންދާނެ. އަޅުގަނޑަށް ފެނޭ ފުލުހުންނާ ދިމާލަށް ބަލާ ލޯ ބަދަލު ކޮށްލަދެއްވާފައި، ފުލުހުން ކުރާ މަސައްކަތްތަކަކީ ވެސް ރައްޔިތުންނާ ހަމައަށް ވަރަށް ސާދާކޮށް ވަރަށް ތަފްސީލުކޮށް އެންމެންގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއްކަން ގަބޫލުކޮށްގެން ފުލުހުން ހުރިހާ އިންސާފެއް، އޭގެ ތެރޭގައި އެންމެންނަށް ހަމަހަމައަށް ދިނުމަށްޓަކައި ފުލުހުންގެ ހައިސިއްޔަތުން އެންމެންނަށް ދިނުމަށްޓަކައި ކުރާ މަސައްކަތެއްކަން،" ޝިފާން ވިދާޅުވި އެވެ.
އެއްވެސް ކަމެއް ގޯސްކޮށް ދާނެ ކަމަށް ގަބޫލުކުރެވޭކަމުގައި ވާނަމަ ފުލުހުން އެ ފަރާތަކަށް އަންގާނެ ކަމަށާއި އަދި އެކަމެއް ދިމާވެފައިވާ ނަމަ ފުލުހުން އެ މައްސަލައެއް ތަހުގީގު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އަންނަ މަހުގެ ބާއްވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޝިފާން ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓޭބެ
31 August 2018
ހުޅުމާލޭގައި ފުލުހުންގެ މައި އިދާރާއާ ދާދިގާތުގައި ހަމަނުޖެހުން ހިންގިއިރު އަދި ވީޑިޔޯއިން އެމީހުން ފެނުނު އިރުވެސް އަޅާލީތަނެއް ނުފެނުނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ރަށްރަށުގައި ދަމާފައިހުރި ދިދަފަތިތައްވެސް ހަމަނުޖެހުމެއް ހިންގާފާނެކަމަށް ކުރެވޭ ހީއެއްގެ މައްޗަށް ކޯޓް އަމުރު ނެރެގެން ނެގިތަން ފެނުނެވެ. މިއީ ވެސް ހަމަހަމަކަން ދޯއެވެ. ލޯމަތީގައި ހިނގާ މިފަދަ އެތައް ކަމެއް ފެންނަންޏާ މީހުން ވާހަކަ ދައްކާނެއެވެ. އެ ނަޒަރުން މީހުން ދެކެން ނޭދޭނަމަ އެގޮތަށް ކަންކުރުން ހުއްޓާލަންވީއެވެ. އޭރުން މީހުން އެހެން ދެކޭކަށް ބޭނުމެއްވެސް ނުވާނެއެވެ.
ކަދުރު
31 August 2018
ކޮބައިތަ އެމް އެމް ޕީ އާރު ސީގެ ބޮޑު ވަދު މުއްލާ އެސޮރާވެސް ހަމަ ސުވާލު ކުރީތަ! ހާދަ ތެދިބަހުން ސާރ މެން ވާހަކަ ދަންކައޭ އޮތަ.
ޓޯކިޔޯ ސިޓީ.
31 August 2018
ސިާޔސީ ނަޒަރަކުން ބަލަން ފުރުސަތު ދިނީމައި ބަލަނީ. ސިޔާސީ ނަޒަރުން ބަލާ ގޮތަށް ކަންކަން ނުކުރާނަމަ ނުބަލާނެ. ރަށްރަށުގައި އާއި ހުޅުމާލޭގައި އިދިކޮޅު ފަރާތްތަކުގެ ބެނާތައް ނަގަނީ ފުލުހުން . ހުޅުމާލެ ނެރުން ވަންނައިރު ދެފަރާތުގައި ރައީސް ޔާމިން ކެންޕެއިން ބެނާތައް ، އިދިކޮޅު ބެނާއެއް ހަރުކުރީމަ އެޑީސީ ން ފުލުހުން ލައްވާ އެ ނަގުވަނީ... މިކަހަލަ ކަންކަން މިހެން ހުއްޓައި ފުލުހުންނާއި ދިމާލަށް ސިޔާސީ ލޮލުން ބަލާނެ.
ޖަހޯބަރާ
31 August 2018
އެހެންވިއްޖެއްޔާ ފުލުހުން ތިބެންވީ ފިލާ... މިރާއްޖޭގެ ރައްޔިތަކަށްް ސިޔާސީ ނަޒަރުން ނޫން ގޮތަކަށް ކިހިނެއްބަލާނީ؟ އެންމެންގެވެސް ހުރީ ސިޔާސީ ލޯ.. އަންހެންކުދިންނާއި ދިމާލަށްވެސް ކަތިނަޒަރުން ނުބެލިގެން މިއުޅެނީ.. ދެން ވަކި ފުލުހުންނޭ ކިއާފަ ވަކިގޮތަކަށް ބެލޭތަ؟
ލޮލް
31 August 2018
ދެން ކަތި ނަޒަރަކުންތަ ބަލަންވީ?
އިންސާފް
31 August 2018
މިހާރު މިޤަޢުމު މިހާލަތަށް ވެއްޓް މުގެ އަސްލަކީ މިމީހުން.
މަންސޫރު
31 August 2018
ދެންމެ މަގުމަތީން ދެކެފީން ބަގާވާތެއް ކުރަން ނިކުމެ ކުރީ ސަފުގައި ހުރި ފުލުހެއް. އެހެން ގޮތަކަށް ނުބެލުނު. އޭނާއަށް އަދަބުގެ ބަދަލުގައި ލިބުނީ ފުލެޓާއި ޕްރޮމޯޝަން. ސިޔާސީ ނަޒަރަކުން ބަލަން ނޫޅުނަސް ބެލެނީ.
ބުރުގާ
31 August 2018
ކަންމަތީ ގުރޫޕު ފުލުހުން ކޮންމެ އެއްޗެކޭކިޔަސް، ކަލޭމެނަކީ ޕީޕީއެމްގެ ސިޔާސީ ގޮތްޕެއް.
ޤައުމު
31 August 2018
ފުލުހުން ބުނަނީ ތިމަންނަމެން ވެސް ލިބޭ އެއްޗަކުންނޭ އާއިލާ ބެލެހެއްޓުމާ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ، އެހެންވީމަ ގިނައިން ލިބޭ ކޮޅަކަށް ދެވޭނެޔޯ... ހިހިހިހި
އެމްސް
31 August 2018
ސިޔާސީގޮތުން ވަކިއަތަކަށް ނުޖެހޭ ފުލުހެއް އުފެއްދުމުން ތިކަން ޙައްލުވެދާނެ ކަމަށް ދެކެން
އާޅޭ79
31 August 2018
ފުލުހުން ވަރަށް ރަގަޅަށް އެމީހުންގެ ޒިންމާ ކުރިޔައް ގެންދޭ