އިއްބެ މަރައިލި މައްސަލާގައި ހޯދަން އިއުލާން ކޮށްފައިވާ ހަމްދޫން.---ފޮޓޯ: ޕޮލިސް
03 ސެޕްޓެމްބަރ 2018 - 16:49
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނުވަތަ ގްރީން ޒޯންގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅި ހަރައި މަރާލި އިބްރާހިމް އާގިލް (އިއްބެ) ގެ މަރުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
ގދ. ފަރެސްމާތޮޑާ އަށް އުފަން އިއްބެ އަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ހޯދަން އިއުލާންކުރީ ލ. ފޮނަދޫ ހިޔާ، ހަމްދޫން ހަމްޒަތެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން އެންގުމަށް ފުލުހުން އެދެ އެވެ. އިއްބެ މަރައިލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އިއްބެ މަރައިލީ މިދިޔަ ހަފުތާއިން ފެށިގެން މާލޭގައި ގްރޫޕްތަކުން ސިލްސިލާ މާރާމާރީތަކެއް ހިނގަމުން ދަނިކޮށެވެ. މާރާމާރީތައް ހިންގާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން އޮތީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޅި
04 September 2018
ޖަހާ ވައްތަރު ބަލާ.
ަްައހމދ
04 September 2018
ކުޑަ ކުޑަ ގޮލައެކޭ ވަޅި ހަރަން ނުކުމެގެން މި އުޅެނީ
ސުވާލއ
04 September 2018
މިކުއްޖާބާ........ މިސޮރު އެކަނިބާ އެކަމުގައި އުޅުނީ...
ފޯރި މަރާ
04 September 2018
ފުލުހުންނަށް ވަނީ ސީޔާސީ ހުމުގެ އެއްމެ ނުރާއްކާވައްތަރު ޖެހިފައި.
ލާމު ލިންކު
04 September 2018
މިދެން ވަރަށް ދެރަވަރު ކަމެއް. މި ސަރުކާރުން ލ.ފޮނަދުއަށް ދިން އެންމެ ބޮޑު އަނިޔާއަކީ ގާދޫ މީހުން އެރަށަށްގެނެސް ވަޒަންވެރި ކުރުވިކަން. އަބުދެގެ އަބުދުއްރަހީމު ވޯޓު ކޮންޓްރޯލް ކުރުމަށްޓަކައި ކުރި ކަމެއް. މިހގާރު ރާވައިގެން އުޅެނީ ދެވަނަ ދައުރެއް ޔާމިނަށް ލިބިއްޖެނަމަ މާމެންދޫ މީހުންވެސް ފޮނަދުއަށް ބަދަލުކުރުމަށް. ދެކަމަކަށްޓަކައި. ފުރަތަމަކަމަކީ އެބައިމީހުންގެ ވޯޓް ކޮންޓްރޯލްކުރުން. ދެވަނަކަމަކީ ގަމަށްވުރެ ފޮނަދޫ މީހުންގިނަކޮށް ބާރުވެރިކުރުވުން.
ބާގިރު
04 September 2018
ކޮބާތަ އިންޓެލް ކަރުދާސް ބަންޑެލި، ޕުލުހުން ހާދަ ބިރުން އުޅޭހެން ހީވެޔޭ، ތިމީހާ އަތުލައިގަނެވޭނީވެސް ނިސްބަތް ވާގޭންގާ އެންމެފަހުން އުޅުނު ހިސާބެއްވެސް ބުނުމުންތާ،
އަލި
04 September 2018
ގޭންގް ކުދިންމީ. ވާނެ އެއްކަމެއްވެސް ނޯންނާނެ.
ބެމްބޫ
04 September 2018
މިދެން ހާދަ ފިޑިބަޔެކޭ. ވަޅިހިފައިގެން ފިލަފިލައިގެން މިއުޅެނީ. ނިކަން ފިރިހެނުން އުޅޭ ގޮތަށް އުޅެބަލަ. އަރުވާޖަހައި ބަނޑުމުސާރަޔަށް ބައްދައި ގަދަވެބަލަ. އެޔޭ ފިރިހެނުންނަކީ. މިހާރު ތިއުޅެނީ ފިރިހެނަކަށްވެސް ނުވެ އަންހެނަކަށްވެސް ނުވޭ ބޮޑު ފިޑިގަނޑަކަށް.
ޝިރޫ
03 September 2018
ވޯންޓެޑް ސޮރެއް...
ޟިސް
03 September 2018
ދޫކޮއްލި300 ކުދިން ތެރޭ ހިމެނޭ ކުއްޖެތަ މީ.