ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: މާދަމާގެ ރޭގެ ޖަލްސާގައި އެމަނިކުފާނު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ. -- ފޮޓޯ/މިހާރު
06 ސެޕްޓެމްބަރ 2018 - 18:42
ޕީޕީއެމުން މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާގައި ވަރަށް މުހިންމު ކަންތައްތަކެއް އިއުލާން ކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަޑައިގަންނަވާ އެ ޖަލްސާގައި ވަރަށް މުހިންމު ކަންތައްތަކަކާއި މެސެޖްތަކެއް އާންމުންނަށް ހާމަކުރާނެ ކަމަށެވެ. އެއީ މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި އުޅޭ މީހުންނަށް ވެސް ޚާއްސަ ކޮށްފައިވާ ޖަލްސާއެއް ކަމަށާއި ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވާން އެދޭ ކަމަށް ޖަމީލް އުސްމާން ވިދާޅުވި އެވެ.
"މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްޔާއި މާލޭގެ ދިރިއުޅޭ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަމާޒު ކޮށްގެން ބާއްވާ ޖަލްސާއެއް މިއީ. އެއްވެސް ހާލެއްގައި ރަށްރަށުން މީހުން ގެނެސްގެން އަޅުގަނޑުމެން މިކަމެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ޖަމީލް އުސްމާން ވިދާޅުވި ގޮތުގައި މާދަމާ ރޭގެ ޖަލްސާ ބާއްވާނީ "ބްރިޖް ސަޅި" ގެ ނަމުގަ އެވެ. އެ ނަން ކިޔަން ނިންމީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖަށް ނިސްބަތްކޮށް، ވަރަށް ގިނަ ޒުވާނުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އޮތް ތާއީދު އެ ޖަލްސާއިން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދާނީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރައީސް ޔާމީނަށް ތާއީދުކޮށް، މި މަސައްކަތުގައި ބައިވެރިވަމުންދާ މަންޒަރު،" ޖަމީލް އުސްމާން ވިދާޅުވި އެވެ.
މާދަމާ ރޭ ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވާއިރު، އަންނަ ހޮނިހިރު ދުވަހު ރޭ އިދިކޮޅު ކޯލިޝަނުން ވެސް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ. މިއީ ތިން އަހަރު ފަހުން، އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއް އެ ތަނުގައި ބާއްވަން ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުފ
07 September 2018
މިރޭ އިއުލާން ކުރާނެ ހުޅުމާލެ ފްލެޓް ތަކުގެ ކުލި 3000 ރުފިޔާ ކަމަށް
ހުއްޓޭބެ
07 September 2018
"އުޑުން ތަރި ބޭލިޔަސް" ދެން އަހަރެމެންގެ ނިންމުން އިރާދަކުރެއްވިއްޔާ ބަދަލެއް ނުވާނެއެވެ. އަހަރެމެންގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން ޖަލްސާތައް ފަޅުފިލުވިއެއްކަމަކު އަހަރެމެންގެ ހިތެއް ތިދައްކާ ވާހަކަތަކުގެ ޖާދޫގައެއް ނުޖެހޭނެއެވެ. އިންސާނަކަށް ވުމުގެ އިތުރަށް އިސްލާމަކަށްވީތީ އަނިޔާވެރިކަމާއި ބޭއިންސާފަށް ވާގިވެރިވެވޭކަށް ނެތެވެ. ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. އެންމެ ގާތުގައި ތިބީވެސް އަނިޔާވެރި ކަމުގައި ހައްދުފަހަނައިދިޔަ ފިރުއައުނު ގާތުގައި އޭނާގެ ޞާލިޙް އަނބިކަނބަލުން ވީފަދައިންވާ ބަޔެއްކަން އެންމެފަހު ވަގުތު އިރާދަކުރެއްވިއްޔާ ވޯޓުން ދައްކާނެތެވެ.
ބަޗާބެ
07 September 2018
އަތަށް ގޮވީ ފުރަތައިންވެސް އެބުނީ މާލެ، ހުޅުމާލެ، ވިލިގިއްޔަށް ޚާއްސަ ޖަލްސާއެކޯ އެޖަލްސާގަ މެނިފެސްޓޯ އާއްމުކުރަނީ އެމީހުންނަށް ތެދެއް ނިމިދިޔަ 5 އަހަރުވެސް ކަންކުރީ ތިހެން މާލެ މޫމުމަތި ރީތިކޮއްލީ ދަޅަ ދައްކަން އަހަރުމެން މިތިނބީ ގަލޯހާޖާވެސް ނުކުރެވިފަ ކޮބާ ކުރިނވީ ވައުދު ފުރަތަމަ އެވައުތައް ފުއްދާފަ އެހެން ވައުދެއް ވާންޖެހޭނީ ކާކު ގަބޫލުކުރާނީ ދެން ވައުދެއްވިޔަސް ފުއްދާނެ ކަމަށް ހޯ ހޯ ކޮސްނުގޮވާ
ނަސީމް
07 September 2018
ފުލެޓު ކޮޅު ބަހާލިގޮތް އިހަށް ކިޔާދީބަލަ.
އަންވަރު
07 September 2018
މިހާރުވެސް ތިއޮތީ ތިޔަ ޖަލްސާއަށް ދާން އަހަރންނަށް ވަޒީފާގެ ބިރު ދައްކާފަ. ހުރިހާކަމެއް އަށް ގޮވާފަ ތިބެގެން ކިތަންމެ ބޮޑު ވައުދެއް ވިޔަސް މިހާރު އެވާހަކަ ގަބޫލުކުރާނެ ބަޔަކު ނެތޭ. ފޫހި ބައެއް މީ
ޙުސެން
07 September 2018
ރައްޔިތުންގެ އަޑު އިއްވާނީ 8 ވަނަ ދުވަހުގެ ރޭ.
ޢާސިދާ މުހައްމަދު
07 September 2018
ޢަތޮޅުތެރޭ ބޭފުޅުން އެހައް އަހުލާގަކީ ކޯއްޗެއްތޯ ދަސްކޮށްބަލަ..ސުކުރުކުރަން ދަސްކޮށްބަލަ ކޯއްޗެއްނުލިބޭތީ ކޯއްޗެއް ނުކިޔެވޭތޒި ތި މާލެއައިސް އެނބުރެނީ.. ތީ ކާންދޭއަތުގައ ދަތް އަޅާބަގަ ރަށުގަތިބެ ރައްތަރައްގީ ކޮސްބަލަ
ޙުސެން
07 September 2018
ޜަށްރަށު މީހުންވެސް ބޭނުމީ އަމިއްލަ މަސައްކަތުން ދިރިއުޅެން.
ބަސްފޮތް..
07 September 2018
މާލޭ މެނިފެސްޓޯއެއް ދެއްތޯ؟ އެސްއީޒެޑި ޤާނޫނުގެ ދަށުން އަތޮޅެއްގަ ކުރާނެ އެއްވެސްކަމެއް އޮންނާނެބާ ތީގަ
ލިން
07 September 2018
މެނިފެސްޓޯ ތި މާލެއާ ހުޅުމާލެއާ ވިލިމާލޭމީހުންނަށް ގެންނަ އެއްޗެއްތޯ؟ ޔަޤީނޭ ތީގަ މެގަ ޕުރޮޖެކްޓެއް އޮތަސް އޮންނާނީ މާލެއާ މާލެ ކައިރިޔަށް. އަތޮޅުތަކަށް ބަށި ކޯޓެއް ފުޓުސެލްއެއް. މާލޭ އެމްޕީއެލް ޕޯޓާ މާލޭ ފުލެޓު ތީގަ އެއްޗަކަށް އޮންނާނި އެއްކަލަ ހަވާފަޓާސް ޖަހާފަ އެރުވި ޝެޒާ ހެވަންތަކުގެ ހިލަމެއް ނެތް
އަހަންމާ..
07 September 2018
ޔާމީން 2018 ﷲ އަކްބަރު
ޢެޑަމް
06 September 2018
ޙިތި ގޮތަކަށް ތިއަނިޔާވެރިޔާ ބަލި ކުރާނަން ވޯޓުން. ޢިންޝާ ﷲ .މުޅި ގަުއުމުގެ ކުންފުނިތަކުގަ އޮތީ މަޖުބޫރު ކުރުމާއި، ބިރު ދެއްކުން. ޔާމިނޫ ކަލޭ ހީނުކުރައްޗޭ މިދުނިޔެއަކީ ކަލޭ ބޭނުންހާ އެއްޗެއް ހަދަން އޮތް ދުނިޔެއެއް ކަމަށް.
Mohamed
07 September 2018
ކޮންކަގަލަ ކޮސްވާހަކަޔެއްތަ ތިޔަދައްކަނީ. ޔާނީނު ނޫނީ ތަރައްގީޔެއް މިގައުމަށް ގެނާއިމީހެއް ކަލޭދައްކަބަލަ. ކަލޭނިކަންބަލަން ހުރެބަލަ. އިރާދަކުރެއްވީޔާ ޔާމީނު މިފަހަރުވެސް ވޯޓުން ހަނަހޮވާނަން...