ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އީޔޫ އަށް ފާޑުކިޔައިގެން ފަރުޖެއްސޭކަށް ނެތް، ޑިކްޓޭޓަރުންނާ ދުނިޔެ ދެކޮޅު: އިބޫ

ފޯކައިދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

ރާއްޖެ، ކޮމަންވެލްތުން ވަކިވެ އަވަށްޓެރި ގައުމުތަކާ ނުރުހުންވެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ފާޑުކިޔައިގެން ފަރުޖެއްސެން ނެތް ކަމަށާއި ޚުދުމުޚުތާރު ވެރިންނާ މުޅި ދުނިޔެ ވެސް ދެކޮޅު ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް، ބޭރުގެ އެކި ބާރުތަކުން ރާއްޖެ އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، އީޔޫ އާއި ބޭރުގެ ބައެއް ގައުމުތަކަށް ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެކި ޖަލްސާތަކުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެ ފާޑުވިދާޅުވުމުގައި، އިބޫ އަށް ވެސް ބަހުގެ ހަމަލާތަކެއް ރައީސް ޔާމީން މިއަދު އަމާޒު ކުރެއްވި އެވެ.

ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އީޔޫ އިން އިންޒާރުދެމުންދާ ކަމަށާއި އެ އިންޒާރު ދިނުން ރައްޔިތުންގެ ހައްގުގައި ހުއްޓާލަން އެދިވަޑައިގަންނަވަން އިބޫ އަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ފޯކައިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ދުނިޔެއަކީ ލާމެހިފައިވާ ތަނެއް ކަމަށާއި އަވަށްޓެރި ގައުމުތަކާ ދެކޮޅުވެ "އެކަހެރިވެގެން" ރާއްޖެ އަށް ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށެވެ. އެއާއެކު، އީޔޫ ފަދަ ޖަމާއަތްތަކާ ވެސް ނުރުހުންވެ ފާޑުކިޔައިގެން ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިއީ، 21 ގަރުނު ކަމަށާއި އެފަދަ ވިސްނުންތައް ކުރިއަށް ނެރެގެން އުޅުއްވާ ޑިކްޓޭޓަރުންނަށް މުޅި ދުނިޔެ ވެސް ނޫނެކޭ ބުނަމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

"ފަހަރަކު ގައުމެއްގައި އެފަދަ ވެރިން މިދަނީ އިންތިޚާބުތަކުންނާއި އަދި އެ ނޫން ވެސް ގޮތްގޮތުން ވެރިކަންތައް ބަދަލުކުރެވެމުން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ނުކުމެ ރާއްޖޭގައި މިއޮތް ޚުދުމުހުތާރު ވެރިކަން ބަދަލުކުރާނެ،" އިބޫ ވިދާޅުވި އެވެ.

ތަރައްގީ މިނެކިރަނީ އެތަނެއްގައި ހަމަޖެހުމާއި އަމާންކަން އޮތް މިންވަރެއްގެ މައްޗަށް. --އިބޫ

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ނަން މަޝްހޫރު ރާއްޖޭގެ ޖަޒީރާ ރަށްތައް ތަރައްގީކުރާނީ، ލާމަރުކަޒީ ނިޒާމް ކުރިއަށް ނެރެ، ރައްޔިތުންގެ އަޑު އަހައި މަޝްވަރާގެ މަތިން ކަމަށެވެ. ރައްޔިތުންނަށް ހިތްހަމަޖެހުމާއި ބޭނުންވާ ތަރައްގީ ލިބޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

ފޯކައިދޫގެ ޖަލްސާގައި ބައިވެރިވި އިިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ/އެމްޑީޕީ

އިބޫ ވިދާޅުވީ ތަރައްގީގެ މާނަ އޮޅުވާލާފައިވާ ކަމަށާއި ތަހުޒީބު މުޖުތަމައުތަކުގައި ތަރައްގީ މިނެކިރަނީ މި ސަރުކާރުން ރައްޔިތުންނަށް ވިސްނައިދެމުން އަންނަ ގޮތަކަށް ނޫނެވެ. ތަރައްގީއަކީ ލިބޭ އާމްދަނީ އާއި ތަނުގައި އޮންނަ މަސްލަހަތާއި މިނިވަންކަމާއި ހަމަހަމަކަމާއި ފުދުންތެރިކަމާއި ލިބޭ އެއްޗަކުން ދަރަނި ދެއްކުން ފަދަ ކަންކަންކަމަށް ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއްގައި ކޮންކްރީޓާއި ދަގަނޑުގެ ވާހަކައެއް ނާދޭ. ތަރައްގީ މިނެކިރަނީ ތަނުގައި ހަމަޖެހުމާއި އަމާންކަން އޮތް މިންވަރެއްގެ މައްޗަށް. އަޅުގަނޑުމެން ގެންނަން މިއުޅެނީ އެ ތަރައްގީ،" އިބޫ ވިދާޅުވި އެވެ.

ށ. އަތޮޅަށް އިބޫގެ ވައުދުތައް:

ފޯކައިދޫ: - ބަނދަރު ރަނގަޅު ފެންވަރަކަށް ހައިދޭނަން.

- ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް، އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކޮށް ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރާނަން.

- ސްކޫލް ބޮޑުކޮށް، އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރާނަން.

- ހެލްތު ސެންޓަރުގެ ފެންވަރު މަތިކޮށް، 24 ގަޑިއިރު ޚިދުމަތްދޭނަން.

-ނޫމަރާ: ބަނދަރު ބޮޑުކޮށް، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ލެބޯޓްރީއެއް ގާއިމްކޮށްދޭނަން. ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނަން.

ބިލެތްފަހި: މިހާރު އަޅަން ފަށާފައިވާ އެއާޕޯޓު ނިންމައިި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނަން. ބަނދަރަށް ވަންނަން އޮތް ނެރު ބޭނުން ކުރެވޭ ގޮތް ހަދާނަން.

ނަރުދޫ: ސިއްހީ މަރުކަޒު ބޮޑުކޮށް، ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރާނަން. ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރާނަން. ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނަން.

މާއުނގޫދޫ: ރަށްގިރުން ހައްލުކޮށް، ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އަޅާނަން. ފެނާއި ނަރުދަމާ، އަދި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާނަން.

ފުނަދޫ: އެއްވެސް އިދާރާއެއް އެހެން ތަނަކަށް ބަދަލު ނުކުރާނަން. އެއާޕޯޓުގެ މަސައްކަތް ހަލުވިކޮށް ނިންމާލާނަން. އަތޮޅު ހޮސްޕިޓަލް ބޮޑުކޮށް ޚިދުމަތް ފުޅާކުރާނަން. ބޯހިޔާވަހިކަމަށް ހައްލު ހޯދައިދީ، ސާފު ބޯފެނާއި އަލަށް ހެދި ގެތަކަށް ނަރުދަމާގެ ނިޒާމް ގާއިމްކޮށްދޭނަން.

- ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލާނަން.

އިބޫ ފޯކައިދޫގައި: ށ. އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި --ފޮޓޯ/އެމްޑީޕީ

"ހުރިހާ ދިމާލެއްގައި އޮތީ ހާސްކަމާއި މާޔޫސްކަން"

އިބޫ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިއަދު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައިގަ އެވެ. ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން އެއް ބަޔަކު ތެޅިފޮޅޭއިރު، އަނެއް ބަޔަކު ހާސްކަމުގައި ތިބީ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެންނެވެ. މަސްވެރިންނާއި އޮޑިވެރިން ނެގި ލޯނު ނުދެއްކިގެން ކަންބޮޑުވެފައި ތިބިއިރު، މައިންބަފައިންގެ ހިތްދަތި ކަމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދަރިން ހާލުވެ ދިއުން ކަމަށް އިބޫ ވިދާޅުވި އެވެ.

"ޒުވާނުން މަގު މައްޗަށް ނުކުންނަން ނުކުރި ތިބީ ވަޅި ޖަހައި މަރާލަފާނެތީ އެކަމުގެ ހާސްކަމުގެ ތެރޭގައި. ވިޔަފާރިވެރިން ތިބީ މީރާ އިން ކޮށްފާނެ ޖޫރިމަނާއަކާ ދޭތެރޭގައި ހާސްވެ ކަންބޮޑުވެފައި،" އިބޫ ވިދާޅުވި އެވެ.

ހާލަތު ބަޔާންކޮށްދެއްވަން އެ ލިސްޓު ވަރަށް ދިގު ކުރެއްވިދާނެ ކަމަށް ވިދާޅުވަމުން ރައްޔިތުންނަށް ވައުދުވެވަޑައިގަތީ އެ ހާލަތު ބަދަލުކޮށް ދެއްވާނެ ކަމަށެވެ. އަނިޔާވެރި ސަރުކާރެއްގެ ބިރުވެރިކަމުގައި ރައްޔިތުން ތިބެން ޖެހުން ނިމުމަކަށް ގެނެސްދެއްވާނެ ކަަމަށް އިބޫ ވިދާޅުވި އެވެ.

"މި މަހު 23 ގައި އަޅުގަނޑުމެންނަށް ވޯޓު ދެއްވާ، ތިޔަބޭފުޅުންނަށް ކަށަވަރުކޮށް މި އަރުވަނީ ތިޔަ ބޭފުޅުންގެ ހާސްކަން ފިލުވައި މި ރާއްޖެ އަކީ އަމާން ތަނަކަށް ހަދައިދޭނަމޭ،" އިބޫ ވިދާޅުވި އެވެ.

24 ކޮމެންޓް, 374 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 0%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާއަހުން

12 September 2018

އޭ ބަލަ އިބޫފައިސަލަށް ނޭނގޭތަ ށ.ނޫމަރާއަކީ މީހުން ބަދަލުކުރަމުންދާ ރަށެއްކަން؟ ދެން ތިބުނާ ވައުދުތައް އިބޫފައިސަލް ކޮށްދޭނެބާ ؟

The name is already taken The name is available. Register?

ކޮބާ

12 September 2018

ދެން ކޮބާ 'ކަލާ'ގެ ޕްލޭން އަކީ އީޔޫ އަށް ސަނާކިޔާ އެމީހުން ބުނިހާގޮތަކަށް މިގައުމު ހިންގަން އިސް ޕަޕެޓްގެ ގޮތުގައި 'ކަލާ' ހުރުންތޯ؟

The name is already taken The name is available. Register?

ބޮސާޑް

12 September 2018

ތަރައްގީއަކީ ކޮބައިކަން ސިފަކުރައްވަމުން އިބޫ ވިދާޅުވި "މިއިން އެއްވެސް ކަމެއްގައި ކޮންކްރީޓާއި ދަގަނޑުގެ ވާހަކައެއް ނާދޭ" އެކަމަކު ށ. އަތޮޅަށް ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި މުޅިންވެސް ކޮންކްރީޓާ ދަގަނޑު ބޭނުންކުރާ މަޝްރޫއުތައް. އަދި ޑިކްޓޭޓަރުންގެ ވާހަކަ ދައްކަވާއިރު މައުމޫނާއެކު ހުންނެވުމުން ދެއްވަންއުޅުއްވި މެސެޖުވަރަށް އޮޅުންބޮޅުން.

The name is already taken The name is available. Register?

ކުމާރު2

12 September 2018

ތިބުނާ "ދުނިޔެ" އަކީ ޔޫރަޕާއި އެމެރިކާ..އެމީހުން ދެކޮޅީ ޑިކްޓޭޓަރުންނަކާނޫން.. އެމީހުން ދެކޮޅީ އެމީހުން ޖަހާހާ ބެރަކަށް ނަށަން ދެކޮޅުހަދާ މީހުންނާއި، އިސްލާމީ އުޞޫލުތަށް ދޫކޮށް އެމީހުންބުނާ ޑިމޮކްރަސީއަށް ތަބާނުވާ ވެރިންނާ... ތިބުނާ ދުނިޔެ އެއްމެ ގާތް ގުޅުމެއް ބާއްވާ އެއްބަޔަކީ ހިޖާޒު ކަރައިގައި އެތިބަ ރަސްރަސްކަލުން.. ދެން މިޞްރު ކަހަލަ ޖުމްހޫރީއްޔާތައް.. ރަގަނޅަށް ބަލާލަބަލަ މިބުނި ގައުމުތަކުގައި ވެރިކަންކުރަނީ ކިހިނެއްތޯ... ދެން އޮތީ އެމީހުންގެ އިސްރާއީލް.. އިސްރާއީލަކީ ޤާނޫނުގެ ދަށުން އިންސާނުން 2 ދަރަޖައަކަށް ބަހާލައިގެން އަދި ބައެއްގެ ބިން ފޭރިގަނެގެން އުޅޭ އިސްތިއުމާރީބާރެއް.. އެކަމަކު މި ތިބުނާ ދުނިޔެ ރުހޭ މީހުންވީމާ އޯކޭވަނީ.. ޔާމީނުވެސް ބޯންވާނެއޭ ބޮވެންވާނެއޭ ބުނާނަމަ. އިސްވެރިން މާލެ މާލެއަކަށްވާނީ ނާސިގެވެސް ހުރީމައޭ ބުނާނަމަ، އިސްލާމީ ޝަރީޢާއަށް މަލާމަތްކޮށް ހަދާނަމަ، ތައުލީމާއި އެނޫންވެސް ދާއިރާތަކުން ދީން ފުހެލަން މަސައްކަތްކުރަމޭ ބުނާނަމަ އެމީހުނަށް ވަރަށް ކަމުޔައީސް..

The name is already taken The name is available. Register?

އަދުގެ ހާލު

12 September 2018

އިބޫތީ އަމިލަ ބާރެއް އޮތްމީހެއްވެސް ނޫނެއްނު. ތިޔައީ އަންނިގެ ރޮބޮޓްއެއްނު. ދެން ކޮން ދިކްޑޭޓަރ އެކޭ ކިޔާކަށް. އަމިލަ މީހާގެ ހާލާދޭތެރެ ވިސްނާލާފަ އެއްޗެކޭ ކިޔާ!!!!

The name is already taken The name is available. Register?

މަހުދީ

12 September 2018

ހިހިހ، އީޔޫ އަކީ ޑިކްޓޭޑަރުން ހިމާޔަތްކުރާ ތަނެއް، އެންމެ އަލިގަދަ ހެއްކަކީ މިސްރު. އިބޫ އީޔޫ ވިއަސް އެމީހުންނަށް މުހިންމުވާނީ އެމީހުންގެ މަސްލަހަތު. މިއަންމާގައި ޤަތުލު އާމެއް ހިންގި އިރުވެސް މޯޑީ ގޮސް ސޫޗީ އާއި ބައްދަލުކޮށް އެބުނީތާ ތިމަންނަމެން މިތިބީ ކަލޭމެންނާއެކުއޭ. އިބޫ އޭ މިއީ ޤުރުއާނުގައި އަހަރުމެން މުސްލިމުންނަށް ﷲ އަންގަވާފަވެއޭ، ކާފިރުން ތިޔަބައިމީހުންނަށް ހެވެއްނޭދޭނޭ އެމީނުންގެ ގޮތް ޤަބޫލް ނުކުރާހާހިދަކު.

The name is already taken The name is available. Register?

4322

12 September 2018

އިބޫ ގެ ވެރިޔެއްގެފާޑު އެބަހުރި

The name is already taken The name is available. Register?

2234

12 September 2018

ގައުމުގައި ނެތް ކަންތައްތަކެއްގެ ބިރުވެސް ރައްޔިތުންނަށް ދައްކަމުންދާ ފާޑު ވަރަށް ބޮޑަށް ހުރި ވެރިއެއްކަމަށް ވާހަކަތަކުން ފާޅުވަނީ. މި ސަރުކާރުގައި ނޭދެވޭ ކަންކަން އެބަހުރި އެކަމު އެކަންކަން ނެތްމިންވަރަށް ބޮޑުކޮށްގެން ވާހަކަ ދެއްކުމަކީ މާމޮޅު ވެރިއެއް ކަމަށް ދެއްކޭނެ ކަމެއްނޫން.

The name is already taken The name is available. Register?

12 September 2018

ހަހަހަ...ލޮލް...ހަމަނުޖެހޭ ވާހަކަ ދައްކާ މީހެއްގެ ގައިގަ ވެރިއެއްގެ ފާޑެއް ނުހުނަނާނެ...އެއީ ކުޑަ ކުއްޖެއް ހަމަ...

The name is already taken The name is available. Register?

އެޑްމުންޑޯ

12 September 2018

އިބޫ އިރުއިރުކޮޅުން ލާމަރުކަޒީއޭ ކިޔާ ވާހަކަދައްކާތީ ހަމަހައިރާންވޭ ، ކައުންސިލަތްކުގެ ފައިސަ ނަގާ ކައުންސިލް ތަށް ބަގުރޫޓްކޮށް އިދެޖައްސާލީ މިބޭފުޅުންގެ ވެރިކަމުގައި ނޫންތޯ ، ރާއްޖޭގެ އެއްވރސް ރަށެއްގައި ކައުންސިލް ތަކުން ރަށުގެ އުމްރާނީ ނުވަތަ އެހެންވެސް ތަރައްގީގެ އެއްވެސް މަސައްކަތެއް މިބޭފުޅުންގެ ވެރިކަުގައި ނެތްކުރެވިފައި ، މިހާރު މިޖަޒީރާ ރައްތަކަށް އަރާ ބަލާލީމާ ހައިރާންވާވަރުވޭ ، ކައުންސިލްތަކުން ކުރަމުންދަ މަސައްކަތް ފެނިފައި ، އިބޫ ލަދެއްނުގަނޭތޯ

The name is already taken The name is available. Register?

ވިސްނާވިސްނާ

12 September 2018

ކޮންމެ ގޮތަކަށް މާނަކުރެއްވި ނަމަވެސް ބޭނުންވަނީ އިންސާފުވެރި ތަރައްޤީ. ވަކި ބަޔަކަށް ފައިދާ ނުވެ މުޅި ޤައުމުގެ ކުރިއެރުވުމަށް ވިސްނަވާ.

The name is already taken The name is available. Register?

ޚަލީލު

12 September 2018

ބަލަ ޔާމީނާ އެބޭފުޅާގެ އަރިސްބޭފުޅުން ހިންގި ޖަރީމާތަކުގެ ސަބަބުން އަދަބުލިބެނީތަ؟ އިބޫއަށް އާދޭސް ކުރިޔަސް އިބޫ ވެސް މީނަގެ ދިފާގައި އެއްވެސް ކަމެއްކޮށްގެން ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454