ޚަބަރު / ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލުގެ މައްސަލާގައި ރައީސް ޔާމީންގެ ރައްދު މައުމޫނަށް!

މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި މައުމޫން ސަލާމް ކުރައްވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށް މައުމޫން ދެކޮޅު ހައްދަވާ.----ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލަށް ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގަތުމާއެކު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ މަޖިލިހުގެ ބައެއް މެމްބަރުން މައުމޫނަށް މިއަދު ރައްދު ދީފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ވައިބާގައި މައުމޫން މިއަދު ވިދާޅުވީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ގާނޫނުއަސާސީން ލިބިދޭ ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް އަށަގެންނެވުމަށާއި އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ ޕާޓީގެ މަގްސަދެއް ކަމަށެވެ.

އަދި މައުމޫން ވިދާޅުވީ އަބުރާ ބެހުމަކީ ކުށެެއް ކަމަށާއި އެކަމާ އެމަނިކުފާނު ދެކޮޅު ނުހައްދަވަ ކަމަށެވެ.

"އެކަމަކު ދީނުގައި އޮންނަނީ ކުށެއް ކޮށްފި މީހަކަށް، އެ ކުށާ އެއްވަރުގެ އަދަބެއް ދިނުމަށް. ކުށާ ނުބައްދަލު އަދަބެއް ދިނުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން،" ލީކް ވެފައިވާ ވައިބަ ގުރޫޕްގެ މެސެޖެއްގައި މައުމޫން ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި ބިލަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ފުށުއަރާ ބިލެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު އޮތް ގޮތަށް ފާސް ކުރަން މައުމޫން ދެކޮޅު ހައްދަވާ. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

އެހެންވެ، މެމްބަރުންގެ އަރިހުން މައުމޫން އެދިވަޑައިގަތީ ބިލު ފާސްކުރަން ވޯޓު ނުދެއްވުމަށެވެ. ކުރިން ވެސް އެމަނިކުފާނު ވަނީ ބިލަށް ވޯޓު ނުދެއްވުމަށް ވައިބަ ގުރޫޕްގައި އެދިވަޑައިގެންފަ އެވެ.

މައުމޫން މިއަދު ވައިބަ ގުރޫޕްގައި އެ ވާހަކަތައް ތަކުރާރު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ރައީސް ޔާމީން ވަނީ މައުމޫންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި، އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމުން، ހުރިހާ މެމްބަރުން ވެސް ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މައުމޫންގެ ވާހަކަފުޅުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ "އިންސާނީ ކަރާމާތް ހުޅަނގުގެ ޑިމޮކްރެސީއަށް ވުރެ ރާއްޖެއަށް މުހިންމު ދެއްތޯ؟" ކަމަށެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޔާމީން ބޭއްވެވި އީދު ސަލާމް ކުރެއްވުމުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމްއާ ދެބޭފުޅުން ވާހަކަފުޅު ދައްކާލައްވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލާ ގާސިމް ވެސް ދެކޮޅު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

."ބައެއް މެމްބަރުން ވިދާޅުވީ ބިލު ފާސް ކުރަން ވޯޓު ދޭނަމޭ. ރައީސް މައުމޫނަށް ފުރައްސާރަ ކުރާ ރާގަކަށް މެމްބަރުން ވިދާޅުވީ އުފަލުން [ވޯޓު] ދޭނަމޭ، ކެރިގެން ފާޅުގައި [ވޯޓު} ދޭނަމޭ ވިދާޅުވި،" ޕީޕީއެމް ވައިބަ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް ތާއީދު ކުރައްވާ 13 ވަރަކަށް މެމްބަރުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް ވޯޓު ދެއްވާނެ ކަމަށް ވައިބަ ގުރޫޕްގައި މިއަދު ވިދާޅުވެފަ އެވެ. އަދި ބައެއް މެމްބަރުން ރައީސް މައުމޫނަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. މި ބިލަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވީ ޕީޕީއެމްގެ ސީނިއާ ބައެއް މެމްބަރުން ކަމަށްވެ އެވެ.

މައުމޫން މިއަދު ވައިބަ ގުރޫޕްގައި އެ ވާހަކަތައް ތަކުރާރު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ، ރައީސް ޔާމީން ވަނީ މައުމޫންގެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި، އަބުރު ރައްކާތެރިކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ކަމުން، ހުރިހާ މެމްބަރުން ވެސް ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ބައެއް މެމްބަރުން މި ބިލަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވުމުން، ރައްދުގައި މައުމޫން ވިދާޅުވީ، ބިލަށް ވޯޓު ނުދެއްވުމަށް އެދިވަޑައިގެންނެވީ އެއްވެސް ބޭނުންފުޅެއް އޮވެގެން ނޫން ކަމަށާއި އެމަނިކުފާނުގެ ވާޖިބު އަދާ ކުރެއްވުމުގެ ގޮތުން ކަމަށެވެ.

"އެހެން ވިދާޅުވީމަ ވެސް މެމްބަރުން ރައްދު ދެއްވި. މެމްބަރަކު ވިދާޅުވީ ރައީސް މައުމޫންގެ ވާހަކަ ބިނާކުރަނީ އަބުރުގެ ބިލަކަށް ނޫން ކަމަށް. ވިދާޅުވާން ބޭނުންވާ އެހެން ކަމެއް އުޅެނީއޭ،" މެމްބަރަކު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް މަޖިލިހަށް ހުށަހެޅުއްވި މެމްބަރު ޖައުފަރު ދާއޫދު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

"މައުމޫން އެންމެ ފަހުން ވިދާޅުވީ ޖައުފަރު، އެމަނިކުފާނުގެ އަބުރާ ބެހުނު ކަމަށް. އެހެންވެ، ޖައުފަރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް."

ރައީސް ޔާމީން މެމްބަރުންގެ އަރިހުން އެދިވަޑައިގަތީ ބިލް ފާސްކޮށްދެއްވުމަށެވެ. އެ ގްރޫޕްގައި އެމަނިކުފާނަށް ޖަވާބު ދެއްވި ގިނަ މެމްބަރުން ވަނީ ބިލަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ބިލް ފާސްކުރާނެ ކަމުގެ އިތުބާރު ލިބިވަޑައިގަތުމުން ރައީސް ޔާމީން ވަނީ ޕީޖީ ގްރޫޕްގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ އެއްކޮަޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ އަލީ އާރިފް.---މިހާރު ފޮޓޯ

އިންސާނީ ކަރާމާތް މުހިއްމު ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެއަށް ތާއީދުކުރައްވައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ "މި ގައުމަށް ބޭނުން ވަނީ އިސްލާމިކް ޑިމޮކްރަސީއެއް" ކަމަށެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅު ބިލް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު އަބްދުﷲ ހަލީލް ވިދާޅުވީ ޑިމޮކްރަސީ އަންނަން ވާނީ އިސްލާމްދީނުގައި ކަށަވަރުކޮށްދޭ އިންސާނީ ކަރާމާތާއި އަބުރުވެރި ދިރިއުޅުމަށް ފަހު ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު ދިރާސާ ކުރުމަށް އެކުލަވައިލި ވަގުތީ ކޮމެޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަލީލް އެ ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ޕާޓީ އާއި ގައުމުގެ ހައްގުގައި ރައީސް ޔާމީން މި ގައުމަށް ގެންނަވާ ހެޔޮ ބަދަލުތަކަށް ރައީސް މައުމޫން ތާއީދު ކުރައްވަން ޖެހޭ،" ހަލީލް ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ "އަޅުގަނޑުމެން ބައިބައިވެގެން މި ގައުމުގެ އިސްލާމީ ވަހުދަތު ނުދެމެހެއްޓޭނެ" ކަން މައުމޫނަށް ދަންނަވާ ކަމަށެވެ.

"ލާދީނީ އެމްޑީޕީއަށް ފުރުސަތު ނުދިނުމަށް އަޅުގަނޑުމެން ބަދަހިކަންމަތީ ތިބެން އެބަޖެހޭ،" މުބީން ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލެއް އެކުލަވާލައި ބޮޑު އަދަދަކުން ޖޫރިމަނާކުރާނެ ކަން އެންމެ ފުރަތަމަ އިއުލާންކުރެއްވީ ވެސް ރައީސް ޔާމީނެވެ. އޭރު އެމަނިކުފާނު ވިދާޅުވީ އަބުރާ ބެހި ވާހަކަ ދައްކާނީ ކަނޑައަޅާ ޖޫރިމަނާ ފައިސާ ދެއްކޭވަރުގެ މާލީ ތަނަވަސްކަން ހުރި މީހުން ކަމަށެވެ.

ހިޔާލުފާޅުކުރުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓު ނުދޭން މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފެށިގެން ކުރިއަށްދާއިރު، ބައެއް މެމްބަރުން ދަނީ ފާޅުގައި އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަމާލުކަން ހުއްޓިފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު ދިރާސާ ކުރާ ކޮމެޓީގެ މިރޭގެ ބައްދަލުވުން ތާވަލްކޮށްފައި އޮއްވައި، ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ކޮމެޓީ ބައްދަލުވުން ކެންސަލް ކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު ދިރާސާ ކުރާ ކޮމެޓީގެ މެމްބަރުން --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ އެ ފުރުސަތު ބަންދުކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ.

ޕާޓީ އާއި ގައުމުގެ ހައްގުގައި ރައީސް ޔާމީން މި ގައުމަށް ގެންނަވާ ހެޔޮ ބަދަލުތަކަށް ރައީސް މައުމޫން ތާއީދު ކުރައްވަން ޖެހޭ: ހަލީލް

މިހާރުގެ ބިލްގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

116 ކޮމެންޓް, 533 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 4%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޯރަފުށި ދާއިރާ

11 August 2016

މޑއ މެމްބަރު ކާރީ ބުނެލަން ބޭނުންވަނީ ދެން ވޯޓް ހޯދަން ނާންނައްޗޭ... ފަސްޓް އެން ލާސްޓް... ތެނކިއު

The name is already taken The name is available. Register?

މޯލްޑިވިއަން

09 August 2016

ރާއީސް ޔާމީން އަށާއި ޕީޕީއެމްގެ ބައެއް ޕާލިމާންޓްގެ މެންބަރުންނަށް ހަމަ އޮޅުނީ، އެބޭފުޅުންގެ ޕޮލިޓިކަލް ކެރިއާގައި އެތިއްބެވި މަޤާމުތަކަށް އާދެވުނު ގޮތް. މިހާރު އެހިސާބަށް އަތުގައި ހިފައިގެން ގެނެސްދިން މީހާގެ ކަރަށް ފައިން އެރޭތޯ އެބަލަނީ... ތިހެން ތިކަން ކުރުމަށްވުރެ މާރަނގަޅު ގޮތެއްވެސް އޮންނާނެ. ރައީސް ނަޝީދުގެ މައްޗަށް ވެސް އަދި ކާނަލް ނާޒިމްގެ މައްޗަށްވެސް ޝަރީއަތް ކުރައްވާ މަގުން އެއްފަރާތް ކުރެއްވި ގޮތަށް ރައީސް މައުމޫންގެ މައްޗަށް ވެސް ކޮންމެސް އެއްޗެކޭ ކިޔާފަ ޝަރީއަތް ކުރޭ... އެމަނިކުފާނުގެ ޅަދުވަސް ވަރާއި އަދި މިހާރުވެސް ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެވި މަސައްކަތް ބަލައިގަންނަ ބަޔަކު އެބަ ތިބި... ވަރަށް ފޯރި ގަދަވާނެ. އޭރުން ހަމަ ގައިމުވެސް ހަނދާން ނެތުނު ބަޔަކަށް ރައީސް މައުމޫންއަކީ ކިހާ މުހިންމު ބޭފުޅެއްކަން ހަނދާންވާ ވަރު ދިވެހި ރައްޔިތުން ކޮށްލާނެ...

The name is already taken The name is available. Register?

ކަދުރު ދޮންބެ

09 August 2016

އަބުރާ ބެހުނީމަ ކީއްކުރަން ޖޫރިމަނާ ފައިސާ ސަރުކާރަށް ލިބެންވީ؟މަގޭ އަބުރާ ބެހުނީމަ ފައިސާ ލިބެންޖެހޭނީ މަށަށް.

The name is already taken The name is available. Register?

ޛސޖ

08 August 2016

ޜަގަނޅު

The name is already taken The name is available. Register?

އެނޮނިމަސް

08 August 2016

މިބިލު ޤާނޫނަކަށް ވުމުން މި އާރޓިކަލް އަންޕަބްލިޝް ކުރަން ޖެހިދާނެ. ލިޔުންތެރިން ވިސްނަވާތި. ގިނަ ޚަބަރު އާރކައިވް ތަށް ޑިލިޓް ކުރަން އަމުރު ކުރާނެ. ހިސްޓްރީ ވިލް ބީ ޝިފްޓް + ޑިލިޓެޑް.

The name is already taken The name is available. Register?

ބޭޝަަަރަމް

08 August 2016

މައުމޫނަށް ރައްދު ދޭން ކީއްކުރަންތޯ، އިސް އުފުލާ ބަލަންވެސް ތިޔަ މެންބަރުން ލަދު ގަންނަންޖެހޭނެ! ތިޔަ މެންބަރުން ހޮވުމަށް ސިޔާސީ މީހަކު ނުކުރާހާ މަސައްކަތް މައުމޫނުކުރި، ޚުދު ރައީސްވެސް ނުކުރާހާ މަސައްކަތްކުރި! އިޚްލާޞްތެރި ކަމެއް ނެތްކަމަށް ވާނަމަ، އިސާހިތަކު ފައިސާގެ އަޅަކަށްވެ ގެއްލުމާއި ހަލާކުގެ ތެރެއަށް މީހާ ވެއްޓިގެންދާނެ!! މިއަދުވެސް މި ފާއިތުވީއެވެ. އަންނަން އޮތް ދުވަހަކީ މާދަމާއެވެ. ގައުމަށް މީހަކު ކޮށްދިން ކަމަކުން ނުވަތަ މީހަކު ތިމާއަށް ކޮށްދިންކަމެއްގެ ފައިދާއެއް ނުކުރާނެ ދުވަހެއް އަންނާނެ އެދުވަހަކު އިކޮނޮމިސްޓެއް ބޭނުމެއް ނުވާނެ!

The name is already taken The name is available. Register?

ހިޓްލަރު

08 August 2016

ޑިމޮކްރަސީ އޮޅާލަން ކެރެންޔާ ނިކަން އެ ކިޔާ ޑިމޮކްރަސީ އެއް މި ގައުމުން ފޮހެލަބަލަ..މި މީހުންހުންނަށް ޑިމޮކްރަސީ ވެސް ކަމަކު ނުދޭ އިސްލާމީ ޝަރީއަތް ވެސް ކަމަކު ނުދޭ

The name is already taken The name is available. Register?

ހހހ

08 August 2016

ކުރާ ގޯސްކަންކަމުގަ މަތިޖަހަންވީމަ އިސްލާމްދީން. ވައްކަން ކުރަންވީމަ އިސްލާމު ދީނުގެ ޙުކުމްތައް އެއްފަރާތް!!! ޕީޕީއެމްގެ ތި މަޖުލީހު މެންބަރުންނަކީ ހާދަ ގޮތެއްވެސް ނެތް ބައެކޭ. މިހާރު މަގެއް މަތިން މިއިން މީހަކު ފެނުނަސް ފާޑެއްގެ ފަކުރެއް ގަންނަނީ!!

The name is already taken The name is available. Register?

ގޯޓްފިޝް

08 August 2016

""ލާދީނީ އެމްޑީޕީއަށް ފުރުސަތު ނުދިނުމަށް އަޅުގަނޑުމެން ބަދަހިކަންމަތީ ތިބެން އެބަޖެހޭ،" މުބީން ވިދާޅުވި އެވެ." މިއީ މިލިޔުމުގައި އިން އިބާރާތެއް. އަބުރުގެ ބިލަށްވޯޓްލާން ވަކާލާތު ކުރާމީހެއްގެ ބަސް މޮށުން. ވީމާ ދެފުށް ދެ ގޮތް ދެއްތޯ؟ މީނާ އެހެންމީހުންގެ އަބުރާ ބެހުމުން ކޯޓްތަކުން ސަލާމަތް ވާނެ ކަމުގެ ގެރެެންޓީ އެއް އޮތީމަހެން ހީވަނީ އެ ފަދަ ގޮތަކަށް ލާދީނީ އެމްޑީޕީ އޭ އެ ބުނަނީ. މީ އާންމު ރައިއްޔަތުން އެ ބުނާ ވާހަކައަކީ. އިދިކޮޅު އެންމެން ތިބިލުގައި ޖައްސާނެ، އަދި އެއްކޮޅުމީހުން ކިތަންމެ ކަތިލުމެއް ކަތިލިޔަސް ނުޖެހޭނެ. ވިސްނާ!

The name is already taken The name is available. Register?

މުބީންބެ

08 August 2016

ތި މުބީންތީ ކުފޫ ހަމަވާ މިހެއްތަ؟. ލާދީނީއޭ ގޮވާ އިރު ތިމާ ދީންވެރިތޯ ފުރަތަމަ އެބަޖެހޭ ބަލަން. މުބީން މެން ތަސައްރަފު ނުފުދޭނު އަބުރުގެ ދައުވާ ބިލް ތަޅުމުގައި އޮއްވާ މިކަލޭގެ މިކިޔަނީ ލާދީނީ އެމްޑީޕީއޭ. މިކަމުންވެސް މީނާގެ ސަހުސިއްޔަތު އެބަ އިގޭ ރައްޔިތުންނަށް

The name is already taken The name is available. Register?

އައްޑޫ ބޮޑު ދައިތަ

08 August 2016

ސ.ހިތަދޫ ޢައިޝަތު ވަރަށް އަވަށް މިނިސްޓަރަކަށް ހަމަޖައްސާނެ އެއީ މީހުނަށް ވައި ޖަހާލުމުގެ ހުނަރު އޭނައަށް ލިބިފައި އެބަހުރި ވިއްޔަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454