ހިޔަލީ އިބޫއާއެކު--
14 ސެޕްޓެމްބަރ 2018 - 20:17
ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ، މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރަން ނިންމަވައިފި އެވެ.
ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ހިޔަލީ މިއަދު ވަނީ އިބޫގެ ކެންޑިޑޭޓް ނަމްބަރު ކަމަށްވާ "2" ޖައްސަވައި ޓްވީޓް ކުރައްވާފަ އެވެ. އަދި ޓްވިޓާގެ ޕްރޮފައިލް ފޮޓޯ ވަނީ އިބޫ، އޭނާގެ އާއިލާއާ ބައްދަލު ކުރައްވާ ފޮޓޯއަކަށް ބަދަލު ކުރައްވާފަ އެވެ. ޓްވިޓާ ޓައިމްލައިން ފޮޓޯއަކަށް ލައިފައިވަނީ މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ފޮޓޯއެކެވެ.
ރައްޔިތުންގެ މަޖިލިހުގެ އައްޑު އަތޮޅު ގޮނޑި، ހަތަރު ދައުރު ފުރުއްވާފައިވާ ހިޔަލީ ދާދި ފަހުން ވަނީ ސްރީީ ލަންކާގައި ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވާފަ އެވެ. ހިޔަލީއަށް މަރުހަބާ ދަންނަވައި އެފޮޓޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.
2
— Hiyaly M Rasheed (@HiyaleeM) September 14, 2018
މިއަދު ހިޔަލީ ކުރެއްވި ޓްވީޓް
ހިޔަލީގެ އެ ނިންމުމާ ގުޅޭ ގޮތުން އޭނާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހިޔަލީ އަކީ ރައީސް ޔާމީނާ އެކު ޕީއޭ އުފެއްދެވުމުގަޔާއި ޑީއާރްޕީގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ފަހުން ޕީޕީއެމް އުފެއްދެވުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވި އެވެ.
މި ސަރުކާރުގައި ހިޔަލީ ހުންނެވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝްއަރެންސްގެ ޗެއާމަންގެ މަގާމުގަ އެވެ.
ހިޔަލީ ރައީސް ނަޝީދާ، ސްރީ ލަންކާގައި ދާދި ފަހުން ބައްދަލުކުރެއްވި ފޮޓޯ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިއަން
16 September 2018
ލަދެއްނުގަނޭ ދޯ ؟ މިހާރުތަ ޔާމީން އަކީ ގޮސްމީހަކަށްވީ...ފާއިތުވި ތަނުގައި ނޭގުނު ދޯ؟ ޔާމިން ވަރުގެ ވެރިއެއް އަދި މޤައުމުގައި ވެރިކަން ނުކުރެއެވެ. ކެރޭ ޖެހިލުންކުޑަ ގޮތްދޫކުރަން ޖެހޭތަންތާގައި ގޮތްދޫކުރާ ފުރިހަމަ ބޭފުލެކެވެ. ޔާމިން ކުރިމަތީގައި ކުށެއްކޯށްފިއްޔާ ބޭބޭ އެއް އަނބެއް ދަރިއެއް ނޯއްނާނެވެ. އިންސާފުގެ ކުރިމައްޗަށް ގެންނާނެވެ.
ނުކިޔަވާ މިހާ
16 September 2018
ހިޔަލީ އަކީ ތާކުންތާކު ޖެހޭ މީހެއް ނޫން!!!!!! ހަމަ ހައްޕުނޑު!!!!!!!!!
ރީތި މޫސަ
16 September 2018
ކޮންމެސް ކަމަކުބުނެގެންނުވީ ކަންނޭގެ ފޫކަހާމިލީ މިހާރަކު ދެފުށައްކެނޑޭ މީހުނެތް ޕީޕީއެމް އަކަށް ބޭނުމެއްނުވޭ ރާއްޖޭގެ ޒުވާންޖީލާއި މެދުއުނމުރުގެ ބޮޑުބަޔަކާއި އިސްރަށްވެހިހިންގެ ބޮޑުބަޔެއް ތިބީ ޔާމިން ފަޅީގަ އެއީ ޖުމްލަ ވޯޓުގެ %80
އާދަނުބެ
15 September 2018
އަފުން ޔާމީނަށް ވޯޓުނުދޭނަން. މިކޯ ވޯޓު ދޭނެ ބާކިޔެ ނެތާ
ސަރީފް
15 September 2018
ހީނުކުރާތި މީ ކެރަފާ ނަސީދުޢާއި އޭނައަށް ވާގިވެރިބާ މީހުންނަށް ތަބަކަކަށްލާފަ މިގައުމު ދޫކޮށްލާނެކަމަށް. ކިތައްމެ މީހުންނެއް އެއްކޮށް މަންޒަރު ދައްކަން އުޅުނަސް ތިޔަ ހުވަފެން ހަގީގަތަކަށް ވިޔަކަ ނުދޭނަން. ތިޔަކުރަނީ ބޭކާރު މަސައްކަތެއް. އަހަރެމެން މިހާރު މިތައްޔާރުވަނީ 24 ވަނަ ދުވަހު އުފާފާޅުކުރަން. މީ މުޖައްރިބުކަމެއް.
ޔެޖް
15 September 2018
ޔާމީންގެ ބޭބެވެސް ދިޔައީ. އަހަރެމެން ގިނަ ރައްޔިތުން މިތިބީ ތަރައްގީ ގެނެސް ދެެއްވާ ރައީސް ޔާމީނާ އެކު. ޒުވާނުން ހޮވަން ތައްޔާރަށް. ރައީސް ޔާމީނަށް ކެއްތެރިކަމާ ހެޔޮ ވިސްނުން ދެއްވާށި އާމީން
އިބްރާ
15 September 2018
ހިޔަލީއަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި. ރަނގަޅީ ޔާމީނުގެފަޅި
ޠަޔާޠީޞް
15 September 2018
މަރހަބާ ހިޔަލީ
ހަސަން ފަރީދު
15 September 2018
ތީ ހައްޕުޑެއްނޫން. އަހަރެމެންގެ ގޮނޑީގަ ކިހާދުވަހަކު އިން؟ ވީވާވެސް ކަމަކީ ގޮނޑި ހޫނުވުން އިތުރު އެއްވެސް ކަމެއްނުކުރޭ..!
ކާށިބޯޓު
15 September 2018
ކޮންތާކު އެއެއްޗަކު ހޫނެއްވެސް ނުވޭ.
ހިމޭން
15 September 2018
މިވަރުންދާނަމަ 2019 ވަނަ އަހަރު މީހުން ހައްޖަށްގެންދާނެ ގުރޫޕޭއް އޮންނާނެބާ! ޒައީމާ ގުރޫޕަށް ހުއްދަލިބޭނެކަމާއިމެދު ޝައްކު އައްބާސް ސްޓޭޖަށްއެރި ހިސާބުން. މިހާރު ހަރަމައިންވެސް!!!