ޚަބަރު / އިންޑިއާ

ފައުޒިއްޔާއާ އެކު ނުހައްގުން ޖަލަށްލި ސައިންސްވެރިޔާ އަށް 24 އަހަރު ފަހުން އިންސާފު!

ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަނާއި އޭނާގެ އެކުވެރިއެއް ކަމަށްވާ މަރިޔަމް ރަޝީދާއާ އެކު، ޖާސޫސްކުރިކަމުގެ ތުހުމަތުގައި ޖަލަށް ލި އިންޑިއާގެ ސައިންސްވެރިޔާއަށް ބަދަލެއްގެ ގޮތުން 5 މިލިއަން ރުޕީސް (1.1 މިލިއަން ރުފިޔާ) ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުޅި އިންޑިއާގެ ސަމާލުކަން ލިބުނު އެ މައްސަލާގައި އިންޑިއާގެ ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގައި މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ނަބްމީ ނަރަޔާނަންއަށް ބަދަލު ދޭން މިދިއަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ކެރެލާ ސްޓޭޓް ސަރުކާރުގެ މައްޗަށެވެ.

ފައުޒިން އާއި މަރިޔަމް އާއި ނަބްމީގެ އިތުރުން އެހެން ދެ ސައިންޓިސްޓަކު ޖަލަށް ލީ، އިސްރޯގެ ސިއްރުތަކެއް، ދެ ދިވެހިން މެދުވެރިކޮށް ޕާކިސްތާނަށް ފޯރުކޮށްދޭކަމުގެ ތުހުމަތުގައި 1994 ގަ އެވެ.

އެ މީހުންގެ މައްޗަށް ކުރީ ދޮގު ތުހުމަތުތަކެއް ކަމަށް ފެނިގެން ދޫކޮށްލިޔަސް އިންސާފު ހޯއްދަވަން ނަމްބީ ކުރެއްވި މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ ދެ އަހަރު ވަންދެން ޖަލުގައި ގެންގުޅުނެވެ.

ފައުޒިއްޔާ އާއި މަރިޔަމް ހައްޔަރުކޮށްގެން ގެންދަނީ: ކުށެއް ނެތި ދެ އަހަރު ޖަލުގައި އަނިޔާ ލިބުނު --ފޮޓޯ/ހިންދުސްތާން ޓައިމްސް

ނަބްމީއަށް ބަދަލުގެ ގޮތުގައި 10 ލައްކަ ރުޕީސް ދޭން އިންޑިއާގެ ހިއުމަން ރައިޓްސް ކޮމިޝަނުން 2001 ގައި އެންގި އެވެ. އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ނަމާއި އަބުރަށް ލިބުނު ގެއްލުމުގެ އިތުރުން ތަހައްމަލުކުރެއްވި ވޭންތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދެވުމަށާއި ކުށެއް ނެތި، އޭނާ ހައްޔަރުކޮށް "އޭނާގެ ނަމާއި މުސްތަގްބަލް ގެއްލުވާލި" ފުލުސް އޮފިސަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަމުރުކޮށް ދިނުމަށް އެދި އެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ދީޕަކް މިޝްރާ ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ބެންޗުން ނިންމީ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ފަސް މިލިއަން ރުފީސް ނަމްބީ އަށް ދެއްކުމުގައި، އޭނާ ހައްޔަރުކޮށް ތަހުގީގުގައި އުޅުނު އިސް އޮފިސަރުން ޒިންމާ ކުރުވުމުގެ ބާރު ކެރަލާ ސަރުކާރަށް އޮންނާނެ ކަމަށެވެ. އެ ތަހުގީގުގައި އުޅުނު ފުލުސް އޮފިސަރުން މިހާރު ތިބީ ފުލުހުންގެ ޚިދުމަތުން ރިޓަޔާކޮށްފަ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލާގައި ކެރަލާ ފުލުހުން އަދާކުރި ދައުރާއި ހައްޔަރުކުރި މީހުންނަށް ކޮށްފައިވާ އަނިޔާތަކާ ބެހޭ ހޯދުންތައް ހޯދަން ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ.

"ކުށެއް ނެތި ޖަލަށް ލުމާއި ނުހައްގު ދައުވާ އާއި އޭނާ އަށް ކުރިމަތިލާން ޖެހުނު ލަދުވެތިކަމާއި ގެއްލިގެން ދިޔަ އަބުރާއި އިއްޒަތަކީ އެކަންކަމުގެ މައްޗަށް ނަޒަރު ކުރުމެއް ނެތި، ކޯޓަށް ދޫކޮށް ނުލެވޭނެ ކަންތައްތަކެއް" ކަމަށް ސުޕްރީމް ކޯޓުގެ ބެންޗުން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ނަމްބީ ހުންނެވީ ހިތްހަމަޖެހިވަޑައިގެންފަ އެވެ. ބަންދުން މިނިވަން ވިޔަސް، އިންސާފު ހޯއްދަވަން އެތައް އަހަރެއް ވަންދެން ކުރެއްވި މަސައްކަތުގައި 24 އަހަރު ފަހުން ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން "ކުރިއަށް ވުރެ ވެސް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ސާފުކޮށް ބުނެފައި އެވަނީ އެއީ ގާނޫނާ ޚިލާފަށް ކުރި ހައްޔަރެކޭ. އަދި އަހަންނަށް ކުރިމަތިވި ލަދުވެތިކަމާއި ތަހައްމަލު ކުރި ވޭންތައް ފާހަގަކޮށް، އެކަންކަމަށް ވެސް އޮތީ ރިއާޔަތް ކޮށްފައި،" މިހާރު އުމުރުން 76 އަހަރުގެ ނަބްމީ ވިދާޅުވި އެވެ.

ނަބްމީގެ އިތުރުން އެހެން ދެ ސައިންސްވެރިޔަކު ވެސް ހައްޔަރުކުރި އެވެ. އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން ނަބްމީއާ ސުވާލު ކުރުމަށް ފަހު، އެ މައްސަލާގައި ދެން ތިބި ބައެއް މީހުންނާ ދެކޮޅަށް ދޮގު ހެކިބަސް ދެއްވަން މަޖުބޫރު ކުރުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Thahugeegu othee olhuvaalaafi: Fauziyya aai Rasheedha ah India gai libunee nuhaggu aniyaathakeh

Thahugeegu othee olhuvaalaafi: Fauziyya aai Rasheedha ah India gai libunee nuhaggu aniyaathakeh

The most trusted news source in the Maldives

Mihaaru

ފައުޒިއްޔާ އާއި މަރިޔަމް ހައްޔަރު ކުރުމާ ބެހޭ ގޮތުން "މިހާރު" ގައި ކުރިން ލިޔެފައިވާ ލިޔުމެއް

ހައްޔަރު ކުރިތާ 50 ދުވަސް ފަހުން ކަފާލާތުގެ ދަށުން ނަބްމީ އާއި އަނެއް ދެ ސައިންޓިސްޓުން ދޫކޮށްލިޔަސް ފައުޒިއްޔާ އާއި މަރިޔަމް ދޫކޮށްލީ ދެ އަހަރު ފަހުންނެވެ.

އެ މީހުންގެ ކުށެއް ނެތްކަން ހާމަވީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެ މައްސަލައިގެ ތަހުގީގާ ހަވާލުވުމުންނެވެ.

ކެރަލާ ފުލުހުންނާއި އައިބީ އިން ކުރި އެ ތަހުގީގުގައި އެއްވެސް އަސްލެއް ނެތް ކަމަށް ސީބީއައިގެ ތަހުގީގުން ހާމަވި އެވެ. ފައުޒިއްޔާ އާއި މަރިޔަމް ހިމެނޭ ގޮތަށް، އެ މައްސަލާގައި ހައްޔަރުކުރި އެންމެން މިނިވަންވީ ސީބީއައިގެ ރިޕޯޓަށް ރިއާޔަތްކޮށް، ހުރިހާ ދައުވާތަކެއް ކޯޓުން ބޭރުކޮށްލުމުންނެވެ.

21 ކޮމެންޓް, 153 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 9%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިޓް

17 September 2018

މަގުމައްޗަށް ކުޑަކަމު ދިއުން އާދަ ވެފައު އޮތް ގައުމެއް އިންޑިއާ އަކީ ، އަަޅުގަޑު އަޑުއަން އިންޑިއާގެ ބޮޑު ވަޒީރު މޮޓެގޭޑްގައި ދަމުން ވެސް މަޑު ކޮށްފައި މަގުމައްޗަށް ކުޑަކަމުދޭ. މިއީ ހިންދީންގެ ސަގާފަތެއް ވިމާ

The name is already taken The name is available. Register?

އޮރެންޖް

17 September 2018

ކޮބާ އާމާލް ކްލޫނީ؟ ދެ ދިވެހި އަންހެނުންގެ ހައްގުގަ ނުކުންނަންކެރޭނެތަ؟

The name is already taken The name is available. Register?

މުދިމު

18 September 2018

ހައްގު ލިބޭނީ އެކަމައްް އުޅުނީމަ! ސިޔަސި ނުވެބަލަ ހުރިހާ ކަމަކުން!

The name is already taken The name is available. Register?

ފައުޒިއްޔާ

17 September 2018

2 އަހަރެއް ނޫން 3 އަހަރާ 3 މަސް ޖަލުގަ

The name is already taken The name is available. Register?

ނުބައިހާނު

17 September 2018

ދެ ދިވެހިންނަށް އެހެންވީމަ 120 މިލިޔަން ދިވެހި ރ 1.2 ބ އިންޑިޔަން ރުޕީސް ދޭންޖެހޭނެ. އެއީ ޖަލުގައި ހޭދަކުރި ކޮންމެ 50 ދުވަހަކަށް 1.1މ ރ ގެ މަގުން.

The name is already taken The name is available. Register?

ދަންނަމީހާ

17 September 2018

މިކަމުގައި އިސްނަގާނެ މީހަކު ހުންނާނެ ކަމަކަށް ނުފެނޭ ސަބަބުތަކަކީ، އިންޑިއާ ސަރުކާރާ ސީދާ ގުޅުން ހުރިކަމަކަށް ވުން، އެއްވެސް ޕާޓީއެއްގެ އިސްމީހަކަށް ނުވުން، ރާއްޖޭގެ ސަރުކާރާ އެއްކޮޅު ކަމަކަށް ނުވުން. ލިބިފައިވާ ރީތިނަން އިތުރަށް ބަލަން އުޅޭކަމެއްގެ ސަބަބުން ހުތުރުވުން، މިކަހަލަ ކިތަންމެ ކަމެކެވެ.

The name is already taken The name is available. Register?

އަންމަޑޭ

17 September 2018

ޝަރުޢީ އެއްވެސް ކޯޓަކުން، ގެއްލުން ލިބޭ މީހާއަށް ބަދަލު ހޯދައިދޭކަށް އިސްވެ މަސައްކަތެއް ނުކުރާނެ. ޙައްޤު ގެއްލުނުކަމަށް ޤަބޫލުކުރާކަމަށްވެއްޖީޔާ، އެ ޙައްޤު ހޯދުމަށް އެދި ހުށައަޅުއްވާ. މީގެ މާނައަކީ ދިވެހި ދެ އަންހެނުންގެ ޙައްޤު ނުގެއްލެއެކޭ ނޫން. އިންޑިއާގެ އެ ސައިންޓިސްޓް އެ ދިޔައީ ކެނޑި ނޭޅި އެކަމަށް މަސައްކަތް ކުރަމުން. އޭގެ ނަތީޖާ އެ ލިބުނީ

The name is already taken The name is available. Register?

އަބޫ ފަރިޔާލް

17 September 2018

ގޮތްކުޑަ ޤައުމެއް ހިންދުސްތާނަކީ. ވަރަށް ގޮތްކުޑަ.

The name is already taken The name is available. Register?

ޔޫސެފް

17 September 2018

އެތާނގަ ޖުޑީޝަރީއިން މިނިވަން ހުކުމެއް ކޮށްލެވޭކަން ރަނގަޅުތާދޯ. އަހުރެމެންގެ މި ގޮތްހުރި ގައުމުގަ އެވަރުނުވިތާގަ މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތެއް ނެތް. ކޮރަޕްޝަން އިންތިހާއަށް. އާބާދީގެ ނިސްބަތުން މީހުން މެރުންވެސް ހަމަ ރިކޯޑް އަދަދަކަށް.

The name is already taken The name is available. Register?

ކެޓް

17 September 2018

ޔޫސުފް ދެން އިންޑިއާ އަށް ދިޔައިމަ ވީނު

The name is already taken The name is available. Register?

ކައުންސެލަރު

17 September 2018

އިންސާފޭ އިންސާފޭ ގޮވާހަޅޭލަވާ މީހުންގެ ބެސްޓްފްރެންޑުންގެ ހާލު! ކޮބާ ފައުޒިއްޔާ މެންނަށް ލިބުނު އިންސާފަކީ؟

The name is already taken The name is available. Register?

ޢަޙުމަދު009

16 September 2018

ޙައްޤު ބަސް ބުނަން އެއްކަލަ އިންޑިޔާގެ ބެސްޓް ފިރެންޑް، އަންނި މިކަމުގައި ދިވެހި ދެ އަންހެނުންނަށް ޙައްޤު ހޯދަން މަސައްކަތް ކޮއްދޭނެ ކަމަށް އުންމީދު ކުރަން!

The name is already taken The name is available. Register?

އަޖީތު

17 September 2018

އަންނިތަ މި ގައުމުގެ ރައީސްއަކީ ތަންތަނުން ރައްޔިތުންގެ ހައްގު ހޯދައިދޭން؟ ގައުމުގެ ވެރިޔާގެ ކަމެއް ނޫންދޯ އެއީ؟ ޖަލު ހުކުމުގަ ތިބޭ މީހުންގެ ކަމެއް؟

The name is already taken The name is available. Register?

އަހުމަދު ބިން އަ

16 September 2018

ޑިމޮކްރަސީ ކިޔާދޭ މީހުންގެ ހާލު!!!!!! ދިވެހިންނަށް ލިބުނު އިންސާފަކީ ކޮބައި. ކޮބައި ދިވެހި ދެ އަންހެނުންނަށް ކުރި އަނިޔާގެ ބަދަލު. ؟؟؟؟؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

1828

16 September 2018

އިންސާފަކީ ކޮންމެ މީހަކަށް ލިބެންޖެހޭ އެއްޗެއްކަމަށް ވިޔަސް، އިންސާފް ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ހުއްޓައި، ހިއުމަން ރައިޓްސް ކޮމިޝަނުން 'ތަބަކަށް' 'އިންސާފް' ލައިގެން ގެނެސް އަނިޔަ ލިބުނު މީހާގެ އަތްފުޅަށް ވެދުން ކުރާނެކަމަށް އުންމީދު ކުރުމަކީ މޮޔަ އުންމީދު ކުރުމެއް. އިންސާފްއަކީ ހޯދަން އުނދަގޫ އެއްޗެއް. އިންސާފް ލިބޭނީ ބުރަކޮށް ގަދަ އަޅާ މަސައްކަތްކޮށްގެން. މިއީ އެފަދަ މުސާލެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454