ދެ ފަތުރުވެރިޔަކު މާލޭގެ މަގެއް މަތިން ހިނގާފައި ދަނީ. މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި - މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
26 މެއި 2016 - 11:15
މިދިޔަ މަހުގެ ނިޔަލަށް ރާާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 447،659 އަށް އަރައި މިދިއަ އަހަރުގެ އެ މުއްދަތަށް ވުރެ 3.6 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 103،496 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރި އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ފެބްރުއަރީ މަހު އެވެ. އެ މަހު އައި މީހުންގެ އަދަދު 120،639 އަށް އަރަ އެވެ.
މިހާތަަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި މީހުންގެ ދެ ބައި ކުޅަ އެއް ބައި ހިއްސާކުރަނީ ޔޫރަޕްގެ ރައްޔިތުންނެވެ. އަދި ޔޫރަޕްގެ ޓޫރިސްޓުން މި އަހަރުގެ މިހާތަނަށް އައި އަދަދު ވަނީ 6.4 ޕަސެންޓް އިތުރުވެ 227،294 އަަށް އަރައިފަ އެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިއާ ޕެސިފިކް ގައުމުތަކުންނެވެ. އެގޮތުން މިދިޔަ ހަތަރު މަސް ތެރޭގައި 184،291 ފަތުރުވެރިން އެ ސަރަހައްދުން ރާއްޖެ ޒިޔާރަތްކުރި އެވެ.
އެމެރިކާ ސަރަހައްދުގެ ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު 17،049 އަށް އަަރަ އެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު ޗައިނާ އުޅެނީ ކުރީގަ އެވެ. މިދިއަ މަހުގެ ނިޔަލަށް އެ ގައުމުން 104،106 ރިސްޓުން ޒިޔާރަތްކުރި އެވެ. ނަމަވެސް މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ ބަލާއިރު މަދު އަދަދެކެވެ.
ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖަރުމަނުންނެވެ. އިނގިރޭސި ވިލާތް ތިން ވަނައިގައި ހިމެނުނުއިރު، އެ ގައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 13.1 ޕަސަންޓު އިތުރު ވެފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy