މުޒާހަރާއެއް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަނީ: އެއްވެ އުޅުމުގެ ހައްގު މިހާރު ވެސް އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައި. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
08 އޯގަސްޓް 2016 - 20:41
ގާނޫނު އަސާސީން ދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކުރުމަށް ފަހު އެ ބިލް ހުށަހެޅީ މުޒާހަރާ ކުރުން މަނާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބިލް ހުށަހެޅުއްވި މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ މުޒާހަރާކުރުން މަނާކުރަން ބިލެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. އޭނާ އިސްލާހެއް ހުށަހެޅުއްވީ އެއްވެ އުޅުމުގެ ގާނޫނަށް ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް މަޖިލިސް އިދާރާ ދޮށަށް މިއަދު ބަޔަކު އެއްވެ ޝުއޫރުފާޅުރަނީ. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
"އެ އިސްލާހު މަޖިލީހުން ބަލައިގަތް ކަމެއް އަދި އަޅުގަނޑަށް ޔަގީނެއް ނޫން. ފުރަތަމަ މަޖިލީހުން އޭތި ބަލައިގަނެ ޕަބްލިޝްކުރީމަ އޭގެ ތަފްސީލް ދެވޭނީ،" ރިފާއު ވިދާޅުވި އެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހެޅިއިރު ގާނޫނުން ދީފައިވާ އެ ހައްގު މިހާރު ވެސް އޮތީ ވަރަށް ބޮޑަށް "ހިފަހައްޓައިފަ" އެވެ. މާލޭގެ އެއްވެސް މަގެއްގައި މުޒާހަރާކުރަން ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދެ އެވެ. މަގުމައްޗަށް ބަޔަކު އެއްވެއްޖެ ނަމަ ފުލުހުން ލައްވައި އެކަން ހުއްޓުވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުއްލޯ ރަޝީދު
09 August 2016
މަރުހަބާ
ވެވޭނެ
09 August 2016
ނުވެވެވެނޭ ކިޔާފަ ކޮމެންޓް ކުރިމީހަކީ ދިވެހިބަހުން ހަމައަށް އެއްޗެއް ލިޔަންނޭގޭ މީހެއް! ހަނދުމަކޮށް އަރުވަނީ ތީ ގޯސް ވިސްނުމެއް ކަން ވިސްނާ ފިކުރު ކުރަށްވާށެވެ.
ދިގުދޫ
09 August 2016
ހާދަ ނުބައި ބަޔެކޭމީދޯ. މާދަމާ ހުށަހަޅާފާނެ. މި ޤައުމަކީ ތިމާމެންގެ މިލްކެކޭ. އެއަށް ބޭނުންގޮތެއް ހެދިދަނޭ.
ތުއްތޮންބެ
09 August 2016
ތިޔަ ބައިގަނޑު ރާއްޖެ ހުއްޓުވުމުގެ ކުރިން ރައްޔިތުން ތިޔަ ބައިގަނޑު ހުއްޓުވައިގެން މެނުވީ ރާއްޖޭއަށް ސަލާމަތެއްނެތެވެ. ރައްޔިތުންގެ ނުހަނު ގިނަ ގުރުބާނީއާއެކު ފާސްކުރުވި ފެހި ގާނޫނު އަސާސީން ކަށަވަރުކޮށްދީފަވާ އަސާސީ މިނިވަންކަމުގެ ހައްގުތައް ހަނިކުރަމުންގޮސް އެންމެފަހުން މުޅިން ނިގުނައިވެސް ގަންނަނީއެވެ. މިއީ ބޮޑުވަރެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުން ގެފައިސާއިން މުސާރައާ އިނާޔަތާ ބޯހިޔާވަހިކަން ދީފައިވާ އެންމެހާ ފަރާތްތައް މިއަދު ތިބީ ލޯމަރާލައިގެން އެހެން ދުނިޔެއެއްގައެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނާ ސަރުކާރާ ދެކޮޅުވެރިވެ ބޮޑު ހަމަނުޖެހުމަށް ގައުމު ވެއްޓިއްޖެނަމަވެސް ހަމަ އެގޮތުގައި ދެމިތިބެވިދާނެކަމަށް އެބޭފުޅުންނަށް ހީވާނަމަ އެއީ ވަރަށްބޮޑު ކުށްހީއެކެވެ.
ޢަބްދުﷲނާފިޒު
09 August 2016
ބަޔަކު މީހުން ޤައުމެއްގެ ރައްޔިތުންނަށް ހަރާމްކޯރުވެ ޤައުމެއް ފުނޑާލާފި، މިކަން ކުރި މީހުނާ ދޭތެރޭ ކަތި ނަޒަރަކުން ރައްޔިތުން ވިސްނާނެކަމަށް އުއްމީދުކުރަން.
މިމީހާ
08 August 2016
މި މީހުން ހުރިހާ ކަމެއްވެސް ހަނި ކުރަމުންގޮސް ޕާޓީތައްވެސް އުވާލާނެ އަދި މިވަރުންދަންޏާ ހަމަ ޔަގީން ދެން އަޅުގަނޑަށް ފެނޭ ތިޔަ އެންމެހާ މެންބަރުންވެގެން ޔާމިން ނޫން އެހެން މީހަކަށް ރައީސްކަމަށް ނާދެވޭނެ ބިލެއްވެސް ފަރުމާކޮއްފައި މަޖުލިހުގެ ތަޅުމަށް ވައްދަން...
ޟިސް
08 August 2016
ބޮޗޭ ހޮވަން މަސައްކަތް ކުރި މީހެއް މިއީ. ދެން މަށާއި ހަމައަށް ނައަންނާތި!
ހުސައިން
08 August 2016
ތިޔަ ކަންތައްވެސް ލަސްކުރާނެ ކަމެއް ނެތް އަވަހަށްކުރައްވާ، މެމްބަރުންގެ އިހުލާސްތެރިކަމާއި ރައްޔިތުންނަށްޓަކައި ކޮށްދެއްވާ ބުރަ މަސައްކަތް އަބަދުވެސް ރައްޔިތުން ބަލާގަނޭ.
އހ
08 August 2016
ހަމަބިރުގަންނަނީ
ނުކުރެވޭނެއޭ
08 August 2016
މާލޭގެ މަގުމަތީގައި ދެން ރަންރީނދޫ ކުދިންނަށް ކުދި މީދާ ހިފައިގެން ވެއަރ އިޒް މައި ވޯޓް އޭ ކިޔާ ދެން މުޒާހަރާ ނުކުރެވޭ ގޮތް ހަދަނީ އެވެ. އެއީ ހެޕީ ނިއުސް އެވެ. ކަށަވަރޭ ދެން ޓްވިޓަރ މެންނަށް އާރޓިފިޝަލް ބީޗަށް ނުދެވޭނެއޭ، ނުދެވޭނެއޭ، ނުދެވޭނެއޭ. ދެން މަތިހަމަގޭ ކުރިމަތީގައި ގެޓް ޓުގެދަރ ރަންރީނދޫ ކުދިންނަށް ނުވެވޭނެއޭ، ނުވެވޭނެއޭ،.. ދަންވަރާއި ހެދުނާއި ހަވީރާއި އަދި ފަތިހު ބްލޫސް ކުދިން ސަފަކަށް އަތުރާލާނަމޭ އަތުރާލާނަމޭ. ކަށަވަރޭ ދެން މުޒާހަރާ މާލޭގައި ނުކުރެވޭނެއޭ، ނުކުރެވޭނެއޭ، ރަންރީނދޫ ކުދިން ނާންނާނެއޭ، ނާންނާނެއޭ، ނާންނާނެއޭ.. ދެން ދެރަވާނެ ކަމެއް ނެތް. ވިސްނަބަލާ ކުރުގޮތަކަށް މިކަން ހައްލު ކުރާނެ ގޮތެއް ބަލަން.
ރަދީފް
09 August 2016
މަނިކްފާނު.ތިޔަ ހުންނެވީ ޕީޕީއެމް ކުރިއަށް އޮތް 50 އަހަރު ދިވެހިރާއްޖޭގެ ވެރިކަންކުރާނެކަމަށް ހިސާބު ޖަހައިގެންތޯ؟؟ތިޔަބުނާ އިސްލާހް ފާސްވާތަނުން މިހާރުގެ ވެރިކަން ބަދަލުވެ ތިމަނިކްފާނު އިދިކޮޅުގަ ހުންނަންވެސް ޖެހިދާނެކަން ވިސްނަވާ.އެދުވަހަކުން ތިޔަ އިސްލާހް މަނިކްފާނުގެ ކަރަށް މެހިފަ ހުންނައިރުވެސް ތިޔަ ގޮތަށް ޅެންކިޔުމުގެ ހިތްވަރުހުންނާނެތޯ؟؟ ލަދުކޮބާ؟؟