ޚަބަރު / ރައީސް މުހައްމަދު ވަހީދު

ނޮވެމްބަރު 11 ގައި އިބޫއަށް ހުވާ ކުރެއްވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ވަހީދު އެދިވަޑައިގެންފި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަންނަ ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން، ރިއާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިޔާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ. އެއީ ރައީސް ޔާމީން، 2013 ގައި ރައީސް ކަމުގެ ހުވާ ކުރެއްވުން ފަސްވެފައިވާތީ އެވެ. ތަފާތު ސަބަބުތަކާ ހެދި، އިންތިޚާބު ބާތިލްކޮށް އަދި އެ އަހަރު ދެ ފަހަރަށް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ރައީސް ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު 11، 2013 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު އިއުލާން ކޮށްފައިވާ ކަމަށް ވިދާޅުވެ އެ އިއުލާނުގެ ކޮޕީއަކާ އެކު ޓްވީޓެއް ކުރައްވައިފަ އެވެ.

Raees Yameen ge riyaasee dhauru nimeynee November 17 gai: EC

Raees Yameen ge riyaasee dhauru nimeynee November 17 gai: EC

The most trusted news source in the Maldives

Mihaaru

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރު 17 ގައި ކަމަށް އީސީން ބުނުން--

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް 2008 ގައި އިންތިޚާބުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު އިސްތިއުފާ ދެއްވުމުން 2012 ގައި ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ވަހީދު، ފުއާދުގެ ޓްވީޓަށް ޖަވާބު ދެއްވަމުން ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު ފަސްވީ ހައްލު ކުރެވެން ނެތް ކަންތައްތަކެއް ދިމާވެގެން ކަމަށެވެ. އެހެންވެ، ރައީސް ޔާމީންގެ ސިޔާސީ ތަޖުރިބާ އާއި ހެޔޮވިސްނުންފުޅުގެ ތެރެއިން ނޮވެމްބަރު 11 ގައި އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ވަހީދު އެދިވަޑައިގަތެވެ. އަދި އެއީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ދުވަސް ކަން ވެސް އެމަނިކުފާނުގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

ވަހީދު ކުރެއްވި ޓްވީޓް---

ރައީސް ޔާމީން ނޮވެމްބަރު، 17، ގައި ވެރިކަމުގެ ހުވާ ކުރެއްވީ، 2013 ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވުމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނާ ވާދަކުރެއްވި، އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި ނޮވެމްބަރު 17 އާ ހަމައަށް ރައީސް ކަމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

64 ކޮމެންޓް, 190 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 1%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނާޒިމް

30 September 2018

ޔާމީން ރިޔާސީ ޓާރމް ހަމަ ނުކުރެޔޭ ކިޔާފާނެތީވެސް 17 ނޮވެމްބަރ ގެ ކުރިން ގުޑާވެސް ނުލާނެ!!

The name is already taken The name is available. Register?

އަހަންމަދޭ

30 September 2018

މިހާރު ދިވެހިންނަށް ވަޙީދުވެސް އޯކޭ ދޮއްތަ!

The name is already taken The name is available. Register?

ފެހިފެހި

30 September 2018

އިބޫ ވެރިކަމާ ހަވާލުވާތާ 24 ގަޑި އިރު ތެރޭގަ އިންޓަޕޯލް އިން ވަހީދު ހިފައި ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރެން ޖެހޭ، ބާއީންގެ ބަޔަކު ޑިމޮކްރަސީގެ ވާހަކަ ދައްކާތަން ފެނޭ ކޯލިށަނޭ ކިޔާފަ..'.

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

29 September 2018

އަޅުގަނޑުގެ ހައްގަށްޓަކައި ވެރިކަމުގަ ހުރޭ ޔާމީން ޕްލީޒް

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

29 September 2018

ޔާމީން ތިހެން ނާއްދަވާ އާދޭސްކޮއްފައި ބުނަން

The name is already taken The name is available. Register?

ދޮން ހަސަނު

29 September 2018

ވަހީދު ބުންޏަސް މީތެދެއް. މިދިޔަ ޓާމްގަ ނޮވެމްބަރ 17 އައީ ޙާއްސަ ޙާލަތެއް ދިމާވެގެން. އެހެންނޭ ކިޔާފަ މިކަން ކޮންމެ ފަހަރަކު ކުރަން ވެއްޖެޔާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގަ ބުނާ ނޮވެމްބަރ 11، ނޮވެމްބަރ 17 އަށް ބަދަލުވެގެންދާނީ ދާއިމީ ގޮތަކަށް. މީ އޮންނަންވާނެ ގޮތެއްނޫން.

The name is already taken The name is available. Register?

ގޮއްޔެ

29 September 2018

މިއަދު މިޤައުމު މިޙާލަތަށް އައުމުގައި އެންމެ އިސްކޮށްހުރި އެކަކު މިއަދު ނުކުމެ ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. މާރަނގަޅުމީހަކަށް ހެދެން އުޅުނަސް ތީ ހަމަ ބާކީވެފައިހުރި މީހެއް/

The name is already taken The name is available. Register?

ޢާސިދާ

29 September 2018

ޙާދަ އާވެގަނެގެން ތިއުޅެނީ ހުވާ ކުރަންވީމަ އަންގާނެ ބީ ކޫލް..ވަހީދުމެން އެއުޅެނީ ދެބޯގެރިދުއްވަން ..އެއީ އަނގައިން ބުނެވޭވަރައްވުރެ މާ މުޑުދާރު ފަސްބައެއް ގެންގުލޭ މީހެއް.. ެމް.ޑީ.ޕީގެ އެންމެ 25 ޕަސަންޓްވެސް ނެއް ދެން ކޯއްޗެއް އަވަސް ކުރަން..

The name is already taken The name is available. Register?

ނޫންތަ؟

29 September 2018

ތެޅިފޮޅެނީ ކީއްވެ؟ ހަމަޖެހިބަލަ.

The name is already taken The name is available. Register?

ރަންދެލި

28 September 2018

އަވަހަށް މަޖިލިސް ހުޅުވާފަ ގާނޫނަށް އިސްލާހެއް ގެނެސް 11 ނޮވެމްބަރުގަ ހުވާ ކުރެވޭ ގޮތް ކޮންމެހެންވެސް ހަދަން ޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454