އިންތިޚާބީ ރައީސް އިބޫ، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝްއާ މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 އޮކްޓޯބަރ 2018 - 20:13
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އަކިލޭޝް އަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ ކާމިޔާބު ކުރެއްވި ފަހުން، އެމަނިކުފާނާ ބައްދަލުކުރެއްވި ފުރަތަމަ ސަފީރެވެ. އެކަމަކު، އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ދެ ފަރާތުން ވެސް އަދިއެއް ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން އިބޫ ވަނީ ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމްއާ ވެސް އިބޫ ވަނީ ބައްދަލުކުރައްވައިފަ އެވެ.
President-elect meets with the Indian Ambassdor @AkhileshIFS. pic.twitter.com/WbuZlKokGx
— President Elect MV (@PresElectMv) October 1, 2018
އިންތިޚާބީ ރައީސް އިބޫ (ކ)، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބަައްދަލުކުރައްވަނީ.
އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން އިބޫ އަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވީހާ ވެސް އަވަހަކަށް އެ ގައުމަށް ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވުމުގެ ދައުވަތު ވެސް މޯދީ ދެއްވާފައި ވެ އެވެ.
އިބޫ ވެސް ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު މޯދީ އަށް ދެއްވައިފަ އެވެ.
އިންތިޚާބީ ރައީސް އިބޫ، އިންޑިޔާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝްއާ މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިންޑިޔާއިން މި ފަހުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގައިދިޔަ ކަންތައްތަކާ މެދު އިންޑިޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރަން އެ ގައުމުން އެތައް ފަހަރަކު ގޮވައިލި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު އިންޑިއާގެ ވާދަވެރި ޗައިނާއާ ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައުމަށްފަހު އިންޑިއާ އެކު ގުޅުން ބަދަހިކުރާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
02 October 2018
ދިވެހިން އިންޑިޔާގެ ފައިދަށުވެފާ މިއޮތީ.
މަންޑޭލާ
02 October 2018
އިންޑިޔާގެ ބޭނުމަކީ މިރާއްޖޭގެ ކޮންޓްރޯލް ހޯދުން. އެމީހުން ބޭނުންވަނީ މި ޤައުމުގެ އެމްމެފައިދާވާ ކުންފުނިތަ އެމީހުންގެ ބެލުމުގެ ދަށައް ގެނައުން. މިއައް ކިޔަނީ އިގްތިސޯދީ އަޅުވެތިކުރުން. މިހާރުވެސް އިންޑިޔަ މީހުން އެތިބެނީ މި ޤައުމުގެ އިސްމަގާމުތަކުގާ. ދިވެހިންނަ ވަޒީފަ ނުލިބިފާ.
ޝޮކްތެރަޕ
02 October 2018
މިރާއްޖެ މިއޮތީ އިންޑިޔާގެ އުގައަރާ. މި ޤައުމު އިންޑިޔާގެ ބާރުން މިނިވަންވާން ދިވެހިން މަސައްކައްކުރަން ޖެހިފަމިއޮތީ.
އަސްރަފް
02 October 2018
އިންޑިއާއަށް ދިނުމަށް މިހާރު އެއްބަސް ވެފަ އޮތް ތަން ތަން 1. އެއާޕޯރޓް 2. 25 ބުރީގެ ހޮސްޕިޓަލް ގެ އާއިމާރާތް 3. ޓާޓާ ކުންފުނިން ބޭނުންވާ 3 ބިމެއް
ވަހީދު
02 October 2018
ބައްދަލު ކުރުން މައްސަލައެއްނޫން. އެކަމަކު އިންޑިއާގެ އުނގަށް މިގައުމު ބޭނިގަތުން މައްސަލައެއް
12345
02 October 2018
އިންޑިޔާ ވީމަ އެމީހުންގެ ސިފައިންނާއި ހެލިކޮޕްޓަރުތައްވެސް މިގައުމުގަ ބެހެއްޓޭ ޖާސޫސްކުރަން. މީ މިނިވަން ގައުމެކޯ!
ހުޔާ
02 October 2018
ދެން މުޅި ގައުމުގަ އިންޑިޔާ މީހުން ތިބޭނީ! ހުރިހާ ނުބައިކަމެއް ކުރާނެ. ވެރިކަމާ ހަވާލުވާތާ އެއްމަސް ތެރޭ ޖީއެއްއާރް އާ އެއާޕޯޓު ހަވާލުކުރާގޮތައް އޮތީ! ދެން ހަމަ ރައްޔިތުން ތިބެންވީ އަތްޖަހަން؟؟؟
ހިލްމީ
01 October 2018
ދިސް އިޒް ވެރީ އަން ޑިޕްލޮމެޓިކް. ޜާއްޖޭގަ ގައުމު ތަކެއްގެ ސަފީރުން ތިއްބާ އިންޑިޔާ ސަފީރާ ގޮސް ކޮޑާ ކޮޑު ޖައްސާ ސަލާމް ކުރުމަކީ ވަރައް ދައްފެންވަރުގެ ކަމެއް. ޢިބޫ އައް ވޯޓު ދިނިން އެކަމަކު މި ކަޑަ. ޥަރައް ކަޑަ
އައިޝަތު ހާނިމާ
01 October 2018
ތިނޫންމީހަކު ނެތެއްނުން. އިންޑިޔާއަކީ މިރީޖަނުގައި ފަގީރުކަމާއި ނާތަހުޒީބު އެންމެބޮޑަށް ޕްރޮމޯރޓްކުރާ ބައިގަނޑު.
މޯދީ
01 October 2018
ތިއޮތީ ވެރިކަން ހޯދާދީފަ. ދެން އަގު އަދާކުރުމަށް އަވަސްވެގަނޭ. އެހެންނޫނީ ކަލޭމެންވެސް ވެރިކަމުން ބާލާނަން. ޤައުމަކާ ޤައުމެއް.
ސައިނީ
01 October 2018
ކެކެކެކެ ބޮޑުބޭބެ އާއި ބައްދަލު ކޮށްލީތަ ކޯޗެއް ކާން ހުރީ ހަދާފަ މީހުވާނެހެން ދޯ ހީވަނީ