އުމުރުން ދުވަސްވީ ޖޯޑެއް: 2040 އާ ހަމަށް އަންނަ އިރު ލައިފް އެކްސްޕެކްޓެންސީ އެންމެ މަތިވާނީ ސްޕެއިންގައި ކަމަށް ދިރާސާއެއްގައި ބުނޭ.
21 އޮކްޓޯބަރ 2018 - 07:40
ދެހާސް ސާޅީހާ ހަމައަށް ދާއިރު ދުނިޔޭގައި އެންމެ ގިނަ ދުވަހު ދިރިއުޅޭނީ ނުވަތަ ލައިފް އެކްސްޕެކްޓަންސީ އެންމެ މަތިވާނީ ސްޕެއިންގައި ކަމަށް ދިރާސާކުން ދައްކައިފި އެވެ.
ދުނިޔޭގެ 300 ގައުމެއްގެ އާބާދީގެ މައުލޫމާތުތައް ހިމަނައިގެން ހަދާފައިވާ މި ދިރާސާ ދަ ލެންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު އޭގައި ބުނެފައިވާ ގޮތުގައި 2040 އާ ހަމައަށް އަންނަ އިރު ސްޕެއިންގެ ރައްޔިތުން އެވްރެޖް އުމުރަކީ 85.8 އަހަރެވެ.
މި ލިސްޓްގެ ގަދަ ފަހެއްގެ ތެރޭގައި އޭޝިއާގެ ގެ ދެ ގައުމެއް ވެސް ހިމެނި، ގަދަ ތިނަކުން ޖާގަ ހޯދާފައިވެ އެވެ. އެއީ ސިންގަޕޫރާއި ޖަޕާނެވެ. ލިސްޓްގެ ދެވަނާގައި ޖަޕާން އޮތީ އެވެރެޖް އުމުރަކަށް 85.7 އަހަރާ އެކުގަ އެވެ. ސިންގަޕޫރު ތިން ވަނައިގައި އޮތީ 85.4 އަހަރާ އެކުގަ އެވެ. ލިސްޓްގެ ހަތަރު ވަނައިގައި 85.2 އަހަރާ އެކު ސްވިޓްޒަލެންޑް އޮތް އިރު، ފަސް ވަނައިގައި ޕޯޗްގަލް އޮތީ 84.5 އަހަރާ އެވެ.
ލިސްޓް 10 އަށް ދަންމާ ނަމަ މީގެ ތެރޭގައި ދެން ހިމެނެނީ އިޓަލީ، އިޒްރާއީލް، ފްރާންސް، ލަގެޒެމްބާގް އަދި އޮސްޓްރިއާ އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގައުމުތަކުގައި އާންމުކޮށް އުމުރު ކުރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބަރުދަން އިތުރުވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ހަކުރު ބައްޔާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބޭނުން ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ގިނަ ދުވަހަށް ދުޅަހެޔޮ ސިއްހަތެއްގައި މީހާ ދަމަހައްޓައިދޭ ސަބަބުތަކަށް ބަލާ އިރު އޭގެ ތެރޭގައި މައިގަނޑު ފަސް ކަމެއް ހިމެނެ އެވެ. އެއީ ބަރުދަން އުމުރާ އެކަށީގެންވާ ވަރަށް ހިފަހެއްޓުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ގަވައިދުން ކަސްރަތު ކުރުމާއި ބަނގުރަލާއި ޖަންކް ފުޑް ފަދަ ސިއްހަތަށް ރަނގަޅު ނޫން ކާނާތަކާ ވީހާ ވެސް ބޮޑަށް ދުރުވުން ހިމެނެ އެވެ.
އޭގެ ބަދަލުގައި ތަރުކާރީ އާއި މޭވާ ފަދަ ބާވަވްތައް ކެއުން އާދަކޮށްފި ނަމަ އުމުރު ދިގުވާން ބާރު އަޅާ ކަމަށް ދިރާސާގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮށީއުމުރު
16 June 2019
ރާއްޖެއަކީވެސް މިހާރު ވަރަށް އުމުރުދިގު މީހުން އުޅޭތަނެއް ބަލާމިހާރުވެސް ކަށުނަމާދު ޕޭޖްން ކޮށްފަހުންނަ ޕޯސްޓްތަކުގެ މީހުންގެއުމުރު 75ކުން މަތީގަ އެވްރެޖްއުޅޭނީ އާއްމުކޮށްހަމަ 80އިންމަތިން ފެންނަނީ