ޚަބަރު / ބޯހިޔާވަހިކަން

ސީލައިފް ފްލެޓްތަކުގެ މައްސަލަ ފުލުހާއި އޭސީސީއަށް ހުށަހަޅައިފި

ސީލައިފް އިން އަޅާނެ ކަމަށް ބުނި ފްލެޓްތަކުގެ ކުރެހުންތަކެއް: އެތަންތަނަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ރިފަންޑް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކުގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ސީލައިފް އިން ހުޅުމާލޭގައި އިމާރާތްކުރަން ބުނި ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެ ފައިސާ ލިބިފައި ނުވާތީ އާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ބެލުމަށް އޭސީސީ އާއި ފުލުހުންނަށް މައްސަލަ ހުށަހެޅީ ވަކީލް މަރިޔަމް ޝުނާނާ އެވެ.

ޝުނާނާގެ ޓްވީޓް

ފުލުހުންނަށް މައްސަލަ ހުށަހެޅީ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ތުހުމަތުކޮށެވެ. އަދި އޭސީސީއަށް ހުށަހަޅާފައިވަނީ އެ މަޝްރޫއުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަންކަން ބެލުމަށެވެ.

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ފުލުހުންނާއި އޭސީސީއަށް މައްސަލަ ހުށަހެޅިއިރު، ފްލެޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ އެ ފައިސާ ދީފައި ނުވާތީ އެ މީހުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ޝުނާނާ މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ. ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރެއްވި ޝުނާނާ އެ މައްސަލަތަކުގައި ވަކާލާތުކޮށް ދެނީ ހިލޭ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެކަމަކު އެ މަޝްރޫއުގެ މާބޮޑު މަސައްކަތެއް މިހާތަނަށް ނިމިފައެއް ނުވެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަންނަން 280 މީހުން ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ.

16 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 19%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

23 October 2018

ސީލައިފަކީވެސް އެމްއެމްއާރޕީސީ ފަދަ އާލާތެއްގެ ގޮތުގައި އުފަންކުރުވި އަސްލެއްނެތް ކުންފުންޏެއް. އަދި ހުދުހެދުމުގައި ހުންނަ އަހްމަދު މޫސާ ކިޔާ ސޮރަކީ ބޮޑުން ގެންގުޅޭ ބޯއި އެއް. . . ތިޔަކުންފުނީގެ އަޑީގައިތިބިމީހުން ފޮރުވިގެންއުޅުނަސް އެކަންހޯދޭނެ. “ސޮވަރިން ގެރަންޓީދިންމީހުނާއި އެތައް ހާސް ބަންގާޅުން އެތެރެކުރުމުގެހުއްދަދިންމީހުން“ ހިފާހައްޔަރުކޮށް ތަޙްޤީގުހިންގާ ހިއުމަންސްޓްރެފިކިންގެ ޤާނޫނާއި މަކަރާއި ހީލަތް ހެދުމުގެ ޤާނޫނުން ދައުވާކުރެވޭނެ.

The name is already taken The name is available. Register?

އަމީލް

23 October 2018

އަންމަޓީ އަކީ ބަރާބަރު މީހެއް.

The name is already taken The name is available. Register?

ލީމަން ޒާހިރު

23 October 2018

ލުތުފީ ނުބަލާނެ ތިމައްސަލަ... ތީ ސަރުކާރުގެ ވެރިން ހިމެނޭ މައްސަލައެއް..

The name is already taken The name is available. Register?

އަލިބެއްޔާ

23 October 2018

ޝުނާނާއަށް ސާބަސް. ﷲ ތިޔަމަސައްކަތަށް ބަރަކާތް ލައްވަވާ ހެޔޮ ޖަޒާދެއްވާށި. އާމީން.

The name is already taken The name is available. Register?

އުނބުށެން

23 October 2018

ތިޔަތަންތަން ހަދަން ދިން ބިމުގައި ދެމި ދިދަތައް ފީވެ ވަށައިގެންޖެހި ޓިނުތައް ދަބަރަށްވީއިރުވެސް ތިތާކު ކަމެއް ނުކުރެވެއެވެ. ދަޅަދައްކަން ތަންކޮޅެއް ހާވާލާފައި ހައެއްކަ ތަނބު ނުޖަހައެކޭ ނޫނެވެ. އެހެންކަމުން އަވަސްގޮތަކުން އެގްރީމަންޓް ބާތިލްކޮށް ތިޔަ ފަރާތަށް ދީފައިވާ ބިންތައް އަތުލައި އެތަންތަން ހެދޭވަރުގެ ބަޔަކާ ހަވާލުކުރަންވީއެވެ.

The name is already taken The name is available. Register?

އިބޫސް

23 October 2018

ހަމައެކަނި ބުކިންގ ފީ ދެއްކީކީ ނޫން. ބައެއް ފަރާތްތަކުގެ އަތުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައި އެބަހުރި، ބޮޑެތި ޑިސްކައުންޓު ދީގެން ހަތަރު ކޮޓަރީގެ ނުވަތަ ތިން ކޮޓަރީގެ އެޕާޓުމަންޓް ލިބޭނެއޭ ކިޔާފަ. މިއީ ހަމަ އަނިޔާ އިނގޭތޯ!

The name is already taken The name is available. Register?

ވަޙީދު

23 October 2018

ބަރާބަރު މައްސަލަތައް ފުލުފުލުގައި ތަންތަނަށް ހުށަ ހަޅަންވާނެ. މިފެށޭ ދައުރަކީ މައްސަލަ ހުށަހަޅާ ދައުރެއް ކަމަށް ހަދަންވާނެ.

The name is already taken The name is available. Register?

ާވިކްޓިމް

23 October 2018

މީ ހަމަ ސީދާ ސަރުކާރުގެ އެއްބާރުލުމާއި އެކު ހިންގާފަވަ ބޮޑު އޮޅުވާލުމެއް. ލަސްވެގެން ސުވާލުކުރީމަ ސައިޓައް ކަރަންޓު ނުލެވިގެންނޭ ނޫނީ ލޯނު ހަމަ ނުޖެހިގެންނޭ ކިޔައިން ދޮގުތައް ހެދީ. މި މީހުންނާހެދީ ވީ ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭން. ގޮސް މެލޭޝިޔާގަ ނޯވެވޭނެ.

The name is already taken The name is available. Register?

ކީކޭބުނާނީ

23 October 2018

280 މީހުން ބުކިންގ ފީގެ ގޮތުގައި 50،000 ރުފިޔާ ދެއްކީމަ އެއޮތީ އެއްވެސް ކަމެއްނުކޮށް 14 މިލިޔަން ރުފިޔާ ސީލައިފްއަށް ލިބިފަ.. އެތަން އޮތްގޮތް ފެންނާނެ ބެލި ކޮންމެ މީހަކަށް. ވަށައިގެން ޓިނު ޖަހާފަ ޓިނުތަކުގަ އެތަން ހުންނާނެ ގޮތުގެ ފޮޓޯތަކެއް ހުރިކަން.. ދެން ނެތް އެއްވެސް ކަމެއް ކޮށްފަ

The name is already taken The name is available. Register?

ޛަމީލު

23 October 2018

ށސުކުރިއްޔާ ސުނާނާ ތިޔަކަް ވާނެބާ އަޅުގަނޑު ވަރައް ވަރުން ވަރައް އުއްމީދާއި އެކީ ހޯދި ލާރިކޯޅު ފުލެޓް ނުލިބުނުތާ ލާރިކޮޅުވެސް މިއުޅެީ ނުލިބިގެން..މީހަކައް ގޯހެއް ހެދުނީމަ ބުނާނެ އެއީނުލަފާ މިގެކޭ މިއުޅެނީ ތި އަމްމަޑޭނުފެނިގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454