ރިޕޯޓް / އަބްދުﷲ މަސީހް މުހައްމަދު

އަނެއްކާވެސް ގޮތްދޫނުކުރައްވާ މަސީހާ ދެކޮޅަށް!

އުސް މޭޒުކޮޅުގައި މަސީހު ރިޔާސަތު ބަލަހައްޓަވަނީ: އިތުބާރު ނެތްކަމުގެ މައްސަލައެއް އަނެއްކާވެސް ވަނީ ހުށައަޅާފައި

24 އޮކްޓޯބަރ 2018 - 09:29

29 comments

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ކަހަލަ ގޮތްދޫނުކުރައްވާ، ފިލައިގެން އުޅުއްވާ، މީޑިއާއާ ބީރައްޓެހި، ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަން ގެއްލުވާލި މެމްބަރަކު އެ ގޮނޑީގައި އިންނަވަނިކޮށް ދިވެހި ތާރީޚު ދެކިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ތިން ބާރުގެ ތެރެއިން، ގާނޫނުއަސާސީއަށް ބަލާއިރު، އެންމެ ބޮޑު މިނިވަންކަމަކާއި މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މުއައްސަސާއާ ހަވާލުވެވަޑައިގެންނެވި އެންމެ ނާގާބިލް ރައީސް ކަމަށް ބެލިދާނެ ކިތަންމެ ކަމެއް، މިދިއަ ފަސް އަހަރު ވަނީ ފެނިފަ އެވެ.

އަނެއްކާވެސް މި އޮތީ މަސީހުގެ މައުލޫއު އައިސްފަ އެވެ. އެކަމަކު މިފަހަރު ދިވެހި ސިފައިންނާއި ފުލުހުން މަސީހުގެ ދިފާއުގައި ރައްޔިތުންގެ މަޖިލިސް ހިސޯރު ކޮށްފާނެ ކަމަކަށް ނުބެލެވެ އެވެ. ހަމަގައިމު ވެސް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަނީ މިދިއަ އަހަރުގެ ޖުލައި 24 އަށް ފަހު ރައްޔިތުންގެ މަޖިލިސް ހިސޯރުކުރި ގޮތަށް ސަލާމަތީ ބާރުތަކުން ދެން ކަންތައް ކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މަސީހު ދުރުކުރަން މިއަދު 45 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާ އެކު އަަނެއްކާ ވައްދާ އިރު، ސިޔާސީ މާހައުލުގެ ބާރުގެ ތިލަފަތް މިވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ހުރިހާ ކަމެއްގެ ފަހަތުގައި ހުންނެވި މަސީހުގެ ދިފާއުގައި ނުކުންނާނެ މެމްބަރުންގެ އަދަދު މަދެވެ. އިދިކޮޅު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިފަހަރު ހުށަހެޅުއްވި މައްސަލާގައި ޕީޕީއެމްގައި މިހާރު ތިއްބެވި ބައެއް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިހަކީ ރައީސް ޔާމީން ބޭނުންފުޅުވާހާ ހުރިހާ ކަމެއް ކުރާ ތަނަކަށް ހެއްދެވި ކަމުގެ ޒިންމާ މަސީިހު ނަންގަވަން ޖެހޭނެ ކަމަށް، ބައެއް މެމްބަރުން ވިދާޅުވަމުން އަަންނަތާ ކިިތަންމެ ދުވަހެކެވެ. އެއީ އިދިކޮޅު މެމްބަރުންގެ ވާހަކަ ކަމަށް ވިޔަސް އޭގައި ހަގީގަތްތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުންނަށް ވެސް، ބިލްތަކުގައި އޮތީ ކޮން އެއްޗެއްކަން ރަނގަޅަށް ކިޔާނުލެވޭހާ އަވަހަށް، ބައެއް ބިލްތައް ތާވަލް ކުރުމާއި، އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އެކަނި މަޝްވަރާއަށް ފަހު، ބައެއް ބިލްތައް ފާސްކުރަން މެމްބަރުންނަށް މަޖުބޫރު ކުރެއްވުން ފަދަ ކިތަންމެ ކަމެއް ހިނގާފައިވާ ކަމަށް، ބައެއް މެމްބަރުން ވިދާޅުވެ އެވެ.

ރާއްޖޭގެ އާ ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހަކީ ގައުމުގެ އެންމެ ބާރުގަދަ މުއައްސަސާ އެވެ. އެކަމަކު މަސީހަކީ ރައީސް ޔާމީނާއި، ބާރުގައި ހުންނެވި އިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ކުޅޭ ބުދަކަށް" ވުމުން، މަޖިލިހުގެ އަސްލު ގުނަވަންތަކުގެ ވާގި އޮތީ ކަނޑާލައްވައިފަ އެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ، ރައީސް އާއި އަނިލް އާއި އަދީބު އަންގަވާހާ ގޮތަކަށް ކަމަށް، ބައެއް މެމްބަރުން ކުރިއްސުރެ ގެންދިޔައީ ވިދާޅުވަމުންނެވެ. އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް އައިޝަތު އާޒިމާ ޝަކޫރު ވަޑައިގަތުމާ އެކު، މަސީހަށް ނުފޫޒު ފޯރުއްވާ ބޭފުޅުންގެ އަދަދު އިތުރުވި ކަމަށް، ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވިދާޅުވެ އެވެ.

އިތުބާރު ނެތްކަމަށް ތިން ވަނަ ފަހަރު

މަސީހާ މެދު ހިތްހަމަނުޖެހުން އޮތީ ހަމައެކަނި އިދިކޮޅު މެމްބަރުންގެ ތެރެޔަކު ނޫނެވެ. ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން ވެސް މަސީހުގެ އަމަލްތަކާއި ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު ރައީސް ޔާމީންގެ ބާރު ގަދަވުމާއި، މިނިވަންކަމާ އެކު މަސައްކަތްކުރާނެ ޖާގަ ނެތުމުން، ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރަން ޕީޕީއެމްގެ އެ މެމްބަރުންނަށް އަމަލީ ގޮތުން ނޫޅުއްވުނެވެ. އޭގެ ބަދަލުގައި ފެނުނީ، ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމެކޭ އެއްގޮތަށް، މަޖިލިސް ކުރިއަށް ގެންދަން އެހީތެރިވެވަޑައިގެންނެވި ތަނެވެ.

އިދިކޮޅު މެމްބަރުންގެ އަޑުގަދަކުރުމާ ރައީސް ޔާމީން ކުރިމަތިވެވަޑައިގެންނެވި 2015 ގެ ރިޔާސީ ބަޔާން އިއްވި ދުވަހުގެ ޖަލްސާ: ހުރިހާ ގޮތަކުން ވެސް މަސީހު ހުންނެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި

ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ކިރިޔާވެސް ލަދެއް ހުރި ނަމަ މަސީހު އެ ގޮނޑީގައި މިހާރު ނީންނަވާނެ އެވެ. އޭނާއާ ދެކޮޅަށް މީގެ ކުރިން އިތުބާރު ނެތްކަމުގެ ދެ މައްސަލައެއް ވެއްދި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު، ޕީޕީއެމް މެމްބަރުން، ރައްޔިތުންގެ މަޖިލިހުގެ ރޫހާއި، އެ މަޖިލިހުގެ ތެރޭގައި އޮންނަން ޖެހޭނެ މިނިވަންކަން ފުނޑުކޮށްލެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދު ކުރިން އޮތް ގޮތުން ނަމަ މަޖިލިހުގެ ތިން ބައި ކުޅަ އެއް ބައި މެމްބަރުންގެ ސޮޔާ އެކު، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ އެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އޭރުގެ އިދިކޮޅު 26 މެމްބަރަކު މާޗު 8، 2017، ގައި މަސީހާ ދެކޮޅަށް މައްސަލައެއް ވެއްދެވި އެވެ. އެކަމަކު އަތް ނަގައިގެން ވޯޓު ލާ ގޮތަށް ހަމަޖެއްސުމުން، އެ ވޯޓު އިދިކޮޅު މެމްބަރުން ބޮއިކޮޓްކުރެއްވި އެވެ. އަދި ޕީޕީއެމް އާއި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވޯޓު ލައްވައިގެން އެ މައްސަލަ ބަލައިނުގަން ގޮތަށް ފާސްކުރެއްވި އެވެ.

މަސީހާ ދެކޮޅަށް އޮތް ރޫހުގެ ތެރޭގައި އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަފާނެތީ އެ ފުރުސަތު ކުޑަކުރަން ޕީޕީއެމްގެ މެމްބަރުން ދެން ބަދަލުގެނައީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަށެވެ. އެގޮތުން ރަައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު މެމްބަރުންގެ ސޮޔާ އެކު ނޫނީ އެފަދަ މައްސަލައެއް ހުށަނޭޅޭ ގޮތަށް ހަމަޖެއްސި އެވެ. ދެން ފެނުނީ ޖުލައި 4، 2017 ގައި 45 މެމްބަރުންގެ ސޮޔާ އެކު މަސީހާ ދެކޮޅު މައްސަލަ ވެއްދި ތަނެވެ. މިއީ ސިޔާސީ ގޮތުން މަސީހުގެ އިތުރުން ރައީސް ޔާމީންގެ ބާރު ވެސް އަސްލު ކެނޑުނު ދުވަހެވެ. އެކަމަކު އެ މައްސަލަ ތާވަލްނުކޮށް، މަޖިލިސް ބަދަލުވީ ސިފައިންނާއި ފުލުހުން ހިސޯރުކޮށްފައި އޮތް ތަނަކަށެވެ. އިދިކޮޅު މެމްބަރުންނަށް އެތަނަށް ވަންނަވަން ވެސް އެތައް ހުރަހެއް ކުރިމަތިވި އެވެ.

"މަސީހަށްޓަކައި" ދިވެހި ސިފައިން ރައްޔިތުންގެ މަޖިލިސް ސަރަހައްދު ބަލަހައްޓަނީ: ސިޔާސީ ބާރުގެ ތިލަފަތް މިހާރު ވަނީ ބަދަލުވެފައި --ފޮޓޯ: ނިޝާން އަލީ/މިހާރު

މަސީހަށްޓަކައި ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިހާއި ވަށައިގެންވާ މަގުތައް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓައިދިނެވެ. އޭގެ އިތުރުން މަޖިލިހުގެ ތަޅުމުގައި ރިޔާސަތުގެ މޭޒުކޮޅު ހިމެނޭ ސަރަހައްދު ވަށައި، ލަކުޑިން އުސް ފާރެއް ވެސް ހަދައިދިނެވެ. ދިވެހި ސިފައިންގެ ހިމާޔަތުގައި އެގޮތަށް ގެންގުޅުނު ރައްޔިތުންގެ މަޖިލިހުގެ ރައީސަކު، ދިވެހި ތާރީޚުގައި ވެސް ފެނިފައެއް ނުވެ އެވެ.

އެކަމަކު ރައީސް ޔާމީންގެ ގޮނޑިކޮއްކޮއެއްގެ ގޮތުގައި މަޖިލިހުގެ ފަހު ދުވަސްކޮޅު ވެސް ހަމަޖެހިވަޑައިގެން ހުންނެވޭނެ ފުރުސަތެއް މަސީހަކަށް ލިބިވަޑައެއް ނުގަތެވެ. މިއަދު އަނެއްކާ އެމަނިކުފާނާ ދެކޮޅަށް 45 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާ އެކު މައްސަލަ ވައްދަން އޮތީ ތައްޔާރުވެފަ އެވެ.

ދެން ހައްދަވާނީ ކިހިނެއް ހެއްޔެވެ؟ އަދިވެސް ހަމަ ގޮތްދޫނުކުރައްވާ، އެ އުސް ފާރުގެ ފަހަތުގައި އިންނަވާނީ ހެއްޔެވެ؟ ނޫން ނަމަ އެ މަގާމުން އިސްތިއުފާ ދެއްވާފައި، އާންމު މެމްބަރެއްގެ ގޮނޑިއަށް ވަޑައިގަންނަވާނީ ހެއްޔެވެ؟

މިއިން އެއްވެސް ސުވާލަކަށް މަސީހު ދެއްވާނެ ޖަވާބެއް އަދިއެއް ނޭނގެ އެވެ.

29 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟިހާ

24 October 2018

"މެމްބަރުން ވިދާޅުވާ ގޮތުގައި ކިރިޔާވެސް ލަދެއް ހުރި ނަމަ މަސީހު އެ ގޮނޑީގައި މިހާރު ނީންނަވާނެ އެވެ". މަޖިލިސްގެ އެއްވެސް މެމްބަރެއްގެ ލަދެއް އެބަހުތތޯ؟ ތިމާއަށް ފައިދާވާނޭ ހުރިހާ ކަމެއް ހުރީ ކޮށްފަ. ކެވޭނޭ ހުރިހާ ކިޅަކުން ހުރީ ކައިފަ. ތިމާގެ މުދާގަނޑަށް ގެއްލުމެއްވެދާނެކަމަ ފެނުނީމަ ކޮޅު ބަދަލުކޮއްލަނީއެވެ. ތިޔަ މަޖިލިސް ގެ ބާރު ރައްޔިތުންނަށް.ލިބި ދާއިރާމީހުން ބޭނުންވީމަ މެމްބަރު ވަކި ކުރެވޭނޭ ގޮތެއް ސުޕްރީމްކޯޓުން ނަމަވެސް ހެދެން އެބަޖެހޭ.

The name is already taken The name is available. Register?

ނުބައިހާނު

24 October 2018

އެންމެ ލަދުހަޔާތްކުޑަ ގޮތްކުޑަ އަގަލުކުޑަ މަޖިލީހުގެ ރައީސަކީ ކާކު؟؟؟

The name is already taken The name is available. Register?

ނެޝަނަލިސްޓް

24 October 2018

މަސީހޫ! އިސްތިއުފާ އަކީ މިވަގުތަށް އޮތް އެންމެ ރީތި ގޮތް!

The name is already taken The name is available. Register?

އެހީ

24 October 2018

އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް މިހާ ލަދު ނުގަންނަ މީހަކު ނުދެކެމެވެ.

The name is already taken The name is available. Register?

ގޮއްޔެ

24 October 2018

މިފަހުގެ ތާރީޚެއްގައި ސިޔާސީ ގޮތުން މިހާފުރިހަމަ ލިޔުމެއް އަދި ނުކިޔޭ. މޫސާލަތީފުމެންގެ ދެލި ކެނޑިފައިވާ ގަލަންތަކަށް ދެލިއެޅި ރަނގަޅަށް ލިޔެވެން ފަށައިފިކަމުގެ އިޙްސާސް މިލިޔުމުން އެކަނިވެސް ކުރެވިއްޖެ. މީގެކުރިން ސީދާ ގޮތެއްގައި މިއިން މީހެއްގެ ނަން ލިޔެލިއަސް ''އެއްމިލިޔަން'' ގެ ބިރެއް ހިތުތެރޭގައި އޮވޭ. ހަމަޙަޤީޤަތުގައިވެސް މަސީހަށްވުރެ ލަދުޙަޔާތްކުޑަ ދިވެހިދަރިއެއް ފަހުގެތާރީޚެއްގައި މިޤައުމުން ފެނިފައިނެތް.

The name is already taken The name is available. Register?

މީމުހާ

24 October 2018

މަސީހުގެ މަޤާމް ދިފާއުކުރުއްވަން އުޅުއްވަން ހަދައިގެން ސަރުކާރު ވެއްޓުމުންވެސް ގޮތްދޫނުކުރައްވާ ގޮނޑިގައި ވެޑުވިގެން އިންނެވުމަކީ ލަދުވެތި ކަމެއް. ދެންވެސް އިސްތިޢުފާދެއްވާ!

The name is already taken The name is available. Register?

ހުތާ

24 October 2018

މަސީހަކީ މަޖިލިސް ދުށް އެންމެ ނާގާބިލި ހުދުމުހުތާރު ރައީސްކަމަށް އެއްބަސްަމެވެ. އަދި ހަމައެއާއެކު މަޖިލީހުގެ މިދައުރުގެ ގިނަ މެންބަރުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހިތުގެވިންދަށް ބެލުމެއްނެތިއެވެ. ހުރިހާ ޕާޓީތަކުގެ މެންބަރުންހެން ބައިވެރިވެގެން ވަކިމީހަކަށް މަންފާތަކެއް ހޯދައިދިނުމަށް ރޭވިގެން ގާނޫނުއަސާސީއަށް ގެނައި ކުއްލި އިސްލާހަކީ އެކަމުގައި ބައިވެރިވި މެންބަރުންގެ ހިތުގައި ގައުމާ ދޭތެރޭ ކުލުނެއް ނެތްކަން ސާބިތުވާކަމެކެވެ.

The name is already taken The name is available. Register?

އަހު

24 October 2018

ގޮތް ދޫކުރުންނޫން ގޮތެއް ނެތް

The name is already taken The name is available. Register?

ޑިމޮކްރަސީ

24 October 2018

މިފަދަ އަނިޔާވެރިންގެ ނިމުން ވަރަށް ހިތިވާނެ ތިފެންނަނީ އަދި އެކަމުގެ ކުޑަ މިންވަރެއް ދެން މިދިވެހި ފަސްގަޑުގަ ތި ޚާއިނުން ބަލައިގަންނާނެ ދިވެއްސަކު މަދުވާނެ

The name is already taken The name is available. Register?

ޖައިސާމް

24 October 2018

މަސީހު އަކީ ފިނޑި، ލަދު ނުގަންނަ މީހެއް. މުޅި ދައުލަތުގެ ބާރު ކަނޑުވާލީ އޭނަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454