އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު.
27 އޮކްޓޯބަރ 2018 - 16:01
އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލުމުގެ ބިލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު، މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، އެޖެންޑާގައި ދެ ބިލާއި ގަރާރުގެ މައްސަލައިގެ އިތުރުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހަކާ މެދު ގޮތެއް ނިންމުމަށް ވެސް އެޖެންޑާކޮށްފައިވެ އެވެ.
އިބޫ ހުވާ ކުރައްވާނެ ދުވަހާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ޕީޕީއެމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ގަބޫލު ކުރައްވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި އިބޫ އަށް ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރެއްވެން ވާނެ އެވެ. އެކަމާ މެދު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ވޯޓަކަށް ދާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މާދަމާ އޮންނަ ޖަލްސާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމުގެ ބިލާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި އަބުރުގެ ގާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައި، ޖަލްސާގައި އިބްތިދާއީ ބަހުސް ފަށަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާނެ އެވެ.
މީގެއިތުރުން، ޕީޕީއެމްގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް 49 މެމްބަރުންގެ ސޮޔާއެކު، އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގެ ފުރަތަމަ ކިއުން އިއްވައި، ޖަލްސާގައި އިބްތިދާއީ ބަހުސް ކުރަން ފަށަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް އަހާނެ އެވެ.
ގިނަ އަދަދެއްގެ މައްސަލަތަކެއް ޖަލްސާގެ އެޖެންޑާގައި ހުރިއިރު، އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ ބައިނަލްއަގުވާމީ މުއާހަދާއެއްގައި ރާއްޖެ އިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމެވެ. ގާނޫނުއަސާސީގައިވާ ގޮތުން މުއާހަދާތަކުގައި ބައިވެރިވުމުގެ ކުރިން މަޖިލިހުން ރުހުން ހޯދަން ޖެހެ އެވެ.
މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް ކުރަން ފެނޭތޯ މެމްބަރުންގެ މެދުގައި ވޯޓަކަށް ދާނެ އެވެ.
މަޖިލީހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮގަސްޓު 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންވެ، މެމްބަރުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރައްވާނީ ބަންދު ދުވަސްތަކާ ނުލައި މަހެއްހާ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajjethereymeehaa
28 October 2018
މިހާރުތިބި މެމްބަރުން އިސްތިއުފާދެއްވާފަ ގެއަށް ވަޑައިގަތުމަށް ވަރަށް އަދަބުވެރިކަމާއެކު ދަންނަވަން
ރަށްގޮވާއަޑު
28 October 2018
މިއަދަކީ ޖަންގަލީގެ ގާނޫނު އުވާލެވޭ ދުވަސް އަދި ރައީސް ނަޝީދު މިނިވަން ވާން ބޭނުންނަމަ ކާމިޔާބުގައި ހިތްތިރިކޮށް ސްޕްރީމް ކޯޓަށް ވަޑައިގެން މިނިވަންވުން
އަބްދުﷲ
28 October 2018
ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރެވޭނެ. މަޖިލީހުން ހިންގަންތިއުޅެނީ ޖަރީމާއެއް. ގާނޫނަށްވުރެ މައްޗަކަށް ހަމަ އެކަކަށްވެސް ނޭރޭނެ. ބޭނުންހާ ކުޅިއެއް ސިޔާސީ މީހުންނަކަށް ނުކުޅެވޭނެ.
މިވެސް ގޮތެއް
28 October 2018
ރައްޔިތުން ބޭނުން ވަނީ ވެރިންގެ /އަދި މެމްބަރުންގެ އަބުރާ ބެހެވޭ ގޮތަށް އޮންނާށެވެ.އެކަމަކު ރައްޔިތެއްގެ އަބުރާ ބެހެވި ގެނެއް ނުވެއެވެ.ރައްޔިތު މީހާ ބޭނުން ވަނީ އެމީހާ ބޭނުން ވާނީ މެމްބަރުން ނަށް ވޯޓް ނުވިއްކޭ ގޮތަށް އޮރުމަށެވެ.އެކަމަކު ރައްޔިތު މީހާއަށް ވޯޓް ވިއްކެން ޖެހެއެވެ.
ޝިއުނާ/ހިތަދޫ/ޔޫކޭ
28 October 2018
ނަޝީދުގެ އެއްވެސް ކަމެއް ފެށުން ނުވަތަ ނިމުން / މިފަދަ ކޮންމެ ކަމެއްގެ ކުރީގައި ދޫ ންޏާގެ ރައުޢުބޭނުންވާނެކަމަށް ތަފާތު ހިސާބުތަކުން ދައްކާ...މިއަދު އެވަނީ ނަޝީދު ބަޔަކު ބާރުގެ ބޭނުންކޮށްގެން ކިޑުނެޕްކޮށްފައި މިކަމުގެ އެއްމެ އަޑީގައި މި އަންހެންމީހާ ވާކަމީ އޮޅުމެއްއޮތް ކަމެއްނޫން.. އިނގިރޭސި ވިލާތުގެ ދި ގާރޑިނަށް ދިން އިންޓަވިއު އެހެރީ ޔޫ ޓިއުބުގައި މިއަދުވެސް ފެންނަން.ބައްޕަވަނީ ބިލިއަނަރުންނަށް ބަންގާޅީހަދައިދީފައި، 4 ރިސޯރޓު އޮޕުރޭޓުއެބަކުރޭ
ރުބީނާ
28 October 2018
ހަގީގަތަކީ ވެރިކަން ޑިޒަރވް ވަނީ ރައިސް ނަޝީދަށް.
އަމީލް.
28 October 2018
އަދި އަހާލަން ބޭނުން ސުޕްރީމް ކޯޓުތޯ މަޖްލިސްތޯ ބާރުގަދައި.
އަމީލް.
28 October 2018
އަދި އަހާލަން ބޭނުން ސުޕްރީމް ކޯޓުތޯ މަޖްލިސްތޯ ބާރުގަދައބާރުގައި.
ބޮއިކަޓް ޢަލީ
28 October 2018
މިހާރު މިތިބަ މެންބަރުން ދެން މަޖުލީހަށް ނުހޮވާ އާމީހުނަށް ފުރުސަތު ދެމާ... މެންބަރުން އާކުރަން ޖެހޭ.. ހޮވަންވީ ލާރިހުރި މަހުޖަނުންނެއް ނޫން، ކިޔަވައިގެން ތިބި ޤާބިލު މީހުން
އަބްދުއްލާ
28 October 2018
ޖަރީމާ އަކަށް ވާގޮތަކީ މި ގަރާރު ގާނޫނުއަސާސީގެ 95 އާއި 115 ޒ އާއީ މައާފްދިނުމާ އދަބަށް ލިއިދިނުމުގެ ގާނޫނާއި ގާނޫނުއަސާސީގެ 17،18،20 މިމާއްދާތަކާއި ގާނޫނުއަސާސީގެ 133 ގެ ޅ އާއި 142 އައި 64 އާއި ވެސް މިގަރާރު ހިލާފު ވެފައިވާތީ