ޚަބަރު / ޖުވެނައިލް ކޯޓް

ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖާއަށް ކުރި ދައުވާ ބާތިލްކޮށްފި

ނަދީމް: އޭނާ މަރާލި މައްސަލާގައި ކުޑަކުއްޖަކަށް ކުރި ދައުވާ ވަނީ ބާތިލް ކޮށްފައި

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ނަދީމްގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު ކުޑަކުއްޖެއްގެ މައްޗަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޓާމިނަލް ކެފޭ ތެރޭގައި މަރައިލި ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމްގެ މަރުގެ މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށް އަދި ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ ދައުވާ ކޯޓުން ބާތިލްކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރަންޖެހޭ މުއްދަތު ހަމަވި ފަހުން ދައުވާ ކޮށްފައިވާ ކަމަށް ބުނެ ކަމަށެވެ. ކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ، އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ ހަތަރު މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަދި ނުނިމެ އެވެ.

5 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 12%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެކޭމީހާކިޔާމީހާ

01 November 2018

ތިކުއްޖާ ތިކަމުގައި ބައިވެރިވެފައިވާނަމަ، އޭނަގެމައްޗަށް ދަޢުވާކުރެވެންވެސްޖެހޭނެ. އަދަބުލިބެންވެސްޖެހޭނެ. ކަންތައް ތިހިންވާނަމަ، ދެން މީހުންމަރަން ނެރޭނީ ހައްތަހާވެސް ކުޑަކުދިންކަމުގައިބެލެވެއެވެ. ޢަދުލާއި އިންޞާފު އިސްލާމްދީނުގައި އޮންނަގޮތަށް ގެންދިއުން މަޖުބޫރެވެ. އެހެންނޫނީ ސައްތައިންސައްތަ އިސްލާމީތައްގަނޑު ޖަހަންގަދައަޅާނެ ބޭނުމެއްނެތް.

The name is already taken The name is available. Register?

ޕީޕީ

01 November 2018

ޕީޖީ ބިޒީކަމުން

The name is already taken The name is available. Register?

އަހުމަދު

01 November 2018

އެއްވެސް ކުއްވެތިއެއް މިހާރު މިގަުމަކު ނެއް. ހުރިހާ ކުއްވެރިންގެ ދައުވާބިލް ވަމުންދާތަން މިފެންނަނީ. މިއޮތީވާ ގައުމެއް. އަންދާ ގާނޫނު

The name is already taken The name is available. Register?

ރޯޒް

01 November 2018

ދައުވާ ބާތިލް ކުރާކަށް ނުޖެހޭ. ތީތި ކަޑައޭ.

The name is already taken The name is available. Register?

ހިޝާ

01 November 2018

މިކަހަލަ ސޮރުންތައް މަގުމަތީގައި ވަޅި ހަރަމުން މީހުން ކަތިލަމުން ރޯމާ ދުވާލު އެދަނީ މި ގައުމުގެ ނިޒާމްތަކުގެ ތެރެއިން އެމީހުނަށް އެއްކަމެއްވެސް ނުވާނެ ތީ. މިއީ ހަގީގަތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454