ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ރައީސް އޮފީހުގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 ނޮވެމްބަރ 2018 - 20:57
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އުފައްދަވައިފި އެވެ.
މި ކޮމިޝަންގެ މެމްބަރުންނަކީ:
1- ހުސްނުއްސުއޫދު، ހަސަންކާރިގެ، ސ.މީދޫ
2- އަބްދުﷲ މުނާޒް، ހ. މާފިޔަ
3- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
4- ފަރީޝާ އަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
5- މިސްބާހް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ
ރައީސް އޮފީހުން ބުނީ، އެ ކޮމިޝަން އުފެއްދެވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ކަމަށެވެ.
މި ކޮމިޝަން އުފެއްދެވީ، ޖަނަވަރީ 1، 2012 އިން ފެށިގެން ނޮވެންބަރު 17، 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައް ބެލުމަށެވެ.
އެ ކޮމިޝަން އުފެއްދެވީ، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކޮށް، ހަގީގަތް ހޯދައި، އާންމު ކުރުމަކީ އިންސާފު ގާއިމް ކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ތަފްސީލް އަންނަނީ...
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮސްކާ
23 April 2019
ރައީސް ދައުރަކީ ހިނގާލުމުގައި ބައިވެރިވުމެއް ޓުވީޓުކުރުމެއް ނޫން. އިންތިހާބު ކުރީ އިންސާފު ހޯދައިދޭން. ފުރަތަމަ 24 ގަޑިއިރުންގޮސް 100 ދުވަސް އަދި 4 މަސް ވެގެން އައިރު އަދިވެސް އިންސާފު ހޯދައި ނުދެވުނު. ކޮމިޝަނުން ހުރިހާ ކަމެއް މިހާރު ހޯދިއްޖެއޭ ބުނި އިރު، ގާނޫނެއްވެސް ބޭނުމެއް ނުވި. އެކަމަކު ރިޕޯޓު ހާމަ ކުރަން ގާނޫނެކޯ؟ ނެތެންނު ސަލާމަތެއް. އަބަދުވެސް ބަހަނާ ގެ މަގު އޮތީ މިގައުމުގައި.
މާރިޔާ
21 November 2018
ކިހާ ފައްކާ
ކަކުނިބޯ
20 November 2018
ކޮބާ ތަފްސީލް
ސުންބުލި
19 November 2018
ކޮބާ އުމަރު ނަސީރު؟ ނޯޓްކުރަން ފަށާ! ނުފުއްދުނު ފުރަތަމަ ވަޢުދު! "ވެރިކަމުގެ ފުރަތަމަ ދުވަހު ރިލުވާނު މަރުގެ ޙަގީގަތް ހާމަކުރާނަން" މީ ވެރިކަމުގެ ދެވަނަ ދުވަސް!
އަބޫ މުޙައްމަދު
19 November 2018
އެއްވެސް އާ ކަމެއް ނުކުރެވޭނެކަން ޔަޤީން. ހަމަ ހުސް އަވާ މެންދުރު ތިޔަ ދައްކަނީ!
މާރިޔާ
21 November 2018
ހަޖަމް ކޮއްބެ ބްރޯ
ސުވާލު
19 November 2018
ވަކި ފަރާތަކަށް ޖެހިފަ ތިބި މީހުން ހައްތަހާވެސް. އިންސާފުވެރި އަދި އަދުލުވެރި ތަޙްޤީޤެއް މި ފަރާތްތަކުން ކުރާނީ ކިހިނެއް؟
އަލިބެ
19 November 2018
ތިޔައީ ގޮތް ދައްކާލުމެކެވެ. މަރުވި އެކަކާމެދުގައިވެސް ކުރެވޭނެ އިތުރު ތަޙުގީގެއް ނެތެވެ.
ހުސޭނު ކުޅުދުއްފުށިން
19 November 2018
މިސްބާހު އައްބާސް މީދެން ކާކު؟
ކޭކުބެ
21 November 2018
ތަޙުޤީޤީ ނޫސްވެރިއެއް. އޭނާގެ އިންފޯމެންޓުން ވަރަށް ގިނަވާނެ. މަސްދުވަސް ފަހުން، އިނގޭނީ. މަސްދުވަހުގެ ތެރޭގައި އިތުރު މަޢުލޫމާތެއް ނުލިބިއްޖެއްޔާ، މިސްބާޙު ގެ އިސްތިޢުފާއަށް މަގުމަތިންވެސް ގޮވާނަން. ގުޑްލަކް ބުރޯ!
އެޔާމީނު
19 November 2018
މަރުތަކާއި ގުޅުވައިގެން ނުހައްގުން ޖަލަށްލައި ސުވާލެއް ވެސް ނުކޮށް އެތައް ޒުވާނުން އެބަތިބި
ޝާއިރާ
19 November 2018
ފުރަތަމަ މަ ހީކުރީ މުރުތައްދުވީ މީހުންގެ މައްސަލަތައް ބަލަން ކަމަށް.